އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، 2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ޚަރަދުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 51 ބިލިއަން ރުފިޔާގައެވެ. އެއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ޒަމީރު ވިދާޅުވި ގޮތުގައި […]

އިންތިގާލީ އިންސާފުގެ އޮފީހަށް 400 އަށްވުރެ ގިނަ މައްސަލަ ހުށަހެޅި، އިންސާފު ހޯދައިދޭން މަސައްކަތް އެބަކުރަން: އޭޖީ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އުވައިލިއިރު، އެ އޮފީހަށް 400 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް މިހެން ވިދާޅުވީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އުޝާމް ވިދާޅުވީ އޭޖީ އޮފީހުން މިހާރު ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ އޮމްބަޑްސް ޕާސަން އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ […]

ސައޫދީއަށް ކަނޑައަޅުއްވާ ސަފީރަކަށް ސަރީރު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ރާއްޖެއިން ސައަުދީ ރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް އަޙްމަދު ސަރީރު އައްޔަންކުރެއްވުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިގޮތަށް ފާސްކުރީ 86 މެންބަރުންގެ ވޯޓުންނެވެ. ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި މިހާރު ހުންނެވި ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަގާމުތަކާއި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަގާމުތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ސަރީރު ވަނީ […]

3 ވަޒީރުންނަށް ރުހުން ދޭން މަޖިލީހުން ފާސްކޮށްފި

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި ތިން ވަޒީރަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އައްޔަންކުރެއްވި ޑޮކްޓަރ ޚަލީލާއި، މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް އައްޔަންކުރެއްވި މޫސާ ޒަމީރު އަދި މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް އައްޔަންކުރެއްވި ނާޡިމް އިބްރާހީމަށް ރުހުން ދިނުމަށެވެ. އެ ތިން ބޭފުޅުންނަށް ވެސް ރުހުން ދޭން […]

އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އަޒީމާ އައްޔަންކުރަން މަޖިލީހުން ރުހުންދީފި

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޢާއިޝަތު އަޒީމާ އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އަޒީމާ އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މައްސަލަ މަޖިލީހަށް ފޮނުއްވީ އޮކްޓޫބަރު 14 ގައެވެ. އަދި އެ މައްސަލަ ދިރާސާކުރުމަށްފަހު އަޒީމާއަށް ރުހުންދޭން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ފާސްކުރީ 15 ވަނަ ދުވަހުއެވެ. އެގޮތަށް ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި […]

ފުލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމުކުރެވޭނީ އަންނަ މަހު: ހައުސިންގ މިނިސްޓްރީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ހަފުތާގައި އާންމުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިންގ މިނިސްޓްރީން މިއަދު ބުނެފިއެވެ. ކުރީ ސަރުކާރުން، ފުލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަަށް ތުހުމަތުކޮށް، އާންމު ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅިއެވެ.އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން، “ހައުސިންގ އެޑްވައިޒަރީ ކޮމިޓީ“ އެއް […]

ސަފާރީއެއްގައި ކުރަމުންދިޔަ ބަނގުރަލުގެ ވިޔަފާރި ހުއްޓުވައި، ގިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް

ގދ.ގައްދޫ ބޭރުގައި އޮތް ސަފާރީއެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން މިއަދު އާންމުކުރި ޚަބަރެއްގައި ބުނީ ގައްދޫ ބޭރުގައި އޮތް ސަފާރީއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރުގެ ދަށުން އެ ސަފާރީ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ގައްދޫ ޕޮލިސް ސްޓޭޝަނާއި ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ގުޅިގެން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި […]

ނައިބު ރައީސް ސަމޯއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގް (ޗޮގަމް 2024)ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފު ސަމޯއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. އޮކްޓޫބަރު 21 އިން 26 އަށް ނައިބު ރައީސް ކުރެއްވި މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޚަލީލާއި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް، އެންޑް ރިކްރިއޭޝަން، ރާފިޢުއާއި، ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޑރ. އިރުތިޝާމް އާދަމާއި، ސަރުކާރުގެ މަތީ […]

ޓެކްސް އެޕީލް ޓްރައިިބިއުނަލްއަށް 4 ބޭފުޅުން އައްޔަންކުރަން މަޖިލީހުން ރުހުންދީފި

ޓެކްސް އެޕީލް ޓްރައިިބިއުނަލްއިން ހުސްވެފައިވާ ހަތަރު މަގާމަށް ބޭފުޅުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. ޓެކްސް އެޕީލް ޓްރައިިބިއުނަލްއިން ހުސްވެފައިވާ 4 މަގާމަށް 13 ބޭފުޅަކު ކުރިމަތިލެއްވިއެވެ. ކުރިމަތިލެއްވި ބޭފުޅުން: ޙަސަން ޒުހައިރު މުޙައްމަދު، ގ.މާވާރުލު ޢާއިޝަތު އާދަމް، ރިވެލި / ރ.އަލިފުށި އިބްރާހީމް ޝަރީފް، ގ.އަލިޝާ އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް، ގަސްދޮށުގެ / ގއ.ނިލަންދޫ އަޙްމަދު ސަޢީދު، މ.ފަތްކޯނި ހުޅަނގުބައި އަލްއުސްތާޒު ޢަބްދުالله ޢަބްދުލްޙަކީމް، އަޛާން ޕެލަސް / ޅ.ނައިފަރު އަލްއުސްތާޒު މުޙައްމަދު އަމީން […]

ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސައުތު ޕޮލިސް ޑިވިޝަން (ގއ، ގދ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ) ގައި ހިމެނޭ ރަށެއްގައި 8 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރިޕޯޓުކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. މި މައްސަލާގައި 26 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލަ […]