ބޮޑު ސިއްކަ ދިފާއުކޮށް ނަޝީދުގެ އާ ވާހަކަތަކެއް، “ސިއްކަ އޮތީ މައުމޫން އަރިހު އޭނައަށް އެނގޭވަރު މާކުރިން ދަންނަވާފަ“

1988 ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް އުދުވާނީ ހަމަލާއެއް ދިން މައްސަލާގައި ބައިވެރިވިކަމުގެ ތުހުމަތުގައި ޖަލު ހުކުމެއް އައި ސިއްކަ އަޙްމަދު އިސްމާޢީލް މަނިކުގެ ދިފާއުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާ ވާހަކަތަކެއް ދައްކަވައިފިއެވެ. ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުން ރޭގެ ވަގުތެއްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1988 ނޮވެމްބަރު 3 އާ ގުޅޭ ގޮތުން ސިއްކައަށް އެނގި ހުރި މިންވަރަށް އެނގި ތިބި ކިތަންމެ ބަޔަކު އެބަ ތިބި ކަމަށާއި، ސިއްކަ އޮތީ […]

ސީޓު އެއަރ ކާގޯގެ ޚިދުމަތް: ވަޖީހު ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އިގުތިސާދަށް ދިރުން ގެނެސްދޭނޭ ކަމަށް

ސީޓު އެއަރ ކާގޯގެ ޚިދުމަތަކީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އިގުތިސާދަށް އިތުރަށް ދިރުން ގެނެސްދޭނޭ ސިނާއަތަކަށް ވެގެންދާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު މިއަދު ވިދާޅުވެއްޖެއެވެ. ސީޓު އެއަރ ކާގޯގެ ޚިދުމަތަކީ ކަނޑު މަގުން އަންނަ މުދާ، ޓުރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމެވެ. މި މަސައްކަތަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުރަމުން އަންނަ އަދި މި މަސައްކަތުން އެ ގައުމު ތަކުގެ އިގުތިސާދަށް ބޮޑެތި މަންފާތަކެއް ހޯދަމުން އަންނަ މަސައްކަތެއްކަން […]

ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވައިފި

މިއަހަރުގެ ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު މިއަދު ހެނދުނު ހުޅުވައިފިއެވެ. ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި މައުރަޒު ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ މައުރަޒު ބައްލަވައިލައްވާފައެވެ. މި މައުރަޒުން ފެނިގެންދާނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެ ދުވަހު ނަސްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ. މީގެއިތުރުން މި މައުރަޒުގެ މައިގަނޑު […]

މޫސާ ޢަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވަނީ

ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ގޮތަށް ނިންމެވީ މޫސާ ޢަލީ ޖަލީލު، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްތައް، އަދި ޚާއްސަކޮށް 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާ ގުޅިގެން، ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި އޭނާ ކުރެއްވި […]

248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި

ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން 248 ސިޔާސީ މުވައްޒަފުން ވަކިކުރައްވާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މިދިޔަ މަހުގެ 15 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމަވާފައިވާކަން އިއުލާނު ކުރައްވާފައެވެ. އެގޮތުން ދައުލަތުގެ ވުޒާރާތަކުން ކުރިއަށް އޮތް 15 ދުވަސްތެރޭގައި އެ މުވައްޒަފުން ވަކިކުރަން އަންގަވާފައިވާ ކަމަށް އެމަނިކުފާނު އެ ދުވަހު ވިދާޅުވިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ […]

އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، 2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ޚަރަދުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 51 ބިލިއަން ރުފިޔާގައެވެ. އެއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ޒަމީރު ވިދާޅުވި ގޮތުގައި […]

އިންތިގާލީ އިންސާފުގެ އޮފީހަށް 400 އަށްވުރެ ގިނަ މައްސަލަ ހުށަހެޅި، އިންސާފު ހޯދައިދޭން މަސައްކަތް އެބަކުރަން: އޭޖީ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އުވައިލިއިރު، އެ އޮފީހަށް 400 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް މިހެން ވިދާޅުވީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އުޝާމް ވިދާޅުވީ އޭޖީ އޮފީހުން މިހާރު ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ އޮމްބަޑްސް ޕާސަން އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ […]

ސައޫދީއަށް ކަނޑައަޅުއްވާ ސަފީރަކަށް ސަރީރު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ރާއްޖެއިން ސައަުދީ ރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް އަޙްމަދު ސަރީރު އައްޔަންކުރެއްވުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިގޮތަށް ފާސްކުރީ 86 މެންބަރުންގެ ވޯޓުންނެވެ. ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި މިހާރު ހުންނެވި ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަގާމުތަކާއި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަގާމުތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ސަރީރު ވަނީ […]

3 ވަޒީރުންނަށް ރުހުން ދޭން މަޖިލީހުން ފާސްކޮށްފި

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި ތިން ވަޒީރަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އައްޔަންކުރެއްވި ޑޮކްޓަރ ޚަލީލާއި، މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް އައްޔަންކުރެއްވި މޫސާ ޒަމީރު އަދި މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް އައްޔަންކުރެއްވި ނާޡިމް އިބްރާހީމަށް ރުހުން ދިނުމަށެވެ. އެ ތިން ބޭފުޅުންނަށް ވެސް ރުހުން ދޭން […]

އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އަޒީމާ އައްޔަންކުރަން މަޖިލީހުން ރުހުންދީފި

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޢާއިޝަތު އަޒީމާ އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އަޒީމާ އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މައްސަލަ މަޖިލީހަށް ފޮނުއްވީ އޮކްޓޫބަރު 14 ގައެވެ. އަދި އެ މައްސަލަ ދިރާސާކުރުމަށްފަހު އަޒީމާއަށް ރުހުންދޭން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ފާސްކުރީ 15 ވަނަ ދުވަހުއެވެ. އެގޮތަށް ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި […]