ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސައުތު ޕޮލިސް (ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ އޭޕްރީލް 14 ގައި ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 57 އަހަރުގެ ދިވެހި ފިރިހެނެއް […]

ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ސައިކަލެއްގެ މަޑި ދަށުގައި ހުރި ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރް އާލަމް (45އ) އެވެ. މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. 15 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށް ނެރުނު އަމުރުގައިވާ ގޮތުން ގެއްލުން ލިބުނު ސައިކަލުގެ މަޑި ދަށުގައި ބަހައްޓާފައި ހުރި 442,750 […]

ޙަސަން މުޙައްމަދުގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ބޭރަށް ފޮނުވައިލުމުގެ މަސައްކަތް ދަނީ ކުރަމުން: ފުލުހުން

ކުޅުދުއްފުށި ސިޓީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ކުޅުދުއްފުށި ސިޓީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އެ ރަށު ޑެއިޒީފެހި، އުމުރުން 36 އަހަރުގެ ޙަސަން މުޙައްމަދެވެ. އޭނާ މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓުކުރީ މިދިޔަ ބުދަ ދުވަހުގެ ހެނދުނު 8:17 ގައެވެ. ފުލުހުން ބުނެފައިވަނީ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ […]

އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށްފި

އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ސެޕްޓެންބަރު 11 ވަނަދުވަހުގެ ހެނދުނުގެ ވަގުތެއްގައި ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގައި ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39އ) ކޯޓު އަމުރެއްގެ ދަށުންވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަންހެން މީހާގެ އަތުން އޭނާ ފޭރިފައިވަނީ ސައިކަލެއްގައި ދަމުން ކަމަށާއި އެ ސައިކަލަކީ ވެސް ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގިފައިވާ […]

އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ސެޕްޓެންބަރު 8 ވަނަދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހެންވޭރު ގެއަކުން ވައްކަންކޮށްފައިވާ މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ދެ ތަނެއް ބަލައިފާސްކޮށް، އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަރަންޓު ބުރުމާ ތަކަކާއި، މުށި ކަފާ މެޝިންތަކަކާއި، ލޮއިނަރުތަކެއްގެ އިތުރުން ކަރަންޓު ވައިރުކުރާ ނަރުތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން، […]

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. ރައީސް، މިގޮތަށް ހަމަޖައްސަވާފައިވާކަން އިއުލާންކުރެއްވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ. ރައީސް މިގޮތަށް ހަމަޖެއްސެވީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ. މިގޮތަށް ހަމަޖެއްސެވީ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުކުރުމާގުޅޭ ގޮތުން ވަޒީރުންގެ […]

މެރިޓައިމް ސިނާއަތާގުޅޭ ސެމިނާއެއް މިރޭ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އެ ޔުނިވާސިޓީ އިން ހިންގާ އިލްމީ ފޯވަހީގެ ދަށުން މެރިޓައިމް ސިނާއަތުގައި ދުރުންދޭ ތައުލީމާއި އީލަރނިންގއާ ގުޅޭ ސެމިނާއެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ. މި ސެމިނާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެމްއެންޔޫގެ ސެންޓަރ ފޮރ މަރިޓައިމް ސްޓަރޑީޒް (ސީއެމްއެސް) ގައި މިރޭ 20:30 ގައެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސެމިނާގައި، މެރިޓައިމް ސިނާޔަތު އަދި ކަނޑުމަތީގައި ކުރާ މަސައްކަތްތަކާއި ގުޅޭ ތަމްރީން ފޯރުކޮއް ދިނުމަށް އީލަރނިންގ ސްޓަޑީ މޮޑާލިޓީ […]

ރާއްޖޭން ދައްކަންޖެހޭ ދަރަނި ކުރިއަށް އޮތްތަނުގައި ވެސް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: އެމްއެމްއޭ

ސަރުކާރުގެ ކަމާގުޅޭ ހުރިހާ ވުޒާރާތަކާ ގުޅިގެން ރާއްޖޭން ދައްކަންޖެހޭ ދަރަނި ކުރިއަށް އޮތްތަނުގައި ވެސް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ. ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ބެހޭ ގޮތުން މޫޑީސް ރޭޓިންސް އިން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން %4.9 މިއަހަރު ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި 2025 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކުރެވެނީ […]

ހުޅުމާލޭގައި ވެހިކަލް ޕާކުކުރުމަށް 90،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި

ހުޅުމާލޭގައި ވެހިކަލް ޕާކުކުރުމަށް ވަގުތީ ސަރަހައްދެއް ކަނޑައަޅައިފިއެވެ. ހުޅުމާލޭގައި ޓެކްސީތަކާއި 4 ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ވަގުތީ ސަރަހައްދެއް ކަނޑައެޅީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމާއި ޕާކިންގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުންނެވެ. މިދިޔަ މަހުގައި ޓްރާންސްޕޯޓް މިނިސްޓްރީ، ހޯމް މިނިސްޓަރ، ފުލުހުން، އެޗްޑީސީ، މާލެ ސިޓީ ކައުންސިލު ގުޅިގެން ބޭއްވި ބައްދަލުވުމުގައި ވަނީ ޓެކްސީތަކަކީ މުހިންމު އާންމު ޚިދުމަތެއް ފޯރުކޮށްދޭ ފަރާތްތަކަކަށްވާތީ، އެ ފަރާތްތަކަށް ވަކި ޕާކިންގއެއް ޚާއްސަކުރުމަށް ނިންމިއެވެ. އެގޮތުން، ޓެކްސީ […]

ޕީއެންސީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމަށް މިއަދު ހުޅުވައިލަނީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވައިލަން ނިންމައިފިއެވެ. ޕީއެންސީއިން ބުނީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވައިލާނެ ކަމަށާއި ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ގެ ނިޔަލަށް ކަމަށެވެ. އަންނަ އޮކްޓޫބަރު 19 ގައި ބާއްވާ މި އިންތިޚާބުގައި 2095 މަގާމަކަށް މެންބަރުން އިންތިޚާބު ކުރުން އޮންނާނެއެވެ. އޭގެތެރޭގައި ހިމެނެނީ: ދާއިރާތަކުގެ ރައީސުންނައިބު ރައީސުންޒުވާނުންގެ ގޮފީގެ ރައީސްއަންހެނުންގެ ގޮފީގެ ރައީސްދާއިރާތަކުގެ ސްޓިއަރިންގ ކޮމިޓީތައް އިންތިޚާބުގެ ކަންކަން […]