ތިންބާރު ވަކިވެފައި އޮންނަ ނިޒާމް!

ތިންބާރު ވަކިވުމުގެ މާނައަކީ ކޮންމެ ބާރަކީ، ގިރާ ނުކުރެވޭނެ އިމެއްނެތް ލިމިޓެއްނެތް ބާރުތަކެއް އޮތުމެއް ނޫނެވެ. މިސާލަކަށް ބަލާނަމަ ތިންބާރުންކުރެ ބާރަކުން ވިޔަސް އެނޫން ސަރުކާރުގެ އިދާރާއަކު ވިޔަސް ޤާނޫނާއި ޚިލާފަށް، އިންސާނިއްޔަތާއި ޚިލާފަށް އެއްވެސް މީހެއްގެ ޙައްޤެއް ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ނިގުޅައިގެންފިނަމަ އެކަމެއްގެ ބަދުނާމާއި ފުރައްސާރަ ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އަދި ޤައުމަށް ރައްދުވެއެވެ. އެހެންކަމުން ޤާނޫނުގެ ތަރަހައިން ބޭރުން ރާއްޖޭގެ ސަރަހައްދުގައި އެއްވެސް މީހެއްގެ ޙައްޤެއް ނިގުޅައި ގަނެފިނަމަ އެއީ ދައުލަތް ހިންގާފަރާތުން ނިގުޅައިގެން […]
ބަނގުލަދޭޝް އާއި އިންޑިޔާގެ ދެމެދު އޮތް ދިފާޢީ މުއާހަދާ އުވާލައިފި

ބަނގުލަދޭސް އިންޑިޔާ އާއެކު ހަދާފައިވާ 5 އަަރަބު 90 ކުރޯޑް ރުފިޔާގެ ދިފާޢީ މުޢާހަދާ އުވާލައިފިއެވެ. އިންޑިޔާ އިން ދިފާޢުކުރަމުން އައި ބަނގުލަދޭޝްގެ ކުރީގެ އަނިޔާވެރި ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަން ރައްޔިތުންގެ އިންޤިލާބަކުން ބަދަލުކުރި ފަހުން ދެޤައުމުގެ ދެމެދުގައިވާ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޝައިޚް ޙަސީނާ ގެ މައްޗަށް ކުރެވިފައިވާ ސިޔާސީ ވާދަވެރިން މެރުމާއި ނިޒާމުން ގެއްލުވާލުމާއި ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން ބަނގުލަދޭޝްގެ ކޯޓަށް ޙާޟިރު ކުރުމަށް ޙަސީނާ ފޮނުވައި ދިނުމަށް އެދުމުން […]
ފަލަސްތީން

ފަލަސްޠީނުގެ ބިންތައްވެސް ހިމެނޭގޮތުން ހިޖާޒުކަރަ އާއި ޝާމުކަރައަކީ ތުރުކީގައި އޮތް އުޘްމާނީ ޚިލާފަތުގެ ދަށުގައި ހުޅަނގުގެ އެއްވެސް ނުފޫޛެއް ނެތި 400 ޤަރުނު ވަންދެން ވެރިކަންކުރަމުން އައި ސަރަހައްދެކެވެ. އިސްލާމީ އުންމަތާއި އަދި ޢަރަބިންގެ މެދުގައިވެސް މާބޮޑެތި މައްސަލަތަކެއް ނެތި ވެރިކަން ހިނގަމުން ދަނިކޮށް އުޘްމާނީ ޚިލާފަތާއި ދެކޮޅަށް ހިޖާޒުކަރައިގެ އަމިއްލަ އެދުން ބޮޑެތި ބައެއް ޤަބީލާތަކުގެ މެދުގައި ބަޣާވާތެއް ހިންގަން ފެނުނެވެ.އެބަޣާވާތުގެ އިސް މީހަކަށް ހުންނެވިކަމަށްވަނީ ،ޝަރީފް ބިން ޙުސައިން ބިން ޢަލީ އެވެ. މިކަން […]
ކުދިންނޭވެ، ކުށުގެ ވެށިން މިންޖުވޭ!

