ރުހުން ނުދިން ވަޒީރުންނަށް އަލުން ރުހުން ދިނުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް އަލުން ރުހުން ދޭން ފެނޭތޯ ބެލުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިދިޔަ ޖެނުއަރީ 29 ވަނަ ގައި ބޭއްވި ޖަލްސާގައި 3 ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީގެ މެންބަރުންނާއި ޑިމޮކްރެޓްސް މެންބަރުން ވޯޓު ދެއްވިއެވެ. ވަޒީރުކަމަށް އައްޔަންކުރަން ރުހުން ނުދިނީ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއިހައުސިން މިނިސްޓަރު ޑރ.ޢަލީ ހައިދަރާއިބަންޑާރަނައިބު އަޙްމަދު އުޝާމަށެވެ. ރުހުން […]

ލަންކާއާއެކު ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރަން މަޖިލީހުގެ ރުހުން ހޯދަނީ

”ޓްރީޓީ ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓަރސް“ ގައި ދިވެހިރާއްޖެއިން ސޮއިކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ލަފާދެއްވައިފިއެވެ. އެގޮތުން އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް މުޢިއްޒު ވަނީ ނިންމަވައިފައެވެ. ރައީސް މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ […]

ކަރަންޓް ބިލު ބޮޑުވުމުން މުޒާހަރާކޮށްފި: “ސަރުކާރުން ދަނީ ކަރަންޓު ބިލުތައް އޮޅުވާލަމުން“

މި ހުސްވި މަހުގެ ކަރަންޓު ބިލުތައް ބޮޑުވެފައިވާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް އާއްމު ރައްޔިތުން މިއަދު މުޒާހަަރާކޮށްފިއެވެ. މިއަދު ހަވީރު 16:00 ގައި މި މުޒާހަރާ ކުރިއަށްދިޔައީ ސްޓެލްކޯ ކުރިމަތީގައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ކަރަންޓު ބިލުތައް ބޮޑުވުމާ ދެކޮޅަށް އަޑު އުފުލާފައެވެ. މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައީ މި ސަރުކާރުން ދަނީ ކަރަންޓު ބިލުތައް އޮޅުވާލަމުން ކަމަށެވެ. އަދި ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނިތަކުގެ ވެރިންނާއި ސަރުކާރުގެ އިސް ވެރިންގެ އިސްތިއުފާއަށް ވެސް މުޒާހަރާގެ […]

މާދަމާއިން ފެށިގެން ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަނަށް

މާދަމާއިން ފެށިގެން، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތުގައި، ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ. ކްރިމިނަލް ކޯޓުން މިއަދު ބުނީ އެ އިމާރާތުގައި ހުރި ޝަރީޢަތްކުރާ 03 މާލަމުގައި، ކްރިމިނަލް ކޯޓުގެ B2, B3, B5, B8, B10 އަދި B11 މި 06 ސެކްޝަންގެ އަޑުއެހުންތައް ބޭއްވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ. 22 ފެބުރުވަރީ 2023 ގައި ކޯޓުގެ އިމާރާތުން ބައެއް ބޭނުންނުކުރަން ޖޭއެސްސީއިން އެންގުމާއި ގުޅިގެން، […]

މަސްވެރިކަމުގެ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހާފިޒު އަވަހާރަވެއްޖެ

މަސްވެރިކަމުގެ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި މ.ޒިޔާރަތްދޮށުގޭ، އަޙްމަދު ހާފިޒު އަވަހާރަވެއްޖެއެވެ. އުމުރުން 62 އަހަރުގައި ހާފިޒް އަވަހާރަވީ މިއަދުގެ ވަގުތެއްގައި އައިޖީއެމްއެޗުގައެވެ. އަވަހާރަވީ ނުވަ އަހަރުވަންދެން ކެންސަރު ބަލީގައި އުޅުއްވުމަށްފަހުއެވެ. ހާފިޒު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ހާފިޒްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރެއްވުން އެދި ދުއާ ދަންނަވައިފައެވެ. ރައީސް ވިދާޅުވީ ހާފިޒަކީ ދިވެހި ދައުލަތަށް އަދި ޕީޕީއެމްއާއި ޕީއެންސީ އަށް ގިނަގުނަ ޚިދުމަތްތަކެއް […]

ބޯކޮށް ވާރޭވެހި, ވައިގަދަވެ, ކަނޑުތައް ގަދަވެ, އުދައަރާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ އެކި ހިސާބުތަކަށް މިރޭ ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވެފައި ވިލާގަނޑުގައި ވަރަށް ގަަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. […]

ވަރލްޑް ހެލްތު އެސެމްބްލީ: ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގައުމުތަކާއި ޖަމިއްޔާތަކާއެކު މަޝްވަރާކުރަނީ

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ވަރލްޑް ހެލްތު އެސެމްބްލީގެ 77 ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި އިއްޔެ ފަށައިފައިވާއިރު, ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ. ޖޫން މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ މެމްބަރު 194 ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާއިރު, މި އެސެމްބްލީގައި ބައިވެރިވާ ދިވެހިރާއްޖޭގެ […]

ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދިޔަ އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ

ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މިއަދު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ތ.ތިމަރަފުށީ މިނިވަން އައްސޭރި އުމުރުން 83 އަހަރުގެ އާދަމް ޢަލިމަނިކެވެ. ކަރެކްޝަނުން ބުނީ އާދަމް ޢަލިމަނިކު ނުހޭލައިގެން، އެ ގޮޅީގައި ތިބި އެހެން ގައިދީން ޑިއުޓީ އޮފިސަރުންނަށް އެންގުމުން، މެޑިކަލް ސެންޓަރަށް ގެންދިޔައިރު ވެސް ހަރަކާތް ނުކުރާތީ، 12:00 ހާއިރު އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށެވެ. އަދި ފަރުވާ ދިނުމަށްފަހު ވެސް ހަރަކާތެއް ނެތުމުން، އޭނާ ނިޔާވެފައިވާކަމަށް […]

ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް 2,210 ފަރާތަކުން ހުށަހަޅައިފި

ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް ހުޅުވައިލި ފުރުސަތުގެ ދަށުން އެކަމަށް އެދި 2210 ފަރާތަކުން ހުށަހަޅައިފިއެވެ. މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ކުރި އިއުލާނެއްގައި ވަނީ ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް ހުޅުވާލި ފުރުސަތުގެ ދަށުން އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތަފްސީލު އާންމުކޮށްފައެވެ. މި ފަރާތްތަކުގެ ތެރެއިން 1250، 1650  2050 އަދި 2450 އަކަފޫޓު […]

ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ނެރުނު އޮރެންޖު އިންޒާރުގެ ވަގުތު އިތުރުކޮށްފި

ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ނެރުނު އޮރެންޖު އިންޒާރުގެ ވަގުތު އިތުރުކޮށްފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ބުނީ ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ނެރުނު އޮރެންޖު އިންޒާރުގެ ވަގުތު މިރޭ 19:15 އިން ފެށިގެން 23:15 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އެ އަތޮޅުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އެ އަތޮޅުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް […]