އެކުވެރި އަރަބި އިމާރާތަށް ކުރި ދަތުރަކީ ކާމިޔާބު ދަތުރެއް: މެލޭޝިއާ ބޮޑުވަޒީރު

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ކުރެއްވި ދަތުރަކީ ކާމިޔާބު ދަތުރެއްކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ޑަޓުކް ސެރީ އަންވަރް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެގޮތުން މިދަތުރުފުޅުގައި 40.6 ބިލިއަން މެލޭޝިއާ ރިންގިޓް ނުވަތަ 8.6 ބިލިއަން އެމެރިކާ ޑޮލަރާއި އެއްވަރުގެ އިންވެސްޓްމަންޓްތައް ކަށަވަރުކުރެވުނުކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.  އަންވަރް އިބްރާހީމް ވިދާޅުވީ ގައުމަށާއި ރައްޔިތުންނަށް މަންފާކުރާނެ ފުރުސަތަކަށް މި ފުރުސަތު ބަދަލުކުރުމަކީ ސަރުކާރުގެ އިސްވެރީންނާއި ވުޒާރާތަކުގެ ޒިންމާއެއްކަމަށެވެ.  މިގޮތުން، އެންމެ ބޮޑު އިންވެސްޓްމަންޓެއް ލިބިފައިވަނީ މެލޭޝިއަން އިންވެސްޓްމަންޓް ޑިވެލޮޕްމަންޓް އޮތޯރިޓީ […]

އެމެރިކާގެ މަނަވަރުތައް މެޑިޓެރޭނިއަން ކަނޑަށް ފޮނުވައިފި

އެތައް ދިމާލަކުން އިސްރާއީލުގެ ތެރެއަށް ވަދެގަނެ ޙަމާސްއިން ދިން ކުއްލި ޙަމަލާތަކާއި ގުޅިގެން އެމެރިކާގެ މަނަވަރުތަކަކާއި އަދި އެއަރކްރާފްޓް ކެރިއަރަކާއި އިތުރު ހަނގުރާމަމަތީ މަތިންދާ ބޯޓުތައް މެޑިޓެރޭނިއަން ކަނޑަށް ދިއުމަށް ދިފާއީ ވަޒީރު ލޯއިޑް އައުސްޓަން އަންގަވައިފިއެވެ. މެޑިޓެރޭނިއަން ކަނޑަށް ފޮނުވި އެމެރިކާގެ މަނަވަރުތަކުގެ ތެރޭގައި ދުނިޔޭގެ އެންމެބޮޑު މަނަވަރު ޔޫ. އެސް. އެސް. ޖެރާލްޑް އާރ ފޯރޑް އާއި ގައިޑެޑް މިސައިލް ކެރިއަރ ޔޫ. އެސް. އެސް. ނޯރމަންޑީ އާއި ގައިޑެޑް މިސައިލް ކެރިއަރ ޑެސްޓްރޯޔަރ ޔޫ. އެސް. އެސް.  ތޯމަސް ހުޑްނަރ އާއި ޔޫ އެސް އެސް ރޫޒަވެލްޓް ފަދަ މަނަވަރުތައް ހިމެނެއެވެ.  […]

އިސްރާއީލުން ހަމާސް އާ ދެކޮޅަށް ރަސްމީގޮތުން ހަނގުރާމަ ޢިއުލާން ކޮށްފި

އެސޯޝިއޭޓެޑް ޕްރެސް ޓެލްއަވީވުން ޚަބަރުދީފައިވާ ގޮތުގައި  ދެކުނު އިސްރާއީލުގެ މަގުތަކުގައި ހަމާސްގެ ހަނގުރާމަވެރިންނާއި އިސްރާއީލުގެ ސިފައިންގެ ކުރިމަތިލުންތައް ހިނގަމުންދާއިރު އިސްރާއީލުން ގެންދަނީ ގާޒާގެ ޢިމާރާތްތައް ބިމާހަމަކުރަމުންނެވެ. ހަމައެއާއެކު އިސްރާއީލުގެ އުތުރު ސަރަޙައްދުގައި ލެބަނަންގެ ހިޒްބު ﷲ ގެ ހަނގުރާމަވެރިންނާއި އިސްރާއީލުގެ ސިފައިންނާ ދެމެދު ހިނގާދިޔަ ކުރިމަތި ލުމުގެ ސަބަބުން އެ ސަރަޙައްދުގެ ބޯޑަރުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ.އިސްރާއީލު ސަރުކާރުން މިހާރު ވަނީ ރަސްމީގޮތުން ހަމާސްއާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައެވެ. މީގެ ކުރިންވެސް އިސްރާއީލާއި ހަމާސް އަދި ޙިޒްބުﷲ އާއި ދެމެދު އެތައް ހަނގުރާމައެއް […]

