ވެހިކަލުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރާ ގުޅޭ ތުހުމަތެއް އަދި ފާހަގައެއްނުކުރެވޭ: ޕޮލިސް

ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތުކުރެވޭ އެއްވެސް ކަމެއް މިހާތަނަށް ފާހަގަ ކުރެވިފައިނުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ބުނެފިއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިކަން ފާހަގަކޮށް, އިތުރަށް ބުނީ އެ މީހާގެ ހަށިގަނޑާމެދު އަމަލުކުރާނެ ގޮތަކާމެދު އަމަލުކުރާނެ ގޮތަކާމެދު އެ މީހާގެ އާއިލާއާ ވާހަކަދައްކަމުންދާ ކަމަށެވެ. ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮތީ ބަނގްލަދޭޝްގެ ފިރިހެނެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސަހަރާގައި ޕާކުކޮށްފައި އޮތް […]
ކުރިއަށް އޮތް 5 ދުވަހު މޫސުން ވަރަށް ގޯސްވާނެކަމަށް ލަފާކުރެވޭތީ ސަމާލުވާން އަންގައިފި

ކުރިއަށް އޮތް 5 ދުވަހު މޫސުން ވަރަށް ގޯސްވާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވެ, ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އަންގައިފިއެވެ. އެ އިދާރާއިން އާންމުކުރި މޫސުމާބެހޭ ޚަބަރުގައި ބުނެފައިވަނީ, ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ މިރެއިން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދަށް ވައިބާރުވެ, ކަނޑުތައް ވަރަށް ގަދަވެ, ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އިދާރާއިން ބުނީ އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 […]
ބިރުދެއްކުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

ގއ.ކޮލަމާފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ބިރުދެއްކުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. މި މައްސަލާގައި ހޯދަމުން އަންނަނީ މ.ލަކްސްގަރޑްން އަޙްމަދު އަޝްރަފް (43އ) އެވެ. ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރީ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ. މި މަހުގެ 23 ވަނަ ދުވަހުގެ […]
ޑްރަގް މައްސަލައެއްގައި 2 މީހަކު ހޯދަނީ

ޑްރަގް މައްސަލައެއްގެ ތަހުގީގަށް ދެމީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. ފުލުހުން ބުނީ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ. ފުލުހުން ހޯދަމުން އަންނަނީ: ކ.ކާށިދޫ/ރިވެލި އީސާ ވަސީމް (36އ) ކ.ތުލުސްދޫ/ބްލޫވޭލް […]
ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅައި އިއުލާނުކޮށްފި

މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅައި އިއުލާނުކޮށްފިއެވެ. ޓްރާންސްޕޯޓް މިއަދު ވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ދަތުރު ކުރެވޭ އަގުތައް ކަނޑައަޅައި އާންމުކޮށްފައެވެ. އެގޮތުން ޒޯން އެތެރޭގެ ދަތުރުތަކަށް ބަލާއިރު (މާލެ، ހުޅުމާލެ ފިޔަވަހި1 އަދި ހުޅުމާލެ ފިޔަވަހި 2 ގެ އެތެރޭގެ ދަތުރު) 6 ސީޓް އަށްވުރެ ދަށުގެ އުޅަނދަށް ނެގޭނީ 30 ރ. އެވެ. އަދި10-7 […]
ޓެކްސް ކޮމިޝަނަރު ކަމަށް ޒަރީރު އައްޔަންކުރަން ރުހުންދިނުމަށް ފާސްކޮށްފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްސޭޝަން ހަސަން ޒަރީރު އައްޔަން ކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އެ މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. އެގޮތުން ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަގާމަށް ހުށަހެޅުއްވި ދެ ނަމަކީ ޔަޒީދު މުޙައްމަދުގެ ނަމާއި، ޒަރީރުގެ ނަމެވެ. ކޮމިޓީން […]
އެމްޕީއެލްގެ ފަރާތުން ޙައްޖަށް ފޮނުވާ މުވައްޒަފުންނާ ލިޔުން ހަވާލުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް ޙައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްފިއެވެ. ލިޔުން ހަވާލުކުރީ އެމްޕީއެލްގެ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ކުންފުނީގެ ޚަރަދުގައި މިއަހަރު ޙައްޖަށް ދިއުމުގެ ފުރުސަތު ފަސް މުވައްޒަފުންނަށް ވަނީ ލިބިފައެވެ. އެ މުވައްޒަފުންނަށް ޙައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. ހައްޖު […]
އިންތިޚާބަކާ ނުލައި ފުނަދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި ޕީއެންސީއަށް

އިންތިޚާާބަކާ ނުލައި ށ.ފުނަދޫ ކައުންސިލުގެ އަންހެން މެންބަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ހޮވިއްޖެއެވެ. ފުނަދޫ ކައުންސިލުގެ އަންހެން މެންބަރުކަމުގެ ގޮނޑި ހުސްވުމާއެކު އެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައި އޮތީ އަންނަ ޖޫންމަހުގެ 08 ވަނަ ދުވަހުގައެވެ. ނަމަވެސް އިންތިޚާބަށް ކުރިމަތިލުމަށް ދިން މުއްދަތު ހަމަވިއިރު، މެންބަރުކަމަށް ކުރިމަތިލީ ޕީއެންސީގެ ފަރާތުން ކުރިމަތިލި ށ.ފުނަދޫ/މާބަގީޗާގެ, އާމިނަތު ޔުމްނާއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މުއްދަތު ހަމަވިއިރު، މެންބަރުކަމަށް ކުރިމަތިލީ އިންތިޚާބު […]
ކެފޭއެއްގެ ބަދިގެއަށް ދުން ލީކުވުމާ ގުޅިގެން ހަތް މީހަކު އަނބުރައިގަނެގެން ފަރުވާދެނީ

ބޮޑުރަަސްގެފާނު މަގުގައި ހުރި ކެފޭއެއްގެ ދުންހޮޅިން ބަދިގެތެރެއަށް ދުން ލީކުވުމާ ގުޅިގެން ހަތް މީހަކު އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ބޮޑުރަަސްގެފާނު މަގުގައި ހުރި ކެފޭއެއްގެ ބަދިގޭ ދުންހޮޅިން ބަދިގެތެރެއަށް ދުން ލީކުވެ ހަތް މީހުން އަނބުރައިގަނެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް މިއަދު ފަތިހު 5:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މީހުންގެތެރޭގައި ހިމެނެނީ ސްރީލަންކާ މީހަކާއި އިންޑިއާ މީހަކާއި ބަނގްލަދޭޝް ދެ މީހުންނާއި ނޭޕާލް […]
ޢިއްޒުއްދީން ފާލަން އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ރަސްމީ ފާލަން ނުވަތަ ”ޢިއްޒުއްދީން ފާލަން“ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ. މި މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މިއީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް: ކުރީގެ ޖެޓީ ރޫޅާލުންއައު ޖެޓީގެ ކޮންކްރީޓް މަސައްކަތްސްޓީލް ސްޓަރަކްޗަރ ފަރުމާކުރުންލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް އެމްޓީސީސީއިން ބުނީ އަލުން […]