ގައްޒާގެ މައްސަލާގައި ނޭޓޯއާއި އިސްރާއީލުގެ ގުޅުން ހުއްޓުވާލައިފި

އިސްރާއީލަކީ ނޭޓޯގެ މެމްބަރަކަށް ނުވާ އެ ޖަމާއަތުގެ އެލައިޔަންސް ޕާރޓްނަރެކެވެ. މިދިޔަ އަހަރު އޮކްޓޯބަރ މަހު ފެށުނު އިސްރާއީލް- ހަމާސްގެ ހަނގުރާމައާއި ގުޅިގެން އިސްރާއީލަކީ ނޭޓޯގެ އެލަޔަންސް ޕާރޓްނަރެއްގެ ގޮތުގައި އޮތުމަށް ތުރުކީން ނުރުހުމުން ނޭޓޯގެ އެލަޔަންސް ޕާރޓްނަރު ކަމުން އިސްރާއީލު ބްލޮކް ކޮށްފިކަމަށް އަންކާރާއިން މިއަދު ރޮއިޓާސްއަށް ޚަބަރު ދީފިއެވެ. އިސްރާއީލަކީ އެމެރިކާއާއި އަދި ޔޫރަޕުގެ ބައެއް އެހެން ގައުމުތަކުގެ ބާރުގައި ނޭޓޯގެ ވަރަށް ބާރުގަދަ އެލަޔަންސް ޕާރޓްނަރެކެވެ. އޮކްޓޮބަރު 7 ގައި އިސްރާއީލް-ހަމާސްގެ ހަނގުރާމަ […]
ހަނިއްޔާ ޝަހީދުކޮށްލުމަށް އިމާރާތަށް ބޮން ވައްދާފައި ވަނީ 2 މަސް ކުރިން

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމަށް އެ މަނިކުފާނު ހުންނެވި އިމާރާތަށް ބޮން ވައްދާފައި ވަނީ މީގެ 2 މަސް ދުވަސް ކުރިންކަން މެދު އިރުމަތީގެ ގައުމުތަކަށް ނިސްބަތް ކުރެވޭ 5 އޮފިޝަލަކު ވަނަވަރު ހާމަ ނުކުރުން ޝަރުތުކޮށް ދަ ނިއުޔޯކް ޓައިމްސްއަށް ކިޔައިދީފިއެވެ. އެމެރިކާގެ އޮފިޝަލަކާއި އީރާނުގެ 2 އޮފިޝަލުން އަދި އަރަބި ދުނިޔޭގެ 5 އޮފިޝަލާ ހަވާލާދީ ނިއުޔޯރކް ޓައިމްސްއިން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލުމަކީ ވަރަށް […]
ހަނިއްޔާ ޝަހީދުކޮށްލެވުނު މައްސަލައިގައި އިތުރަށް ވާހަކަ ދައްކާކަށް ބޭނުމެއް ނޫން: އެމެރިކާ

ސިޔާސީގޮތުން ހަމާސްގެ އެންމެ އިސް ލީޑަރު އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލެވުނު މައްސަލައިގައި އިތުރަށް ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ބާރު އެމެރިކާ އިން ބުނެފިއެވެ.އުމުރުފުޅުން 62 އަހަރުގެ އިސްމާއީލް ހަނިއްޔާ އުފަންވެ ވަޑައިގަތީ ގައްޒާ ސިޓީ ކައިރީގައި ހުރި ރެފިއުޖީ ކޭމްޕެއްގައެވެ. އެ މަނިކުފާނު ހަމާސްއާއި ގުޅިވަޑައިގަތީ 1980 ވަނައަހަރު ހިނގާދިޔަ 2 ވަނަ އިންތިފާދާ ގައެވެ. ހަމާސް ޖަމާއަތުގެ ވެރިޔަކަށް އެ މަނިކުފާނު ވެވަޑައިގަތީ 2017 ވަނަ އަހަރުގައެވެ. ހަނިއްޔާ […]
އެމެރިކާގެ ރައްޔިތުން ކުރާ ކަމަކަށް މަލާމާތް ކުރަން ނަތަންޔާހޫ އަކީ ކާކު؟