ނާސާގެ ފްލެގްޝިޕް ވެބްސައިޓް އާކުރުމަށް ނާސާއިން ވޯޑްޕްރެސް ޚިޔާރުކުރީ ކީއްވެ؟

ނާސާގެ ފްލެގްޝިޕް ވެބްސައިޓްގެ ކޮންޓެންޓް މެނޭޖްމަންޓް ސިސްޓަމްގެ ގޮތުގައި އޮތް ޑްރޫޕަލްގެ ބަދަލުގައި ވޯޑްޕްރެސް ބޭނުންކޮށް ނާސާ.ގޮވް ގެ ބޭޓާ ލޭބަލް އެކުންފުނިން އުނިކޮށްފިއެވެ.  ވެބް ޑިވެލޮޕްމަންޓާއި، ޑޭޓާ މައިގްރޭޝަން އަދި ކޮންޓެންޓް ބިލްޑިންގްގެ މަސައްކަތުގައި އަށާރަ މަސްދުވަހުގެ ދިގު މުއްދަތެއް ހޭދަ ކުރުމަށްފަހު، ނާސާއިން ތައާރަފުކޮށްފައިވާ ފްލެގްޝިޕް އަދި ސައިންސް ވެބްސައިޓްތަކަކީ ޒަމާނީ ވެބްސައިޓްތަކެކެވެ. އެ ވެބްސައިޓްތަކުން ފާއިތުވެދިޔަ 65 އަހަރުތެރޭގައި ނާސާގެ އުފެއްދުންތެރިކަމާއި، ހޯދުންތެރިކަމާއި، އިޖާދީ ކުޅަދާނަކަން ދައްކުވައިދޭނެއެވެ.  ކޮންޓެންޓް މެނޭޖްމަންޓް ސިސްޓަމެއްގެ ހައިސިއްޔަތުން […]

ޙަމާސްގެ ކުއްލި ޙަމަލާއަކީ  އެމެރިކާއާއި އިސްރާއީލުގެ  އިންޓެލިޖެންސް ފޭލިވުން

އެމެރިކާއާއި އިސްރާއީލާ ދެގައުމުންވެސް އިސްރާއީލުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓާކައި މިޒަމާނުގެ މޮޅުވެގެންވާ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ކެނޑި ނޭޅި ފާރަލަމުން ގެންދަނިކޮށް އިސްރާއީލުގެ ޖައްވީ ދިފާއު ފޫއަޅުވާލާފިއެވެ. އެތައް ސަތޭކަ ރޮކެޓަކުން ކުއްލިގޮތަކަށް ޙަމާސް އިން އިސްރާއީލްގެ ޑިފެން ފޫއަޅުވާލައި ޙަމަލާދީ އިސްރާއިޅުގެ އެތައް ބަޔަކު މަރާލައި ބޮޑެތި ގެއްލުންތަކެއް ދެވުނުގޮތަކާއިމެދު އެމެރިކާގެ ކޮންގްރެސްއިން ގެންދަނީ ސުވާލު އުފައްދައި އެމެރިކާގެ ސަރުކާރަށް ބާރު ބޮޑުކުރަމުންނެވެ.  އެންމެފަހުން އެމެރިކާއާއި އިސްރާއީލުގެ ނުކުޅެދުންތެރިކަން ގަބޫލުކުރުމުގެ ބަދަލުގައި މިކަންތައްވެސް ގެންދަނީ އިސްރާއީލާއި ސަޢޫދީ އެރޭބިޔާގެ ގުޅުން ކާމިޔާބުވިޔަ ނުދިނުމަށްޓަކައި އީރާނުންކުރި ކަމެއްކަމުގައިބުނެ އީރާނުގެ […]

