ބިދޭސީން ދިރިއުޅޭ ތަންތަން ބެލުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފި
އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ގަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަނުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. އެގޮތުން އިއްޔެ ފެށި މި އޮޕަރޭޝަނުގައި ވަނީ މާލޭގެ 03 ގެއެއް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި އާންމު ރައްކާތެރިކަމަށް ބެލުމެއްނެތި މިފަދަ ފަރާތްތަކުން ދިރިއުޅެމުންދާ ތަންތަން […]
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެެތެރެނުވެވޭ ގޮތް ހެދުމުގެ މަސައްކަތް މަޖިލީހުގެ ފެށޭ ދައުރުގައި ކުރިއަށްދާނެ: ސަރުކާރު
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެެތެރެނުވެވޭ ގޮތް ހެދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ފެށޭ ދައުރުގައި ކުރިއަށްދާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއީ ފަލަސްޠީނުގެ މިނިވަންކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރާ އެއް ސަރުކާރު ކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި އެކިއެކި ޕްލެޓްފޯމުތަކުގައި ޚިޔާލުފާޅު ކުރައްވާފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ފަލަސްޠީނާ ދޭތެރޭ ގެންގުޅޭ ސްޓޭންޑަށް ބަދަލެއް […]
ހިރިމަރަދޫގެ ރައްޔިތުން ބޭނުންވަނީ ތުލުސްދުއަށް ބަދަލުވާން
ހދ.ހިރިމަރަދޫގެ ރައްޔިތުން ކ.ތުލުސްދުއަށް ބަދަލުވާން އެދިއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް ރައްޔިތުން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި މެންބަރުން ފާހަގަކުރެއްވި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން ބޭނުންވަނީ ތުލުސްދުއަށް ބަދަލުވުމަށް ކަމަށް ބައްދަލުވުމުގައި މެންބަރުން ވިދާޅުވި ކަމަށެވެ. ހިރިމަރަދޫއަކީ ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެންމެ ފަހުގެ […]
ހޮޅުދޫ ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮތް އަންހެނަކު ފެނިއްޖެ
ނ.ހޮޅުދޫ ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮތް އަންހެނެއް ފެނިއްޖެއެވެ. ފުލުހުން ބުނީ ހޮޅުދޫ ގެއެއްގެ ތެރޭގައި ޒަޚަމްތަކަކާއެކު އަންހެނެއް އޮތް ކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ރިޕޯޓް ލިބިގެން ފުލުހުން އެޓެންޑްވެ ރަށު ހެލްތު ސެންޓަރަށް އެމީހާ ގެންގޮސްފައިވާ ކަމަށެވެ. އެ މީހާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. “އެއީ 50 އަހަރުގެ ދިވެހި އަންހެނެއް“ ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މިކަމާ ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ޖުލައިމަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި އިކްރާމްގެ ބަންދަށް 30 ދުވަސް
މިދިޔަ ޖުލައިމަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސްޕޯޓްސް ކާރު ދުއްވި މީހާ 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓްތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގީ ޖުލައި 31 ވަނަ ދުވަހުއެވެ. މި އެކްސިޑެންޑުވިއިރު ކާރު ދުއްވި މ.ލޭންޑްއޮފްގާރޑްން، އިކްރާމް އިބްރާހިމް […]
މަރުވުމުގެ ކުރިން ތައުބާ ނުވާނަމަ ނުފުއްސަވާނެ ހަމައެކަނި ފާފައަކީ ޝަރީކުކުރުން: ޚުޠުބާ
މަރުވުމުގެ ކުރިން ތައުބާ ނުވާނަމަ ނުފުއްސަވާނެ ކަމަށް އަންގަވާފައިވާ ހަމައެކަނި ފާފައަކީ އެކަލާނގެއަށް ޝަރީކުކުރުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ޚުޠުބާގައި ބުނެފައިވަނީ މާތް ރަސްކަލާނގެ ހައްދަވާފައިވާ މަޚުލޫގުންކުރެ އިންސާނުން ކުރާ އެންމެ ބޮޑު ފާފައަކީ އެ އިންސާނާ ހައްދަވައި ބޮޑުކުރައްވައި އޭނާއަށް ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވި މާތް ރަސްކަލާނގެއަށް ޝަރީކުކުރުން ނުވަތަ އެކަލާނގެއާއި އެކަލާނގެ މަޚުލޫގުން ހަމަހަމަކުރުން ކަމަށާއި ނުވަތަ އަޅުުކަމުގައި ބައިވެރިކުރުން ކަމަށެވެ. މާތް ރަސްކަލާނގެ އިންސާނުންގެ ގާތަށް ފޮނުއްވި އެންމެހައި […]
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ. މި އެކްސިޑެންޓް ހިނގީ ހުޅުމާލޭގައި ބާރު ސްޕީޑްގައިި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހިގެންނެވެ. ރޭ މެންދަމު ހިނގި މި އެކްސިޑެންޓާ ގުޅިގެން ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވަން އިން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށެވެ. ފުލުހުން ހާމަކުރި ގޮތުގައި ނިޔާވެފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ މި އެކްސިޑެންޓްގައި ހިމެނޭ […]
މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކުރުމާބެހޭ މުއާހަދާއެއްގައި ރާއްޖެއިން ސޮއިކޮށްފި
އދ. ގެ އާންމު މަޖިލީހުގައި ފާސްކުރި މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކުރުމާބެހޭ މުއާހަދާއެއްގައި ދިވެހިރާއްޖެއިން މިއަދު ސޮއިކޮށްފިއެވެ. ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދެވެ. ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ) ގައި ރާއްޖެއިން ސޮއިކުރުމާއެކު ރާއްޖެ ވެގެން ގޮސްފައި މިވަނީ މި މުއާހަދާގައި ސޮއިކުރި 92 ވަނަ ގައުމަށެވެ. ފޮރިން މިނިސްޓްރީން […]
ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފުތިތާހުކޮށްފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފުތިތާހުކޮށްދެއްވައިފިއެވެ. އެމަނިކުފާނު ދިވެހި ގައުމިއްޔަތުގެ އިސްވަރު އިފުތިތާހުކޮށްދެއްވީ މިއަދު ފާހަގަކުރާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ. މި އިސްވަރަކީ ރައީސް ޑރ. މުޢިއްޒު އެކަށައަޅުއްވާފައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ މުހިންމު އެއް ގުނަވަނެވެ. މި އިސްވަރު އެކުލެވިގެންވަނީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށެވެ. އެ ދާއިރާތަކަކީ: ދިވެހި ބަސްދިވެހި ތާރީޚްދިވެހި ތަރިކަދިވެހި ސުމޭކުދިވެހި ފަންނު ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް […]
ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ޞަލާޙުއްދީނުގެ ހަނދާނަށް އަރުވައިފި
ދިވެހި ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އަރުވައިފިއެވެ. މަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް މި ޝަރަފު އެރުވީ މިއަދު ހެނދުނު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސް ދެއްވެވީ ޝަރަފުގެ އައްޑަނައެކެވެ. ޞަލާޙުއްދީންގެ ހަނދާނަށް މި ޝަރަފު އެރުވީ ދިވެހި ގައުމިއްޔަތުގެ އެންމެ އިސް […]