ސިޔާސީ މުވައްޒަފުންނާއި، ދައުލަތުގެ ވެރިންނާއި، މެންބަރުންގެ މުސާރައިން %10 އުނިކުރަން ނިންމައިފި

ސިޔާސީ މުވައްޒަފުންނާއި، ދައުލަތުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މުސާރައިން %10 އުނިކުރަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސް ޑރ. މުޢިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން މުސާރައާއި ގުޅޭ ގޮތުން 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމި ފިޔަވަޅުތައް ރައީސް ވަނީ […]
އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން ރާއްޖެއާއި ސަމޯއާއިން މަޝްވަރާކޮށްފި

އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން ރާއްޖެއާއި ސަމޯއާއިން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިހާރު ސަމޯއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސަމޯއާގެ ބޮޑުވަޒީރު ފިއާމޭ ނައޯމީ މަޓައާފާ އެކު ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ، ކޮމަންވެލްތު މެންބަރު ގައުމުތަކުގެ ހައިސިއްޔަތުންނާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން ދެ ގައުމުން ހިއްސާކުރާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެކުގައި ކުރެވިދާނެ […]
ސަމާހުގެ މަރު: ކާރު ދުއްވި މީހާއަށް ދައުވާކުރަން ފޮނުވައިފި

މިދިޔަ އޮގަސްޓް މަހު 6 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑްގައިި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރަކުން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ޒުވާނަކު ނިޔާވި މައްސަލާގައި، އެ ކާރު ދުއްވި މީހާއަށް ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލާގައި ހައްޔަރުކުރީ ސ.ހިތަދޫ، ވައިލެޓްފެހި، މުޙައްމަދު ވިސާމް ސިދުޤީ (26 އ) އެވެ. އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ފުލުހުން މިއަދު ބުނީ […]
ޓެކްސް އެޕީލް ޓްރައިިބިއުނަލަށް ކުރިމަތިލެއްވި 13 ބޭފުޅުންގެ ނަންތައް މަޖިލީހަށް

ޓެކްސް އެޕީލް ޓްރައިިބިއުނަލްއިން ހުސްވެފައިވާ 4 މަގާމަށް 13 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. ޖުމްލަ 5 މެންބަރުން ހިމެނޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު އިސްމާޢީލް ސާޖިދު ފިޔަވައި ދެން ތިއްބެވި 4 މެންބަރުން މަގާމުން ވަކިކުރުމަށް މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމުން، އެ ބޭފުޅުން ވަކިކުރެއްވީ މިދިޔަ އޮގަސްޓުމަހުގައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޓެކްސް އެޕީލް ޓްރައިިބިއުނަލްއިން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ފޮނުއްވައިފައެވެ. ރައީސް […]
ގއ.އަތޮޅު ފަޅުރަށެއްގައި ފޮރުވާފައިހުރި ޑްރަގް އަތުލައިގެންފި

ގއ.އަތޮޅު ފަޅުރަށެއްގައި މަސްތުވާތަކެތިރައްކާކޮށްފައިހުރި ކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ރަށުގައި ފޮރުވާފައިހުރި މަސްތުވާތަކެތި ހޯދައިފިއެވެ. ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ބުނީ ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އެ ރަށް ބަަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. މި […]
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ ފައިސާއާއެކު 3 މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ ފައިސާއާއެކު 3 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 19 ވަނަ ދުވަހު މާލޭގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ކަލައިދޫ / އެވަރގްރީން، މުޙައްމަދު އައިޝަރު ޔޫސުފް (22އ)، ކ. ކާށިދޫ / އަންދަލީބުގެ، މުޙައްމަދު މައިހާން ފަޔާޒް (19އ) އަދި ދ. […]
ނަޑެއްލާގައި ނުރައްކާތެރި އެކްސިޑެންޓެއް: އަނިޔާވި ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި

ގދ.ނަޑެއްލާގައި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވެ، އޭގެތެރެއިން ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ. ފުލުހުން މިއަދު ބުނީ ނަޑެއްލާގެ ޖެޓީ މަގުން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް، މަޑުކޮށްފައި އޮތް ރަށު ޕިކަޕެއް ކައިރީގައި ހުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓްވީ ރޭގެ ވަގުތެއްގައި ކަމަށެވެ. މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި 18 އަހަރުގެ ދެ މީހުންނާއި ޕިކަޕު ކައިރީގައި ހުރި 47 އަހަރުގެ މީހާއަށް އަނިޔާވެގެން ތިނަދޫ އަބްދުއްސަމަދު […]
ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަށް ނައިބު ރައީސް ސަމޯއާއަށް

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން 2024 ގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ސަމޯއާއަށް ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ނައިބު ރައީސް ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ބައިވެރިވެވަޑައިގެން، މުހިންމު ބަޔާންތައް އިއްވެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ބައިނަލްއަގުވާމީ ފެންވަރެއްގައި އިގުތިސާދީ، މޫސުމީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކުގައި މަސައްކަތްކޮށް، ވިލުންތެރިކަމާއި، […]
އަންނަ މަހު ކުރީކޮޅު ކެޓް ޝެލްޓަރ ހުޅުވަނީ

ހުޅުމާލޭގައި ހަދަމުންދާ ކެޓް ޝެލްޓަރގެ މަސައްކަތް ނިމިފައިވާ ކަމަށާއި، އަންނަ މަހު އެ ތަން ހުޅުވޭނެ ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައިގެ ވާހަކައަކީ ސަރުކާރުތަކުން ދައްކަމުން އައި ވާހަކަތަކެއް ކަމަށެވެ. ނަމަވެސް ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން އަމަލީ މަސައްކަތް ފެށުނީ ރައީސް ޑރ. މުޢިއްޒު މާލޭ ސިޓީ މޭޔަރަކަށް ހުންނެވިއިރު، ފެށްޓެވި މަސައްކަތުން ކަމަށާއި، ކައުންސިލުގައި […]
ހައްޖު އުމްރާ ކޮންފަރެންސް މި މަހުގެ 31 ގައި ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހައްޖާއި އުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް ބާއްވާ ފުރަތަމަ ’ހައްޖު އުމްރާ ކޮންފަރެންސް‘ މި މަހުގެ 31 ގައި ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މި ކޮންފަރެންސް މަގުސަދަކީ ހައްޖާއި އުމްރާގެ އަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމާއި، ހައްޖާއި އުމްރާގެ ޚިދުމަތް ދެމުން އަންނަ ކުންފުނިތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުން ކަމަށެވެ. މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މިއީ ހައްޖާއި އުމްރާގެ ނިޒާމު ހަރުދަނާކުރުމަށް ވުޒާރާއިން […]