އިންޑިއާ ސްޓީލް 2025 އެގްޒިބިޝަނާއި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިވެރިންނަށް

އިންޑިއާ ސްޓީލް 2025 ބައިނަލްއަގުވާމީ އެގްޒިބިޝަނާއި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އިންޑިއާ ސްޓީލް 2025 ބައިނަލްއަގުވާމީ އެގްޒިބިޝަން އަދި ކޮންފަރެންސް 24 އެޕްރީލް 2025 އިން 26 އެޕްރީލް 2025 އަށް، އިންޑިއާގެ މުމްބާއީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަން، އިންޑިއާ ސަރުކާރުން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ މި އެގްޒިބިޝަން އަދި ކޮންފަރެންސާ ގުޅޭ މައުލޫމާތު އިންޑިއާގެ ކުދި […]
މަޖިލިސް އިންތިޚާބު ކާމިޔާބުކުރެއްވި އެންމެ ޒުވާން މެންބަރު ޕީއެންސީއާ ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ. ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު ޕީއެންސީއަށް ސޮއިކުރައްވައި މެމްބަރޝިޕް ފޯމު ހަވާލުކުރެއްވީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުއާއެވެ. މިފަހަރުގެ މަޖިލިސް އިންތިޚާބު ކާމިޔާބުކުރެއްވި އެންމެ ޒުވާން މެންބަރު ކަމަށްވާ އުމުރުން 27 އަހަރުގެ އަލްސަން ޕީއެންސީއަށް ސޮއިކުރެއްވުމަށް މުލިއާގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި މަޖިލިސް […]
މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޙަސަން ޒަރީރު އައްޔަން ކުރައްވައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޙަސަން ޒަރީރު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު, މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަން ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ޒަރީރު އެންމެ ފަހުން އަދާކުރައްވާފައިވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އޮފް ފައިނޭންސް އެންޑް ގްރޫޕް ޗީފް ކޮމްޕަލަޔަންސް އޮފިސަރގެ މަގާމެވެ. ޒަރީރަކީ ޓެކްސް އަދި […]
ސިޑްސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މާދަމާ އެންޓިގުއާ ބާބުޑާއަށް ފުރާވަޑައިގަންނަވަނީ

ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މާދަމާ އެންޓިގުއާ ބާބުޑާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދެވެ. ހަތަރުވަނަ ސިޑްސް ކޮންފަރެންސް ކުރިއަށްދާނީ މި މަހުގެ 27 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށް އެންޓިގުއާ ބާބުޑާގައެވެ. ކޮންމެ 10 އަހަރަކުން އެއްފަހަރު ޔޫއެންއިން ކުރިއަށްގެންދާ […]
މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ގއ.ދާންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވާ ކަމަށާއި ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ. ޗިޓު ރައްދުކުރެވިފައިނުވަނީ އަޙްމަދު ޝާހީން، ތ.ގުރައިދޫ, ވިނަރެސް (36އ) އަށެވެ. އޭނާއަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން […]
ހއ.އަތޮޅުން ވ.އަތޮޅަށް އޮރެންޖު އިންޒާރު ނެރެފި

ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ނެރުނު އޮރެންޖު އިންޒާރު ނެރެފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ބުނެފިއެވެ. އެ އިދާރާއިން ބުނީ އޮރެންޖު އިންޒާރު ނެރެފައިވަނީ މިއަދު 11:15 އިން ފެށިގެން 15:15 އާ ހަމައަށް ކަމަށެވެ. މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވަނީ އެ އަތޮޅުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ. މީގެއިތުރުން ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކަނޑުތައް ވަރަށް […]
ރައީސްގެ ހުށަހެޅުއްވުން: މަޖިލީހުގެ ރައީސް ކަމަށް ޢަބްދުއްރަޙީމް, ނައިބަކަށް ނާޒިމް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ވެރިކަން ކުރާ މައި ޕާޓީ, ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ޢަބްދުއްރަޙީމް (އަދުރޭ) އިންތިހާބުކުރަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ހުށަހަޅުއްވައިފިއެވެ. މީގެއިތުރުން ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިޚާބީ މެމްބަރު އަހުމަދު ނާޒިމް އިންތިޚާބުކުރަން ރައީސް ވަނީ ހުށަހަޅުއްވައިފައެވެ. ރައީސް މި ހުށަހެޅުއްވުންތައް ހުށަހެޅުއްވީ ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި އެ ޕާޓީގެ އިންތިޚާބީ މަޖިލިސް މެމްބަރުންނާއެކު […]
ވީއޭއެމްއިން އިންތިޒާމްކޮށްގެން، FIVB level 1 ގެ ކޯހެއް ރާއްޖޭގައި ބާއްވަނީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން، FIVB level 1 ގެ ކޯހެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިހާރު ވަނީ މި ކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވައިލައިފައެވެ. މި ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ޖުލައިމަހުގެ އެއްވަނަ ދުވަހުގެ 12:00 އެވެ. ވޮލީބޯލް އެސޯސިއޭޝަނުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ, މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބައިވެރިވާ ފަރާތުގެ މައުލޫމާތު […]
އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފި

އީރާނުގެ ރައީސް ޑރ.ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވަނީ, އީރާނުގެ ރައީސް ޑރ.ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށެވެ. އީރާނުގެ ރައީސް ޑޮކްޓަރ އިބްރާހީމް ރައީސީއާއި އެ ގައުމުގެ މަތީ ފަންތީގެ ވަފުދެއް ދަތުރުކުރައްވަމުން ދިޔަ ހެލިކޮޕްޓަރަށް ދިމާވި ހާދިސާއާ ގުޅިގެން އީރާނުގެ ރައީސް […]
ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް އެދުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައި ތާއީދުކޮށްފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯއާވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ޕްރޮސެކިއުޓަރ، އެ ކޯޓުގެ ޕްރީ-ޓްރަޔަލް ޗެމްބަރ – 1 އަށް ހުށަހަޅުއްވާފައިވާތީ ދިވެހި ސަރުކާރުން މަރުހަބާ ކިޔައި އެކަމަށް ތާއީދުކުރާަކަން ހާމަކޮށްފިއެވެ. ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ޖިނާއީ ޒިންމާ ބެންޖަމިން ނަތަންޔާހޫއާއި ޔޯއާވް ގަލަންޓް އުފުލަން ޖެހޭނެ ކަމަށް […]