ވަޒީރުންނަށް ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ފޮނުވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ރުހުން ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަންފުޅުތައް ފޮނުއްވައިފިއެވެ. މި މަހުގެ 17 ވަނަ ދުވަހު ރައީސް ޑރ.މުޢިއްޒުގެ ކެބިނެޓަށް އައްޔަން ކުރައްވާފައިވަނީ 22 ބޭފުޅުންނެވެ. ރައީސް އޮފީހުން މިއަދު ބުނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަންފުޅު ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މިއަދު ފޮނުއްވާފައިވާ ކަމަށެވެ. ކެބިނެޓަށް އައްޔަންކުރައްވާފައި މެންބަރުން: 1.މުޙައްމަދު ޣައްސާން […]
އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ކަމަށް ޑރ.ޢަލީ ޒާހިރު އައްޔަން ކުރައްވައިފި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމަށް މ.ހިތިމާގެ ޑރ.ޢަލީ ޒާހިރު އައްޔަން ކުރައްވައިފިއެވެ. ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ޢަލީ ޒާހިރު މި މަގާމަށް އައްޔަންކުރެއްވީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ޑޮކްޓަރު ޢަލީ ޒާހިރަށް މަގާމުގެ ފަތްކޮޅު އަރުވައިފައެވެ. ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީންގެ މަގާމު ފުރުއްވާފައިވާާ ޑރ.ޢަލީ ޒާހިރަކީ ރާއްޖޭގައި […]
1049 ދުވަހަށްފަހު ޔާމީން ގެއަށް ބަދަލުކޮށްފި
މާފުށީ ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ގެއަށް ބަދަލުކޮށްފިއެވެ. މިދިޔަ ޑިސެމްބަރު 25 ދުވަހު ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި, ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރީ ވ.އާރަށުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އިއްވި ރިޝްވަތާއި މަނީލޯންޑަރިންގެ ދައުވާ ސާބިތުވުމުންނެވެ. އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލީ މީހުންގެ %53 ހޯއްދަވައި އިންތިޚާބު ކާމިޔާބު ކުރެއްވި […]
“ޝުކުރިއްޔާ ދިވެހިން“ ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ބާއްވާ ޚާއްސަ ރެލީއެއް މިރޭ
ރިޔާސީ އިންތިޚާބުގެ ފުރަަތަމަ ބުރުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ހޯއްދެވި ކާމިޔާބަށްފަހު ދެވަނަ ބުރުގެ ކެމްޕޭން ފެށުމުގެ ގޮތުން މިރޭ މާލޭގައި ޚާއްސަ ރެލީއެއް ބާއްވަން ނިންމައިފިއެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލް މިއަދު ވިދާޅުވީ “ޝުކުރިއްޔާ ދިވެހިން“ މި ނަމުގައި ބާއްވާ ޚާއްސަ ރެލީއެއް މިރޭ އޮންނާނެ ކަމަށެވެ. މިރޭ 20:45 ގައި މި އިވެންޓް ކުރިއަށްދާނީ އާޓިފިޝަލް ބީޗުގައި ކަމަށް ޠަލާލް ވިދާޅުވިއެވެ. އިއްޔެ ބޭއްވި އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް […]
މުޢިއްޒުގެ އިލްތިމާސަކީ ވީހާވެސް އަވަހަށް ވަޑައިގެން ހުރިހާ ބޭފުޅުން ވެސް ވޯޓުދެއްވުން
ވީހާވެސް އަވަހަށް ވޯޓުލާ މަރުކަޒަށް ވަޑައިގެން ހުރިހާ ބޭފުޅުން ވެސް ވޯޓުދެއްވުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. މުޢިއްޒު މިގޮތަށް އެދިވަޑައިގެންނެވީ އައިޖީއެމްއެޗް ކައިރީގައި ހުންނަ އޭނާގެ އަމިއްލަފުޅު ގެކަމަށްވާ މ.ދިމްޔާތުން ފެށިގެން ހިންގަވާފައި ތާޖުއްދީން ސްކޫލަށް ވަޑައިގެން ވޯޓުލެއްވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ. މުޢިއްޒު ވިދާޅުވީ އޭނާއާއި އޭނާގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގަންނަވަނީ ކޮންމެ ރައްޔިތެއްގެ ވެސް ސުލްހަވެރިކަމާއެކުވގާނޫނީ ވާޖިބު އަދާކުރުމަށް ކަމަށެވެ. އެގޮތުން ވީހާވެސް އަވަހަށް ވަޑައިގެން އެބޭފުޅަކަށް […]
ޑރ.މޫސާ އަންވަރުގެ ތާއީދު ޑރ.މުޢިއްޒަށް
އަންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވަން ނިންމަވާފައިވާކަން ޑރ.މޫސާ އަންވަރު ޙަސަން މިއަދު ހާމަކުރައްވައިފިއެވެ. ޑރ.މޫސާ އަންވަރު ޙަސަން މިކަން ހާމަކުރެއްވީ ފޭސްބުކްގައި ކުރެެއްވި ޕޯސްޓެއްގައެވެ. ޑރ.މޫސާ އަންވަރު ޙަސަން ވިދާޅުވީ ސެޕްޓެމްބަރު 09 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޑރ.މުޢިއްޒަށް ތާއީދުކުރައްވައި ވޯޓުލެެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. “އެމަނިކުފާނަކީ ދީނާއި ގައުމުގެ މިނިވަންކަން ނަގަހައްޓާނެ ތެދުވެރި އަމާނަތްތެރިޔަކަށް ވުމުގެ ތައުފީގު މިންވަރު ކޮށްދެއްވާށި!“ އިސްލާމްދީނަށް މީހުން ހޭލުންތެރިކުރުމާއި ދީނީ އިލްމު […]
މައްކާއިން އައި މެސެޖު: “ދީނީ އަދި ގައުމީ މަސްލަހަތު އެންމެ ބޮޑަށް ހިމާޔަތްކުރެވޭނީ ޑރ.މުޢިއްޒަށް“
ރާއްޖޭގެ ގައުމީ މަސްލަހަތާއި ދީނީ މަސްލަހަތު އެންމެ ބޮޑަށް ހިމާޔަތްކުރެވޭނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ކަމަށް އައްޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މައްކާގައި ހުންނެވި ޝައިޚް ޝަފީޢު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ޝައިޚް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނާމެދު ނަޒަރު ހިންގަވައި ވިސްނައިލެއްވިއިރު, ޑރ.މުޢިއްޒަށްވުރެ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުންނާއި ހިންގުމުގެ ގޮތުންނާއި އަޚްލާގީ ގޮތުންނާއި ފިކުރީީ ގޮތުންނާއި ދީނީ އިލްމުވެރީންނާ އޮންނަ ގުޅުމުގެ ގޮތުން ކައިރި ކުރާ […]
ޕީއެންސީން ވަކި ކެންޑިޑޭޓަކު ނެެރެން ނިންމި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
އިދިކޮޅު ޕީއެންސީން ވަކި ކެންޑިޑޭޓަކު ނެެރެން ނިންމި ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވަމުންދާ ޚަބަރުތަކަކީ ތެދު ޚަބަރުތަކެއް ނޫން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. ޕީޕީއެމްގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި ޕީއެންސީން ކެނޑިޑޭޓަކު ނެރުމަށްޓަކައި ލީޑާޝިޕަށް ފެންނަ ނަންތަކެއް ފޮނުވުމަށް ޔާމީން ވަނީ އަންގަވާފައެވެ. އެގޮތުން ލީޑާޝިޕްގެ ބޭފުޅުން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ނިންމީ ޕީއެންސީގެ ކެނޑިޑޭޓާއި ރަނިންމޭޓަކަށް ޔާމީން ޚިޔާރުކުރައްވާ ލީޑާޝިޕްގެ ބޭފުޅަކު ހަމަޖެއްސެވުމަށް އެމަނިކުފާނަށް ލަފާއެރުވުމަށެވެ. “ޕީޕީއެމް […]
ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު މާދަމާ ހުށަހަޅަނީ
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެންސީ ފޯމު މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން މިރޭ ބުނެފިއެވެ. މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖުލައި 24 ގައި ވަނީ އެމަނިކުފާނުގެ ކެންޑިޑެންސީ ފޯމުގައި ސޮއިކުރައްވައިފައެވެ. ޕީޕީއެމްއިން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މާދަމާ 10:00 ގައި ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމު ހުށަހަޅާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކެނޑިޑޭޓުންގެ […]
ރައީސް ޞާލިޙް މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވަނީ
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފުވައްމުލަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ދެވަނަ ދައުރަކަށް ތާއީދު ހޯއްދެވުމަށް ރައީސް ޞާލިޙް މިއަދު މެންދުރުފަހު ފުވައްމުލަކަަށް ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖެހިފައި ކުރިން އޮތް ނަަމަވެސް ދަތުރުފުޅު މިހާރު ވަނީ ފަސްކުރައްވައިފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ރައީސް ޞާލިޙްގެ ދަތުރުފުޅު މާދަމާއަށް ފަސްކުރެވިފައިވާ ކަމަށެވެ. ރައީސް ފުވައްމުލަކަށް ވަޑައިގަންނަވަން ނިންމެވިއިރު ދެކުނުގެ މޫސުން ވެސް މިއަދު އެހާ ރަނގަޅެއް ނޫނެވެ.