އިންޑިއާ ޕާކިސްތާނުގެ ހަމަލާތައް ޕާކިސްތާނުން ހަމަ ކާމިޔާބު ކުރީ ހެއްޔެވެ؟

ސަންދާނުގެ ކިއުންތެރިންނަށްއަޅުގަނޑުމެން މި ގެނެސްދެނީ އެމެރިކާ މަޝްހޫރު ސިޔާސީ ނިއުސް ޕޭޕަރ، ދަ ހިލް ގައި ޕާކިސްތާނުގެ ޑޯން ނިއުސް ޕޭޕަރ ގެ ކޮލަމްނިސްޓް ރާފިއާ ޒަކަރިއްޔާ ފާޅުކޮށްފައިވާ ޚިޔާލެއްގެ ތަންތަންކޮޅެވެ. އަޅުގަނޑުމެންނަށް މިފަދަ ޚިޔާލުތައް އެނގެން ބޭނުންވަނީ އިންޑިއާ އާއި ޕާކިސްތާނަކީ އަވަށްޓެރި 2 ގައުމު ކަމަށްވެފައި އެ 2 ގައުމުގެ ކޮންމެ ދެކޮޅުވެރިކަމަކީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމަކަށް ވާތީއެވެ.                                                                 އިންޑިއާއާއި ޕާކިސްތާނަކީ ނިއުކްލިއަރ ބާރު ލިބިފައިވާ 2 ގައުމު ކަމަށްވެފައި މި […]

ތައިލޭންޑް ރަސްގެފާނުގެ 300 ލަގްޒަރީ ކާރާއި 38 ޕްރައިވެޓް ޖެޓްއޮވޭ!

ތައިލޭންޑުގެ ރަސްގެފާނު މަހާ ވަޖިރާލޯނގްކޯރން އަކީ އާދަޔާޚިލާފް މުއްސަނދި ދިރިއުޅުމެއްގައި އެ ރަސްގެފާނުގެ އުމުރުގެ ދުވަސްތައް ހޭދަކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ރަސްގެފާނު މަހާ ވަޖިރާލޯނގްކޯރން ވަނީ ހަތަރުއަންހެނަކާ ކައިވެނި ބައްލަވައި ގެންފައެވެ. އެ ރަސްގެފާނަކީ ބޭނުންވެ ވަޑައިގަންނަވާ ކޮންމެ އެއްޗެއް ހާސިލުކުރެއްވުމުގައި ޚަރަދަކަށް ބައްލަވާ ބޭފުޅެއް ނޫނެވެ. އަދި އެ ރަސްގެފާނުގެ ދިރިއުޅުއްވުން ހުންނަގޮތާމެދު އެހެން މީހުން ފާޑުކިއުމަކީވެސް ކަންބޮޑުވެ ވަޑައިގަންނަވާކަމަކަށް ނުވެއެވެ.  އެ ރަސްގެފާނުގެ މިލްކިއްޔާތުގައި މާރސިޑީސް ބެންޒް އާއި އަދި  ބީއެމް ޑަބްލިޔޫއާއި ލިމޯސީންގެ  […]

އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދޭން އިސްރާއީލުން ތައްޔާރުވަނީ

ދަ ޓެލިގްރާފަށް އެކިފަރާތްތަކުން ލިބިފައިވާ ރިޕޯރޓް ތަކުން އެނގޭ ގޮތުގައި ރައީސް ޓްރަމްޕްގެ ތާއީދާ ނުލައި އިސްރާއީލުން ގެނަދަނީ އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދޭން ތައްޔާރު ވަމުންނެވެ. އެމެރިކާގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އީރާނަށް ހަމަލާދޭން އިސްރާއީލުން ވަރަށް ސީރިއަސް ކަމާއެކު ރާވަމުންގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ. މިފަދަ ހަމަލާއެއް ދިނުމުގެ ސަބަބުން އެމެރިކާއާއި އިސްރާއީޅުގެ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރުންވެސް ވަރަށް ކައިރިއެވެ.                         މައުލޫމާތު ދިން ފަރާތުން ސީ އެން އެން އަށް […]

