ސޮއި ހަމަކުރެއްވުމަށްފަހު ޢުމަރު ވިދާޅުވީ “ހުދު ވަލުގައި“ ގިނަ ބަޔަކު ހިފައިފި ކަމަށް
ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ 1500 މީހުންގެ ސޮއި ހަމަކުރެވިފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ސެޕްޓެމްބަރު 09 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޢުމަރު ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. އަމިއްލަ ގޮތުން ކުރިމަތިލައްވާ ބޭފުޅެއްނަމަ އުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 1500 މީހުން, އެ ބޭފުޅަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެ މީހުންގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި […]
ކެމްޕޭނާ ދިމާކޮށް ހިންގާ މަޝްރޫއުތައް ޕީޕީއެމް ސަރުކާރެއްގައި ބާތިލުކުރާނެ
ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބާ ދިމާކޮށް ސަރުކާރުން ރަށްރަށުގައި ފަށާ މަޝްރޫއުތައް ޕީޕީއެމް ސަރުކާރެއްގައި ބާތިލުކުރާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކުރަން ގޮވާލައި ޕީޕީއެމް އޮފީސް ކުރިމަތީ ރޭ ބޭއްވި ހަރަކާތުގައި ދެއްކެވި ވާހަކައިގައި ޝިޔާމް ވިދާޅުވީ ޕީޕީއެމް ސަރުކާރެއްގައި ބާތިލުކުރާނީ މި ސަރުކާރުން ކެމްޕޭނާ ދިމާކޮށް ހިންގާ ބަޖެޓުގައި ނެތް މަޝްރޫއުތައް ކަމަށެވެ. “އެއީ ބޭރުގެ އިންވެސްޓްމެންޓެއް ކަމަށްވިޔަސް […]
ރަނިންމޭޓަށް ނަން ފޮނުވަން އެދިވަޑައިިގަތަސް ލީޑާޝިޕުން ނިންމީ ޔާމީނަށް އިޚުތިޔާރު ދޭން
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންމޭޓަށް ބޭފުޅަކު ކަނޑައެޅުމުގެ އިޚުތިޔާރު އެމަނިކުފާނަށް ދޫކޮށްލަން އެ ޕާޓީން ރޭ ނިންމައިފިއެވެ. ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ކަނޑައަޅާނީ އެ ކެންޑިޑޭޓަކަށް ލިބިދޭ އިޚުތިޔާރެކެވެ. ނަމަވެސް ރައީސް ޔާމީން ބޭނުންފުޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕްގެ ޚިޔާލާއެކު ރަނިންމޭޓް ކަނޑައެޅުމަށެވެ. އެ ގޮތުން ޔާމީން އެދިވަޑައިގެންނެވީ ރަނިންމޭޓްކަމަށް ފެންނަ ރަނގަޅު ބޭފުޅުންތަކެއްގެ ނަން އެމަނިކުފާނާ ހަމައަށް ފޮނުވައިދިނުމަށެވެ. […]
ޖަޕާންގެ ފޮރިން މިިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ
ޖަޕާންގެ ފޮރިން މިިނިސްޓަރު ޔޮޝިމަސާ ހަޔާޝީ ރާއްޖެ ވަޑައިގަންނަވަން ނިންމާވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. ފޮރިން މިނިސްޓްރީން ބުނީ ޖަޕާންގެ ފޮރިން މިިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ކަމަށެވެ. ދެ ދުވަހުގެ ދަތުރުފުޅެއްގައި މިިނިސްޓަރު ހަޔާޝީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ދަތުރުފުޅުގައި ހަޔާޝީއާއި ޝާހިދާ ދެ ބޭފުޅުން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. ހަޔާޝީގެ […]
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މާދަމާ ހެނދުނު 9:00 އިން ފެށިގެން އޮގަސްޓު 7 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންޖެހޭނީ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ. އިލެކްޝަންސް ކޮމިޝަނުން އެ ތަކެތި ބަލައިގަންނާނީ މާދަމާއިން ފެށިގެން އޮގަސްޓު 7 […]
ހަށިވިއްކުމުގެ ތުހުމަތުގައި ދެ ދިވެހިންނާއި ތިން ބިދޭސީއަކު ހައްޔަރުކޮށްފި
ހަށިވިއްކުމުގެ ތުހުމަތުގައި ދެ ދިވެހިންނާއި ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރީ 38 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި ފިރިހެނަކާއި ލަންކާއަށް ނިސްބަތްވާ 43 އަހަރުގެ އަންހެނަކާއި ތައިލެންޑަށް ނިސްބަތްވާ 34 އަހަރުގެ ދެ އަންހެނުންނެވެ. މި 5 މީހުން ހައްޔަރުކުރީ މާލޭގައި ހިންގަމުންދިޔަ އަލޯރާ ސްޕާ އެންޑް ސެލޫން ހަށިވިއްކަމުންދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި އިމިގުރޭޝަން ގުޅިގެން މި މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން މިއަދު ބުނީ އޭގެތެރެއިން ބައެއް […]
ޑިމޮކްރެޓްސްއާއެކު ކުރަމުންދާ މަސައްކަތްތަކަށް ގްރާސްރޫޓްގެ ފުރިހަމަ ތާއީދު އެބައޮތް: ޝުޖާއު
ޕީޕީއެމް/ޕީއެންސީން ދަ ޑިމޮކްރެޓްސްއާއެކު ކުރަމުންދާ ސިޔާސީ މަސައްކަތްތަކަށް ގްރާސްރޫޓްގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީޕީއެމް/ޕީއެންސީން ދަ ޑިމޮކްރެޓްސްއާއެކު ބައްދަލުވުންތައް ބާއްވަމުންދަނީ އެ ކޯލިޝަންގެ ސެނެޓަރުންގެ ޚިޔާލާއެކު ނޫންކަމުގެ އަޑުވަނީ ގަދަވެފައެވެ. ޑިމޮކްރެޓްސްއާއެކު މިއަދު ބޭއްވި ތިންވަނަ ބައްދަލުވުމަށްފަހު ޝުޖާއު ވިދާޅުވީ ޕީޕީއެމްއަކީ ކޯލިޝަނަކީ ވަރަށް ބޮޑަށް ޚިޔާލު ފާޅުކުރެވޭ ގޮތަށް އޮތް ޕާޓީއެއް ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ޖޮއިން ސެނެޓް އޮންނާނީ ކޮންމެ ބޭފުޅަކަށް ވެސް ޚިޔާލު ފާޅުކުރެވޭ […]
“ފޯކަސް ހުރީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް, ސަޕޯޓަރުން އިތުބާރާއި ސާބިތުކަމާއެކު ތިއްބަވާ“
ޕީޕީއެމް/ޕީއެންސީގެ އަމާާޒަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުން މިނިވަންކޮށް ވެރިކަމަށް ގެނައުން ކަމަށާއި ސަޕޯޓަރުން އިތުބާރާއި ސާބިތުކަމާއެކު ތިބުމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު މިއަދު އެދިވަޑައިގެންފިއެވެ. އިދިކޮޅު ކޯލިޝަނާއި ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަަވައި އުފައްދަވާ “ދަ ޑިމޮކްރެޓްސް“ އިން ބާއްވާ މަޝްވަރާ ބައްދަލުވުންތަކަކީ “ޕީޕީއެމްގެ ބައެއް މީހުންނަށް އަޑި ނޭނގޭ ކުޅިގަނޑެއް“ ކަމަށް ބުނެ އޮންލައިން ނޫހަކުން ވަނީ ރިޕޯޓެއް އާންމުކޮށްފައެވެ. އެ ރިޕޯޓުގައިވާ […]
“މިއީ ސިފައިންގެ ކޮންޓްރޯލުގެ ދަށަށް ރާއްޖެ ގެނެސް ރައީސް ހައްޔަރުކުރަންވީ ވަގުތު“
މިހާރުން މިހާރަށް ސިފައިންގެ ކޮންޓްރޯލުގެ ދަށަށް ރާއްޖެ ގެނެސް, ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމުން ވަކިކޮށް ހިފައި ހައްޔަރުކުރަންޖެހޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަހަލަ ހިތްވަރެއް, ފަންވަރެއް ނެތް ބޭފުޅަކު ވެރިކަމުގައި ބެހެއްޓުމުގެ މައުނައެއް ނެތް ކަމަށާއި އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާނަމަ ރައްޔިތުން މިކަމަށް ގޮތް […]
ޖޭޕީން އިސްތިއުފާދެއްވި ގިނަ ބޭފުޅުންތަކެއް އެމްޑީޕީއާ ގުޅިވަޑައިގެންފި
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޙަަސަން ޝާހު ހިމެނިވަޑައިގަންނަވާހެން ޖޭޕީން ވަކިވެވަޑައިގެންނެވި ގިނަ ބޭފުޅުންތަކެއް މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. އެމްޑީޕީން މިރޭ ކުރި ޓުވީޓެއްގައިި ބުނެފައިވަނީ ކުރީގެ ކައުންސިލް މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ޖޭޕީގެ ކުރީގެ ގިނަ މެންބަރުންތަކެއް މިއަދު އެމްޑީޕީއަށް ސޮއިކުރައްވާފައިވާ ކަމަށެވެ. އެބޭފުޅުންގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި އެމްޑީޕީގެ […]