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މިގެނެސްދެނީ އިއްޔެ ލޮސް އެންޖަލިސް ޓައިމްސްގެ ޚިޔާލު ފާޅުކުރުމުގެ ސަފްޙާއަށް އެމެރިކާގެ ރައްޔިތުން ފޮނުވާފައިވާ “ އެޑިޓަރަށް ހުޅުވާލާފައިވާ “ ޚިޔާލުތަކުގެ ތަންތަންކޮޅެވެ. މިއިން ދޭހަވާ އެންމެ މުހިންމު ކަމަކީ ގައުމުތަކުގެ ވެރިން ޑިމޮކްރެސީ އޭ ނުވަތަ އޮޓޯ ކްރެސީ އޭ ނުވަތަ އެހެންނަމެއްގައި ވިޔަސް ރައްޔިތުންގެ ނަމުގައި ކުރާ އަމުރުތަކާއި ކުރަމުންގެންދާ ގިނަ ކަންތައްތަކަށް ރައްޔިތުންގެ ރުހުން ނުލިބޭ ކަމެވެ. މި ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އިންސާނުންތަކެއް މަރާލައި އެތައް މިލިއަން […]
މިހާތަނަށް އެމެރިކާގެ ކޮންގްރެސްގައި ބޭރުގެ ރައީސަކު ދެއްވި އެންމެ ވަނދު ތަގްރީރު

އިއްޔެ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސްގައި ދިން ތަގްރީރަކީ ބޭރުގައުމެއްގެ ރައީސަކަށް އެ ޝަރަފް ދިނުމުން މިހާތަނަށް ދެއްކި އެންމެ ވަނދު ވާހަކަތައް ކަމުގައި ކުރީގެ ކޮންގްރެސް ސްޕީކަރ ނާންސީ ޕެލޯސީ ހާމަ ކުރައްވައިފިއެވެ. އެކްސްގައި އެކަމަނާ ކޮށްފައިވާ ޕޯސްޓެއްގައި ލިއުއްވާފައިވަނީ މިހާތަނަށް އެމެރިކާގެ ކޮންގްރެސްގައި ތަގްރީރު ކުރުމުގެ ޝަރަފް ދެވުނު ބޭރުގެ ރައީސުންގެ ތެރެއިން މިހާތަނަށް އެންމެ ފެންވަރުނެތް ތަގްރީރެއް ދީފައިމިވަނީ ނަތަންޔާހޫ ކަމަށެވެ. އެކަމަނާ އެ ޖަލްސާއަށް ބޮއިކޮޓް ކުރައްވައި ވަޑައިނުގެން، އެކަމަކު […]
އައިސީޖޭން އިސްރާއީލުގެ ވެރިން ހައްޔަރު ކުރުމުގެ އަމުރަށް އިނގިރޭސި ވިލާތުން ދެކޮޅެއް ނުހަދާނެ

ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން އިސްރާއީލުގެ ބޮޑު ވަޒީރާއި ދިފާއީ ވަޒީރު ހައްޔަރުކުރަން ނެރޭ އަމުރަށް އިނގިރޭސި ވިލާތުން ދެކޮޅު ނުހަދާނެކަމަށް ބޮޑުވަޒީރު ކީއަރ ސްޓާމަރ ގެ އޮފީހުން އިއްޔެ ހާމަކޮށްފައިވާ ކަމަށް ޔުނައިޓެޑް ޕްރެސް އިންޓަރނޭޝަނަލް އިން ރިޕޯރޓް ކޮށްފިއެވެ. އިނގިރޭސި ބޮޑުވަޒީރު އޮފީހުގެ މި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓް ކޮށްފައިވަނީ ދަ ގާރޑިއަނުންނެވެ. ބޮޑު ވަޒީރު ސްޓާމަރގެ އޮފީހުގެ ރަސްމީ ތަރުޖަމާނު ދަ ގާރޑިއަންއަށް ބުނެފައިވަނީ އިނގިރޭސި ވިލާތުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ބަލާ […]
ޗައިނާއަކީ ފަލަސްތީނުގެ ގައުމީ ހެދުމުގެ ބައެއް އެ ހެދުން ވީދިގެންދާތަން ބަލާކަށް ނުތިބޭވޭނެ

ފަލަސްތީނުގެ ފަތަހަ ޖަމާއަތާއި ހަމާސްގެ ތަފާތު ވިސްނުން އެއީ ސިއްރެއް ނޫނެވެ. ފެންނަ ފެނުމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ކަށަވަރު ކުރުމަށްޓަކައި ހަމާސް އިން ކުރަމުން ގެންދާ ޖިހާދުގައި ރައީސް އައްބާސްގެ ފަތަހަ ޖަމާއަތުން ބައިވެރިވާ ކަމަކަށް ނުބެލެވެއެވެ. އަދި “ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްތީނުގެ ދައުލަތުގެ ނަމުގައި ވެރިކަން ކުރެއްވުމަށް “ ރައީސް މަހްމޫދު އައްބާސް ރުހިވަޑައިގެން ހުންނަވާ ކަހަލައެވެ. މި ފެށުނު ހަފުތާ ބަންދުގެ ތެރޭގައި ފަލަސްތީނުގެ ތަފާތު ގަބީލާތަކުގެ […]
ގައްޒާގެ މައްސަލާގައި އަހަރެން ހަމަހިމޭނުން ނުހުންނާނަން:ކަމަލާ ހަރިސް

މި އަހަރު ނޮވެމްބަރު މަހުގައި އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުން މިހާރުގެ ރައީސް ޖޯ ބައިޑްން އެއްފަރާތަށް ޖެހިވަޑައިގަތުމުން މިހާރުގެ ނައިބު ރައީސާ ކަމަލާ ހަރިސްއަށް ގިނަ ޑިމޮކްރެޓުންގެ ތާއީދާއި ރުހުން ލިބެން ފަށައިފިއެވެ. އެހެންނަމަވެސް ރައްޔިތުން ދެކޭގޮތް ބެލުމަށް ނެގެމުންދާ ވޯޓުގައި ބައެއް ބޮޑެތި ސަރަހައްދުތަކުން އަދިވެސް ރައީސް ޓްރަމްޕުގެ ތާއީދު އެކަމަނާއަށް ވުރެން ކުޑަތަންކޮޅެއް ބޮޑުކަން ފާހަގަކުރެވެއެވެ. ޑިމޮކްރެޓުން ދެކޭ ގޮތުގައި ކަމަލާ ހަރިސް އަށް އިންތިޚާބު ކާމިޔާބު ކުރެވިދާނެ ގިނަ ސަބަބުތަކެއް ހުރުމާއިއެކުވެސް […]
ޙަމާސް އާއި ފަތަޙަ ޖަމާއަތުން ގުޅިގެން ސަރުކާރެއް އުފައްދަން އެއްބަސްވެއްޖެ

މިއަދު ޚަބަރުގައި އެންމެ ތާޒާ ޚަބަރަކަށް ވެފއއޮތީ އިސްރާއީލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުން ގެންދާ ގަތުލު އާންމު ނިމުމަކަށް ގެނައުމަށް މިހާތަނަށް މުޅިން ތަފާތު ވިސްނުމެއް ގެންގުޅެމުން އައި ފަލަސްތީނުގެ ފަތަޙަ ޖަމާއަތާއި ޙަމާސްއިން ގުޅިގެން އެއްބައިވަންތަ ސަރުކާރެއް އުފައްދަން އެއްބަސްވެ އެކަން ޢިއުލާން ކޮށްފިިކަމުގެ ޚަބަރެވެ. މި އެއްބަސްވުމަކީ އަނެއްކާވެސް ޗައިނާއިން ގުޅުވާދިން ފާލަމެކެވެ. ފަތަޙަ ޖަމާއަތާއި ޙަމާސްގެ ތަފާތު ވިސްނުން އެއްފަރާތް ކޮށްގެންނޫނީ ފަލަސްތީނަށް ހަމަޖެހުމެއް ނުލިބޭނެކަން ފަލަސްތީނުގެ ސިޔާސީ ބޭފުޅުންނަށް ވިސްނާ ދިނުމަށް […]
ބައިނަލް އަގްވާމީ އިންސާފުގެ ކޯޓުގެ ހުކުމަށް އެމެރިކާގެ ފާޑުކިއުން

ވޯޝިންގްޓަނުން ރޮއިޓާރސް ދީފައިވާ ޚަބަރުތަކަށް ބަލާއިރު ވަރަށް ޚާއްސަގޮތެއްގައި އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން އަރައިގަނެގެންތިބުން ޣައިރުގާނޫނީކަމަށް ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުން ކުރި ހުކުމްގެ ފުޅާކަން ބޮޑުކަމުން އެމެރިކާއިން އެ ހުކުމާ ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކުރި ޚަބަރު ހިމެނެއެވެ. ިއެމެރިކާއިން ބުނަނީ އެ ހުކުމުގެ ސަބަބުން މައްސަލަ ހައްލުކުރުން އިތުރަށް އުދަނގޫ ވާނެކަމަށެވެ. ( 75 އަހަރުވީއިރު ނުވި އުނދަގުލެއް އެ ކޯޓުގެ ހުކުމުން މެދުވެރިވާނެގޮތެއް ނުބުނެއެވެ. ) ދުނިޔޭގެ ކޯޓުގެ ހުކުމުގައި ވަރަށް ސަރީހަ ކޮށް […]