ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އއ.ގަންގެހި ރިސޯޓް ބޭރަށް ސްނޯކްލިންގއަށް ގޮސް އުޅުނު ފަތުރުވެރިއެއް މަރުވެފައިވާކަމުގެ ރިޕޯޓު ލިބުނީ އިއްޔެ 11:22 ހާއިރު ކަމަށެވެ. ފުލުހުން ބުނީ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެ މީހާއަކީ ރަސްދޫ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާގެ 27  އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. […]

ރައީސް، އދ. އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން 2.4 މިލިއަން ރުފިޔާ

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން 2.4 މިލިއަން ރުފިޔާ ޚަރަދުވި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުޢިއްޒު އދ. އަށް ކުރެއްވި ދަތުރުފުޅަށް ދިވެހި ސަރުކާރުން 2,455,583.01 ރުފިޔާ ޚަރަދު ކަމަށެވެ. މިދިޔަ ރިޔާސީ ދައުރުގައި އދ. ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް […]

މުދަލު ޒަކާތުގެ ނިސާބުގެ މިންވަރަށް ބަދަލު ގެނެސްފި

މުދަލު ޒަކާތުގެ ނިސާބުގެ މިންވަރަށް ބަދަލު ގެނެސްފިއެވެ. މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މިއަދު ބުނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބުގެ މިންވަރަކީ 9240.35 ދިވެހި ރުފިޔާ ކަމަށެވެ. މުދަލު ޒަކާތުގެ ނިސާބުގެ މިންވަރަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ މެއި މަހުގައެވެ. އޭރު ނިސާބުގެ މިންވަރެއްގެ […]

އައިޕީޔޫގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޖެނީވާއަށް

އިންޓަރ-ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ޖެނީވާއަށް ފުރާވަޑައިގެންފިއެވެ. މަޖިލީހުގެ ބައެއް މެންބަރުންނާއެކު އެމަނިކުފާނު ޖެނީވާއަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި ޢަބްދުއްރަޙީމްގެ އަރިހުގައި ޖެނީވާއަށް ވަޑައިގަތީ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލާއި، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދާއި، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން […]

ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ގުޅޭ އާ އުސޫލެއް

ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ގުޅޭ އާ އުސޫލެއް މިއަދު ގެޒެޓުކޮށްފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގެޒެޓުކުރި އާ އުސޫލާއެކު ރާއްޖެއިން އުމްރާއަށް މީހުން ގެންދާ ގުރޫޕުތަކަށާއި، އާއްމުންނަށް ރައްކާތެރިކަމާއި ފަސޭހަކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ. މީގެ ކުރިން އަމަލުކުރި އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގައިވާ ގޮތުން އެ ޚިދުމަތް ދިނުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ އެކަމަށް އިއުލާން ކުރުމުން އެކަންޏެވެ. އެ ގަވައިދުގެ ދަށުން ވުޒާރާއިން ދިޔައީ އުމްރާއަށް މީހުން ގެންދާނެ ފަރާތްތައް ހޯދަން އަހަރަކު ދެ […]

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 4 މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 4 މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީމިއަދު ހެނދުނު ހުޅުމާލޭ ފޭސް 1 ގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިިބި 4 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، އެ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ […]

ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އޭޖީ އޮފީހަށް ހުށަހަޅައިފި

ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ. އީސީއިން ބުނީ މިއަދު އޭޖީ އޮފީހަށް ފޮނުވި މި އިސްލާހުތަކަކީ 2019 ވަނަ އަހަރުން ފެށިގެން ސިޔާސީ ޕާޓީތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ އިސްލާހުތަކެއް ކަމަށެވެ. މި އިސްލާހުތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތުދީގެން މިދިޔަ އޮކްޓޫބަރު މަހު 8 ވީ އަންގާރަ ދުވަހު އިތުރު […]

ކުރިއަށް އޮތް 4 ދުވަހު ވެސް ކަނޑުތައް ގަދަވެ، ގަދަވަޔާއެކު ވިއްސާރަކުރާނެ

އަންނަ ހޯމަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ލަފާކޮށްފިއެވެ. މެޓް އޮފީހުން މިއަދު ބުނީ މޫސުން ކުރިއަށް ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހޯމަ ދުވަހާ ހަމައަށް އާންމު ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި އެވްރެޖްކޮށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ބޮޑު ބަޔަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި […]

ރާއްޖެ އެތެރެކުރި 3.48 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެކުރި 3.48 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން މިއަދު ބުނީ މި މަހުގެ 5 ވަނަ ދުވަހު ވައިގެ މަގުން ބްރެޒިލްއިން ރާއްޖެ އައި ބްރެޒިލްގެ 33 އަހަރުގެ އަންހެނެއްގެ ލަގެޖު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ 2440 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށެވެ. އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެ ތަކެތީގެ މަގުމަތީ އަގު 6,100,000 ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ބުންޏެވެ. […]

މިއަހަރުގެ ތެރޭގައި އޮޅުވާލައިގެން ރާއްޖެއަށް ވައިގެ މަގުން ވަންނަން އުޅުނު 45 މީހަކު ހުއްޓުވައިފި

މިއަހަރުގެ ތެރޭގައި އޮޅުވާލައިގެން ރާއްޖެއަށް ވައިގެ މަގުން ވަންނަން އުޅުނު 45 މީހަކު ހުއްޓުވާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އިމިގްރޭޝަނުން މިއަދު ވަނީ މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮޅުވާލައިގެން ރާާއްޖެއަށް އެތެރެވާން މަސައްކަތް ކުރި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހުއްޓުވާފައިވަނީ ތިންވަނަ ކުއާޓަރުގައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮޅުވާލައިގެން ވައިގެމަގުން ރާއްޖެއަށް އެތެރެވާން އުޅުނު ޖުމްލަ 45 މީހުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ […]