މާލޭ ސަރަހައްދަށް ރަޖިސްޓަރީ ކުރެވުނު އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތް %82 ދަށަށް
މާލޭ ސަރަހައްދަށް ރަޖިސްޓަރީ ކުރެވުނު އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތް %82 ދަށަށް ގޮސްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން އިއްޔެ ބުނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ނޫންގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުން ނިމުމަކަށް ގެނެވިފައިވާ ކަމަށާއި، މީގެ އިތުރުން، ގަރާޖުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމު މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން މިނިސްޓްރީގެ ޒިންމާ އަދާކުރުމަށާއި އަދި އުސޫލުން […]
ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހު، ދުސްތޫރީ ހުރިހާ މަބްދައުތަކާ ޚިލާފު: ޖަމީލު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ ދުސްތޫރީ ހުރިހާ މަބްދައުތަކާ ޚިލާފު އިސްލާހެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަން މިއުޅެނީ ހުރިހާ ބާރެއް ވެރިކަންކުރާ ޕާޓީއަަކަށް ލިބޭގޮތަށް ގާނޫނު އަސާސީ ބަދަލުކުރުން ކަމަށެވެ. ނަތީޖާއަކީ ގާނޫނު އަސާސީގައި ސަރުކާރަށް ފާރަވެރިވުމުގެ ގޮތުން، […]
ސިނަމާލެ ބުރިޖްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ސިނަމާލެ ބުރިޖް ފެންސްގައި ސައިކަލެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ ބުރިޖް އެއާޕޯޓް ލައިޓް ކައިރިން ސައިކަލެއް ފެންސްގައި ޖެހި ހާދިސާއެއް ހިނގާފައިވާ ކަމަށް މިއަދު 5:25 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި ހާދިސާގައި އެ ސައިކަލުގައި އިން މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ. އެއީ 53 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެ މީހާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ […]
ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި މީހުން ބަންދުން ދޫކޮށްލައިފި
ހުޅުމާލޭގައި ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި މީހުން ބަންދުން ދޫކޮށްލައިފިއެވެ. މި މަހުގެ 11 ވަނަ ދުވަހުގެރޭ ހުޅުމާލޭ އޯކިޑުމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް ބިރުދައްކައި އަދި އެ މީހާގެ އާއިލާގެ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑްކުރި މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ. މި މައްސަލާގައި ހައްޔަރުކުރީ ޠަލާލް މުޙައްމަދު (37 އ)، މާލެ، ދަފްތަރު ނަންބަރު ރސ 9022 އާއި، ހުޝާމް އިބްރާހިމް (34 އ)، […]
ސަރުކާރު ކުންފުނިތައް އިސްލާހުވާ ތަނެއް ނުފެނޭ، ކޮރަޕްޝަން ކަންތައްތައް ހުއްޓޭތީކީ ވެސް ނުފެނޭ: ނާޒިމް
ސަރުކާރު ކުންފުނިތައް އިސްލާހުވާ ތަނެއް، ރަނގަޅުވާ ތަނެއް ނުފެންނަ ކަމަށާއި، ކޮރަޕްޝަން ކަންތައްތައް ހުއްޓޭތީކީ ވެސް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ވާހަކަ ދައްކަވަމުންނެވެ. “ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ނުވަތަ ސަރުކާރު ކުންފުނިތަކަކީ ހަމަ ލޭ މަނާނުވެ، ހަމަ ލޭ އަންނަމުންދާ އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު ޒަޚަމެއް.“ […]
ކުރިއަށް އޮތް ތިން ދުވަހު ބޯކޮށް ވާރޭވެހޭނެތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
ކުރިއަށް އޮތް ތިން ދުވަހު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން މިއަދު ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް މި ސަރަހައްދުތަކުގައި އުފެދިފައިވާ ލޯ ލެވެލް ސާރކިއުލޭޝަންއަކާއި ގުޅިގެން ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ. އެގޮތުން އެންމެ ގިނައިން ވާރޭ […]
ސަރުކާރަށް އަހަރެއްވީއިރު ސިޔާސީ އަންބޮނޑި ބަނދެ، ފޮނި ތަގުރީރު ދިނުން ނޫންކަމެއް ނުކުރެވޭ: ޢައްބާސް
ސަރުކާރަށް އަހަރެއްވީއިރު ސިޔާސީ އަންބޮނޑި ބަނދެ، ފޮނި ތަގުރީރު ދިނުން ނޫން ކަމެއް ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވެއްޖެއެވެ. މި ސަރުކާރަށް ފާޑުވިދާޅުވެ، ޢައްބާސް މިހެން ވިދާޅުވީ ރޭގެ ވަގުތެއްގައި އެކްސްގައި ކުރި ޕޯސްޓުތަކެއްގައެވެ. ޢައްބާސް ވިދާޅުވީ މި ފާއިތުވި އެއް އަހަރު ތެރޭގައިވެސް އެއް ބިލިއަން ޑޮލަރުގެ ލޯނު ނަގައިގެން ގައުމަށް، ރައްޔިތަކަށް އެއްވެސް މަންފާއެއްވާނެ ކަމެއް ނުކޮށް ސިޔާސީ އަންބޮނޑި ބަނުން ނޫންކަމެއް ނުކުރައްވާ ކަމަށެވެ. […]
ގުރައިދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއަށް
ތ.އަތޮޅު ގުރައިދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ ކޮންސްޓްރަކްޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ޠަޢާމު މުޙައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަޙްމަދު ސައުދީއެވެ. މި އެއްބަސްވުމުގެ ދަށުން ބިން ހިއްކުމަށާއި، ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ޝޯ ޕްރޮޓެކްޝަންގެ […]
އައިޑީ ކާޑާއި، ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފުތިތާހުކޮށްފި
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފުތިތާހުކޮށްފިއެވެ. މި މަޝްރޫއު އިފުތިތާހުކޮށްދެއްވާފައިވަނީ މިކަމަށް ޚާއްސަކޮށް، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައިރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. މި މަސައްކަތުގެ ދަށުން މާލެ ސިޓީގެ ހުރިހާ ސަރަހައްދެއްގެ އިތުރުން ލ.އަތޮޅާއި ދ.އަތޮޅަށް މި މަސައްކަތް ވަނީ ފުޅާކޮށްފައެވެ. އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ، ދ.ކުޑަހުވަދޫ، ލ.ފޮނަދޫއިން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް […]
ފްލެޓް ލިސްޓު ނެރުން އަނެއްކާ ވެސް ފަސްކޮށްފި
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރަތްކުރަން ފަށާފައިވާ 4,000 ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރުން ފަސްކޮށްފިއެވެ. ހައުސިންގ މިނިސްޓްރީން އެންމެ ފަހުން ބުނެފައި އޮތީ މިއަދު ފުލެޓް ލިސްޓް އާންމުކުރާނެ ކަމަށެވެ. ހައުސިންގ މިނިސްޓްރީން މިއަދު ނެެރުނު ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުގެ އުސޫލުގެ ދަށުން ހުށަހަޅާފައިވާ 20,697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަށަވަރުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމާ ގުޅިގެން މި މަސައްކަތް ނިންމަން އިތުރު ވަގުތު ބޭނުންވާތީ، މި ސްކީމްގެ ވަގުތީ ލިސްޓާއި […]