ބަކާ ނިޔާވެއްޖެ

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުޙައްމަދު ޢާރިފް (ބަކާ) ނިޔާވެއްޖެއެވެ. ގަދަޔަށް ހުންއައިސްގެން ބަކާގެ ހާލު ގޯސްވެ އޭޑީކޭގެ އައިސީޔޫގައި ފަރުވާދޭން ފެށީ އިއްޔެގައެވެ. އުމުރުން 38 އަހަރުގެ ބަކާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ބަކާގެ ހާލު ސީރިއަސްވީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އައިތާ ދެ ދުވަސް ފަހުންނެވެ. މުޙައްމަދު ޢާރިފް (ބަކާ) . ފޮޓޯ: މިހާރު

ކުޅުދުށްފުށި އިލާ ކްލިނިކުން ވައްްކަން ކުރި މީހާ ހައްޔަރުކޮށްފި

ކުޅުދުށްފުށި ސިޓީ އިލާ ކްލިނިކުން ވައްކަންކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ކުޅުދުށްފުށީ އިލާ ކްލިނިކުން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ. ކްލިނިކުން ވަގަށް ނެގި ތަކެތި ހޯދުމަށް ކުޅުދުށްފުށީ ފުލުހުން ކުރި މަސައްކަތުން އިއްޔެ އެ ތަކެތި ހޯދައި ވެރި ފަރާތާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މި މައްސަލަ […]

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ބަކާގެ ހާލު ގޯސްވެ އައިސީޔޫގައި ފަރުވާދެނީ

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުޙައްމަދު ޢާރިފް (ބަކާ) ގެ ހާލު ގޯސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު މީގެ ދެދުވަސް ކުރިން ރާއްޖެ އައި ބަކާއަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އުމުރުން 38 އަހަރުގެ ބަކާގެ ހާލު ސީރިއަސްވީ ގަދަޔަށް ހުންއައިސްގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ބަކާ މިހާރު އޮތީ ވެންޓިލޭޓަރުގައެވެ. ޑޮކްޓަރުންނާ ހަވާލާދީ ބަކާގެ ގާތް މީހަކު މައުލޫމާތު ދިން ގޮތުގައި ބަކާގެ […]

ރައީސް ޑރ.މުޢިއްޒު އެ ވިދާޅުވާ ދުޅަހެޔޮކަމެއް އިގުތިސާދުގައި ނެތް: ޔާމީން

ރާއްޖޭގެ އިގުތިސާދުގައި ދުޅަހެޔޮކަމެއް ނެތް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ ޕީއެންއެފްއިން މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަން ފެށުނުފަހުން އިގުތިސާދީ އެޖެންޑާގަ އޮތް ގޮތަށް ކަންކަން ކުރިއަށް ގެންގޮސް ފެށި މަސައްކަތުގެ ނަތީޖާ ވަރަށް ވެސް ރަނގަޅު ކަމަށް ވިދާޅުވެފައެވެ. އަދި ފައިސާ ޗާޕުކުރުން ހުއްޓާލައި, […]

އަޅުގަނޑުމެންނަކީ ޒާތީ ކަމެއްގަ އުޅޭ ބައެއް ނޫން, މިއީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ބައެއް: ޔާމީން

އެމަނިކުފާނާއި އެމަނިކުފާނު އަރިހުގައި މިވަގުތު ތިބި ބޭފުޅުންނަކީ ޒާތީ ކަމެއްގަ އުޅޭ ބައެއް ނޫން ކަމަށާއި މިއީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ބައެއް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންއެފްއިން މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޖަލު ހުކުމާ ގުޅިގެން މީގެކުރިން ޕޯޑިއަމްގައި ވާހަކަފުޅު ދައްކަވަން ހުއްދައެއް ނެތް ކަމަށާއި ނަމަވެސް މިއީ ހުއްދަ ލިބުނު ފަހުން ޕޯޑިއަމްއެއް ކައިރީ ހުއްޓިވަޑައިގެން ވާހަކަފުޅު ދައްކަވަން ލިބިވަޑައިގަންނަވާ ފުރަތަމަ […]

