މޭޑޭގައި ފިލައި ރައްކާވި އިމްރާނުގެ މުނާފިގުކަމާ ހުރެ “އިބިލީސް ވެސް ވާނުވާގައި“

“ސިޔާަސީ ބައެއް ލީޑަރުން ކަންކުރާ ގޮތަކީ އެއްވުންތަކަށް ގޮސް ހަމަނުޖެހުން ހިންގައި ރައްޔިތުން ލައްވައި ގޯސް ހައްދަވާފައި މައިދާނުން ފިލައިގެން ދިއުން. ކުށްވެރިވެ އަދަބު ލިބެނީ ނިކަމެތި ރައްޔިތުންނަށް. ލީޑަރުން ތިބެނީ ފިލާ!“ މިއަދު މެންދުރު ކުރީގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހެންނެވެ. މި ވާހަކައާ ގުޅިގެން ގިނަ ބަޔަކު ވަނީ އެއީ ޚުދު އިމްރާން އަމަލު ކުރެއްވި ގޮތްކަން ހަނދާންކޮށްދެއްވައި އޭނާގެ މުނާފިގުކަމުގެ ވާހަކަ ދައްކައިފައެވެ. ރައީސް ޔާމީން […]

މިރޭގެ އެއްވުމުގައި ގާނޫނާ ޚިލާފު އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސްކޮށްފި

ރާއްޖެއާއި ޗާގޯސްއާ ދެމެދު އިން ވަކިކުރުކުގެ މައްސަލަ ނިމުނު ގޮތުން, ރާއްޖޭގެ އިގުތިސާދީ ސަރައްހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާގައި ހަމަނުޖެހުން ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށާ އެފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ މުއައްސަސާއިން މިއަދު ބުނެފިއެވެ. އިމުގެ މައްސަލާގައި މިރޭ 20:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ޖަލްސާއެއް ކުރިއަށްގެންދަން ނިންމާފައިވާއިރު, ފުލުހުން ވަނީ އެކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ […]

ތުރުކީ އިންތިޚާބު: ތިންވަނަ ލިބުނު ކެންޑިޑޭޓުގެ ތާއީދު އުރުދުޣާނަށް

ތުރުކީގެ ރިޔާސީ އިންތިޚާބުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ރިޔާސީ ކެންޑިޑޭޓް ސިނާން އޯގަން، ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ. އިދިކޮޅު ސިޔާސީ މައި ޕާޓީގެ ކެންޑިޑޭޓް ކެމާލް ކިލިޗްދަރޯލޫއަށް ނޫނެކޭ ވިދާޅުވެ, އުރުދުޣާންއަށް ތާއީދު ކުރައްވާކަން އިއުލާނުކުރެއްވީ މިއަދުއެވެ. ތުރުކީގެ ރައްޔިތުން ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އޯގަންއަށް 2.8 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލިއެވެ. އެއީފުރަތަމަ […]

ރަޝިއާ-ޔޫކްރެއިން ހަނގުރާމާގައި ޔޫކޭގެ ފުރަތަމަ ޝެޑޯ މިސައިލް ނައްތާލާފައިވާކަން ރަޝިއާއިން ހާމަކޮށްފި

ރަޝިއާ-ޔޫކްރެއިން ހަނގުރާމާގައި ޔޫކޭގެ ފުރަތަމަ ޝެޑޯ މިސައިލް ނައްތާލާފައިވާކަން ރަޝިއާއިން ހާމަކޮށްފިއެވެ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ މައްސަލައާއި ގުޅިގެން ދިން ބަސްދީ ގަތުމެއްގައި ރަޝިއާގެ ޑިފެންސް މިނިސްޓްރީއިން ބުނެފައިވަނީ އެ ގައުމުން މިހާތަނަށް ކްރޫސް މިސައިލުތަކުގެ އިތުރުން، އެމެރިކާގެ އުފެއްދުމެއް ކަމަށްވާ ކުރު ރޭންޖުގެ ”ހައިމާރސް“ ރޮކެޓު ލޯންޗަރުން ދޫކުރި ”ހާރމް“ މިސައިލްތައް ވެސް ވައިގެތެރެއިން ނައްތާލާފައިވާނެ ކަމަށެވެ.  ރަޝިއާ-ޔޫކްރެއިން ހަނގުރާމާގައި އެމެރިކާއާއި އިނގިރޭސިވިލާތުން ދަނީ ޔޫކްރެއިންގެ ދިފާޢީ ބާރަށް ވާގިވެރިވުމަށް އެތައް މަސައްކަތެއް ކުރަމުންނެވެ. އެގޮތުން، ޔޫކްރެއިނުގެ […]

ބަނގުރާ ބޮއެ, އެތަކެތި ގެންގުޅުނީ ކުށެއްކަން ނޭނގޭތީ ކަމަށް ބުނި އިންޑިއާ ދެ މީހަކު ޑީޕޯޓްކޮށްލަނީ

