ރާއްޖޭގެ ދެކުނުން 680 މޭލުގައި ހުރި ކޯބަލްޓް ފަރުބަދަ ތަހުލީލު ކުރަން އިންޑިއާއިން ހުށަހަޅައިފި

އިންޑިޔާއާއި 840 މޭލު ދުރުގައި ކަނޑު އަޑީގައި ހުރި ކޯބަލްޓް ފަރުބަދަ ތަހުލީލު ކުރަން އިންޑިއާއިން ހުށަހަޅައިފިއެވެ. މި ފަރުބަދަ ހުންނަނީ ރާއްޖޭގެ ދެކުނުން 680 މޭލު ދުރުމިނުގައެވެ. މި ފަރުބަދަ ތަހުލީލުކުރަން އިންޑިއާއިން ވަނީ އިންޓަނޭޝަނަލް ސީބެޑް އޮތޯރިޓީ (އައިއެސްއޭ) އަށް ހުއްދައަށް އެދި ހުށަހަޅާފައެވެ. އެކަން ހާމަކޮށް އެ އިދާރާއިން ބުނީ ހުއްދަ އަށް އެދި 500,000 އެމެރިކާ ޑޮލްރުގެ ޑިޕޮސިޓެއް އިންޑިޔާ އިން ދައްކާފައިވާ ކަމަށެވެ. އެ އިދާރާއިން ބުނީ ’އަފަނަސީ ނިކިޓިން‘ […]
ނަޝީދު ވިދާޅުވަނީ ދުނިޔޭގެ މިސްރާބު ހުރީ “ތިންވަނަ ބޮޑު ހަނގުރާމަ“ އަކާ ދިމާއަށް ކަމަށް

ދުނިޔޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތުން މިސްރާބު ހުރީ ތިންވަނަ ބޮޑު ހަނގުރާމައަކާ ދިމާއަށް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ސިޔާސީ މަސްރަހުން ވަގުތީ ގޮތުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މިހެން ވިދާޅުވީ ސޯޝަލްމީޑިއާ ޕްލެޓްފޯމް, “އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ. ނަޝީދުގެ ޕޯސްޓުގައި ވަނީ ތިންވަނަ ބޮޑު ހަނގުރާމައަކާ ދިމާއަށް މިސްރާބު ހުރިކަމަށް ފާހަގަކުރެވޭ ކަންކަން ހިއްސާކުރައްވައިފައެވެ. އެގޮތުން ދުނިޔޭގެ ބޮޑެތި ބާރުތަކުން އަަސްކަރީ ޚިދުމަތް ލާޒިމުކުރަން ވިސްނަމުންދާ ކަން […]
ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކ.ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގީ ތިލަފުށީގައި ހުރި ”ރާއްޖެ ލޮޖިސްޓިކްސް“ ގުދަނުގައެވެ. އެމްއެންޑީއެފްއިން ދެންމެ ބުނީ މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ މިއަދު 14:35 ހާއިރު ކަމަށާއި މި ހާދިސާގެ ރިޕޯޓް މިއަދު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން، ގުދަނުގައި ރޯވި އަލިފާން، ފަޔަރ ފައިޓަރުން […]
ގައުމަށް އަމާންކަން ލިބޭނީ އަމިއްލަ މަސްލަހަތުގެ ބަދަލުގައި ދީނާއި ވަތަނުގެ މަސްލަހަތު އިސްކޮށްގެން: ޢީދުގެ ޚުޠުބާ

ގައުމަކަށް އަމާންކަން ލިބޭނީ އަމިއްލަ މަސްލަހަތުގެ ބަދަލުގައި ދީނާއި ވަތަނުގެ މަސްލަހަތު އިސްކޮށްގެން ކަމަށް މިއަދުގެ ޢީދު ޚުޠުބާގައި ބުނެފިއެވެ. ޚުޠުބާގައި ބުނެފައިވަނީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ އެ ގައުމުގެ އަހުލުވެރިންނަކީ މާތްރަސްކަލާނގެ އެއްކައުވަންތަކޮށް އާޚިރަތް ދުވަހަށް އީމާންވާ ބަޔަކަށްވުން ކަމަށެވެ. އަދި އެކަލާނގެއަށް ބިރުވެތިވެ އެކަލާނގެއަށް ޖަވާބުދާރީވާންޖެހޭ ދުވަހެއް އަންނާނެކަން ގަބޫލުކުރާ ބައެއްގެ މެދުގައި ފަސާދަތައް މަދުވާނެކަމަށް ވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ގައުމަަކަށް ލިބޭނެ ބޮޑު އަނެއް ނިއުމަތަކީ އެ ގައުމަކީ […]
ކަނޑިތީމުގައި “ކަނޑިސާރު“ ގެ ނަމުގައި ސަގާފީ މަރުކަޒެއް ހުޅުވައިފި

