ކުރިމަގުގައި ރާއްޖެއާއެކު ގުޅުން އިތުރަށް ބަދަހިކުރާނަން: ޖަޔަޝަންކަރު

ކުރިމަގުގައި އިންޑިއާއިން ރާއްޖެއާއެކު ގުޅުން އިތުރަށް ބަދަހިކުރާނެ ކަމަށް އިންޑިއާގައި އިއްޔެ އެކުލަވައިލި އައު ސަރުކާރުގެ ޔޫނިއަން މިނިސްޓަރު ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ. ޖަޔަޝަންކަރު މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ. މި ބައްދަލުކުރެއްވުމުގައި ދޭދޭ ގައުމު ތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އެއް ގައުމުން އަނެއް ގައުމަށްދޭ […]
ރައީސްގެ ދަތުރުފުޅުގެ ސަބަބުން ރާއްޖެ-އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ފޮރިން މިނިސްޓަރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ގައުމަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުވަތު ދެއްވައި ފޮނުއްވި ސިޓީ, ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިއްޔެ ކުރެއްވި […]
މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ.މުޢިއްޒު ފުރާވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވައި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޢިއްޒު އިންޑިއާއަށް ފުރާވަޑައިގަތީ މިރޭގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި ރައީސާއެކު ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީ, އާ […]
މޯދީ ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ދެއްވި ދައުވަތު ރައީސް މުޢިއްޒު ގަބޫލުފުޅު ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް މޯދީ ދެއްވި ދައުވަތު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ގަބޫލުފުޅު ކުރައްވައިފިއެވެ. މި ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ރައީސް މުޢިއްޒަށް ދައުވަތު ދެއްވައި ފޮނުއްވި ސިޓީ އެމަނިކުފާނަށް އެރުވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. ސިޓީ ހަވާލުކުރެއްވީ މުނޫ މަހާވަރް, ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސް އޮފީހުގައެވެ. މި […]
ދިވެހި ކަނޑުތަކަކީ ތިޔާގި އިގުތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދު: ރައީސް

ދިވެހި ކަނޑުތަކަކީ ތިޔާގި އިގުތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަޙައްދުގެ މުހިންމުކަމާއި، އެކަނޑުތަކުގެ ގުދުރަތީ ނަލަކަމާއި، އެކަނޑުތަކުގައިވާ ރޯއްޖާއި ޚަޒާނާތަކަކީ ދިވެހީންގެ ތިޔާގި އިގުތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދު ކަމަށެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް މިއަހަރު ސަރުކާރުން […]
އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް, ބައިނަލްއަގުވާމީ ފަރާތްތަކަށް ޚުތުބާގައި ގޮވައިލައިފި

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންގެންދާ އުދުވާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް, އެ އަނިޔާވެރި އުދުވާނީ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް, ބައިނަލްއަގުވާމީ ފަރާތްތަކަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވައިލައިފިއެވެ. ޚުތުބާގައި ބުނެފައިވަނީ މިއަދު އިސްލާމީ އުންމަތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިވެމުންދަނީ ފަލަސްތީނުގެ އަޑު ކަމަށާއިފަލަސްތީނަކީ ޝާމްކަރައިގެ ބައެއް ކަމަށެވެ. އަދި އެއީ އިސްލާމީ ހިދާޔަތާއި ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ދައުވަތާއި އެބޭކަލުންނަށް ބާވައިލެއްވި ފޮތްތަކާއި ގުޅިފައިވާ ފަސްގަނޑު ކަމަށާއި އެއީ އިސްލާމީ އުންމަތުގެ އިއްޒަތާއި ކަރާމާތާ […]
އެމްއެމްޕީއާރްސީ ޚިޔާނާތް: މަޖިލީހުގެ ޗީފް އޮފް ބިއުރޯ ނިހާންގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދަނީ

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ކުރީގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލުގެ އޮފީހުން ނިންމައިފިއެވެ. ނިހާންގެ މައްޗަށް ދައުވާ އުފުލީ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރުގައާއި، މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވިއިރު، މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި […]
މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ކުރީގެ މެންބަރު ނިހާން އައްޔަން ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް އަޙްމަދު ނިހާން ޙުސައިންމަނިކު އައްޔަން ކުރައްވައިފިއެވެ. މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފްގެ މަގާމަށް މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު އައްޔަން ކުރައްވާފައިވާ ކަމަށެވެ. ޕާލަމެންޓަރީ ސަރވިސް ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް އެހީތެރިވުމުގެ ގޮތުން ނިހާން މި މަގާމަށް އައްޔަން ކުރައްވާފައިވާއިރު މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި ނިހާން އިއްޔެ ވަނީ ވަޒީފާއަށް ނިކުންނަވަން […]
ރުހުން ނުދިން ވަޒީރުންނަށް އަލުން ރުހުން ދޭން ފެނޭތޯ ބެލުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިިފި

19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް އަލުން ރުހުން ދޭން ފެނޭތޯ ބެލުމުގެ މައްސަލަ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިދިޔަ ޖެނުއަރީ 29 ވަނަ ގައި ބޭއްވި ޖަލްސާގައި 3 ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީގެ މެންބަރުންނާއި ޑިމޮކްރެޓްސް މެންބަރުން ވޯޓު ދެއްވިއެވެ. ރުހުން ނުދޭން ފާސްކުރީ: އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް. ހައުސިން މިނިސްޓަރު ޑރ.ޢަލީ ހައިދަރަށް ބަންޑާރަނައިބު […]
ކުރީގެ ރައީސް ޞާލިޙް އުފެއްދެވި މަރު ކޮމިޝަން އުވާލައްވައިފި

”މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން“ އުވާލައްވައިފިއެވެ. މި ކޮމިޝަން އުފައްދަވާފައިވަނީ 2018 ނޮވެންބަރު 17ގައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި ގަރާރަކުން މިއަދު ވަނީ އެ ކޮމިޝަން އުވާލައްވައިފައެވެ. މަރު ކޮމިޝަން އުވައިލެއްވީ އެ ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް އެ ކޮމިޝަނުން ނިންމަވާފައިވާތީ ކަމުގައި ރައީސް ނެރުއްވި ގަރާރުގައި ބަޔާންކުރައްވާފައިވެއެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އުފެއްދެވި މަރު ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގެ ތެރޭގައި ނޫސްވެރިޔާ އަޙްމަދު […]