ބަނގުރާ ބޭނުންކޮށް އެތަކެތި ގެންގުޅުމުގެ ކުށުގައި މިދިޔަ މަހު ހައްޔަރުކުރި އިންޑިއާގެ ދެ މީހަކު ޑީޕޯޓްކޮށްލަން މަޝްވަރާކުރަން ފަށައިފިއެވެ. ބަނގުރާ ބޭނުންކޮށް އެތަކެތި ގެންގުޅުމުގެ ކުށުގައި މިދިޔަ އޭޕްރީލް 25 ވަނަ ދުވަހު ހައްޔަރުކުރީ ސިލްވަރާޖް ނަތަޔަސަން (53އ) ނަމަކަށް ކިޔާ މީހަކާއި ޗިންނާސަމީ ގޮވިންދަސަމީ (36އ) ކިޔާ މީހެކެވެ. ތިލަފުށީ އައިމާ ސައިޓުގައި އުޅޭ އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން, ކޯޓުން އެ ދެ މީހުންގެ ބަންދަށްޖެހީ […]

މިއަދުގެ ސިއްހީ ސިޔާސަތުތައް ހުރީ އަލުން ގައުމު އަޅުވެތިކުރުމުގެ މިސްރާބަކަށް: ނާޒިމް

މިއަދުގެ ސިއްހީ ސިޔާސަތުތައް ހުރީ އަލުން ގައުމު އަޅުވެތިކުރުމުގެ މިސްރާބަކަށް ކަމަށް ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ. ’ބަލިކަށިވަމުންދާ ސިއްހީ ޚިދުމަތް“ މި މަ މައުޟޫއުގައި ޗެނަލް 13 ރޭ ގެނެސްދިން ޕެނަލް ޑިސްކަޝަންގައި, ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ދައުރުގައި ރާއްޖޭގެ ސިއްހީ ނިޒާމަށް ލިބިފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ދެއްކެވި ވާހަކަފުޅުގައި ނާޒިމް ވިދާޅުވީ ކުރިއެރުމާއި ތަރައްގީއަކީ ކޯއްޗެއްތޯ އެބަ ވިސްނަންޖެހޭ ކަމަށެވެ. އާދައިގެ މީހަކަށް މަތިމަތިން ބަލާއިރު […]

ރާއްޖެ-މޮރިޝަސް އިމުގެ މައްސަލަ: މިއަދު ހަވީރު ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް

ދިވެހިރާއްޖޭގެ ދެކުނުގެ އިގުތިސާދީ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައާ ގުޅިގެން ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައިފިއެވެ. ދިވެހިރާއްޖޭގެ ދެކުނުގެ އިގުތިސާދީ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައާ ގުޅިގެން ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ ބައެއް ސިޔާސީ ޕާޓީތަކާއި ކުރީގެ ބައެއް ވަޒީރުންނާއި ބަންޑާރަނައިބުންނާއި އަދި މިކަމުގައި އަޑުއުފުލުމަށް އެދޭ ބައެއް ދިވެހި ރައްޔިތުން ގުޅިގެންނެވެ. މި ބައްދަލުވުން އޮންނާނީ މިއަދު 16:00 ގައި މ.ދިމްޔާތުގައެވެ. މި ބައްދަލުވުމަށް ހުރިހާ ނޫސްވެރިންނަށާއި ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް […]

“ހަވަނަ ހިއްސުގެ އަޑު“

ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް. ފޮޓޯ: ހުސެން ވަޙީދު/އަދަދު

ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން އެއީ ޚިދުމަތްތެރިއެކެވެ. ހިންގުންތެރިއެކެވެ. ވަރުގަދަ ސިޔާސީ ލީޑަރެކެވެ. ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. ނަމަވެސް މިއަދު އަޅުގަނޑުގެ ގަލަން މި ހިންގައިލަނީ އޭނާގެ ސިޔާސީ ހަޔާތުގެ މައްޗަކަށް ނޫނެވެ. ނުވަތަ އޭނާގެ ބަސްމޮށުންތެރިކަމުގެ މައްޗަކަށް ވެސް ނުމެނޫންމެއެވެ. އާދެ, އޭނާގެ ޝާއިރިއްޔަތުގެ މައްޗަށެވެ. މި ދަންނަވަނީ ކަވަރ ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމްގެ ވާހަކައެކެވެ. ނުވަތަ ބައެއް ބޭފުޅުންގެ “އަދުރޭ“ ގެ ވާހަކައެވެ. […]

ވާދަވެރިންނަށް ރައްދެއް: 1000 ފަހަރު ބުނަން ވެސް ތައްޔާރު, ރިޔާސީ ކެންޑިޑޭޓަކީ ޔާމީން

އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއް ނެތް ގޮތެއް ނޯންނާނެ ކަމަށާއި, އެ ކެންޑިޑޭޓަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމު ކަމުގައި “1000 ފަހަރު ބުނަން ޖެހުނަސް, ބުނަން މި ތިބީ ތައްޔާރަށް“ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ. ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވީ އަންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމުގައި ކަނޑައަޅައި ރިޔާސީ ޓިކެޓު ވެސް އަރުވާފައިވަނިކޮށެވެ. […]

ރައީސް ޔާމީންގެ މައްސަލަ އިސްލާހު ކުރެއްވުމަށްފަހު ހައިކޯޓަށް ހުށަހަޅުއްވައިފި

އަންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ކަމުގައި ކަނޑައަޅާފައިވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް 11 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމުގެ އިސްތިއުނާފު އިސްލާހު ކުރެއްވުމަށްފަހު ހައިކޯޓަށް ހުށަހަޅުއްވައިފިއެވެ. ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ރިޝްވަތު ހިފުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. އެ ދެ ދައުވާ ސާބިތުވާކަމަށް ނިންމަވައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަޙްމަދު ޝަކީލް ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވީ […]