ފޭސް 3 އިން ގޯތި ލިބުނު މީހުންނަށް ޖެނުއަރީ މަހުގެ ނިޔަލަށް ގޯތިތައް ހަވާލުކޮށް ނިންމާނަން: ފަޒުލް

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ފޭސް 3 އިން ގޯތި ލިބުނު މީހުންނަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ގޯތިތައް ހަވާލުކޮށް ނިންމާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭ ވިދާޅުވެއްޖެއެވެ. ފަޒުލް މިހެން ވިދާޅުވީ އެ ކުންފުނީގެ މުހިންމު ޕްރޮޖެކްޓްތަކެއް އިފުތިތާހުކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. ފަޒުލް ވިދާޅުވީ ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް މިހާރު މެދުކެނޑިފައި އޮތަސް ވަރަށް އަވަހަށް އަލުން […]

ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، ފައިސާ ހޯދަން އުޅެފި

ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، ފައިސާ ހޯދަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން މިއަދު ބުނީ އިއްޔެ ރޭ ހުޅުމާލޭ އޯކިޑުމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް ބިރުދައްކައި އަދި އެ މީހާގެ އާއިލާގެ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑްކުރި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު ނަންބަރު ރސ 9022، ތޮލާލު މުޙައްމަދު (37 އ) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން […]

ހިޔާ ފުލެޓެއްގައި މީހަކު ރަހީނުކޮށް، އިނގިލި ބުރިކުރަން އުޅުނު 12 މީހުން 7 ދުވަހަށް ބަންދުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގައި ފިރިހެނަކު ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި މީހުން ބަންދުކުރަންއަމުރުކޮށްފިއެވެ. އެޗް 9 ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓުގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށްގެން އުޅެނިކޮށް، ބުރާސްފަތި ދުވަހުގެރޭގެ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން ވަނީ އެ އެޕާޓްމަންޓުގެ ދޮރު ހަލާކުކޮށްލުމަށްފަހު ވަދެ، އެ މީހާ ސަލާމަތްކޮށް، އެ ތަނުގައި ތިބި 12 މީހުން ހައްޔަރުކޮށްފައެވެ. މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެފައިވާ ގޮތުގައި ފުލުހުން އެޕާޓްމަންޓަށް ވަންއިރު […]

ގައުމީ ތަރައްގީގެ 20 އަަހަރުގެ މާސްޓަރ ޕްލޭނުގެ މަސައްކަތް ފަށައިފި

ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގެ 20 އަަހަރުގެ މާސްޓަރ ޕްލޭންގެ މަޝްވަރާ ބައްދަލުވުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވައިފިއެވެ. ގައުމީ ތަރައްގީގެ 20 އަަހަރުގެ މާސްޓަރ ޕްލޭންގެ މަޝްވަރާތައް އިފުތިތާހުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެެވެ. މި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ޑޮކްޓަރު މުޢިއްޒު ވަނީ ސިޔާސީ ފިކުރު އެއްކިބާކޮށް، ގައުމަށާއި އަދި އަންނަން އޮތް ޖީލުތަކަށް ފައިދާވާނޭ ގޮތަށް މި ޕްލޭން ރާވާ، ތަންފީޒުކުރުމުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލެއްވުމަށް އެދިވަޑައިގެންފައެވެ. މި ޕްލޭން […]

”ހިޔާވެހި ފައިނޭންސިން ސްކީމް“ އިފްތިތާހުކޮށްފި

ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައިވާ ލުއި ލޯނު ޕްރޮގްރާމް ”ހިޔާވަހި ފައިނޭންސިން ސްކީމް“ މިއަދު އިފްތިތާހުކޮށްފިއެވެ. މި ސްކީމް އިފުތިތާހުކޮށްދެއްވީ މިކަމަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި ހަފުލާއެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ހިޔާވަހި ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތްކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ފަށަން މަސައްކަތްކުރާ ސްކީމެކެވެ. ހިޔާވެހި ފައިނޭންސިންގެ ތެރެއިން ތިން ބާވަތެއްގެ ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. 1.ހިޔާވެހި […]

ބޮޑު ސިއްކަ ދިފާއުކޮށް ނަޝީދުގެ އާ ވާހަކަތަކެއް، “ސިއްކަ އޮތީ މައުމޫން އަރިހު އޭނައަށް އެނގޭވަރު މާކުރިން ދަންނަވާފަ“

1988 ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް އުދުވާނީ ހަމަލާއެއް ދިން މައްސަލާގައި ބައިވެރިވިކަމުގެ ތުހުމަތުގައި ޖަލު ހުކުމެއް އައި ސިއްކަ އަޙްމަދު އިސްމާޢީލް މަނިކުގެ ދިފާއުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާ ވާހަކަތަކެއް ދައްކަވައިފިއެވެ. ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުން ރޭގެ ވަގުތެއްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1988 ނޮވެމްބަރު 3 އާ ގުޅޭ ގޮތުން ސިއްކައަށް އެނގި ހުރި މިންވަރަށް އެނގި ތިބި ކިތަންމެ ބަޔަކު އެބަ ތިބި ކަމަށާއި، ސިއްކަ އޮތީ […]

ސީޓު އެއަރ ކާގޯގެ ޚިދުމަތް: ވަޖީހު ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އިގުތިސާދަށް ދިރުން ގެނެސްދޭނޭ ކަމަށް

ސީޓު އެއަރ ކާގޯގެ ޚިދުމަތަކީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އިގުތިސާދަށް އިތުރަށް ދިރުން ގެނެސްދޭނޭ ސިނާއަތަކަށް ވެގެންދާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު މިއަދު ވިދާޅުވެއްޖެއެވެ. ސީޓު އެއަރ ކާގޯގެ ޚިދުމަތަކީ ކަނޑު މަގުން އަންނަ މުދާ، ޓުރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމެވެ. މި މަސައްކަތަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުރަމުން އަންނަ އަދި މި މަސައްކަތުން އެ ގައުމު ތަކުގެ އިގުތިސާދަށް ބޮޑެތި މަންފާތަކެއް ހޯދަމުން އަންނަ މަސައްކަތެއްކަން […]

ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވައިފި

މިއަހަރުގެ ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު މިއަދު ހެނދުނު ހުޅުވައިފިއެވެ. ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި މައުރަޒު ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ މައުރަޒު ބައްލަވައިލައްވާފައެވެ. މި މައުރަޒުން ފެނިގެންދާނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެ ދުވަހު ނަސްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ. މީގެއިތުރުން މި މައުރަޒުގެ މައިގަނޑު […]

މޫސާ ޢަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވަނީ

ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ގޮތަށް ނިންމެވީ މޫސާ ޢަލީ ޖަލީލު، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްތައް، އަދި ޚާއްސަކޮށް 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން، ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި އޭނާ ކުރެއްވި […]

248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި

ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން 248 ސިޔާސީ މުވައްޒަފުން ވަކިކުރައްވާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މިދިޔަ މަހުގެ 15 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމަވާފައިވާކަން އިއުލާނު ކުރައްވާފައެވެ. އެގޮތުން ދައުލަތުގެ ވުޒާރާތަކުން ކުރިއަށް އޮތް 15 ދުވަސްތެރޭގައި އެ މުވައްޒަފުން ވަކިކުރަން އަންގަވާފައިވާ ކަމަށް އެމަނިކުފާނު އެ ދުވަހު ވިދާޅުވިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ […]