ޔާމީން ބައިވެރިވެވަޑައިގަންނަވާ ފްރަންޓް އޮފީސް ޖަލްސާއެއް މިރޭ

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ. ޕީއެންއެފްއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ، ފްރޮންޓް އޮފީސް ޖަލްސާއެއް މިރޭ 20:45 ގައި އޮންނާނެ ކަމަށެވެ. “އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވަން.“ އެ މެސެޖުގައިވެއެވެ. ފަހަކަށް އައިސް ޕީއެންއެފްއިން ދޭތެރެދޭތެރެއިން އަންނަނީ ޖަލްސާއެއް ބާއްވަމުންނެވެ. މިއިން ކޮންމެ ޖަލްސާއެއްގައި ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ޖަލްސާތަކުގައި އެމަނިކުފާނު ގެންދަވަނީ […]

އިމިގްރޭޝަންގެ އޮޮޕަރޭޝަނާ ގުޅިގެން ބިދޭސީން ފިލަން އަތޮޅުތެރޭގެ ރަށްތަކަށް ދާ މައްސަލަ ބޮޑުވެއްޖެ

ގަވާއިދާ ޚިލާފަށް މާލޭގައި އުޅޭ ބިދޭސީން ހޯދައި އެފަދަ މީހުންނާމެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އޮޕަރޭޝަން ފެށުމުން ބިދޭސީން ފިލަން އަތޮޅުތެރޭގެ ރަށްތަކަށް ދާ މައްސަލަ ބޮޑުވެއްޖެއެވެ. 200 އަށްވުރެ ގިނަ އޮފިސަރުންނާއެކު މާލޭގެ އެކި ސަރަހައްދުތަކުގައި އިއްޔެ ހިންގި އޮޕަރޭޝަނާގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާކުރައްވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ މާލޭގައި ހިންގާ އޮޕަރޭޝަންތަކާ ގުޅިގެން ގިނަ ބަޔަކު މާލެއިން ބޭރަށް ފުރަމުންދާކަމުގެ މައުލޫމާތު ލިބޭ […]

ޑރ. އިޔާޟްގެ އަނބިކަނބަލުންނާއި ޑރ. ޝަޛުރާ ހައްޔަރުކޮށްފި

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟްގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާއާއި އިތުރު އަންހެނަކު ހައްޔަރުކޮށްފިއެވެ. މިއަދު މެންދުރު 13:00 ހާއިރު ހައްޔަރުކުރީ މ.ބަޑިކުޅިމާގެ ޝާދިޔާ (47 އ) ގެ އިތުރުން ގދ.ރަތަފަންދޫ ލިލީގެ ޑރ. ޝަޛުރާ އިބްރާހިމް (36އ) އެވެ. މިކަން ހާމަކޮށް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ދެ މީހުން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭލެވުމާއި […]

ޚަރަދު ކުޑަކުރަން ނިންމާފައިވަނިކޮށް ހެލްތަށް އާ ޑެޕިއުޓީ މިނިސްޓަރަކު ހަމަޖައްސަވައިފި

ހެލްތު މިނިސްޓްރީއަށް އާ ޑެޕިއުޓީ މިނިސްޓަރަކު އައްޔަން ކުރައްވައިފިއެވެ. ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ދަށުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މަގާމަށް އައްޔަންކުރައްވައިފައިވަނީ ގއ.ވިލިނގިލީ ފީރޯޒުގޭ ނަޒްލީން ނަޖީބެވެ. ނަޒްލީންއަކީ ކޮންގްރެސް ޕާޓީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބުވި ބޭފުޅެކެވެ. ނަޒްލީންގެ އިތުރުން ހެލްތު މިނިސްޓްރީގައި 4 ޑެޕިއުޓީ މިނިސްޓަރުން އެބަ ތިއްބެވިއެވެ. ނަޒްލީން މި މަގާމަށް އައްޔަންކުރައްވާފައި މިވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ޚާއްސަ ފިޔަަޅުތަކެއް […]

ވާނުވާ އޮޅިއްޖެ

ބޭންކް އޮފް މޯލްޑިވްސްއާއި އިދިކޮޅު އެމްޑީޕީން ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ބަޣާވާތެއް ހިންގަން އުޅުނު ކަމަށް ސަރުކާރުން ތުހުމަތުކުރާއިރު، ސަރުކާރުން މި މައްްސަލާގައި ދައްކާފައިވާ ވާހަކަތަކުން ކަމުގެ ވާނުވާ އޮޅިއްޖެއެވެ. ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ ރުފިޔާ ކާޑުތަކުން ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލަން ނިންމައި އެކަން އިއުލާނުކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. ނަމަވެސް ސަރުކާރުން ޕްރެޝަރުކޮށް އެ ނިންމުން ބަދަލުކުރި ފަހުން ކޮންގްރެސް ޕާޓީން ބުނީ ބޭންކާ ގުޅިގެން އިދިކޮޅު އެމްޑީޕީން ގެންނަން އުޅުނީ […]

