ދޮޅުމަސްދުވަހަށް ހަނގުރާމަ ހުއްޓާލަން އިސްރާއީލުން އެއްބަސް: އެމެރިކާ

އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ގަތުލު އާންމުގެ ހަމަލާތައް އުސޫލެއްގެ ގޮތުން 6 ހަފުތާގެ މުއްދަތަށް މެދުކަނޑައިލަން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ އިސް އޮފިޝަލުންނާ ހަވާލާ ސީއެންއެން އިން މިއަދު ހެދުނު ރިޕޯޓުކޮށްފިއެވެ. އެމެރިކާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި ދެން ކަންތައް ކުރަންވީ ގޮތަކާ ދޭތެރޭ މަޝްވަރާކޮށް ގޮތެއް ނިންމާނީއެވެ. މި ހަފުތާގެ ކުރީކޮޅު ރައީސް ބައިޑަން ވިދާޅުވެފައިވަނީ މާދަމާ ( ހޯމަދުވަހު ) ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލެވޭނެ ކަމަށެވެ. އެހެންނަމަވެސް މިދިޔަ […]

ރައީސް ބައިޑަން ޝަރީއަތަށް ހާޒިރުކުރާކަށް ނުވާނެ: ބަންޑާރަ ނައިބު

ސަރުކާރުގެ ރަސްމީ ލިޔެކިއުންތަކެއް އެކަށީގެންނުވާ ތަނެއްގައި ބެހެއްޓި މައްސަލާގައި ރައީސް ޖޯ ބައިޑަންގެ މައްޗަށް ކުރަމުންގެންދާ ދައުވާ ކުރިއަށް ނުގެންދަން ފެޑެރަލް ސްޕެޝަލް ޕްރޮސެކިއުޓަރ ރޮބާރޓް ހާރ ނިންމަވައިފިއެވެ. އެގޮތަށް ނިންމެވި ސަބަބެއް ކަމުގައި ވިދާޅުވެފައިވަނީ ރައީސް ބައިޑަން އެކަން ކުރައްވާފައިވަނީ ނުބައި ނިޔަތެއްގައި ނޫންކަމާއި އެ މަނިކުފާނަކީ މުސްކުޅިފުޅުވުމުގެ ސަބަބުން ވަރަށް ގިނަ ފަހަރު ހަނދުމަފުޅު ނެތޭ ބޭފުޅެއް ކަމަށެވެ. ޕްރޮސެކިއުޓަރ ރޮބާރޓް ހޫރގެ ޓީމުން ދެއްވި އިންޓަރވިއުއެއްގައި އެބޭފޫޅުން ވިދާޅުވެފައިވަނީ ރައީސް ބައިޑަންގެ ހަނދުމަފުޅު […]

ކްރީމިޔާ ބްރިޖް ގޮއްވައިލަން ޖަރުމަނުން ރޭވިކަން އެނގުމުން ރަޝިޔާ ރުޅިއަތުވެއްޖެ

އެސޯޝިއޭޓެޑް ޕްރެސްއިން ދެންމެއަކު ރިޕޯޓް ކޮށްފައިވާ ގޮތުގައި ކްރީމިއާ ބްރިޖު ގޮއްވައިލަން ޖަރުމަނުން ރޭވިކަން އެނގުމުން ރަޝިޔާއާއި ޖަރުމަނުގެ މަސްރަހް ވިރިކެކޭ މިންވަރަށް ހޫނުވެ ގޯސްވެއްޖެއެވެ.          ރައީސް ޕޫޓިންގެ ވަރަށް އަރިސް ބޭފުޅުންތަކެއް ހުކުރުދުވަހު މީޑިއާއަށް ހާމަކުރި އޯޑިއޯ ރެކޯރޑިންއަކުން އެނގޭ ގޮތުން ޖަރުމަނުގެ ސިފައިންގެ އިސް މަގާމުތަކެއްގައި ތިއްބެވި ޖެނެރަލުންތަކެއް ކްރީމިއާ ބްރިޖް ގޮއްވައިލަން މަޝްވަރާ ކުރިކަން ފަޅާއެރުމުން އެގައުމުގެ ކައުންޓަރ އިންޓެލިޖެންސް އޭޖެންޓުން އެކަމާބެހޭ ގޮތުން ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ. 38 މިނިޓުގެ އޯޑިއޯ […]

އެމެރިކާގެ ރިޔާސަތަށް ވާދަކުރައްވާ ބައިޑަން އާއި ޓްރަމްޕް ތިބެންވީ ދާރުލްއާސާރުގައި