އެއްހަފުތާގެތެރޭގައި ދެވަނަފަހަރަށް ހޫތީ މުޖާހިދުންގެ ހަމަލާ އިސްރާއީލަށް

އެއް ހަފުތާގެ ތެރޭގައި ޔަމަނުގެ ހޫތީ މުޖާހިދުންގެ 2 ވަނަ ހައިޕަރސޯނިކް ބެލިސްޓިކް މިސައިލް ހަމަލާ އިސްރާއީލުގެ އެންމެ މުހިންމު އެއަރޕޯރޓް (ބެންގޫރިއަން އިންޓަރނޭޝަނަލް އެއާރޕޯރޓް) އަށް އަރައިފިއެވެ. ހުކުރު ދުވަހުގެ މި ހަމަލާގެ ބަރުގޮނު އިވުމުން އެތައް މިލިއަން މީހުންވަނީ ރައްކާތެރި ތަންތަނަށް ވަދެ ފިލާފައެވެ. ހުކުރުދުވަހުގެ ހަމަލާއާ ގުޅިގެން ބެންގޫރިއން އެއާރޕޯރޓ އެއްގަޑިއިރަށް ހުއްޓުމުކަށް ގެންނަންޖެހުނުކަމަށް އިސްރާއީލުން ވަނީ އިއްތިރާފް ވެފައެވެ. ބެންގޫރިއަން އިންޓަރނޭޝަނަލް އެއާރޕޯރޓަކީ އިސްރާއީލުން ބޭރުގައުމު ތަކަށް ގުޅުވައިދޭ މައި ދޮރާއްޓެވެ. […]

އަވަސް އަރުވާލާފައި ފޯޅަވަހި މޮރިޝަސްއަށް މިދިނީ ކީއްވެގެން

އަޅުގަނޑުމެންގެ ތެރޭގައި ފޯޅަވައްސަކީ ނުވަތަ ފޯޅަވަހިން ކޮންމެވެސް ބައެއް ދިވެހިންނަށް ލިބެންޖެހޭނެކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު ގަދަވެފައިވާއިރު އިނގިރޭސި ވިލާތާއި އަދި ބައިނަލް އަގްވާނީ މައިދާނުގައި ފޯޅަވަހީގެ މައްސަލަ އުޅޭގޮތްވެސް ދެނެގަތުން ރަނގަޅުވާނެއެވެ.                                       ދުނިޔޭގެ ސިޔާސީ މާހައުލު ދެވޭ ނުދެވޭ ތަނެއްނޭންގި ބާރު ދުވެލީގައި ދުވަމުންދާއިރު އިނގިރޭސި ވިލާތުގެ ބާރުގެ ދަށުގއިއޮތް މުހިންމު ސަރަހައްދެއް އަވަސް އަރުވާލައިގެން ދޫކޮށްލުމުގައި ވިސްނައި ނުގަނެވޭ ސަބަބުތަކެއް އޮތް ކަމަށް ގަބޫލުކުރެވެއެވެ. އިންޑިއާ ކަނޑުން ބައިނަލް އަގްވާމީ މައިދާނުގައި އިނގިރޭސި […]

ޓްރަމްޕްގެ މާބޮޑު ބޭނުމެއް ޕޫޓިންއަކަށް ނެތް

ރައީސް ޓްރަމްޕާއި ރައީސް ޕޫޓިންގެ މެދުގައި ޚިޔާލު ތަފާތުވުން މެދުވެރިވި ސަބަބަކީ ރައީސް ޕޫޓިން ދެކިވަޑައި ގަންނަވާގޮތުގައި ޔޫކްރެއިންގެ މައްސަލާގައި 2 ހަފުތާ ނުވަތަ 3 މަސްދުވަސް ފަހުންވިޔަސް 30 ދުވަހުގެ މުއްދަތަށް އެއްވެސް ޝަރުތަކާނުކައި ވަގުތުން ހަނގުރާމަ ހުއްޓާލަން އެއްބަސްކުރުވަން ރައީސް ޓްރަމްޕް ބާރު އެޅުއްވުމުންނެވެ.                                                              2 ގަޑިއިރުވަންދެން ރައީސް ޓްރަމްޕްއާއެކު ވާހަކަ ދެއްކެވިއިރު ތަފާތު 5 ލަފުޒެއް ރައީސް ޕޫޓިންގެ ސަމާލު ކަމަށް އައި ކަމަށްވެއެވެ.އެންމެ ފުރަތަމަ ނައިބު ރައީސް ޖޭ […]

ފަލަސްތީނުގެ އެއްމިލިއަން މީހުން ލީބިޔާއަށް ފޮނުވާލަން ޓްރަމްޕް މަސައްކަތް ފަށައިފި

