މެދުއިރުމަތީގެ ބޮޑު ސުވާލު: އީރާނުން އިސްރާއީލަށް ރައްދު ހަމަލާ ދޭނީ ކިހިނެއް ؟

މެދުއިރުމަތީގެ ނުރައްކާތެރި މަސްރަހު ހަގީގަތުގައިވެސް އީރާނަށް ބޮޑު ސުވާލަކަށް ވެއްޖެއެވެ. އީރާނުގެ ބައިވެރިންކަމުގައި ބެލެވޭ މުޖާހިދުން އެކަނި ދޫކޮށްލާފައި ކިހާދުވަހަކު އީރާނަށް އޮވެވިދާނެ ހެއްޔެވެ؟ އިސްރާއީލުން ބޭނުންވާ ގޮތަށް އެމެރިކާއާއި އީރާނުން ސީދާ ކުރިމަތިލުމަކަށް ދިއުން ނޫން އެހެން ހުރިހާ މަގެއް ބަންދުވަނީ ހެއްޔެވެ؟ މި ސުވާލުތަކަށް އީރާނު ސަރުކާރުންވެސް ޖަވާބު ދިނުން ވަރަށް އުނދަގޫވާނެކަން ގަބޫލުކުރަން ޖެހެއެވެ. އެމެރިކާއާ ސީދާ ކުރިމަތިލުމަކުން މުޖާހިދު ޖަމާއަތްތަކުގެ ފުރިހަމަ އެއްބާރުލުމާއެކުގައިވެސް އީރާނަށް ގެއްލުންތަކެއް ލިބިގެންދާނެކަން ކަށަވަރެވެ. އެންމެ އަވަށްޓެރި ގައުމުތަކުންވެސް […]

ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ޔޫރަޕާއި އަރަބިން އަދި އިސްލާމީ ގައުމުތަކުގެ  އިއްތިހާދެއް

ނޯރވޭގެ ޚާރިޖީ ވަޒީރު އެސްޕަން އެއިޑޭ ބާރތު މިދިޔަ ހުކުރު ދުވަހު ގައްޒާގެ މައްސަލައާއި ބެހޭގޮތުން ބޭއްވި ޔޫ އެން ގެ ސެކިއުރިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ގައްޒާގެ މައްސަލާގައި މިހާރު ކުރިމަތިލާން ޖެހިފައިވާ ހުރަސްތައް ނައްތާލެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ. އަދި އެކަންތައް ދާއިމީ ގޮތަކަށް ހައްލުކުރުމުގައި ކުރިއަށް ދިއުން ނޫން އެހެން ގޮތެއް ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.  ނޯރވޭ އަކީ އޮސްލޯ މުއާހަދާގެ ގަރަންޓަރ އެވެ. 1993 ވަނައަހަރު […]

ހިޒްބު ﷲ ގެ ޕޭޖަރުތައް ގޮއްވާލުމާ ގުޅޭ މީހަކު ނޯވޭއިން ހޯދަނީ

އެސޯޝިއޭޓެޑް ޕްރެސް ކޯޕެންހޭގަނުން ދީފައިވާ ޚަބަރުތަކުގެ ތެރޭގައި ހިޒްބުގެ ޕޭޖަރުތައް ގޮއްވާލުމާ ގުޅޭ ގޮތުން އެ ޕޭޖަރުތަކުގައި އިލެކްޓްރޯނިކް ގޮވާތަކެތި ހަރުކުރި ކަމަށް ތުހުމަތުކުރެވޭ ބަލްގޭރިޔާގެ ކުންފުނީގެ މީހަކު ހޯދަން ބައިނަލްއަގްވާމީ އެހީއަށް މިދިޔަ ބުރާސްފަތި ދުވަހު ނޯވޭ ސަރުކާރުން އެދިފައިވާ ޚަބަރު ފާހަގަކުރެވެއެވެ. ނޯވޭ ސަރުކާރުގެ ޖިނާއީ ތަޙްގީގުތަކާބެހޭ އިދާރާގެ ފަރާތުން އަސްޓޭ ޑަހްލޭ ސަންޑެޓް އެސޯޝިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދީފައިވަނީ ޕޭޖަރުތައް ގޮއްވާލި މީހުން ނޯވޭ ފުލުހުންގެ އެދުމުގެ މަތިން ދެނެގަތުމަށްޓަކައި ނޯވޭ ސަރުކާރުން […]

2024 ގެ ރިޔާސީ ރޭހުގައި އަންހެނަކު ކުރި ހޯދަމުންދާތީ ޓްރަމްޕް ބޯގޮވައިފި

ޑެއިލީ ބީސްޓުން މިއަދު ހަވީރު ދީފައިވާ ޚަބަރު ތަކަށް ބަލާއިރު 2024 ގެ ރިޔާސީ ރޭހުގައި އަންހެނަކު ކުރިހޯދަމުންދާތީ ކުރީގެ ރައީސް ޓްރަމްޕް ހައިރާންވެއްޖެ ކަމަށް ބުނާ ޚަބަރު ފާހަގަ ކުރެވެއެވެ. ޓްރަމްޕް އިޝާރާތް ކުރައްވާފައި އެވަނީ މިހާރުގެ ނައިބު ރައީސާ އަދި މިއަހަރު ނޮވެމްބަރުގައި ބޭއްވޭ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑިމޮކްރެޓުންގެ ކެންޑިޑޭޓް ކަމަލާ ހަރިސް އަށެވެ. އެންމެފަހުން ފޮކްސް ނިއުސް އިން ނެގި ވޯޓުގައިވެސް ކަމަލާ ހަރިސް އުޅުއްވަނީ ޓްރަމްޕަށްވުރެން 2 ޕޮއިންޓް ކުރީގައެވެ. […]

އެމެރިކާ ނޭވީންގެ އުޅަނދަކަށް މެދުއިރުމަތީގައި ގެއްލުން ލިބިއްޖެ

އެމެރިކާ ކަނޑު ސިފައިންގެ އުޅަނދުފަހަރަށް ތެޔޮ ފޯރުކޮށްދޭ  ޔޫ އެސް އެން އެސް ބިގް ހޯން މެދުއިރުމަތީގައި އެކްސިޑެންޓްވެ ގެއްލުންތަކެއް ލިބިއްޖެއެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު ބިގް ހޯން ކަނޑުމަތިން ކޮންމެވެސް އެއްޗެއްގައި ޖެހުނީ ކަމަށް ލަފާކުރެވެއެވެ.                      އެމެރިކާ ކަނޑު ސިފައިންގެ އޮފިޝަލަކު ބިޒްނަސް އިންސައިޑަރަށް ކިޔާދީފައިވަނީ ލަފާ ކުރެވޭގޮތުގައި އެރޭބިއަން ސީ ތެރޭގައި ބިގް ހޯން ޖެހުނީ ހުއްޓިފައިއޮތް އެއްޗެއްގައެވެ. އެ ހާދިސާގައި އެ އުޅަނދަށް ލިބިފައިވާ ގެއްލުމާ ބެހޭ ތަފްސީލެއްވެސް […]

މެދުއިރުމަތި ނުރައްކާވަމުންދަނީ އިސްރާއީލާއި އެމެރިކާގެ ސަބަބުން

މެދުއިރުމަތީގެ ހާލަތު ނުރައްކާތެރި ހަނގުރާމައެއްގެ ހާލަތަށް ބަދަލުވެގެން އެ ދަނީ އިސްރާއީލާއި އެމެރިކާގެ ސަބަބުންކަމަށް ވިދާޅުވެ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ވެރިން ޔުނައިޓެޑް ނޭޝަންސްގެ އާންމު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވައިފިއެވެ. އޭގެތެރެއިން އެއްބޭފުޅަކު އިސްރާއީލުގެ ބޮޑުވަޒީރަށް މުޚާތަބު ކުރައްވައި، އެއީ މި ޒަމާނުގެ ”ހިޓްލަރ“ ކަމަށް ވެސް ސިފަކުރެއްވިއެވެ. އެބޭފުޅުންގެ ވާހަކަފުޅުގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އަދި ޔުނައިޓެޑް ނޭޝަންސް އިންވެސް މެދުއިރުމަތީގައި ހިނގަމުންދާ ދެކޮޅުވެރިކަމާއި ހަނގުރާމަ ހުއްޓުވުން ނާކާމިޔާބުވުމުގެ ލަދުވެތިކަން ބޮލުގައި އަޅަން ޖެހޭނެއެވެ. ގައްޒާގައި ހިނގަމުންދާ […]

އެމެރިކާގެ އެމް ކިޔޫ 9 މަރުކާގެ 2 ޑްރޯން ހޫތީ މުޖާހިދުން ވައްޓާލައިފި

އެމެރިކާގެ އެމް ކިޔޫ 9 މަރުކާގެ 2 ރީޕަރ ޑްރޯން ހޫތީ މުޖާހިދުންގެ ހަމަލާގައި ވައްޓާލައިފިކަމަށް އެމެރިކާގެ މިލިޓްރީން އެއްބަސް ވެއްޖެކަމަށް އެސޯޝިއޭޓެޑް ޕްރެސް ދުބާއި އިން މިއަދު ޚަބަރު ދީފިއެވެ. އެމެރިކާގެ މިލިޓްރީން ބުނެފައިވަނީ ހޫތީ މުޖާހިދުންގެ ހަމަލާގައި ފުރަތަމަ ޑްރޯން ވައްޓާލާފައިވަނީ ސެޕްޓެމްބަރ 10 ވަނަ ދުވަހު ކަމަށާއި އަދި ދެވަނަ ޑްރޯން ވައްޓާލާފައިވަނީ މިދިޔަ ހޯމަ ދުވަހުގައި ކަމަށެވެ. އެ ޑްރޯންތަކަކީ ފަނަރަހާސް މީޓަރުގެ މަތިން މެދުނުކެނޑި 24 ގަޑިއިރު އުދުހުމުގެ ގާބިލުކަންވެސް […]

