ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލާނީ ރައްޔިތުންނާ ވީހާވެސްް ގާތުން ރައްޔިތުންގެ އަޑުއަހައިގެން: ރައީސް
މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާ ވީހާވެސްް ގާތުން ރައްޔިތުންގެ އަޑުއައްސަވައިގެން ސަރުކާރުގެ ސިޔާސަތުތައް އެކުލަަވާލެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެމެރިކާގެ ނިއުޔޯކްއާ އަދި ކައިރި ސަރަހައްދުތަކުގައި ދިރިއުޅުއްވާ ބައެއް ދިވެހިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އދ. އަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައެވެ. މި ބައްދަލުކުރެއްވުމުގައި […]
އައްޑޫ ސިޓީ މަރަދޫ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް
އައްޑޫ ސިޓީ މަރަދޫގައި ހުންނަ، އެތުމާގޭގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ ރިޕޯޓް ލިބުނީ ފަތިހު 05:46 ގައެވެ. އަލިފާން ރޯވީ އެތުމާގޭގައި ވިޔަފާރިކުރުމަށް ހަދާފައިވާ ގާޑިޔަލެއްގެ އިތުރުން އެއާ އިންވެގެން ހުރި ގުދަނެއްގައެވެ. އެ ގުދަން ވަނީ އަނދައި ހުލިވެފައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމުން އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް […]
ލޯކަލް ގަވަރމަންޓް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް ޑޮކްޓަރު މުނާ
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް ޑޮކްޓަރު ފާޠިމަތު މުނާ އައްޔަންކޮށްފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުން ޑރ. މުނާ މި މަގާމަށް އައްޔަންކޮށް މަގާމުގެ ލިޔުން ހަވާލުކުރީ މިއަދު ހެނދުނު ލޯކަލް ގަވަރމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ދެއްކެވި […]
ހޯރަފުށީގައި ފުޅާ ދާއިރާއެއްގައި ޑްރަގް ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ހއ.ހޯރަފުށީގައި ފުޅާ ދާއިރާއެއްގައި ޑްރަގް ވިޔަފާރިކުރަމުންދާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި / ރަތްބަގީޗާގެ، އަޙްމަދު ޝީބާން (42އ) އެވެ. ުފުލުހުން ބުނީ އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 50.6 ގްރާމު […]
މާލެއިން ބޭރުގައި ފުރަތަމަ ހަދާ ވަޤްފު އިމާރާތް އައްޑޫގައި
އަތޮޅުތަކުގައި ފުރަތަމަ ހަދާ ވަޤްފު އިމާރާތް އައްޑޫގައި ހަދަން ނިންމައި އެކަމުގެ މަސައްކަތްތައް އަންނަ އަހަރު ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކާބެހޭ މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީގައި ވަޤްފު އިމާރާތެއް ހަދަން ނިންމީ އެކަމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވައިލުމުން އައްޑޫ ސިޓީއިން ހުށަހެޅި ޕްރޮޕޯޒަލަކީ އެންމެ ރަނގަޅު ހުށަހެޅުން ކަމަށްވާތީ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ […]
ބީއެމްއެލްގެ ޗެއާޕާސަން ކަނޑައަޅައި ބޯޑަށް ތިން މެންބަރުން އައްޔަންކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަނޑައަޅައި ޑިރެކްޓަރުންގެ ބޯޑަށް 3 ބޭފުޅަކު އައްޔަންކޮށްފިއެވެ. މިއަދު ބޭއްވި އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ގައި ބޯޑަށް އައްޔަންކުރީ އަޙްމަދު ޢަލީއާއި ޢަލީ ޙަބީބާއި ޢަލީ އިރުފާނާއި މުޙައްމަދު ޝާހިދެވެ. ޗެއާޕާސަނަކަށް އައްޔަންކުރީ އަޙްމަދު ޢަލީއެވެ. އަޙްމަދު ޢަލީއަކީ މިވަގުތު ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީއެވެ. މިއާއެކު ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ: އަލްފާޟިލް އަޙްމަދު ޢަލީ […]
ފިލައިގެން އުޅޭ ބިދޭސީން ހިމެނޭހެން، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އިތުރު ބިދޭސީންތަކެއް ހިފަހައްޓައިފި
ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ އިތުރު ބިދޭސީންތަކެއް ހިފަހައްޓައިފިއެވެ. މޯލްޑިވްސް އިމިގުރޭޝަނުން ރޭ ބުނީ ޓާސްކު ފޯސް އަށް ލިބުނު މައުލޫމާތެއްގެ އަލީގައި، ބުރާސްފަތި ދުވަހުގެރޭގައި ހ.ކަޅުހުރާގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި ތަނަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ބިދޭސީން ދިރިއުޅެމުން ދިޔަ ތަނެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މި ތަނުގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 9 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭގެތެރޭގައި ވަޒީފާ ދިން […]
ތިލަފުށިން ޔޫޓީއެފްއަށް ގިރާވަރު މެދުވެރިކޮށް ބްރިޖެއް އެޅުމުގެ މަޝްރޫއުއާބެހޭ ގޮތުން އޭއައިއައިބީއާއެ މަޝްވަރާކޮށްފި
ތިލަފުށިން ޔޫޓީއެފްއަށް ގިރާވަރު މެދުވެރިކޮށް ބްރިޖެއް އެޅުމުގެ މަޝްރޫއުގެ ފީސިބިލިޓީ ދިރާސާ ހެދުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.މުއްޠަލިބް، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށް ބައިނަލްއަގުވާމީ އެހީ ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ތިލަފުށިން ޔޫޓީއެފްއަށް […]
ސާފުތާހިރުކަމަށް ބެލުމެއްނެތި ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފި
ސާފުތާހިރުކަމަށް ބެލުމެއްނެތި ވިޔަފާރިއަށް އެކި ބާވަތުގެ ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބައެއް ތަންތަން ބަލައި ބިދޭސީންތަކެއް އަތުލައިގެންފިއެވެ. މޯލްޑިވްްސް އިމިގުރޭޝަނުން ބުނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ޓާސްކު ފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގެ މާފަންނުގައި ހުންނަ 04 ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އިމިގުރޭޝަނުން ބުނީ މީގެތެރެއިން ބައެއް ތަންތަނަކީ، ސާފުތާހިރުކަމަށް ބެލުމެއް ނެތި، ވިޔަފާރިއަށް އެކި ބާވަތުގެ ކާބޯތަކެތި ތައްޔާރުކުރަމުންދިއަ […]
މަގުތަކަކީ ރައްކާތެރި މަގުތަކަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންފި
އެންމެންގެ ރައްކާތެރިކަމަށްޓަކައި އެންމެން ގުޅިގެން މަގުތަކަކީ ރައްކާތެރި މަގުތަކަކަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސް ޑރ. މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ. ރައީސް މި ގޮތަށް އެދިވަޑައިގަތީ ރާއްޖޭގެ މަޝްހޫރު އެނިމޭޓަރު ޔާމީން ރަޝީދު އުފައްދާފައިވާ ކާޓޫނު ވީޑިއޯއެއް ހިއްސާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ފުރާނައަކީ އަގުހުރި އެއްޗެއް ކަމަށް ވިދާޅުވެ ރައީސް އެދިވަޑައިގަތީ ރައްކާތެރިކަމާއެކު ދުއްވުމަށެވެ. އަދި އެންމެން ގުޅިގެން މަގުތަކަކީ އެންމެންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރުމަށް ވެސް އެދިވަޑައިގެންނެވިއެވެ. އަމިއްލަ އަތުން […]