އެހީ ފޯރުކޮށްދީދީ އަތްމަތި ހުސްވެއްޖެ

ޔޫކްރެއިން-ރަޝިޔާގެ ހަނގުރާމައި ޔޫކްރެއިނަށް އެންމެބޮޑަށް އެހީ ފޯރުކޮށްދެމުން ގެންދާ އިނގިރޭސިވިލާތުން ޔޫކްރެއިނަށް ދެން އިތުރުއެހީއެއްފޯރުކޮށްދެވިދާނެ ގޮތެއް ނެތްކަމަށް ވަނަވަރު ސިއްރުކުރުން ޝަރުތުކޮށް އިނގިރޭސި ވިލާތުގެ މިލިޓްރީއާއިބެހޭ މަޢުލޫމާތު އެނގިވަޑައިގަންނަވާ ވަރަށް އިސް ސިޔާސީ ބޭފުޅަކު ދަ ޓެލެގްރާފަށް މަޢުލޫމާތު ހިއްސާކޮށްފިއެވެ. އެ ބޭފުޅާ ވިދާޅުވެފައިވަނީ އިނގިރޭސި ވިލާތުން ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރާ ޓޭންކާއި މިސައިލް އަދި އެއަރ ޑިފެންސް ސިސްޓަމް އެހެންބަޔެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ދެވޭވަރަށް ވުރެން އިނގިރޭސި އަސްކަރިއްޔާގައި މާ މަދުވެއްޖެ ކަމަށެވެ. މިދިޔަ އަހަރު އެކަނިވެސް އިނގިރޭސި ވިލާތުން ޔޫކްރެއިނަށް 2.3 ބިލިއަން އެމެރިކާ ޑޮލަރުގެ މިލިޓްރީ ސަޕޯރޓް ވަނީ ފޯރުކޮށްދީފައެވެ. އަދި ޔޫކްރެއިނަށް […]

ޔޫކްރެއިންގެ ކައުންޓަރ-އޮފެންސިވް ހުއްޓުވަން އަންގަވައިފި

ޔޫކްރެއިނިސްކާ ޕްރާވްޑާއިން ޚަބަރު ފަތުރާފައިވާގޮތުގައި މިއަންނަ އޮކްޓޯބަރ މަހުގެ ކުރީ ކޮޅާ ހަމަޔަށް  ޔޫކްރެއިންގެ ކައުންޓަރ-އޮފެންސިވް ހޙަމަލާތައް ހުއްޓުވަން ރައީސް ޕޫޓިންގެ ދިފާޢީ ވަޒީރު ސަރްގީ ޝޮއިގޫއަށް އަންގަވައިފިއެވެ. މި އަމުރާގުޅިގެން ރަޝިޔާގެ ސިފައިން ކިތަންމެ ބޮޑު އަގެއް އަދާކުރަން ޖެހުނު ކަމުގައިވިޔަސް ޔޫކްރެއިންގެ ޙަމަލާތައް ހުއްޓުވުމަށްޓަކައި ވަރުގަދަ ޙަމަލާތަކެއް ރަޝިޔާއިން ދެމުންގެންދާނެ ކަމަށް ބެލެވެއެވެ.      އިންސްޓިޓިއުޓް އޮފް ވޯރ ސްޓަޑީޒް އިން ބުނެފައިވަނީ ރައީސް ޕޫޓިން އުންމީދު ކުރައްވައިގެން ހުންނެވީ ރަޝިޔާއިން އަޅާފައިވާ ވަރުގަދަ ދިފާއީ ނިޒާމު ފޫއަޅުވާލަން އުޅެފިނަމަ ޔޫކްރެއިންގެ ސިފައިންނާއި ހުޅަނގުން ފޯރުކޮށްދީފައިވާ ޒަމާނީ […]

