ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ޞަލާޙުއްދީނުގެ ހަނދާނަށް އަރުވައިފި

ދިވެހި ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އަރުވައިފިއެވެ. މަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް މި ޝަރަފު އެރުވީ މިއަދު ހެނދުނު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސް ދެއްވެވީ ޝަރަފުގެ އައްޑަނައެކެވެ. ޞަލާޙުއްދީންގެ ހަނދާނަށް މި ޝަރަފު އެރުވީ ދިވެހި ގައުމިއްޔަތުގެ އެންމެ އިސް […]

މަސްވެރިންނަށް އިތުރު 7 މިލިއަން ރުފިޔާ މިއަދު ޖަމާކުރަނީ

މަސްވެރީން އަތުން މިފްކޯއަށް ކިރާފައިވާ ކަނޑުމަހުގެ ތެރެއިން 445 ޓަނަށްވާ ދެ ހަފްތާގެ ފައިސާ މިއަދު އޮޑިވެރީންނަށް ޖަމާކުރާނެ ކަމަށް މިފްކޯއިން ބުނެފިއެވެ. މިފްކޯއިން ބުނީ އޯގަސްޓް މަހުގެ 9 އިން 23 އަށް މަސްވެރިން ކިރުވާފައިވާ 445 ޓަނަށްވާ 7 މިލިއަން ރުފިޔާ މިއަދު ޖަމާކުރާނެ ކަމަށެވެ. ދެން މިފްކޯއިން ފައިސާ ދޫކުރާނީ އޯގަސްޓު 24 އިން ސެޕްޓެމްބަރު 9 އާއި ދެމެދަށްވާ 2 ހަފްތާގެ މުއްދަތުގެ ފައިސާ ކަމަށާއި މުއްދަތުގެ ތަފްސީލް އެނގޭނީ އަންނަ […]

ކުންފުނިތަކުގެ ޚަރަދުކުޑަ ކުރުމަށް ފިޔަވަޅުތައް އެޅުމަށް އަންގައިފި

މިއަދުން ފެށިގެން ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ޚަރަދ ކުޑަ ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު އަންގައިފިއެވެ. ޕީސީބީއިން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެމަތިން ދައުލަތުގެ ޚަރަދުތައް ހަމަމަގަށް އެޅުވުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅުއްވަމުންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ސަރުކާރުން ޚަރަދު ހަމަމަގަށް އެޅުއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް […]

މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމަށް ދަގަނޑޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސަވާފައިވާ ރަސްމީ ގެކޮޅު، މ.މުރައިދޫގޭގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމަށް ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤް (ދަގަނޑޭ) އައްޔަންކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ދަގަނޑޭ އެ މަގާމަށް އައްޔަންކުރީ މިދިޔަ ޖުލައި ފަހުކޮޅުގައެވެ. ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ދަގަނޑޭ ރަސްމީކޮށް ކުޅުން ހުއްޓާ ނުލި ނަމަވެސް މިހާރު ރާއްޖޭގެ ފުޓްބޯޅަ ސީޒަން މެދުކެނޑިފައިވާތީ އޭނާ ހުރީ ފުޓްބޯޅައާ ދުރުގައެވެ. ނަމަވެސް މާލެއާއި ރަށްރަށުގައި […]

މަސް ގަންނަ އަގަށް ބަދަލެއް ނުގެންނަނީ ދުނިޔޭގެ ބާޒާރުގައި އަގު ދަށަށް ދާތީ: މިފްކޯ

މާކެޓުގެ އަގާއި އެއްގޮތަށް އެ ކުންފުނިން ކަނޑުމަސް ގަންނަ އަގު ބަދަލުކުރާ ގޮތަށް ނިންމި ދުވަހުން ފެށިގެން މަސް ގަންނަ އަގަށް ބަދަލު ގެނެސްފައިނުވަނީ ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގަށް އެ ދުވަހުން ފެށިގެން އަދިވެސް ހެޔޮ ބަދަލެއް އައިސްފައިނުވާތީ ކަމަށް މިފްކޯއިން މިއަދު ބުނެފިއެވެ. މިފްކޯއިން މީޑިއާތަކާ ހިއްސާކުރި ޚަބަރެއްގައި ބުނީ މަސް ގަންނަ އަގު ބަދަލުކުރި ދުވަސްވަރަކީ މަސްވެރިކަން ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރަކަށްވާތީއާއި އެކީ، އެ ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި […]

ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު ދުވަހަކުވެސް އިތުރު ނުވާ މިންވަރަށް ވަނީ އިތުރުވެފައި: ވަޖީހް

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަން ފެށިގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް އިތުރު ނުވާ މިންވަރަށް އިތުރު ވެފައިވާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް މިއަދު ވިދާޅުވެއްޖެއެވެ. ވަޖީހް މިހެން ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް އެވްރެޖްކޮށް މަހެއްގެ މައްޗަަށް ރާއްޖެއަށް ކާގޯ އެތެރެކުރެވިފައިވާ މިންވަރު ދައްކައިދޭ ދެ ގްރާފް ހިއްސާކުރައްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ތާރީޚަށް ބަލާއިރު މީގެ […]

ސަރުކާރުގެ ސިޔާސަތަކީ އިންޑަސްޓްރީތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަޑުއަހައިގެން ކަންކަން ބައްޓަން ކުރުން: ރައީސް

ސަރުކާރުގެ ސިޔާސަތަކީ ކޮންމެ އިންޑަސްޓްރީއެއްގައި ވެސް މަސައްކަތްކުރާ ފަރާތްތަކުގެ އަޑުއަހައިގެން ކަންތައްތައް ބައްޓަން ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ބައެއް ޔޫނިއަންތަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަން އިއުލާނުކުރައްވައި ދެއްވި ވީޑިިއޯ މެސެޖެއްގައެވެ. ރައީސް ވިދާޅުވީ މިއަދު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އާއި ގެދޮރުވެރިކަމާބެހޭ އެކި ޔޫނިއަންތަކުގެ ބޭފުޅުންނާ ކަމަށެވެ. އޭގެތެރެއިން އެއް ބައްދަލުވުމަކީ ބީކޭއެމްޔޫގެ ބޭފުޅުންނާ އެއްކޮށް ބާއްވާ ބައްދަލުވުން ކަމަށާއި ދެވަނަ […]

ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފި

ވަޒީފާއާބެހޭ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީންނަށް ރާއްޖޭގައި ވަޒީފާއަދާކުރެވޭނީ ވަޒީފާއާބެހޭ ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށްފަހުގައެވެ. ނަމަވެސް ވަކި ފަރާތްތަކަކަށް މި އުސޫލު ނުހިނގާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި މި ބިލުގައި ވަނީ އެ ފަރާތްތައް ފާހަގަކޮށްފައެވެ. މީގެއިތުރުން މި ބިލުގައި ރާއްޖެއަށް ބިދޭސީން […]

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއިން ރެސިޑެންސީ ދޭން ސަރުކާރުން ނިންމައިފި

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއިން ރެސިޑެންސީ ދޭން ސަރުކާރުން ނިންމައިފިއެވެ. މި ގޮތަށް ނިންމީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. ވަޒީރުންގެ ބައްދަލުވުމުގައި ނިންމެވި ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމް ފެށުމުން ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް އިތުރަށް މަގުފަހިވެ އެއާއެކު ރާއްޖޭގެ އިގުތިސާދަށް ވަންނަ ޑޮލަރު އިތުރުވެގެންދާނެ ކަމަށެވެ. ސަޢީދު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ […]

ޝާދިޔާއާއި ޑރ. ޝަޛުރާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟްގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާއާއި ޑރ. ޝަޛުރާ އިބްރާހިމްގެ ބަންދުގެ މުއްދަތު މިއަދު އިތުރުކޮށްފިއެވެ. ސަޢޫދީ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމާ ގުޅިގެން މ.ބަޑިކުޅިމާގެ ޝާދިޔާ (47 އ) އާއި ގދ.ރަތަފަންދޫ ލިލީގެ ޑރ. ޝަޛުރާ އިބްރާހިމް (36އ) ހައްޔަރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުން […]