ބޮލުގާ ރަން ކުލަޖައްސާފައި ނޭފަތުގެބައްޓަން ހިމަކުރުމަކުން އަދި އެކިޔާ ދޮންމީހުންނަކަށް ނުވެވޭނެ.

ސުރުޚީއަކީ ސަންދާނުގެ އުފެއްދުމެއް ނޫނެވެ. އެއީ ދާދި މިދާކަށްދުވަހު ޖަޕާނާއި ދެކުނު ކޮރެޔާއަށް ނިސްބަތްކޮށް ޗައިނާގެ ވަރަށް އިސް ބޭފުޅަކު ވިދާޅުވި ބަސްފުޅެކެވެ. އެމަނިކުފާނު ވިދާޅުވީ އޭގެ ބަދަލުގައި އަހަރެމެން އިރުމަތީގެ މީހުން އެކުވެގެން ޗައިނާއާއިއެކު މަސައްކަތް ކުރުމަކީ އެންމެ ފައިދާހުރި ގޮތްކަމަށެވެ. އެބޭފުޅާ ވިދާޅުވީ އަހަރެމެންގެ ނަސްލު ހަނދާންނައްތާ ނުލުމަށާއި އަދި އަހަރެމެންގެ ދަރިފަސްކޮޅުގެ އަސްލަކީ ކޮބައިކަން ހަނދާނުން ފޮހެވިގެން ނުދިއުމުގެ މުހިންމުކަމަށްވެސް އިޝާރާތް ކުރެއްވިއެވެ.  ހުޅަނގުގެ ގައުމުތަކާއިއެކު ކިތަންމެ ގާތް ގުޅުމެއް އުފައްދަން އުޅުނުކަމުގައިވިޔަސް އަހަރެމެންނަކީ ހުޅަނގުގެ މީހުންނަކަށް ނުވެވޭނެއެވެ. މިދިޔަ ހޯމަ ދުވަހު ގިންޑާއޯގައި ގައި […]

ކީރިތި ގުރުއާން އެންދުމުން ވެޓިކަންވެސް ރުޅިއަތުވެއްޖެ

މުރުތައްދު ވެފައިވާ އިރާގުގެ ސަލްވާނު މޮމީކާ ސްވިޑްންގެ މިސްކިތެއްގެ ބޭރުގައި ހުރެ މިދިޔަ އަޟްހާ އީދު ދުވަހު ކީރިތި ގުރުއާން ވީދާލުމަށްފަހު އެ މާތް ފޮތުގެ ގަނޑުތަކުން އޭނާގެ ފައިފޮހެ އަދި އެއަށްފަހު       އަންދާލުމާ ގުޅިގެން މުޅިއިސްލާމީ އުންމަތުގެ ނުރުހުމާއި ނަފްރަތު ސްވިޑްއަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ނަސޯރާދީނުގެ އެންމެ އިސްފާދިރީވެސް އެކަމަށް ނަފްރަތު ކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.                               […]

ކަރުނާޓަކާއިން ފެންނަމުންދާ ދީނީ އެއްބައިވަންތަކަން

ދީނީ އެއްބައިވަންތަކަމާއި ދީނީ މިނިވަންކަން އިޚްތިޔާރުކުމުގެ ޙައްގު ކޮންމެމީހަކަށްވެސް ލިބިދޭންޖެހޭކަން ރަމްޒުކޮށްދިނުމުގެ ގޮތުން ހިންދޫންގެ ޕްރީސްޓަކު ކަރުނާޓަކާގެ ކޮއްޕަލް ޑިސްޓްރިކްޓުގެ ބަނާޕޫރުގެ ކުކައްނޫރު އަވަށުގައި ބިނާކުރި މިސްކިތެއް ރަސްމީގޮތުން ހުޅުވުމުގައި ބައިވެރިވެއްޖެއެވެ.  މިދިޔަ ހުކުރުދުވަހު މިސްކިތް ހުޅުވައިދެއްވީ ޕްރީސްޓް އަބިނާވާ ގަވިސިއްދަރޭސްވަރާ ސްވާމީޖީ އެވެ. ސްވާމީޖީގެ ވާހަކައިގާ ވިދާޅުވީ ދީނުގެ މަގްސަދުގެ ތެރޭގައި އެއްބައިވަންތަކަން ހިމެނޭނެ ކަމަށާއި މިސާލެއްގެ ގޮތުން އެއްވެސް ޝަރުތަކާ ނުލައި ލޭ ހަދިޔާ ކުރުންވެސް ދީންވެރިކަމުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށެވެ. ހަމައެކަނި މިސްކިތަށް ނުވަތަ ބުދުފައްޅިއަށް ނުވަތަ […]

ގަވަރނަރު ހުދޫދު ތެރޭގައި ބެހެއްޓުމަށް ސްޓާރލިންގެ އިންޒާރު

ދަ ހިންދޫ ނޫހުގެ ފުރަތަމަ ސަފްޙާއިން ފާހަގަކުރެވުނު އެންމެ ފަލަ އެއް ސުރުޚީއަކީ ޓެމިލްނާޑޫ އަށް މަރުކަޒީ ސަރުކާރުން ކަނޑައޅުއްވާފައިވާ ގަވަރނަރު އެމަނިކުފާނުގެ ހުދޫދުތެރޭގައި ބެހެއްޓުމަށް އެ ސްޓޭޓުގެ ޗީފްމިނިސްޓަރ މަރުކަޒީ ސަރުކާރަށް އިންޒާރު ދެއްވި ޚަބަރެވެ. ޗީފް މިނިސްޓަރުގެ އިންޒާރުގައި ގަވަރނަރ އާރ. އެން. ރަވީ ހުދޫދުގެތެރޭގައި ނުބަހައްޓަވައިފި ނަމަ ދެން މަރުކަޒީ ސަރުކާރަށް ޖެހިވަޑައި ގަންނަވާނީ ތަމަޅައިންގެ ރުޅިވެރިކަމާ ކުރިމަތި ލައްވާށެވެ. އަދި ބީ ޖޭ ޕީ އާއި ދެކޮޅަށް ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދުމަށް […]

ޕްރިންސް ވިލިއަމްގެ މުސާރައަކީ ކިހާވަރެއްކަން އެނގޭތަ؟

އިނގިރޭސިވިލާތުގެ ރަސްކަމަކީ އެއްޒަމާނެއްގައި އެރަސްކަމުގެ ފަރާތުން ނެރޭ ކޮންމެ އަމުރަކީ ދުނިޔޭގެ ކަންކޮޅުތަކުގައި އެތައް މިލިއަން މީހުނެއް ރުހުމުގައިވިޔަސް ނުރުހުމުގައި ވިޔަސް ގަބޫލުކުރަން ޖެހުނު އަމުރެކެވެ. އެ ރަސްކަމުގެ ނިންމުންތައް ނިންމާފައިހުރީ ކޮންމެ ޙާލަތެއްގައިވެސް ޝާހީ ބޭފުޅުންނަށް ފައިދާ ކުރަނިވި ގޮތްގޮތަށެވެ. ޕްރިންސް ވިލިއަމަށް އަހަރަކު ލިބޭ މުސާރައާއި އެހެނިހެން ފައިދާތައް އާންމުވެގެން މިދިޔައީ ޝާހީ ޚާންދާނުން ހާމަކުރި މިދިޔައަހަރުގެ މާލީ ރިޕޯރޓުންނެވެ.                              އެ ރިޕޯރޓުން އެނގުނު ގޮތުގައި […]