އެމެރިކާގެ ރިޔާސީ އިންތިޚާބު ކައިރިވަމުންދާއިރު އަދި އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ސިއްހީ ހާލުކޮޅާ ދޭތެރޭ އެމެރިކާގެ ރައްޔިތުންގެ ކަންބޮޑުވުން އޭގެ އެންމެ މަތީ ހަރުފަތަށް ގޮސްފައިވާއިރު ދެން ރިޔާސަތަށް އެންމެ އެކަށީގެންވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކާ ދެތެރޭ އެމެރިކާގެ ރައްޔިތުން ދެކޭ ގޮތް ބެލުމަށް ކުރެވެމުންދާ ސާރވޭތައްވެސް ގިނަވެއްޖެއެވެ. މިހާތަނަށް ރައްޔިތުންގެ ސާރވޭއަށް ހުށައެޅިފައިވާ ނަންތަކަކީ ޖޯ ބައިޑަންގެ ނައިބު ރައީސް ކަމަލާ ހަރިސް އާއި ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބި ކަނބަލުން […]

މެކްރޯން އުޅުއްވަނީ ނަޕޯލިއަން ހެދިގެން

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަދުވަހު ރޮއިޓާރސް އިން ޚަބަރު ދީފައިވާ ގޮތުގައި ފަރަންސޭސި ވިލާތުގެ ސިފައިން ޔޫކްރެއިނަށް އެހީތެރިވާން ފޮނުވުމުގެ ކުރިން ނަޕޯލިއަންގެ މަތިން ހަނދާންކުރަން ރައީސްޕޫޓިންގެ ބައިވެރިން އިންޒާރުދީފިއެވެ.                                                    ފަރަންސޭސި ސިފައިން ޔޫކްރެއިނަށް ހިނގައްޖެނަމަ ކުރިމަތިލާން ޖެހޭނީ 1812 ވަނައަހަރު ނަޕޯލިއަން ބޮނަޕާރޓޭގެ ގްރޭންޑް އާރމީންނަށް މެދުވެރިވި ހާލަތުކަން އެއިންޒާރުގައި ބުނެފައިވެއެވެ. ރަޝިޔާގެ މި އިންޒާރު އައިސްފައިމިވަނީ ދާދި މިދާކަށް ދުވަހު ފަރަންސޭސި ރައީސް މެކްރޯން ޔޫކްރެއިނަށް އެހީތެރިވުމަށްޓަކައި ޔޫރަޕުގެ ސިފައިން ފޮނުވަން ގޮވާލުމާ ގުޅިގެންނެވެ. […]

އެމެރިކާ ނޭޓޯއިން ވަކިވެއްޖެނަމަ

ދުނިޔޭގެ ހަތަރު ބިތުން ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ބާރުހުރި މަގާމުތަކުގައި ތިބެން ބޭނުންވާ ގައުމުތަކުން އެކުވެރިކަމާއެކު އެއްބާރުލުން ދިނުމުގެ ބޭނުމުގައި ބައިވެރިންތަކެއް އިޚްތިޔާރުކޮށް އެއްވިސްނުމެއްގައި ހަރަކާތްތެރިވާން ފަށައެވެ. މާޒީގެ ސަފްހާތަކުގައި މީގެ އެތައް މިސާލެއް ލިޔެވިފައި އެބަހުއްޓެވެ. އެކުވެރިކަމާއި އެއްބާރުލުންތަކުގައި ވަކި ހިސާބަކުން ރެނދުލައި އަދި ވަރަށްގިނަފަހަރު އެކުވެރިކަން ރޫޅިގެން ގޮސްފައިވެސް އެބަ ހުއްޓެވެ. މިހާރު މުޅި ދުނިޔެއަށް އެންމެ ބޮޑަށް ނުފޫޒު ހިންގަނީ ބާރުގަދަ ނޭޓޯއިންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ގައުމުތައް އިސްތިއުމާރުކޮށްގެން އުޅުމުގެ ތެރޭގައި […]

އިގުތިސާދީ ލޮޅުންގަނޑު ތެރޭގައި “ ތޭންކް ޔޫ ޕީއައިއޭ ”

ޕާކިސްތާނަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާއި އަދި އިގުތިސާދީ ނުފުދުންތެރިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަމުންދާ އެއް ދާއިރާއަކީ ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިނެވެ. 1962 ވަނަ އަހަރު ޖެކިއުލިން ކެނެޑީ ވިދާޅުވި ބަސްފުޅު “ ގްރޭޓް ޕީޕަލް ޓު ފްލައި ވިތު “ މިއަދުވެސް ބޭނުން ކުރަމުން ދިޔަ ކަމުގައިވިޔަސް ޕާކިސްތާނު އެއަރލައިނުން ފަހަކަށް އައިސް ހަގީގީ މާނައެއްގައި އެ ބަސް ތަމްސީލު ކޮށްދޭ ތަނެއް ނުފެނެއެވެ. ބައެއް ފަރާތްތަކުން ޕީއައީއޭ މާނަކުރަނީ ވެސް ހެއްވާ ގޮތަކަށެވެ.               […]

ސްރީލަންކަން އެއަރލައިންގެ ފްލައިޓެއްގައި މީދާ އުޅެނިކޮށް ފެނިއްޖެ

ކޮލޮމްބޯއިން ޑެއިލީ މިރަރ ޚަބަރު ދީފައިވާގޮތުގައި ސްރީލަންކަން އެއަރލައިންގެ ފްލައިޓެއްގެ ތެރޭގައި މީދާ އުޅޭތަން ފެނިގެން އެ ފްލައިޓް ފުރުން ލަސްކޮށްފިއެވެ. މިކަން ސްރީލަންކަންގެ ޗެއާރމަން އަޝޯކް ޕަތިރާގެ ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. ސްރީލަންކާގެ އެވިއޭޝަނާ ބެހޭ ވަޒީރާއެކު ދެއްކެވި ވާހަކަ ފުޅުގައި ޗެއަރމަން ވިދާޅުވެފައިވަނީ މީދާ ފެނުނު މަތިންދާ ބޯޓު އަލުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މުޅިބޯޓަށް ސްޕްރޭ ކުރުމަށްފަހު އެއްދުވަސްވަންދެން ދަތުރުނުކޮށް ބާއްވަން ޖެހުނު ކަމަށެވެ. އަދި އެ ނޫން އެހެން 2 އެއާރކްރާފްޓެއް […]

ފަލަސްތީނުގެ ބޮޑުވަޒީރާއި ސަރުކާރު އިސްތިއުފާ ދެއްވައިފި

ސީއެންއެން އިން ދާދި ދެންމެއަކު ޚަބަރު ދީފައިވާ ގޮތުގައި ފަލަސްތީނުގެ ބޮޑުވަޒީރު މުޙަންމަދު ޝްތާޔާހް އާއި ސަރުކާރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އެމަނިކުފާނުގެ އިސްތިއުފާ ގުޅިފައިވަނީ ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލު އާންމުގެ ސަބަބުން ކަމަށް ވިދާޅުވެފައިވެއެވެ. ވަތަން ޓީ. ވީ އިން ސަރުކާރުގެ އިސް އޮފިޝަލުންނާ ޙަވާލާދީ ބުނެފައިވާގޮތުގައި ބޮޑުވަޒީރު އިސްތިއުފާ ދެއްވީ އަރަބި ގައުމުތަކާއި އަދި އެމެރިކާގެ ފިއްތުންތަކާހުރެ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އެގޮތަށް އެދިވަޑައިގަތުމުގެ ސަބަބުންނެވެ. އަދި އެއީ މިހާރު ހިންގަމުންދާ […]

ހޫތީ މުޖާހިދުންގެ އިންޒާރާ އެއްގޮތަށް ކަނޑު އަޑީގެ ކޭބަލްތަކެއް ހަލާކު ކޮށްލައިފި

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހޫތީ މުޖާހިދުން ދީފައިވާ އިންޒާރެއްގައި ބުނެފައިވާކަމަށް ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައިވަނީ އެ ޖަމާއަތުން އަލަށް ދީފައިވާ އިންޒާރުގެ ތެރޭގައި ރެޑްސީގެ ތެރެއިން އަޅާފައިވާ ކަނޑު އަޑީގެ ކޭބަލްތައް ހަލާކު ކޮށްލާނެ ކަމަށެވެ. ސެޓެލައިޓްގެ ޒަރީއާއިން ދުނިޔޭގެ ކަންކޮޅުތަކުގައި ފަސޭހަކަމާއެކު މުވާސަލާތީ ގުޅުންތައް ގާއިމްކޮށްފައި އޮތް ނަމަވެސް ކަނޑު އަޑިން އަޅާފައިވާ ކޭބަލްތަކަކީ އެންމެ އާންމު ގޮތެއްގައި މިހާރު ވެސް ބޭނުން ކުރެވޭ ވަސީލަތެވެ. އަގުހެޔޮކޮށް މުވާސަލާތުކުރުމުގައި ކަނޑު އަޑީގެ ކޭބަލްތަކުގެ ދައުރު […]