ޕީއެންއެފްއިން މިރޭ ބާއްވާ ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވާނެ

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިރޭ ބާއްވާ ޖަލްސާގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވާނެ ކަމަށް އެ ޕާޓީއިން ބުނެފިއެވެ. ޕީއެންއެފްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހު ޖަމާލު ވިދާޅުވީ މިރޭ 20:30 ގައި ބާއްވާ އެ ޕާޓީގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. މި ޖަލްސާ އޮންނާނީ އެ ޕާޓީގެ އާ އޮފީހުގައެވެ. ޕީއެންއެފްގެ އޮފީސް މިހާރު ހުންނަނީ ރައީސް ޔާމީންގެ ގެކޮޅު ކަމަށްވާ ހ.ދޫވެހި, ފުރަތަމަ […]

އަދުރޭގެ މެސެޖު ޔާމީނަށް: “ރާއްޖޭގެ ސިޔާސީ ތާރީޚުގައި ދެން އަޅުގަނޑުމެންނާ ވާދައެއް ނުކުރެވޭނެ“

ރާއްޖޭގެ ސިޔާސީ ތާރީޚުގައި ދެން އެބޭފުޅުންނާ ވާދައެއް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ޖަގަހަ ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޢަބްދުއްރަޙީމް ވަނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަރިހުގައި މިވަގުތު ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރައްވައިފައެވެ. ޢަބްދުއްރަޙީމް ވިދާޅުވީ މިއަދު ލިބިފައިވާ ނަސީބު ލިބުނީ ވަކި މީހަކަށްވުރެ ގައުމު އިސްކުރުމުން ކަމަށެވެ. “އަޅުގަނޑު މި ދަންނަވަނީ […]

ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޕީއެންއެފްގެ ޖަލްސާއެއް މާދަމާރޭ

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއް މާދަމާރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ބުނެފިއެވެ. ޕީއެންއެފްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހު ޖަމާލު ވިދާޅުވީ މާދަމާރޭ އެ ޕާޓީގެ ވަރަށް ފޯރިގަދަ ޖަލްސާއެއް އޮންނާނެ ކަމަށާއި މި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މިއީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށްފަހު ޕީއެންއެފްއިން ބާއްވާ ފުރަތަމަ ޖަލްސާއެވެ. މަލީހު ވިދާޅުވި ގޮތުގައި މި ޖަލްސާ އޮންނާނީ ޕާޓީގެ އާ އޮފީހުގައެވެ. […]

ހަނިމާދޫ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހދ.ހަނިމާދޫ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ ހަނިމާދޫ ގެއެއްގެ ކޮޓަރީގައި ކުއްޔަށް އުޅޭ މީހަކު ރޭ ކޮޓަރިއަށް ވަންގޮތަށް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ. އެގޮތުން ގޮސް ބެލިއިރު ހަރަކާތެއް ނެތި އެ މީހާ އެނދުމަތީގައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން އެ މީހާ އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށާއި ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން […]

އިސްލާމްދީނަށް ފުރައްސާރަކޮށް ’އެކްސް‘ ގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލަނީ

އިސްލާމްދީނަށް ފުރައްސާރަކޮށް ސޯޝަލްމީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލަން ފަށައިފިއެވެ. އިސްލާމްދީނަށް ފުރައްސާރަކޮށް ޕޯސްޓު ކޮށްފައިވަނީ ޢާއިޝަތު ނަޒްހާގެ ނަމުގައި ހަދާފައިވާ އެކައުންޓަކުންނެވެ. “ހިލަގަނޑެއް ވަށައިގެން ބުރުޖަހާފައި އެޔަށް ބެންޑްވެ ބޮސްދިނުން އޯކޭ. އެކަމަކު ޔޯގާ ހަރާމް“ ހައްޖުގެ އަޅުކަމަށް ފުރައްސާރަކޮށް ކޮށްފައިވާ ޕޯސްޓުގައި ވެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިސްލާމްދީނަށް ފުރައްސާރަކޮށް އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއް އެ ޚިދުމަތުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ ޕޯސްޓާ […]