ސްރީލަންކާއިން ވަކިގައުމެއް އިޚްތިޔާރު ނުކުރާނަން

ޗައިނާއާއި އިންޑިއާއާއި ދެމެދު އުފެދިފައިވާ މައްސަލަތަކުގައި އަވަށްޓެރި ގަމުތައް ފިތިބާރުވެދާނެކަމުގެ ބިރުވެރިކަން އުފެދުފައިވާ މި ދުވަސްވަރުގައި ސްރީލަންކާއިން ވަކި ގައުމެއް އިޚްތިޔާރު ނުކުރާނެކަމަށް އެގައުމުގެ އެންމެ އިސް ޑިޕްލޯމެޓް ޚާރިޖީ ވަޒީރު އަލީ ސަބްރީ ވިދާޅުވެއްޖެއެވެ.  ސައުތު ޗައިނާ ޕޯސްޓަށް ދެއްވި ބަސްދީ ގަތުމެއްގައި ޚާރިޖީ ވަޒީރު ޢަލީ ސަބްރީ ވިދާޅުވީ އަހަރެމެންގެ އެދުމަކީ ޗައިނާއާއި އިންޑިއާގެ ދެބަސްވުންތައް މަޝްވަރާގެ ބޭނުންކޮށްގެން ޙައްލުވުމެވެ. އެއީ އެ ދެގައުމަށާއި މުޅިދުނިޔެއަށް އެންމެ ރަނގަޅ ުގޮތްކަމުގައި އަހަރެން ގަބޫލުކުރަމެވެ. 2020 ވަނައަހަރު ހިމާލިޔާ ސަރަޙައްދުގައި ހިނގާދިޔަ […]

ތުރުކުމަނިސްތާނުގެ ސްމާރޓް ސިޓީ ރަސްމީކޮށް ހުޅުވުން

ތުރުކުމަނިސްތާނުގެ އަރްކަޑަގުން ޚަބަރު ދޭގޮތުގައި އެގައުމުގައި އަލަށްބިނާކުރި ސްމާރޓްސިޓީ އަރްކަޑަގް ގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހު ރަސްމީގޮތުން ހުޅުވައިފިއެވެ.  މި ސްމާރޓް ސިޓީގެ ނަން ނިސްބަތް ކުރެވިފައިވަނީ އެ ގައުމުގެ ކުރީގެ ރައީސް ގުރުބާންގުލީ ބަރޑީ މުޙައްމަދޯ ގެ ނަންފުޅަށެވެ. ތުރުކުމަނިސްތާނު ގައި އެމަނިކުފާނަށް މުޚާތަބު ކުރެވެމުންދަނީ އެގައުމުގެ ބަހުން އަރްކަޑަގް ނުވަތަ ސަލާމަތާ ރައްކާތެރިކަން ހޯދާދޭން މަސައްކަތްކުރާ މީހާގެ ނަމުންނެވެ. ބޭރުގެ ޢިއްޒަތްތެރިންވެސް ބައިވެރިވެ ވަޑައިގެންނެވި ސްމާރޓްސިޓީ ހުޅުވުމުގެ ރަސްމިއްޔާތު ބައްޕާފުޅުގެ 66 ވަނަ އުފަންދުވަހާ ދިމާކޮށް ޝަރަފްވެރި ކޮށްދެއްވީ މިހާރުގެ ރައީސް އުމުރުފުޅުން 41 އަހަރުގެ ސަރުދާރު ބަރޑީ […]

