ޗައިނާއާއި ރަޝިޔާގެ ރައީސުންގެ ނުސީދާ މެސެޖެއް ރައީސް ޓްރަމްޕަށް

އެމެރިކާއިން އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހނގުރާމަ ހޫނުކުރަން މަސައްކަތްކުރަމުން ގެންދާއިރު ޗައިނާއާއި ރަޝިޔާއިން އެއް އަޑަކުން ހަނގުރާމަ ހުއްޓާލަން ގޮވާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ބުރާސްފަތު ދުވަހު ދެ ބޭފުޅުން ފޯނުން ދެއްކެވި ވާހަކައިގައެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވިސްނުންފުޅު ހުރީ އީރާނާ ދެކޮޅަށް އިސްރާއީލުންކުރާ ހަނގުރާމައިގާ އިސްރާއީލާ އެކު ބައިވެރި ވުމަށެވެ. ޗައިނާއާއި ރަޝިޔާގެ ރައީސުންގެ ވާހަކަފުޅުން އެމެރިކާގެ ބާރު ނޫން  އެހެން ބާރުތައްވެސް ހުރިކަން ހާމަކޮށްދީފިއެވެ. ދެ ރައީސުންގެ ވާހަކަފުޅުގައި އިސްރާއީލުން އީރާނަށް […]

އީރާނުގެ ހައްޖުވެރިންނަކީ ސައޫދީ އެރޭބިއާގެ ޝާހީ މެހެމާނުން

އިސްރާއީލާއި އީރާނާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގާ އީރާނުގެ ވައިގެ ބަނދަރުތައް ބަންދުކޮށްފާ ހުރުމުގެ ސަބަބުން މިއަހަރު އީރާނުން ހައްޖަށް ދިޔަ 85000 ހައްޖާޖީން ސައޫދީ އެރޭބިޔާއިން ނުނިކުމެވި ތިބެންޖެހިއްޖެއެވެ.                                                            މިކަން އެނގިވަޑައިގަތުމުން އީރާނުގެ ވައިގެ ބަނދަރުތައް ހުޅުވި އެ ހައްޖާޖީންނަށް އެނބުރި ގައުމަށް ދެވޭ ދުވަހަކާ ހަމަޔަށް އެމީހުންނަނީ ސައޫދީ އެރޭބިއާ ސަރުކާރުގެ ޚާއްސަ ޝާހީ މެހެމާނުންގެ ގޮތުގައި ސައޫދީ ސަރުކާރުގެ ފަރާތުން މިހާރު ވަނީ ހަމަޖައްސަވާފައެވެ. އަދި އެމީހުންނަށް އެއްވެސް ދަތި އުދަނގުލެއް ކުރިމަތި […]

އިސްރާއީލާ ގުޅިގެން އީރާނަށް ހަމަލާދޭން ރައީސް ޓްރަމްޕް ވިސްނަވަނީ

އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުގައި އެމެރިކާއިން ބައިވެރިވެގެން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދޭން އެމެރިކާގެ ރައީސް ވިސްނަވަމުން ގެންދަވާކަމަށް މައުލޫމާތު އެނގޭފަރާތަކުން ސީ ބީ އެސް އަށް ކިޔާދީފިއެވެ. އެމެރިކާއިން ގަސްދުކުރާ އެއް އަމާޒަކީ އީރާނުގެ ފޯރޑޯގެ ބިމުއަޑީގައިހުރި އީރާނުގެ ނިއުކްލިއަރ ސައިޓްތަކެވެ. ސީ ބީއެސް އަށް މައުލޫމާތު ދިން އެމެރިކާގެ އޮފިޝަލުންގެ ތެރޭގައި ދިފާއީ ވުޒާރާގެ އޮފިޝަލުންވެސް ހިމެނޭކަމަށް ބުނެފައި ވެއެވެ. އެހެންނަމަވެސް އެކަންކުރާނެގޮތަކާ ދޭތެރޭ ރައީސް ޓްރަމްޕްގެ އެޑްވައިޒަރުންނަށް މިހާތަނަށް އެއްބަސް ވުމަކަށް އާދެބިފައެއް […]

ޗައިނާއިން އީރާނަށް ސިއްރިޔާތުގައި ޓްރާންސްޕޯރޓް ޕްލޭންތަކެއް ފޮނުވައިފި

މިދިޔަ ހުކުރު ދުވަހު އިސްރާއީލުން އީރާނަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދިންތާ އެއްދުވަސް ފަހުން މުދާ އުފުލާ ބިޔަ މަތިންދާބޯޓެއް ޝެންގހާއީން ނައްޓާލިއެވެ. އޭގެ އަނެއް ދުވަހު ޗައިނާގެ ގޮނޑުދޮށު އެއާރޕޯރޓަކުން އޭގެ އަނެއް ފްލައިޓް ނައްޓާލިއެވެ. އެއަށްފަހު ހޯމަ ދުވަހު ހަމަ އޭގެ އަނެއް ފްލައިޓް ޝެންގހާއީ އިން ނައްޓާލިއެވެ. އެ 3 ފްލައިޓް ދަތުރުކުރި މަގަށް ބަލާއިރު ފެންނަނީ ޗައިނާއިން ފުރައިގެން ހުޅަނގަށްގޮސް ކަޒަކިސްތާން ހުރަސްކޮށް ދެކުނަށް މިސްރާބު ޖަހައި އުޒުބަކިސްތާނާއި ތުރުކްމެނިސްތާނު ހުރަސްކޮށް […]

ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަގުފަހިކުރުމަށްޓަކައި އީރާނުން އެންޕީޓީއިން ވަކިވަނީ

ފާއިތުވެގެން މިދާ ހައެއްކަ ދުވަހުގެ ތެރޭގައި މުޅިދުނިޔޭގެ ލޯތައް އަމާޒުވެފައި ވަނީ އިސްރާއީލާއި އީރާނުގެ ހަނގުރާމައަށެވެ. އެހެންނަމަވެސް ދުނިޔޭގެ މަޝްހޫރު މީޑިއާތަކުން އެ ޚަބަރުތައް ފުރިހަމައަށް ގެނެސް ދިނުމަށް ސަމާލުކަން ދީފައެއް ނުވެއެވެ. މައުލޫމާތު ހާމަކުރުމުގެ މަގުތައްވެސް އޮތީ ހުޅުވިފައެއް ނޫނެވެ. އީރާނުގެ ހަމަލާތަކުގައި އިސްރާއީލަށް ލިބެމުންދާ ގެއްލުންތައް ފޮޓޯ ނެގުމާއި ވީޑިއޯ ކުރުން އޮތީ މަނާކޮށްފައެވެ. އީރާނަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ހާމަކުރާއިރު އިސްރާއީލަށް ލިބޭ ގެއްލުންތަކުގެ ކުޑަ މިންވަރެއްނަމަވެސް  ހުޅަނގުގެ މީޑިއާތަކުން ހާމަކުރުން އޮންނަނީ […]

ނޭޓޯގެ މިލިޓްރީއާއި ދިފާއީ ނިޒާމް މިޒަމާނަކަށް ނުފެތޭ: ލޫކް ޕޮލާރޑް

ޔޫކްރެއިންގެ ހަތިޔާރު އުފައްދާ ކުންފުންޏެއްގެ އިސް ވެރިއަކު ބުނެފައިވެއެވެ. ހުޅަނގުގެ ގައުމުތަކުން ބޮޑު ދެކޮޅުވެރިކަމަކަށް ކުރިމަތިލާން ތައްޔާރު ވުމަށްޓަކައި ހަތިޔާރު އުފައްދަމުންގެންދަނީ މުޅިން ގޯހުން ގޯހަށެވެ. ހުޅަނގުގެ ގައުމުތަކަށް ބޭނުންވަނީ މޮޅު ދެތިން ހަޔިޔާރެއް ނޫނެވެ. އެތައްބައިވަރު ފެންވަރު ރަނގަޅު ހަތިޔާރު ތަކެކެވެ. އެއީ ޔޫރަޕުގައި ހަތިޔާރު އުފައްދާ ފަރާތްތަކަށާއި ތަޖްރިބާކާރުންނާއި އަދި ދިފާއީ ވަޒީރުންނަށްވެސް ފޮނުވި އިންޒާރެކެވެ. ޔޫކްރެއިންގެ ދިފާއީ އިންޑަސްޓްރީތަކުގެ އިންޒާރު ކުރުގޮތަކަށް ޚުލާސާ ކުރާނަމަ ބުނެވޭނީ ހަތިޔާރު އެފެއްދުމުގައި ބަލަންޖެހެނީ އަގުބޮޑު މޮޅު […]

އިސްރާއީލުން އީރާނުގެ މިލިޓްރީ އަދި ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދީފި

މިއަދު، ހުކުރު ދުވަހު ހެނދުނު ވަގުތެއްގައި އިސްރާއީލުން ތެހެރާނަށް ހަމަލާދީފިއެވެ. އިސްރާއީލުން ބުނެފައިވަނީ އެގައުމުގެ ހަމަލާތައް އަމާޒުކޮށްފައިވާނީ އީރާނުގެ ނިއުކްލިއަރ އަދި މިލިޓްރީ ބާރުގަދަ ތަންތަނަށް ކަމަށެވެ.     އިސްރާއީލުން އީރާނަށް ދިން ހަމަލާގެ ތަފްސީލު ހާމަ ނުކުރިއަސް އީރާނުގެ ރަސްމީ މީޑިއާ އިރްނާއިން އެ ޚަބަރު އިއުލާންކުރިވަގުތު އެ ހަމަލާއަކީ ގައުމީ ހިތާމައަށް ހުޅުވާލްންޖެހޭފަދަ ވަރުގަދަ ހަމަލާއެއްކަން އެންގުމުގެ ގޮތުން ޓެލިވިޒަންގެ އެއްކަނުގައި ކަޅުކުލައިގެ ފަށެއް ވަނީ ދަމާފައެވެ. އެ ހަމަލާގައި އީރާނުގެ ޕަރަމިލިޓްރީގެ އެންމެ […]

