ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައި މީހަކު ހައްޔަރުކޮށްފި

ކ.މާފުށީ ބޭރުގައި އޮތް ސަފާރީއެއް ބަލައި ފާސްކޮށް ގިނައަދަދެއްގެ ބަނގުރާ ހޯދައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ މާފުށި ބޭރުގައި އޮތް ސަފާރީއެއްގައި ހުއްދަނެތި ބަނގުރާ ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި މި އޮޕަރޭޝަނުގައި އެ ސަފާރީ ބަލައިފާސްކޮށް 200 އަށްވުރެ ގިނަ ބަނގުރާ ފުޅި އާއި ދަޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން 62 އަހަރުގެ […]
ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އުރިއްޖެ

ތ.ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އުރި, ހިނގި ހާދިސާއެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. ކިނބިދޫ ނެރު ފަސްގަނޑަށް އުރުނީ “ވެލިމާ“ ނަމަކަށް ކިޔާ ލޯންޗެކެވެ. ފުލުހުން ބުނީ މިއަދު 17:00 ހާއިރު މި ލޯންޗު ކިނބިދޫ ނެރު ފަސްގަނޑަށް އަރައި އެކްސިޑެންޓްވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި ލޯންޗުގައި ތިބި 3 މީހުންގެ ތެރެއިން 2 މީހަކަށް ކުދި އަނިޔާތަކެއް ވެފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ […]
އެމްޓީސީސީގެ ހިއްސާއަކަށް 4 ރުފިޔާ ބަހަން ފާސްކޮށްފި

މޯޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ހިއްސާއަކަށް 4 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރީ އޮންލައިން ޕްލެޓްފޯމް ”ފަހިވޯޓު“ މެދުވެރިކޮށް އިއްޔެ ބޭއްވި އެ ކުންފުނީގެ މިއަހަރުގެ ޚާއްސަ އާންމު ޖަލްސާގައެވެ. އެމްޓީސީސީން ބުނީ މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައިވަނީ 47 ހިއްސާދާރުން ކަމަށާއި އެއީ މުޅިއެކު 5,540,192 ހިއްސާ ކަމަށެވެ. މި ޖަލްސާގައި ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ހިއްސާދާރުންގެ ތާއިދާއެކު ވަނީ ފާސްކޮށްފައެވެ. އެގޮތުން ކުންފުނީގެ ގާނޫނު […]
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއުގެ %90 ނިމިއްޖެ

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ފެށި މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް، ދިފާޢީ ވުޒާރާއާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި އާރްޑީސީ ގުޅިގެން މަޝްރޫއުއެއް ފެށީ މެއިމަހުގެ ނުވަވަނަ ދުވަހުގައެވެ. މި މަޝްރޫއުގެ އަދާހަމަ ހާމަކޮށް އާރްޑީސީއިން ބުނީ މަސައްކަތަށް ވެސްޓް ޕާކް ސަރަހައްދުން ކޮނެފައިވާ ތަންތަން […]
ސަގާފަތާއި ތަރިކައިގެ ދާއިރާތަކުން މީހުން ތަމްރީނުކުރަން ބޭރުގެ ތަޖުރިބާކާރުން ގެންނަނީ

ސަގާފަތާއި ތަރިކައިގެ ދާއިރާތަކުން މީހުން ތަމްރީނުކުރަން ބޭރުގެ ތަޖުރިބާކާރުން ރާއްޖެ ގެނެސްދިނުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ޔުނެސްކޯގެ ފަރާތުން ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ ޓިމް ކަރޓިސް ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖެ ހިމެނޭހެން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ޔުނެސްކޯގެ އިސް މަންދޫބު ޓިމް ކަރޓިސް މިހެން ވިދާޅުވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމާއެކު އިއްޔެ އެ ވުޒާރާގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި […]
ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަނީ ޖޭއެސްސީ އިސްލާހުކޮށް, މެންބަރުންގެ އަދަދު ހިފަހައްޓަން: ސަރުކާރު