ބަޣާވާތް ހިންގަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތައް ހޯދަނީ

ބޭންކް އޮފް މޯލްޑިވްސްއާއި އިދިކޮޅު އެމްޑީޕީން ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ހިންގަން އުޅުނު ކަމަށް ބުނާ ބަޣާވާތުގެ މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެ ފަރާތެއް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ބީއެމްއެލް މެދުވެރިކޮށް ބަޣާވާަތަކުން ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުނީ އާދިއްތަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައެވެ. ފުލުހުންގެ އެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ […]

އީދު މިސްކިތުން ބައެއް ތަކެތި ވަގަށް ނަގައިފި

މާލޭގައި ހުންނަ އީދު މިސްކިތުން ބައެއް ތަކެތި ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އީދު މިސްކިތް މަރާމާތަށް ބަނދުކޮށްފައި ވަނިކޮށް ރޭގެ 6-10 އާ ދެމެދު ވަގުތެއްގައި މިސްކިތުން ވައްކަން ކޮށްފައިވާ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި އީދު މިސްކިތުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 13 ބޮކީގެ އިތުރުން 8 ފަންކާގެ ނަރުތައް ހިމެނެއެވެ. “މި މައްސަލަ މިހާރު ވަނީ ‎ފުލުހަށް ހުށަހެޅިފައި“ […]

ޕީޖީގެ މަގާމަށް ގާތް މީހަކު ގެންނަން މަސައްކަތް ނުކުރަން: ޢަބްދުއްރަޙިީމް

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖިީ) ގެ މަގާމަށް ގާަތް ބޭފުޅަކު ގެންނަން މަސައްކަތް ނުކުރައްވާ ކަމަށް ކޮންގްްރެސް ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙިީމް ވިދާޅުވެއްޖެއެވެ. ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ސަންގު ޓީވީއަށް ރޭ ދެއްވި ބަސްދީގަތުމެއްގައެވެ. ޢަބްދުއްރަޙިީމް ވިދާޅުވީ އޭނާަގެ އާއިލާގެ މީހަކު ޕީޖީގެ މަގާމަށް ގެންނަން މަސައްކަތް ކުރާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމަށާއި ކޮންމެ މީހަކު ޕީޖީގެ މަގާމަށް އައްޔަން ކުރިޔަސް މައްސަލައެއް ނެތް ކަމަށެވެ. “އަޅުގަނޑަށް ހެޔޮ […]

ޕީސީބީއަށް 3 މެންބަރުން އައްޔަން ކުރައްވައިފި

ރައީސް ޑރ.މުޙައްމަދު މުޢިއްޒު, ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ތިން މެންބަރުން މިއަދު އައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހުން ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސް އައްޔަން ކުރެއްވި ބޭފުޅުންގެ ނަންތައް ހާމަކޮށްފައެވެ. އެއީ: އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން: ދަފްތަރު. ނަންބަރު ރސ 4652. އަޙްމަދު މުޝްތާޤް. ބޭންކިންގ ގެ ދާއިރާއިން: ވ. ބްލޫއޯޝަން ލީނާ ޢަބްދުލްޖަލީލް. […]

ހަގީގީ މާނައިގައި އަންހެނުން ބާރުވެރިކޮށް ދާއިރާގެ އަޑުއިއްވެވުމަށް މިފަހަރު ޒީނާޒް

ދާއިރާގެ ރައްޔިތުންގެ އަޑު އިއްވައި ހަގީގީ މާނައިގައި އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރެއްވުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައި ކުޑަކުދިންގެ ހިޔާގެ ކުރީގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) ޒީނާޒް އަދުނާން ކެމްޕޭން ފަށްޓަވައިފިއެވެ. ޕީޕއެމް-ޕީއެންސީގެ ޓިކެޓުގައި ޒީނާޒް ވާދަކުރައްވަން ނިންމަވާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑިއަށެވެ. އެއީ ޒީނާޒްގެ އުފަން ދާއިރާއެވެ. “އަބަދުވެސް އުންމީދެއް ދާއިރާއަށް އަޅުގަނޑަށް މި ލެވެލްގަ މަސައްކަތް ކޮށްދެވޭނެ ފުރުސަތެއް ހޯދުން. މިކަހަލަ ޕްލެޓްފޯމަކަށް އައިސްގެން ނޫނީ […]