ސިންގަޕޯރުގެ ކޮންޓޭނަރ ބޯޓެއްގައި ރޯވެ އަނދަނީ

އިއްޔެ (ހޯމަ ދުވަސް) އިންޑިއާގެ ކެރެލާ ސްޓޭޓް ކައިރިން ދަތުރުކުރަމުންދިޔަ ސިންގަޕޯރގައި ރެޖިސްޓްރީ ކޮށްފައިވާ ކޮންޓޭނަރ އުފުލާ ބޯޓެއްގައި ރޯވެ އަނދަމުން ދާކަމަށް ޚަބަރު ލިބިއްޖެއެވެ. މި މަހު 7 ވަނަ ދުވަހު ކޮޅުނބު ބަނދަރުން ފުރައިގެން ބޯޓު ދަތުރުކުރަމުންދިޔައީ މުމްބާއި އަށެވެ. އިންޑިއާގެ ކޯސްޓްގާރޑުގެ ތަރުޖަމާނު ކޮމާންޑަންޓް އަމިތު އުނިޔަލް ވިދާޅުވެފައިވަނީ ސިންގަޕޯރުގައި ރަޖިސްޓަރީ ކޮށްފައިވާ 890 ފޫޓު ދިގު އެމް. ވީ. ވޭން ހައި 503 ގައި ބަރުކޮށްފައިހުރި ކޮންޓޭނަރެއްގެ ތެރެއިން އެއްޗެއް ގޮވުމާ […]

ތުރުކްމެނިސްތާނުގައި ހުންނަ ”ނަރަކައި ދޮރުމަތީގެ“ ނަންދެވިފައިހުރި އަލިފާންގަނޑު 

ތުރުކްމެނިސްތާނުގެ ކަރާކުން ސަހަރާގައި  ގޭހުން އުފެދިފައިވާ ”ނަރަކައިގެ ދޮރުމަތި“ މި ނަންދެވިފައިވާ އަލިފާނޑު އަނދަމުންދާ މިންވަރި ދެބައިކުޅަ އެއްބަޔަށް ދަށް ކުރެވިއްޖެކަމަށް އެގައުމުން މިދިޔަ ބުރާންފަތި ދުވަހު ހާމަކޮށްފިއެވެ. މި އަލިފާންގަނޑު އަނދަން ފެށިކަމަށްބުނެވެނީ ރަޝިޔާގެ ސައިންސްވެރިންނަށް ނޭގުމެއްގެ ތެރޭގައި ބިމުގެ އަޑީގައިހުރި ގޭސްވަޅަކަށް ޑްރިލް ކުރުމުގެ ސަބަބުން 1971  ވަނަ އަހަރުގައެވެ. އެއަށްފަހު އެ ތަން ރޯކޮށްލާފައި ބެހެއްޓީއެވެ. އަނދަމުންދާ މީތޭން ގޭހުގެ ސަބަބުން މޫސުމަށް ބަދަލުތަކެއް އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.                                                   އެއްދުވަސްވަރެއްގައި ގައުމުގެ […]

އީރާނުގެ ނިއުކްލިއަރ ވަސީލަތް ގަލްފުގެ ޖަޒީރާއަކަށް

އެމެރިކާއާއި އީރާނުން ކުރިއަށްގެންދާ ނިއުކްލިއަރ މަޝްރޫއާ ބެހޭ ވާހަކަތައް ކާމިޔާކުރުމުގެ ބޭނުމުގައި އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުން ގަލްފުތެރޭގެ ޖަޒީރާއަކަށް ބަދަލުކުރުމަށް ސައޫދީ އެރޭބިއާއާއި އޮމާނުން މަޝްވަރާ ދީފިއެވެ. މީގެ ހިފުތާއެއްހާ ދުވަސް ކުރިން އީރާނުންވެސް ވަނީ ސައޫދީ އެރޭބިއާއި އަދި ގަލްފުގެ އެހެން ގައުމުތަކާގުޅިގެން މަދަނީ ބޭނުމަށްޓަކައި ޔުރޭނިއަމް މުއްސަނދިކުރުމަށް ކޮންސޯރޓިއަމެއް އުފެއްދުމުގެ ޚިޔާލުފާޅުކޮށްފައެވެ.                                                           އީރާނާއި އަދި އަވަށްޓެރި އެހެން ގައުމުތައް ހިމެނޭ ކޮންސޯރޓިއަމަކުން މަދަނީ ބޭނުމަށްޓަކައި ނިއުކްލިއަރ ހަކަތަ އުފައްދަން ބޭނުންވާނަމަ ނުވަތަ […]