ސަރުކާރަށް އަހަރެއްވެގެން ދިޔައިރު އައްޑޫ ސިޓީއަށް ތަރައްގީގެ ނަމުގައި މޮހޮރެއް ޖެހިފައި ވެސް ނެތް: އައްދު
ސަރުކާރަށް އަހަރެއްވެގެން ދިޔައިރު ވެސް އައްޑޫސިޓީއަށް ތަރައްގީގެ ނަމުގައި މޮހޮރެއް ޖެހިފައި ހުރި ތަން ވެސް ނުފެންނަ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން (އައްދު) ވިދާޅުވެއްޖެއެވެ. 2025 ގެ ބަޖެޓަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޢަބްދުއްރަޙްމާން ވިދާޅުވީ މި ސަރުކާރަށް އަހަރެއްވެގެން ދިޔައިރު ވެސް އިވެމުންދަނީ އައްޑޫ ސިޓީ ރައްޔިތުންގެ ޝަކުވާ ކަމަށާއި، މި ސަރުކާރަށް އަހަރެއްވެގެން ދިޔައިރު ވެސް އައްޑޫ ސިޓީއަށް ތަރައްގީގެ ނަމުގައި މޮހޮރެއް ޖެހިފައި ހުރި […]
އިޙްސާންކަމުގައި ރަހިމުގެ ގުޅުން ދެމެހެއްޓުން ހިމެނޭ، އޭރުން އުމުރާއި ރިޒުގުގައި ބަރަކާތްލައްވައި މަރުމަތި އަމާންވާނެ: ޚުޠުބާ
އިޙްސާންކަމުގައި ގާތްތިމާގެ މީހުންނާ އޮންނަ ރަހިމުގެ ގުޅުން ދެމެހެއްޓުން ހިމެނޭ ކަމަށާއި، އެއީ އުމުރާއި ރިޒުގުގައި ބަރަކާތްލައްވައި މަރުމަތި އަމާންވާނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. ޚުޠުބާގައި އަލިއަޅުވާލައިފައިވަނީ އިޙްސާންތެރިކަމުގެ މައްޗަށެވެ. ޚުޠުބާގައި ބުނީ އިޙްސާންކަމުގައި އަޅުތަކުންގެ މައްޗަށް އިޙްސާންތެރިވުން ހިމެނޭ ކަމަށާއި، އޭގެތެރެއިން އެންމެ އައުލާކަން ބޮޑު ބަޔަކީ މައިންބަފައިން ކަމަށެވެ. އަދި އިޙްސާންކަމުގައި ގާތްތިމާގެ މީހުންނާ އޮންނަ ރަހިމުގެ ގުޅުން ދެމެހެއްޓުން ހިމެނޭ ކަމަށާއި، އެއީ އުމުރާއި ރިޒުގުގައި ބަރަކާތްލައްވައި މަރުމަތި […]
”މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ“ ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަދީފި
”މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ“ ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ. އީސީއިން މިއަދު ބުނީ“މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ“ ގެނަމުގައި ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ހުއްދަ ގ.ކްރެބްޓްރީ، ޢަލީ އަޙްމަދަށް ދިނުމަށް މިއަދު ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ޕާޓީ އުފެއްދުމަށް ބޭނުންވާ ތިންހާސް މީހުންގެ ސޮއި ހޯދުމަށާއި، ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ އާއިއެކު އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ […]
ރާއްޖެއިން ދެމެހެއްޓެނިވި ތަރައްގީއަށްކުރާ މަސައްކަތްތަކަށް އެއްބާރުލުން ދޭނަން: އޭއައިއައިބީ
ދިވެހިރާއްޖެއިން ދެމެހެއްޓެނިވި ތަރައްގީއަށާއި، ވިލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގައި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އެއްބާރުލުން ލިބެމުންދާނޭ ކަމަށް އެ ބޭންކްގެ ރައީސް އަދި ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއަރ ޖިން ލީޗުން ވިދާޅުވެއްޖެއެވެ. ޖިން ޗުން މިހެން ވިދާޅުވީ އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީސީ) ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައި އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. […]
“ސައިބަރ އެކްސްޕޯ 2024“ ގެ ވެބްސައިޓް ލޯންޗުކޮށްފި
ދިވެހި ފުލުހުންގެ ޚިދުމަތާއި ނެޝަނަލް ސެންޓަރ ފޯރ އިންފޯމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ސައިބަރ އެކްސްޕޯ 2024“ ގެ ވެބްސައިޓް ލޯންޗުކޮށްފިއެވެ. މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވެބްސައިޓް ލޯންޗުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. ސައިބަރ އެކްސްޕޯ 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ފުލުހުން ބުނީ މި އެކްސްޕޯ ވެގެންދާނީ […]
