އާރްއޭސީއެލް، އެމްއޭސީއެލްގެ ދަށަށް އަދި އެފްޑީސީ، އެޗްޑީސީގެ ދަށަށް ގެންނަނީ

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ދަށަށް އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ބަދަލުކުރުމަށް މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދުގެ ކެބިނެޓު ބައްދަލުވުމުގެ ކުރިން ރައީސް އޮފީހުން ވަނީ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގެ ވީޑިއޯއެއް ރައީސް އޮފީހުގެ ސޯޝަލްމީޑިއާ ޕްލެޓްފޯމުތަކުގައި އާންމުކޮށްފައެވެ. ރައީސް […]

ބަންގްލަދޭޝްގައި ދިވެހި ދެ ޑޮކްޓަރުންނަށް ހަމަލާ ދީފި

ބަންގްލަދޭޝްގައި ދިވެހި ދެ ޑޮކްޓަރުންނަށް ހަމަލާ ދީފިއެވެ. ސަންދާނުއަށް މައުލޫމާތު ލިބިފައިވާ ގޮތުން ދިވެހި ދެ ޑޮކްޓަރުންނަށް ހަމަލާ ދިނީ އެ ދެ ޑޮކްޓަރުން ޑިއުޓީ އަދާކުރަމުންދިޔަ ހޮސްޕިޓަލަށް ހާޓް އެޓޭކެއް ޖެހިގެން ގެންދިޔަ ބަލި މީހަކަށް ނުބައި އިންޖެކްޝަނެއް ދިނުމަށްފަހު މަރައިލި ކަމަށް ތުހުމަތުކޮށްފައެވެ. ހަމަލާ ދީފައިވަނީ ބަލި މީހާ މަރުވުމުން މަރުގެ ސެޓްފިކެޓް ތައްޔާރުކުރުމަށްޓަކައި އެ މީހާގެ އައިޑެންޓިޓީ ކާޑު ނެގުމަށް އާއިލާގެ ކައިރިއަށް ދިއުމުންނެވެ. އެނގިފައިވާ ގޮތުގައި ދެ ޑޮކްޓަރުންނަށް ހަމަލާ ދިނުމުން […]

މެލޭޝިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

މެލޭޝިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ގައުމުގެ ރަސްގެފާނު ސުލްޠާން އިބްރާހީމަށާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް މިއަދު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ތަހުނިޔާ ވިދާޅުވެ ރައީސް ޑރ. މުޢިއްޒު، މެލޭޝިޔާގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި ސިޓީތަކުގައި، ވަނީ ރާއްޖެއާއި މެލޭޝިޔާއާ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިހުތިރާމާއި، އެއްބައިވަންތަ އުސޫލުތަކާއި، ރައްޔިތުންގެ މެދުގައި ދެމެހެއްޓެނިވި ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވައިފައެވެ. މީގެއިތުރުން ދެ […]

މިއަދާ ހަމަޔަށް ވެސް އަމިއްލަ އެއްވެސް ކަމަކަށް ސަރުކާރު ބަޖެޓުގެ ލާރި ނަގާފައެއް ނުވާނެ: ރައީސް

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިއަދާ ހަމަޔަށް ވެސް އަމިއްލަފުޅު އެއްވެސް ކަމަކަށް ސަރުކާރު ބަޖެޓުގެ ލާރި ނަންގަވާފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދާދިފަހުން ބޭސްފަރުވާއަށް އަމިއްލަ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދުތަކާއި ގުޅުވައި ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ. ”ސަންގުޓީވީ“ އަށް ދެއްވި އިންޓަވިއުއެއްގައި އެކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އުސޫލުގައި އޮންނަ ގޮތުން ރައީސްގެ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދު […]

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މެލޭޝިޔާ ދެ މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނަކާއި އުމުރުން 44 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީ މެލޭޝިޔާއަށް ނިސްބަތްވާ ދެ މީހުންނެވެ. މި ދެ މީހުންގެ މައްޗަށް ފުލުހުން ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހަށް ދެ މީހުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މި ދެ މީހުންގެތެރެއިން އެކަކަށް މެލޭޝިޔާ […]

އިނަރ މޯލްޑިވްސްގެ ދެ އޮފީހެއް ފަޅާލައި މުދަލަށް ގެއްލުންދީފި

އިނަރ މޯލްޑިވްސްގެ ދެ އޮފީހެއް ފަޅާލައި މުދަލަށް ގެއްލުންދީފިއެވެ. އިނަރ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤް ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މިކަން ހިނގީ ރޭ މެންދަމުގެ ވަގުތެއްގައެވެ. އޮފީހުން އަގުހުރި އެއްޗެއް ވަގުންނަށް ނުފެނުނު ނަމަވެސް ދޮރުގެ ތަޅާއި ބައެއް މުދަލަށް ބޮޑެތި ގެއްލުންދީފައިވާ ކަމަށް ފިރާޤް ވިދާޅުވިއެވެ. މި މައްސަލަ ފެންމަތިވެފައިވާއިރު ފުލުހުން މިއަދު ބުނީ ރޭގެ ވަގުތެއްގައި އަމީރުއަޙްމަދު މަގުގައި ހުރި 3 އިމާރާތަކަށް ގެއްލުންދީ ވައްކަންކުރި މައްސަލައެއް ބަލަމުން އަންނަ […]

ފިނިފެންމާ ލޯންޗު ގޮއްވައިލުމަކީ ޑްރާމާއެއްނަމަ ސްކްރިޕްޓް ލިޔުނީ ޢަބްދުއްރަޙީމް: ޔާމީން

“ފިނިފެންމާ“ ލޯންޗު ގޮއްވައިލުމުގެ ހާދިސާއަކީ ޑްރާމާއެއް ކަމަށްވާނަމަ އެ ޑްރާމާގެ ސްކްރިޕްޓް ލިޔުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ޔާމީން އަވަހާރަކޮށްލުމަށް 2015 ވަނަ އަހަރު ފިނިފެންމާ ލޯންޗު ގޮއްވައިލައިފައިވާއިރު އެ ހާދިސާއަކީ ޔާމީން ކުޅުއްވި ޑްރާމާއެއް ކަމަށް ޢަބްދުއްރަޙީމް ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި މިކަމަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ޢަބްދުއްރަޙީމް މިހާރު ދައްކަވަނީ ކުރިން ދެއްކެވި […]

ޑރ. އިޔާޟްގެ އަނބިކަނބަލުންނާއި ޑރ. ޝަޛުރާ 3 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟްގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާއާއި ޑރ. ޝަޛުރާ އިބްރާހިމް 3 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. ސަޢޫދީ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމާ ގުޅިގެން މ.ބަޑިކުޅިމާގެ ޝާދިޔާ (47 އ) އާއި ގދ.ރަތަފަންދޫ ލިލީގެ ޑރ. ޝަޛުރާ އިބްރާހިމް (36އ) ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. މި […]

ރިޒާވް މަތިކުރަން ގްރީން ބޮންޑެއް އިޝޫކޮށް، އިންޑިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީއެއް ނަގަން ނިންމައިފި

ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ގްރީން ބޮންޑެއް އިޝޫކުރުމުގެ މަސައްކަތްކޮށް، ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ. އެމްއެމްއޭއިން މިކަން ހާމަކުރީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިންގ އެޖެންސީކަމަށްވާ ފިޗް އިން ދިވެހިރާއްޖޭގެ ރޭޓިން “ސީސީ“ އަށް ދަށްކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. […]

ފިޗް އިން ރާއްޖޭގެ ރޭޓިން “ސީސީ“ އަށް ދަށްކޮށްފި

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިންގ އެޖެންސީކަމަށްވާ ފިޗް އިން ދިވެހިރާއްޖޭގެ ރޭޓިން “ސީސީ“ އަށް ދަށްކޮށްފިއެވެ. މިއީ މިއަހަރުގެ ތެރޭގައި ފިޗް އިން ރާއްޖޭގެ ރޭޓިން ދަށްކުރި ދެވަނަ ފަހަރެވެ. މިއަހަރުގެ ތެރޭގައި ފިޗް އިން ރާއްޖޭގެ ރޭޓިން އެންމެ ފުރަތަމަ ދަށްކުރީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ. އެގޮތުން ޖޫންމަހުގައި ފިޗް އިން ވަނީ ރާއްޖޭގެ ރޭޓިން “ސީސީސީ ޕްލަސް“ އަށް ދަށްކޮށްފައެވެ. ފިޗް އިން މިއަދު ދިން ރޭޓިންއަކީ ތިން މަހެއްހައި ދުވަހުގެ […]