ޕާކިސްތާނުގެ މިލިޓްރީ އިސްބޭފުޅުންތަކެއްެ ވަކިކޮށްފި

އިސްލާމް އާބާދުންް ޚަބަރު ދީފައިވާގޮތުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަށް ތާއީދުކުރާ ގިނަބަޔަކު ކުރަމުންގެންދިޔަ މުޒާހަރާގައި ދައުލަތުގެ މުދަލާއި ތަންތަނަށް ގެއްލުންދެމުން ގެންދިޔައިރުވެސް އެމީހުންނާއި ދޭތެރޭ އެކަށީގެންވާގޮތެއްގައި ފިޔަވަޅު ނޭޅުމުގެ ސަބަބުން އެގައުމުގެ ސިފައިންގެތެރެއިން ވަރަށް އިސް 3 އޮފިސަރަކު މަގާމުން ވަކިކޮށްފިއެވެ. އޭގެތެރޭގައި ޖެނެރަލަކުވެސް ހިމެނޭކަމަށާއި އޭގެ އިތުރުން ފަރުވާކުޑަ ކުރުމުގެ ސަބަބުންޖެނެރަލުންނާއި ބްރިގޭޑިއަރުންވެސް ހިމެނޭގޮތުގައި15 އޮފިސަރަކާއި ދޭތެރޭ އެކިއެކި ފިޔަވަޅުތައް އަޅާފައިވާކަމަށް މޭޖަރ ޖެނެރަލް އަޙުމަދު ޝަރީފް ޗައުދަރީ ވިދާޅުވިކަމަށް  ބުނެއެވެ. އެހެންނަމަވެސް އެ އޮފިސަރުންގެ ވަނަވަރު އަދި ހާމައެއްނުކުރެއެވެ. މިފަދަ ޚަބަރުތައް އާންމުކުރުމަކީ މިލިޓްރީގެ ތެރޭގައި މީގެކުރިން ހިނގާކަމެއްވެސް ނޫނެވެ. މޭޖަރ އިތުރަށް ވިދާޅުވީ މުސްކުޅިކުރައްވާފައިވާ […]

އިންޑިއާ ބާކީވެދާނެކަމުގެ ބިރު އެބައޮތް – އޮބާމާ

އިންޑިއާގެ ހިންދޫ ވިސްނުމުގެ ބޮޑުވަޒީރު މޯދީ އެމެރިކާގެ ރައީސް ޖޯ ބައިޑްންގެ ދައުވަތަކަށް އެމެރިކާއަށް ވަޑައިގަތުމުގެ މައުޟޫއުގައި ސީ. އެން. އެން. ގައި ވާހަކަފުޅު އެމެރިކާގެ ކުރީގެ ރައީސް އޮބާމާ އިންޑިއާގެ ނަސްލީތަފާތު ކުރުން އިތުރުވަމުން ދާތީވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޮބާމާ ވިދާޅުވީ އިންޑިއާގައި ބައިމަދު މުސްލިމުންގެ ޙައްގުތަކަށް އަޅާލުން ކުޑަވުމުގެ ސަބަބުން ބައިނަލް އަގްވާމީ މައިދާނުގައި އިންޑިއާ ބާކީ ވެދާނެ ކަމުގެ ބިރު އެބައޮތްކަމަށެވެ. އަދި އެއީ އިންޑިއާއަށް ނުރައްކާތެރި ކަމެއްކަމުގައި ވިދާޅުވެ އިންޒާރު ދެއްވައިފިއެވެ.               މިވަގުތު ގުރީކަށް ވަޑައިގެން ދުނިޔޭގެ ސިޔާސީ […]

ރައީސް ބައިޑްން އަށް އެމެރިކާގެ ގައުމީސަލާމް އޮޅިއްޖެ

އެމެރިކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އިންޑިއާގެ ބޮޑުވަޒީރަށް ވައިޓް ހައުސްގައި މަރުޙަބާ ދެންނެވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޖޯ ބައިޑްން ޑޭސް އަށް އަރާވަޑައިގަތުމާއި އެކު ދެގައުމުގެ ގައުމީ ސަލާމް ކުޅެވޭނެ ކަމަށާއި އެންމެ ފުރަތަމަ އިވިގެންދާނީ އިންޑިއާގެ ގައުމީ ސަލާމް ކަން ޢިއުލާން ކުރެވިގެންދިޔައެވެ. އަދި އިންޑިއާގެ ގައުމީ ސަލާމް ޖަނަ ގަނަ މަނަ ފެށުމާއެކު އިޙްތިރާމް އަދާކުރުމުގެ ގޮތުންރައީސް ބައިޑްން ގެ އަތްޕުޅު މޭމަތީގައި ބޭއްވިއެވެ.  އެހެންނަމަވެސް ދިހަވަރަކަށް ސިކުންތު ފަހުން ރައީސް […]