އީރާނުގައި ދީނީފަތުވާ އަވަސްކުރަން އައި. އޭ. ބޭނުންކުރަން ފަށަނީ

އީރާނު ސަރުކާރަށް ޙަވާލާދީ މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި ދަންނަބޭކަލުންގެ ދީނީ ފަތުވާ ޒަމާނާ ގުޅޭގޮތުން އަވަސް ކުރުމަށްޓަކައި އާރޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންކުރަން ރާވަމުން ގެންދަވާކަން ފައިނޭންޝަލް ޓައިމްސް އިން ޚަބަރުދީފިއެވެ.                                                  ފައިނޭންޝަލް ޓައިމްސް އިން ރިޕޯރޓް ކޮށްފައިވާ ގޮތުގައި ނުބައިކޮށް ބުރުގާއަޅައިގެން އުޅުނު މަހްސާ އަމީނީ ފުލުހުންގެ ބެލުމުގެ […]

ތުރުކީގެ ރައީސް އަޒަރބާޖާނަށް ވަޑައިގެންފި

ރޮއިޓާރސް ޚަބަރު ދޭގޮތުގައި ދެކުނު ކޯކަސްގެ ނަގޯރްނޯ ކަރަބާހުގައި ވަކިވެގަތުމަށް ހަނގުރާމަ ކުރަމުންގެންދިޔަ އަރްމޭނިޔާ ނަސްލުގެ މީހުންނާދެކޮޅަށް އަޒަރްބާޖާނުގެ ބިޔަ ލަޝްކަރުންޙަމަލާދޭން ފެށުމުން އެހެންގޮތެއް ނެތިގެން ހަތިޔާރު ބެހެއްޓުމަށްފަހު އެ ސަރަޙައްދު ދޫކޮށް ދިއުން މަޖްބޫރުވުމުން އަރްމޭނިޔާ ނަސްލުގެ މީހުން އެ ސަރަޙައްދުން ފައިބަމުންދާ މިދަނޑިވަޅުގައި ތުރުކީގެ ރައީސް އުރުދުޣާން މިދިޔަ ހޯމަދުވަހު އަޒަރްބާޖާންގެ ރައީސް އިލްހާމް އަލިޔޭވް އާއި ބައްދަލު ކުރެއްވުމަށްޓަކައި އަޒަރްބާއިޖާނަށް ވަޑައިގެންފިއެވެ. ނަގޯރްނޯ ކަރަބާހަކީ ބައިނަލް އަގްވާމީގޮތުން އަޒަރްބާޖާނުގެ ސަރަހައްދެކެވެ. މިދަތުރުފުޅުގައި ނަގޯރްނޯ ކަރަބާހުގެ ކުރިމަގާއި ބެހޭގޮތުންނާއި ދެގައުމުގެ ގުޅުން އިތުރަށް ކުރިއެރުވިދާނެ ގޮތްތަކާމެދު ދެބޭފުޅުން މަޝްވަރާ […]

އީރާނަކީ ހުޅަނގުގެ ގައުމުތަކަށް ހުރި ބޮޑު ބިރެއްކަމަށް ދެކޭ

މިދިޔަ އަންގާރަދުވަހު އ. ދ. ގެ އާންމު މަޖިލީހުގައި އީރާނުގެ ރައީސް އިބްރާހިމް ރައީސީ ތަގްރީރު ކުރައްވަން ފެއްޓެވުމާއެކު ތެހެރާނުގެ ގާތިލޭ ގޮވަމުން އިސްރާއީލުގެ ސަފީރު ޖަލްސާއިން ނިކުމެއްޖެއެވެ.                މިހާރުވެސް އީރާނުން ޖެނެރަލް އެސެމްބްލީގެ ވައިސް ޕްރެޒިޑެންސީގެ ގޮނޑިއެއްފުރުއްވަމުން ގެންދިއުމާއި އަދި މިއަހަރު ނޮވެމްބަރުގައި އ. ދ. ގެ އިންސާނީ ޙައްގުތަކާބެހޭ ކައުންސިލްގެ ސޯޝަލް ފޯރަމްގެ ރިޔާސަތުގެ ގޮނޑީގައިވެސް އިށީންދެ ވަޑައިގަންނަވާނީ އީރާނުގެ މަންދޫބުކަން ފާހަގަކޮށް އިސްރާއީލުން ގެންދަނީ އ. ދ. އަށް ރުޅިގަނޑު ބާލަމުންނެވެ.       […]