ކުށުގެ ވެށީގައި އުޅޭ ކުދިންނާއި، ޕާޓީ ހަދާ ކުދިންނާއި، މަސްތުވާ ތަކެއްޗަށް ދެވިހިފާފައިވާ ކުދިންނާއި، އެބޭނުން ކޮށްގެން ތަންތަނުން ފުއްމާލައިގެންނާއި އެނޫން ވެސް ގޮތްގޮތުން މަރުވާ ކުދިންނާއި، ވައްކަންކުރާ ކުދިންނާއި، އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް ގެއްލުންދޭ ކުދިންގެ މައިންބަފައިންނާއި، އެކުދީންގެ ބެލެނިވެރިންނޭވެ! ތިޔަކުދީންގެ ދިރިއުޅުމަކީ ކުޅިސަމާސަ މަޖަލެއް ކަމުގައި ނުހަދާށެވެ. ޒިންމާދާރު އަދި މި މުޖުތަމަޢުގެ ރައުސުލްމާލަކި ތިއީ ކަމުގައި ދެކޭށެވެ. ހަމަ އެހެންމެ ދަރިން ތަރުބިއްޔަތު ކުރުމުގެ ފުރަތަމަ މަރުހަލާ ގެ ޒިންމާ އޮތީ […]
އެންމެން މާލެއަށް ހިޖުރަކުރުވުން މިއީތޯ ޙައްލަކީ؟

މާލެއަށް ރާއްޖޭގެ އެންމެން ހިޖުރަ ކުރަން މަޖުބޫރު ވާ ސަބަބުތައް ގިނައެވެ. އެސަބަބުތައް ނޭނގޭ މީހަކު ވެސް ނެތެވެ. މިހާރު މާލޭގައި ހިނގާފަ އުޅެވޭކަށް އަދި ދުއްވާ އެއްޗެއްގައި ވެސް އުޅެވޭކަށް ނެތެވެ. ތޮއްޖެހުން ބޮޑީއެވެ. މީހުން އެހާ ގިނަ އެވެ. ދުއްވާ ވެހިކަލްތައް އެހާ ގިނައެވެ. ހިނގާ މީހުންނަށާއި ދުއްވާ އެއްޗެއްސަށް އޮތް ބިމުގެ ޖާގަ ކުޑައީއެވެ. މިކަމަށް އޮތް ހައްލަކީ، ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއާއި ދެކުނުގައި ގެދޮރު އިމާރާތް ކޮށްދިނުމަށް ފަހު ފައިސާ […]
ނިރުބަވެރި ޖަމާޢަތެއް އަތުލައިގަނެފި ކަމަށް އުރުދުން އިން ބުނެފި

އުރުދުންގެ ސަލާމަތަށް ނުރައްކާތެރި ޙަމަލާތަކެއް ދިނުމަށް މަސައްކަތްކުރި އުރުދުންގެ ބޮޑު ނެޓްވޯކެއް އުރުދުންގެ ސިއްރު ފުލުހުން ހައްޔަރު ކޮށްފައިވާކަމަށް އުރުދުން ސަރުކާރުން ބުނެފިއެވެ. އުރުދުންނުން މިގޮތަށް ބުނި ނަމަވެސް އުރުދުން ހައްޔަރުކުރީ، އިޒްރޭލުން ފަލަސްޠީނުގައި ހިންގާ ލޭއޮހޮރުވުން ތަކަށް ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލަށް ޙަމަލާ ދިނުމަށް އުޅުނު ނެޓްވޯކެއްކަމަށް ވެއެވެ. އުރުދުންނުން ވަނީ މީގެ ކުރިން އީރާނުން އިޒްރޭލަށް ފޮނުވި މިސައިލްތަކެއް ވެސް އުރުދުންގައި ތިބޭ އެމެރިކާގެ ސިފައިން ގެ އެހީތެރިކަމާއެކު އިޒްރޭލަށް ފޯރުމުގެ ކުރިން […]