ފަލަސްތީނުގެ އެއް މިލިއަން ރައްޔިތުން އެ ގައުމުން ބޭރުކޮށް ދާއިމަށްޓަކައި ލީބިޔާގައި ވަޒަންވެރިކުރުވަން އެމެރިކާއިން މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސް ޓްރަމްޕް ސަރުކާރުގެ އެތެރޭ މައުލޫމާތު އެނގޭ 5 ފަރާތަކުން އެން ބީ ސީ ނިއުސް،ކޮމް އަށް މައުލޫމާތު ދީފިއެވެ. އެ މީހުން ބަދަލުކުރުމުގެ ވާހަކަ ލީބިޔާގެ 2 މަސްއޫލުވެރިއަކާއެކު ޓްރަމްޕް ސަރުކާރުން ހިއްސާ ކޮށްފައިވާކަންވެސް އެން ބީ ސީ އަށް ވަނީ މައުލޫމާތު ލިބިފައެވެ. ލީބިޔާ ސަރުކާރުން އެމެރިކާގެ ހުށައެޅުން ގަބޫލުކޮށްފިނަމަ ކާނަލް ގައްޒާފީގެ […]

ބުރުކީނާ ފާސޯގެ ރައީސަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ގިނަބައެއްގެ ރުހުން ލިބުނީ ކީއްވެގެން

23 މިލިއަންގެ އާބާދީއެއް އޮންނަ ބުރްކީނާފާސޯ އަކީ ހުޅަނގު އެފްރިކާގެ ގައުމެކެވެ. މާލީ އާއި އައިވަރީ ކޯސްޓް އަދި ގާނާއާއި ޓޯގޯ އާއި އަދި ބެނިން އެ ގައުމާއެކު ބޯޑަރ ހިއްސާ ކުރެއެވެ. ބުރކީނާ ފާސޯއަކީ ކުރިން އަކީ ފަރަންސޭސިންގެ ބާރުގެ ދަށުގައި އޮތް ގައުމެކެވެ. ރަނުގެ މުއްސަނދިކަން ލިބިފައިވާ މި ގައުމުގައި ދާޚިލީ ހަމަނުޖެހުން ހިނގަމުންދާތާ ޒަމާންތަކެއް ވެއްޖެއެވެ.                                       ބުރކީނާ ފާސޯ އަށް މިނިވަންކަން ލިބުނީ އަޕަރ ވޯލްޓާގެ ނަމުގައި 1960 ގައެވެ. އެގައުމުގެ […]

އީރާނާއެކު ގާތްގަނޑަކަށް އެއްބަސްވުމަކަށް އާދެވިއްޖެކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނުގެ ނިއުކްލިއަރ މަޝްރޫއާބެހޭގޮތުން އެމެރިކާއާއި އެކު ކުރިޔަށްދާ ވާހަކަތައް ކާމިޔާބުވެ އެއްބަސްވުމަކަށް އާދެވުން ވަރަށް ކައިރިކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ ”އަހަރެން ބޭނުންވާ ވާހަކަ ބުނެދޭން 300 ސަފްހާގެ ބަޔާނެއް ނެރެން ބޭނުން ނުވާނެ ކަމަށާއި ހަމައެކަނި އެންމެ ޖުމުލައަކުން ފުދޭނެ ކަމަށެވެ. އެ ޖުމުލައަކީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދައިގެން ނުވާނެއެވެ.“ ގަތަރުގެ ދޯހާގައި މީޑިއާ ރިޕޯރޓަރުންނަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ޚާއްސަ ސަފީރު ސްޓީވް ވިޓްކޯފް އާއި އީރާނުގެ […]

ރިޕޯރޓަރުން ކުރިމަތީގައި އަނެއްކާވެސް ޓްރަމްޕަށް އަވަހާރަފުޅު ލެއްޕެވިއްޖެ

އެމެރިކާގެ ރައީސް ސައޫދީ އެރޭބިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ސައޫދީ ވަލީ އަހްދް މުހަންމަދު ބިން ސަލްމާނާއެކު އަންގާރަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި 142 ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމާއި ގަތުމަށް އެއްބަސްވެވުމުން ވިދާޅުވެފައި ވަނީ މީގެ ކުރިން ދުވަހަކުވެސް ނުއުފެދޭ ވަރަށް ސައޫދީ އެރޭބިޔާއާއެކު ގުޅުން ބަދަހި ކުރެވިއްޖެ ކަމަށެވެ. އެހެންނަމަވެސް އެ ބައްދަލުވުން ނިމުމަށްފަހު މީޑިއާއަށް މައުލޫމާތު ހާމަކުރަމުން ގެންދިއުމުގެ ތެރޭގައި އެމަނިކުފާނަށް އަވަހާރަފުޅު ލެއްޕެވިއްޖެއެވެ. ނޫސްވެރިންގެ ކުރިމަތީގައި މިގޮތަށް ދިމާވުމުން މީޑިއާއިން ގެންދަނީ […]