ށ.ކަނޑިތީމުގައި “ކަނޑިސާރު“ ގެ ނަމުގައި ސަގާފީ މަރުކަޒެއް ހުޅުވައިފިއެވެ. ކަނޑިތީމު ކައުންސިލުން ބުނީ މިއީ ކަނޑިތީމު ތަރިކައާއި ތާރީޚު ރައްކާކުރުމަށް ރަށު ފެންވަރުގައި ހިލޭސާބަހަށް މަސައްކަތްކުރާ ގްރޫޕަކުން ކުރަމުން އައި މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކުރެފައިވާ މަސައްކަތުގެ ތެރެއިން ކައުންސިލްގެ އެއްބާރުލުމާއެކު ހެދިފައިވާ މަރުކަޒެއް ކަމަށެވެ. މި މަރުކަޒު ހަދާފައިވަނީ އެ ރަށު ކުރީގެ އަންހެނުން މިސްކިތުގައެވެ. އެއީ އެ ރަށުގައި މިވަގުތު ހުރި ދުވަސްވީ އިހުގެ ގޮތް ފާޑު ހުރި އެއް އިމާރާތެވެ. ކައުންސިލުން […]
ދަރުބާރުގޭ ކައިރީގައި ހިންގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެ ފަރުވާދެނީ

ދަރުބާރުގޭ ކައިރީގައި މިރޭ މާރާމާރީއެއް ހިންގައިފިއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދަރުބާރުގޭ ކައިރީގައި މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓް ލިބުނީ މިރޭ 22:30 ހާއިރު ކަމަށެވެ. މި މާރާމާރީގައި އަނިޔާވި މީހަކަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ މެސެޖުގައި ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންގެ ވަނަވަރެއް ފުލުހުން […]
އީދު ދުވަސް: ހަވީރު ގަޑީގައި މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ

އީދު ދުވަހު ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި އިންޖީނުލީ އުޅަނދާއި ބެޓެރި ވެހިކަލްތައް ދުއްވުން މަނާކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ބުނީ މިއަހަރުގެ އަޟްޙާ ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. “ގްރޭޓަރ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި މަތީގައި […]
އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފުނުވާ ގޮތަށް އީދުގެ ހަރަކާތްތައް ކުރިއަށް ގެންދަން ކައުންސިލުތަކަށް އަންގައިފި

އިސްލާމްދީނުގެ އަސާސްތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ނުވާނެހެން އީދުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް, ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް އަންގައިފިއެވެ. އެ ވުޒާރާއިން ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އަޟްހާ އީދުގެ މުނާސަބަތާ ގުޅިގެން ކައުންސިލުތަކުން އިންތިޒާމުކުރާ ހަރަކާތްތަކާއި ސިޓީތަކާއި ރަށްރަށުގެ އެހެނިހެން ފަރާތްތަކުން އީދު ފާހަގަކުރުމަށް ހިންގާ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ސަމާލުކަން ދޭންވީ ކަންކަން […]
ރަޖިސްޓްރީ ނުކުރާ ވެހިކަލެއްގައި ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލައެއް ބަލަނީ

ރަޖިސްޓްރީ ނުކުރާ ވެހިކަލެއްގައި ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލައެއް ބަލަން ފަށައިފިއެވެ. ފުލުހުން މިރޭ ބުނީ މިއަދު 18:18 ހާއިރު ހައިވޭ ދެކުނުން އުތުރަށް ލައިސެންސް ނެތި އަދި ރަޖިސްޓްރީ ނުކުރާ އުޅަނދެއްގައި ވަގު ބޯޑު އަޅުވައިގެން ދުއްވި މައްސަލައެެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން މި މައްސަލަ ތަހުގީގުކުރަމުންދާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެއިތުރުން މިއަދު ހަވީރު 17:17 ހާއިރު ބްރިޖު އެއާޕޯޓު ލައިޓު އިރުން ހުޅަނގަށް ގަވާއިދާ ޚިލާފަށް ފަހަތަށް ގިނަ އަދަދެއްގެ […]
ރާއްޖޭގެ އާބާދީގެ 3 އިންސައްތަ މީހުން ލޭ ހަދިޔާ ކުރާނަމަ، ބޭނުންވާ މިންވަރަށް ލޭ ލިބޭނެ: ހެލްތު މިނިސްޓްރީ

ދިވެހިރާއްޖޭގެ އާބާދީގެ 3 އިންސައްތަ މީހުން ލޭ ހަދިޔާ ކުރާނަމަ، ބޭނުންވާ މިންވަރަށް ލޭ ލިބޭނެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއާ ހަވާލާދީ ހެލްތު މިނިސްޓްރީއިން ބުނެފިއެވެ. މިއަހަރުގެ ބައިނަލް އަގުވާމީ ލޭ ހަދިޔާ ކުރާ ދުވަހާ ގުޅިގެން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ޕޭޝަންޓުން ގިނަ ގައުމެއް ކަމަށާއި ރާއްޖޭގައި ލޭ ބޭނުންވާ މިންވަރުވެސް އެހެން ގައުމުތަކާއި އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ. “ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ އިން އަންދާޒާ ކުރާ […]