މަރުވާނެ ދުވަހެއް ނޭނގޭ އެކަމަކު މިހާރުއްސުރެ ޖަނާޒާއަށް ތައްޔާރުވަނީ

ބައެއްފަހަރު ތިމާއަށް ލިބިފައިވާ ޝަރަފުވެރި މަގާމާއި ޝުހުރަތަކީ އެހެން ބަޔަކަށް ބޮޑު އުދަނގުލަކަށްވެސް ވެދެއެވެ. މިފަހަރު މިއޮތީ ދާދި ފަހަކަށް ޖެހެންދެން މުޅިދުނިޔެ ބަނޑުދަށުލައިގެ އޮތް އިނގިރޭސި ވިލާތަށް އެބާވަތުގެ ކަމަކާ ދިމާވެފައެވެ. މިހާ އަވަހަށް އެ ވާހަކަތައް ފެންމައްޗަށް އަރުވާލުމުގެ ބޭނުމަކީ އިޝްތިހާރު ކުރުމެއް ކަމަށްވެސް ވެދާނެއެވެ. އަހަރެމެންގެ ވެރިޔާ އަވަހާރަވުމުން ޖަނާޒާވެސް އާދައިގެ މީހުންނާ ތަފާތުވާނެއޭ ބުނާކަހަލައެވެ.                                       އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް 3 އަވަހާރަވުމުން ޖަނަޒާގެ ކަންތައް ކުރިޔަށް ގެންދާނެގޮތް މިހާރު […]

ރަޝިޔާގެ ސިފައިން ކައިރިވަމުން އަންނައިރު ޔޫކްރެއިންގެ ރައްޔިތުންނަށް ސަލާމަތުގެ އައްސޭރިއެއް ނެތް

ސީ އެން އެން އިއްޔެ ހަވީރުގެ ފަލަ ސުރުޚީ ތަކުގައި އެންމެ ފާހަގަ ކުރެވޭ ޚަބަރުގައި ރަޝިޔާ ސިފައިން ޔޫކްރެއިންގެ ޕޮކްރޮވުސްކާއި ކައިރިވަމުން އަންނައިރު އެ ސަރަހައްދުގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުން ސަލާމަތުގެ އައްސޭރިއެއް ހޯދޭނެގޮތް ނެތިފައި ތިބިކަން ފާހަގަ ކޮށްފައި ވެއެވެ. ރަޝިޔާގެ ސިފައިން ކައިރިވަމުން އަންނާތީވެ ކުރީބައިގާ ސަލާމަތް ވެވޭނެ މަގުތައް ހޯދުމަށް މީގެ 2 ހަފުތާ ކުރިއްސުރެން އެ ސަރަހައްދުގެ ކައުންސިލްތަކުން ގެންދަނީ އިންޒާރު ދެމުންނެވެ. ކައުންސިލްތަކުގެ އިންޒާރާއި ގުޅިގެން ގިނަބަޔަކު […]

ހޫތީންގެ ޙަމަލާގައި ތެޔޮޓޭންކަރު ގޮއްވާލުމަކީ ބޮޑު ޖަރީމާއެއް:އެމެރިކާ

ދޮޅުލައްކަ ފީފާގެ ސާފު ނުކުރާތެލާއި އެކު ދަތުރުކުރަމުން ދިޔަ 2006 ވަނައަހަރު ބަނދެފައިވާ ދިގުމިނުގައި 274 މީޓަރ ފުޅާމިނުގައި 50 މީޓަރ ހުރި ގުރީކުގެ ( އެމް. ޓީ. ސޯޔުނިއަން ) ތެޔޮ ޓޭންކަރ އަށް ހޫތީންގެ ދިން ޙަމަލާއެއްގައި ބޯޓު ގޮއްވާލައި އަލިފާން ރޯކޮށްލުމަކީ ބޮޑުވެގެންވާ ޖަރީމާއެއްކަމަށް ޕެންޓާގަނުން ބުނެފިއެވެ. އެ ޙަމަލާގައި އެ ޓޭނަކަރަށް 3 މިސައިލް އަމަޒު ވެފައި ވެއެވެ. އަދި އެ ޓޭންކަރ ގޮއްވާލުމުގެ ސަބަބުން އެ ސަރަޙައްދުގެ ތިމާވެއްޓަށް ލިބެމުންދާ […]

ރައީސް ޕެޒެޝްކިއާންގެ 19 މެމްބަރުންގެ ކެބިނެޓަށް މަޖިލީހުން ރުހުން ދީފި

ރޮއިޓާރސް ދުބާއި އިން ދީފައިވާ ޚަބަރުތަކުގެ ތެރޭގައި އީރާނުގެ ރައީސް އެކުލަވާލެއްވި 19 މެމްބަރުންގެ ވަޒީރުންގެ މަޖިލީހަށް ޕާރލަމެންޓުން ރުހުން ދީފިކަމަށް ބުނެފައި ވެއެވެ. ކުރީގެ ރައީސް އިބްރާހިމް ރައީސީގެ ކެބިނެޓަގައި ހިމެނިވަޑައިގަންނެވީ ހަމައެކަނި އިސްލާމީ ފިކުރުގެ ވަޒީރުންނަމަވެސް މިހާރުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންގެ ކެބިނެޓްގައި އިސްލާހީ ފިކުރުގެ ބޭފުޅުންވެސް ހިމެނި ވަޑައިގަންނަވައެވެ.  ޚަބަރުތަކުން އެނގޭ ގޮތުގައި މަސްއޫދު ޕެޒެޝްކިއާންގެ ކެބިނެޓް ވެގެން މިދިޔައީ އިސްލާމިކް ރިޕަބްލިކް އޮފް އީރާން އުފެދުމަށްފަހު މިހާތަނަށް އީރާނުގެ މަޖިލީހުން އެއްފަހަރާ […]

ތެލްއަވީވު ޔަހޫދީންގެ ފައްޅިއަށް ބޮމުގެ ހަމަލާ ދިނީ އަހަރެމެން:ހަމާސް

ބައިތުލް މަގްދިސުން  ރޮއިޓާރސް ދީފައިވާ ޚަބަރުތަކުގައި މިދިޔަ ހޯމަ ދުވަހު ތެލް އަވީވުގެ ސެނެގޯޖު ކައިރީގައި ބޮމެއް ގޮއްވާލާފައިވަނީ ހަމާސްގެ ހަތިޔާރު އެޅި ގޮފި ”އިސްލާމިކް ޖިހާދު“ އިން ކަމުގައި އެ ޖަމާއަތުން ބުނެފައިވާ ޚަބަރު ފާހަގަކުރެވެއެވެ. އިސްރާއީލުގެ ފުލުހުންނާއި ޝިން ބެޓްގެ އިންޓެލިޖެންސް (އިސްރާއީލުގެ އެތެރޭގެ ސަލާމަތާބެހޭ އިދާރާ) އިން ބުނެފައިވަނީ އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ. ( ޓެރަރިސްޓް ހަމަލާއެއް ދުވަހަކު ދެކިފައިވެސް ނުވާ ބަޔަކަށް އެއީ ޓެރަރިސްޓް ހަމަލާއެކޭ ބުނަން އެނގުނީ ކިހެނެއް […]

ހޫތީންނާ ދެކޮޅަށް ސައޫދީން ހަނގުރާމަ ކުރުވީ ރަސްގެފާނުގެ ސޮއި ފޯޖުކޮށްގެން

ހޫތީންނާ ދެކޮޅަށް ސައޫދީ އެރޭބިޔާގެ ލަޝްކަރުތަކުން އެތައް އަހަރެއް ވާންދެން ހަނގުރާމަ ކުރުވާފައި ވަނީ ބައްޕާފުޅު ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ ރިޔާސީ ގަރާރުގައި ބައްޕާފުޅުގެ ސޮއި ވަލީއަހްދު މުޙަންމަދު ވަގަށް ފޯޖުކޮށްގެން ކަމަށް ސައޫދީ އެރޭބިޔާގެ ކުރީގެ އޮފިޝަލަކު ތުހުމަތު ކޮށްފައިވާ ކަމަށް ބީބީސީގެ މިއަދު މެންދުރުގެ ޚަބަރަށް ހަވާލާދީ އެސޯޝިއޭޓެޑް ޕްރެސް ދުބާއި އިން ރިޕޯރޓް ކޮށްފިއެވެ. އެތައް އަހަރަކަށްފަހު އެ ހަނގުރާމައިން ސައޫދީ އެރޭބިޔާގެ ލަޝްކަރުތައް ނިކުތީ އެއްވެސް ކާމިޔާބެއް ނުލިބިއެވެ.  […]

އިސްރާއީލުގެ ހައިފާ ބަނދަރު ގޮއްވާލާފާނެ ކަމުގެ ބިރުވެރި ކަމުގެ ތެރޭގައި

މަތީގައި އެވަނީ އިއްޔެ ( 2024 އޯގަސްޓް 16 ހުކުރު ) ދުވަހު މާލޭގަޑިން ހަވީރު 5.30 ހާއިރު އެސޯޝިއޭޓެޑް ޕްރެސްގެ ރަތް ސުރުޚީ އެވެ.   އިސްރާއީލުގެ ތެޔޮ ސާފުކުރާ ކާރުޚާނާއާއި ބިޔަ ތެޔޮ ޓޭންކުތަކާއި އަދި ގޭސް ޓޭންކުތައްވެސް ބަހައްޓާފައި ހުންނަނީ ހައިފާގެ ބަނދަރު ސަރަހައްދުގައެވެ. ތެލާއި ގޭހުގެ ވަސްގަނޑާ ހެދި އެތަނުގައި ދިރިއުޅޭ މީހުންނަށް އޮންނަނީ މުސީބާތަކަށްވެފައެވެ. އެކަމަކު އެއަށްވުރެން މާ ނުރައްކާތެރި އިންޒާރެއްގެ ބިރުވެރިކަން އިއްޔެ ހަވީރު އަޑު އިވިގެން ހިނގައްޖެކަމަށް އެސޯޝިއޭޓެޑް […]

ދުނިޔޭގެ ރިޒާރވުގައި އެމެރިކާ ޑޮލަރުގެ ހިއްސާ %60 އަށް ވުރެން ދަށަށް

އެމެރިކާގެ ދަރަނީ 35 ޓްރިލިއަން ޑޮލަރުގެ ރަތްރޮނގު ހުސްކުރުމާގުޅިގެން ދުނިޔޭގެ ބައެއް ބޮޑެތި މަރުކަޒީ ބޭންކުތަކުން އެމެރިކާޑޮލަރުގެ ބަދަލުގައި ރަނާއި އަދި ބައެއް އެހެން ގައުމުތަކުގެ ފައިސާވެސް ރިޒާވް ކަރެންސީގެ ގޮތުގައި ގަބޫލުކުރަން ފަށައިފިއެވެ. އެމެރިކާގެ ދަރަނި އެ ގައުމުގެ ގާނޫނުން ހުއްދަކުރާ އެންމެ މަތީ ހަރުފަތް ގިރާކޮށް ވެއްޓެން އަރިއަޅާލާފައިވާ އިރު އެ ގައުމުގެ ފައިސާ (އެމެރިކާ ޑޮލަރ) އަށް ބަރޯސާވެގެން އިގްތިސާދު ރޭވުމަކީ ނުރައްކާތެރިކަމެއް ކަމުގައި ގިނަ ގައުމުތަކަކުން ވިސްނަންފަށައިފިއެވެ.  ދުނިޔޭގެ ރިޒާވް ކަރެންސީގެ […]

ޔޫކްރެއިން ސިފައިންގެ ރައްދު ހަމަލާތަކުން ހިތްހަމަޖެހުމާއި ބިރުވެރިކަމުގެ ތެރޭގައި

މިދިޔަ ހަފުތާގައި ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ދިން ކާމިޔާބު ހަމަލާތަކަށްފަހު ޔޫކްރެއިން އާއި ރަޝިޔާ ގުޅޭ ސަރަހައްދުގައި ޔޫކްރެއިން ސިފައިން މިހާރު ތިބީ ހިތްހަމަޖެހުމާއި އަދި ބިރުވެރިކަމެއްގެ ތެރޭގައިކަން މިއަދު މެންދުރު 12 ގެ ސީއެންއެން ޚަބަރުގައި ބުނެފިއެވެ. ބިރުވެރި ހާލަތެއްކަމަށް ބެލެވެނީ ރަޝިޔާއިން ދީފާނެ ހަމަލާއެއް އަންދާޒާވެސް ނުކުރެވޭތީއެވެ.                                             ދެގައުމުގުޅޭ ދެކުނު ސަރަހައްދުގެ ސުމީ އެވެ ކިޔުނު ވަގުތީ ހިޔާ ( އިވެކުއޭޝަން ސެންޓަރ ) ގައި ހުރެފާ ހަންނާ ފެޑޯރކޮވުސްކާ  ޔޫކްރެއިންގެ ކާމިޔާބު ހަމަލާތަކަށް […]

އެމެރިކާގެ ހަނގުރާމަ މަތީ ވަސީލަތްތަކުން އީރާނާ ދެކޮޅަށް އިސްރާއީލަށް އެހިތެރިވެދޭނެތަ؟

އެމެރިކާގެ ކަނޑު ސިފައިންގެ ބިޔަ ލަޝްކަރުތައް މުޅި މެދު އިރުމަތި ފުރާލަފާއި އޮތް އިރު އީރާނުން އިސްރާއީލަށް ރައްދު ހަމަލާ ދީފާނެ ކަމާދޭތެރޭ ތަޖްރިބާކާރުން ސުވާލު އުފައްދަމުން ގެންދާ ކަމަށް މިއަދު ފޮކްސް ނިއުސްގެ ޚަބަރު ގައި ބުނެފައި ވެއެވެ. އެމެރިކާގެ ލަޝްކަރުތަކުން އިސްރާއީލު ރައްކާތެރި ކުރުމުގެ ނަމުގައި އީރާނަށްހަމަލާ ދެމުން ގެންދާނެ ކަމާދޭތެރޭ ޝައްކު ކުރާނެ ޖާގައެއް ނެތް ކަމަށް ފައުންޑޭޝަން ފޯރ ޑިފެންސް އޮފް ޑިމޮކްރެސީޒް ސީނިއަރ އެޑްވައިޒަރ ރިޗަރޑް ގޯލްޑްބާރގް ފޮކްސްނިއުސްއަށް ކިޔާދީފައިވެއެވެ. […]