މެދު އިރުމަތީގެ ހާލަތު ގޯސްވެދާނެ އިތުރު ކުރިތައް ފަޅަމުން ދާތަން ފެންނަނީ

އިސްރާއީލުން ދިން ވައިގެ ހަމަލާގައި ރަހީނުންގެ 3 މީހުން އޮޅިގެން މަރާލެވިއްޖެކަމަށް އިސްރާއީލުގެ މިލިޓްރީން އެއްބަސްވެއްޖެކަމަށް ދަ ޓެލިގްރާފުގެ ޚަބަރުގައި ބުނެފިއެވެ. އިސްރާއީލު މިލިޓްރީގައި މަސައްކަތްކުރާ އުމުރުން 19 އަހަރުގެ ރޮން ޝަރމަން އާއި ނިކް ބެއިޒަރއާއި އާންމު ފަރުދަކު ކަމުގައިވާ އުމުރުން 28 އަހަރުގެ އެލިއާ ޓޮލެޑާނޯ ވެސް މަރާލެވިފައިވަނީ އިސްރާއީލުގެ ހަމަލާގައި ކަމަށް ބުނެ އެކަމުގެ ޒިންމާ އުފުލާކަން އާއިލާތަކަށް މިހާރުވަނީ އަންގާފައެވެ. މަރާލެވުނު ރަހީނުންނާއި އަދި މިހާރު ވީތަނެއް ނޭގޭ ރަހީނުންގެ މައްސަލަ […]

ނަތަންޔާހޫ މަރާލުމުގެ އެޑްވާންސަކަށް އެއްމިލިއަން ޑޮލަރު

އޭބީސީ ނިއުސް ގެ ޖޯރޑަނާ މިލަރ އާއި ޖޯ ސިމޮނެއްޓީ ދިފައިވާ ޚަބަރެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި އެހެން ބައެއް ސިޔާސީ އިސްވެރިން މަރާލުމުގެ އެޑްވާންސަކަށް އެއްމިލިއަން ޑޮލަރު ބޭނުން ކަމަށް އިސްރާއީލުގެ ވިޔަފާރި ވެރިޔަކު އީރާނުގެ އޭޖެންޓަކު ކައިރީ ބުނި ބުނުން ތަހުގީގު ކުރަން ފަށައިފިއެވެ. އަޝްކެލޯންގައި ދިރިއުޅޭ އިސްރާއީލުގެ މި ވިޔަފާރިވެރިޔާ އުމުރުން 73 އަހަރުގެ މޯޓީ މަމާން ތުރުކީގެ މަގުން ދެފަހަރު އީރާނަށް ގޮސްފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. އެހެންކަމުން މި ރޭވުމުގައި […]

ބައިމަދު ނަސްލުތަކުގެ މީހުންނާ ދޭތެރޭ ކަންތައްކުރާ ގޮތަށް ޚާމަނާއި ފާޑު ވިދާޅުވުމުން އިންޑިއާ ނުރުހިއްޖެ

ބައިމަދު ނަސްލުތަކުގެ މީހުންނާމެދު އިންޑިއާއިން ކަންތައް ކުރަމުންގެންދާ ގޮތާއި ދޭތެރޭ އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއި ފާޑުވިދާޅުވުމުން އިންޑިއާއިން ނުރުހުން ފާޅުކޮށްފި ކަމަށް ނިއުދިއްލީއިން މިއަދު ރޮއިޓާރސް ޚަބަރު ދީފިއެވެ. އިންޑިއާގެ ޚާރިއްޖިއްޔާއިން ބުނެފައިވަނީ އަލީ ޚާމަނާއި އަށް ފުރިހަމަ މައުލޫމާތު ލިބިވަޑައިގެންފައި ނެތްކަމަށާއި އެ ވިދާޅުވުން ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި ބައިމަދު ނަސްލުތަކުގެ މީހުންގެ މައްސަލާގައި އެހެން ގައުމުތަކުގެ ވާހަކަ ދެއްކުމުގެ ކުރިން ތިމަތިމާމެން ކަންތައް ކުރަމުންގެންދާ ގޮތާ ދޭތެރޭ ޚިޔާލުކޮށްލުން […]