ފޭސް 3 އިން ގޯތި ލިބުނު މީހުންނަށް ޖެނުއަރީ މަހުގެ ނިޔަލަށް ގޯތިތައް ހަވާލުކޮށް ނިންމާނަން: ފަޒުލް
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ފޭސް 3 އިން ގޯތި ލިބުނު މީހުންނަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ގޯތިތައް ހަވާލުކޮށް ނިންމާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭ ވިދާޅުވެއްޖެއެވެ. ފަޒުލް މިހެން ވިދާޅުވީ އެ ކުންފުނީގެ މުހިންމު ޕްރޮޖެކްޓްތަކެއް އިފުތިތާހުކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. ފަޒުލް ވިދާޅުވީ ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް މިހާރު މެދުކެނޑިފައި އޮތަސް ވަރަށް އަވަހަށް އަލުން […]
ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، ފައިސާ ހޯދަން އުޅެފި
ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، ފައިސާ ހޯދަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން މިއަދު ބުނީ އިއްޔެ ރޭ ހުޅުމާލޭ އޯކިޑުމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް ބިރުދައްކައި އަދި އެ މީހާގެ އާއިލާގެ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑްކުރި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު ނަންބަރު ރސ 9022، ތޮލާލު މުޙައްމަދު (37 އ) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން […]
ހިޔާ ފުލެޓެއްގައި މީހަކު ރަހީނުކޮށް، އިނގިލި ބުރިކުރަން އުޅުނު 12 މީހުން 7 ދުވަހަށް ބަންދުކޮށްފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގައި ފިރިހެނަކު ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި މީހުން ބަންދުކުރަންއަމުރުކޮށްފިއެވެ. އެޗް 9 ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓުގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށްގެން އުޅެނިކޮށް، ބުރާސްފަތި ދުވަހުގެރޭގެ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން ވަނީ އެ އެޕާޓްމަންޓުގެ ދޮރު ހަލާކުކޮށްލުމަށްފަހު ވަދެ، އެ މީހާ ސަލާމަތްކޮށް، އެ ތަނުގައި ތިބި 12 މީހުން ހައްޔަރުކޮށްފައެވެ. މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެފައިވާ ގޮތުގައި ފުލުހުން އެޕާޓްމަންޓަށް ވަންއިރު […]
ގައުމީ ތަރައްގީގެ 20 އަަހަރުގެ މާސްޓަރ ޕްލޭނުގެ މަސައްކަތް ފަށައިފި
ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގެ 20 އަަހަރުގެ މާސްޓަރ ޕްލޭންގެ މަޝްވަރާ ބައްދަލުވުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވައިފިއެވެ. ގައުމީ ތަރައްގީގެ 20 އަަހަރުގެ މާސްޓަރ ޕްލޭންގެ މަޝްވަރާތައް އިފުތިތާހުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެެވެ. މި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ޑޮކްޓަރު މުޢިއްޒު ވަނީ ސިޔާސީ ފިކުރު އެއްކިބާކޮށް، ގައުމަށާއި އަދި އަންނަން އޮތް ޖީލުތަކަށް ފައިދާވާނޭ ގޮތަށް މި ޕްލޭން ރާވާ، ތަންފީޒުކުރުމުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލެއްވުމަށް އެދިވަޑައިގެންފައެވެ. މި ޕްލޭން […]
”ހިޔާވެހި ފައިނޭންސިން ސްކީމް“ އިފްތިތާހުކޮށްފި
ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައިވާ ލުއި ލޯނު ޕްރޮގްރާމް ”ހިޔާވަހި ފައިނޭންސިން ސްކީމް“ މިއަދު އިފްތިތާހުކޮށްފިއެވެ. މި ސްކީމް އިފުތިތާހުކޮށްދެއްވީ މިކަމަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި ހަފުލާއެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ހިޔާވަހި ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތްކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ފަށަން މަސައްކަތްކުރާ ސްކީމެކެވެ. ހިޔާވެހި ފައިނޭންސިންގެ ތެރެއިން ތިން ބާވަތެއްގެ ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. 1.ހިޔާވެހި […]