ގާނޫނުއަސާސީ އިސްލާހުކުރުމާގުޅޭ ބިލެއް ހުށަހަޅަން ނިންމާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ އޮނިގަނޑު ބަދަލުކޮށް, ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ކަމަށް ސަރުކާރުން ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ މިއަހަރުގެ ދެވަނަ ދައުރުގައި 37 ބިލެއް ފޮނުއްވަން ސަރުކާރުން ވަނީ ނިންމާފައެވެ. އެ ބިލުތަކުގެތެރޭގައި ގާނޫނުއަސާސީ އިސްލާހުކުރުމާގުޅޭ ބިލެއް ހިމެނެއެވެ. ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ އެ ބިލު ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަން […]
ތުރުކީއާއި ޕާކިސްތާނުގެ ސަފީރުކަމަަށް އައްޔަންކުރައްވަން ނިންމަވާފައިވާ ބޭފުޅުންނަށް ކޮމިޓީން ރުހުންދީފި

ދިވެހިރާއްޖެއިން ތުރުކީއާއި ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމަަށް އައްޔަންކުރައްވަން ނިންމަވާފައިވާ ބޭފުޅުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމަށް ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އައްޔަން ކުރެއްވުމަށް ނިންމަވާފައެވެ. އަދި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ނިންމަވާފައިވަނީ މުޙައްމަދު ޠާހާއެވެ. ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ޢަބްދުއްރަޙީމް […]
ތައިލެންޑުގެ ކުންފުންޏަކުން އުފައްދާ ބޭސްތަކެއްގައި ނުރައްކާތެރި ކެމިކަލެއް ހިމެނޭތީ ސަމާލުވާން އަންގައިފި

ތައިލެންޑުގެ ކުންފުންޏަކުން އުފައްދާ ބޭސްތަކެއްގައި ނުރައްކާތެރި ކެމިކަލެއް ހިމެނޭތީ ސަމާލުވާން އަންގައިފިއެވެ. މޯލްޑިވްސް ފުޑް އެންޑް އޮތޯރިޓީއިން މިއަދު ނެރުނު އެލާޓެއްގައި ބުނީ ތައިލެންޑުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ seven stars pharmaceutical co. ltd އިން ބޭސް އުފެއްދުމުގައި ބޭނުންކޮށްފައިވާ sorbitol (އެކްސީޕިއެންޓެއް) ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާތީ ތައިލެންޑުގެ ބޭސް ރެގިއުލޭޓުކުރާ އޮތޯރިޓީިން ރިކޯލްކޮށް އެކަން ހިއްސާކޮށްފައިވާ ކަމަށެވެ. މި ބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓުކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ […]
މޯދީ ހުވާކުރެއްވި ރަސްމިއްޔާތު ލައިވްކުރަން ނިންމި ކަމަށް ބުނެ އަދަދު ނޫހުން ޝާއިއުކުރީ ދޮގު ޚަބަރެއް: ޕީއެސްއެމް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ދައުރަކަށް ހުވާކުރެއްމުގެ ރަސްމިއްޔާތު ލައިވްކުރަން އެ މީޑިއާއިން ނިންމި ކަމަށް ބުނެ އަދަދު ނޫހުން ފަތުރާފައިވަނީ ދޮގު ޚަބަރެއް ކަމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ބުނެފިއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ދައުރަކަށް ހުވާކުރެއްމުގެ ރަސްމިއްޔާތު ލައިވްކުރަން އެ ކުންފުނިން އެއްވެސް އިރެއްގައި ނުނިންމާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތައް […]
ރައީސް ޑރ.މުޢިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ އާ ބައްދަލުކުރައްވައިފި

ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އިންޑިއާގެ ރައީސްގެ ގެކޮޅު ކަމަށްވާ ރަޝްތުރަޕަތީ ބަވަންގައެވެ. މި ބައްދަލުކުރެެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ކުރިއެރުމަށްޓަކައި އެކުގައި މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. ރައީސް ޑރ.މުޢިއްޒު މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އައު ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި […]