އެމެރިކާގެ ”ނޯ-ފްލައި“ ލިސްޓް ލީކުވެއްޖެ

އެމެރިކާއިން ދަތުރުކުރާ އަދި އެމެރިކާއަށް އަންނަ ކޮމާޝަލް ފްލައިޓުތަކުގައި ދަތުރުކުރުން މަނާކޮށްފައިވާ މީހުންގެ ލިސްޓެއް ލީކުވެއްޖެއެވެ. މި ”ނޯ-ފްލައި“ ލިސްޓު ލީކުވެފައި މިވަނީ އެއަރލައިނެއްގެ ހިމާޔަތްކުރެވިފައިނުވާ ސާވަރއަކުންނެވެ. ސައިބަރ ހަމަލާތަކުން ރަނގަޅަށް ރައްކާތެރިކުރެވިފައިނުވާ ޖެންކިންސްގެ ސާވަރއަކުން މި ލިސްޓު ހޯދާފައިވަނީ މައިއާ އާސަން ކްރައިމިއު ނަމަކަށް ކިޔާ ސްވިޒަލެންޑުގެ ހެކަރއެކެވެ. އެމެރިކާއިން ”ނޯ-ފްލައި“ ލިސްޓެއް ގެންގުޅޭތާ އެތައް އަހަރެއް ވެފައިވާއިރު، 9/11 އިގެ ބިރުވެރި ހަމަލާގެ ކުރިން މި ލިސްޓުގައި އޮތީ އެންމެ 16 ނަމެވެ. އެހެންނަމަވެސް، […]
ސްވިޑެންގެ ނޭޓޯ އެޕްލިކޭޝަނަށް އުރުދުޣާން ދެކޮޅު ހައްދަވައިފި

ނޭޓޯގެ ގައުމުތަކުން ޖުލައި މަހު ބައްދަލުވުމަށް ތައްޔާރުވެފައިވާއިރު، ކުރިމަތިވަމުންދާ ފިއްތުންތަކާއެކު ވެސް ސްވިޑެންގެ ނޭޓޯ އެޕްލިކޭޝަން ގަބޫލުކުރުމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ދެކޮޅު ހައްދަވައިފިއެވެ. ބެލެވޭގޮތުގައި ހުޅަނގުގެ އޮފިޝަލުން ގަބޫލުކޮށްގެން ތިބީ އުރުދުޣާންގެ ޚިޔާލުފުޅު މިކަމުގައި ބަދަލުކުރައްވާނެ ކަމަށެވެ. އެއީ މިދިޔަ މަހު އެތައް މަސައްކަތްތަކެއް ކުރެއްވުމަށްފަހު އުރުދުޣާން ވެރިކަމުގެ އިތުރު ދައުރަކަށް އިންތިޚާބުވެފައިވުމާއެކު، މި މައްސަލާގައި އެހެން ގައުމުތަކުން ލިބެމުންދިޔަ ލަފާއަށް އޭނާ ބައްލަވާނެކަމަށް ގަބޫލުކުރެވޭތީއެވެ. ”ސްވިޑެން ބޭނުންވާ ގޮތެއް އޮވެދާނެ. އެކަމަކު […]
ބްރިކްސްގެ ގައުމުތަކާއެކު ކުރާ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރު ބޭނުންކުރުން މިޞްރުން ހުއްޓާލައިފި

ބްރިކްސްގެ ގައުމުތަކާއެކު ކުރާ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރު ބޭނުންކުރުން މިޞްރުން ހުއްޓާލަން ނިންމާފައިވާކަމަށް މިޞްރުގެ ސައިޕްލައި މިނިސްޓަރު، ޢަލީ މޮސެލީ ވިދާޅުވެއްޖެއެވެ. މީގެއިތުރުން، ޑޮލަރުގެ މަޅީން ސަލާމަތްވުމަށް އެތައް ގައުމަކުން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ދަށުން، ބްރިކްސްގެ ގައުމުތަކާއެކު ކުރިއަށް އޮތް މަސްތަކުގައި މިގައުމުތަކުންވެސް ޑޮލަރު ބޭނުންކުރުން ދޫކޮށްލުމަށްވަނީ ނިންމާފައެވެ. މޮސެލީއާ ހަވާލާދީ ރޮއިޓަރސްރިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންޑިއާ، ރަޝިއާ އަދި ޗައިނާއިން އެތެރެކުރާ މުދަލުގެ އަގު ދެއްކުމަށް މިޞްރުން ދެން ބޭނުންކުރާނީ އެގައުމުގެ ފައިސާއެވެ. އަދި […]
ތިލަފަތަށް 2018 ގައިދިން ވޯޓްގެ ނަތީޖާ، މިއަދު ބާޒާރުގައި ޑޮލަރެއް 17.80 ރުފިޔާ!

ތިލަފަތުގެ ވެރިޔަކީ ކާކުކަން ނޭގޭވަރަށް ތިލަފަތް ވެރިކަމުގެ ކޮޅަށް ބަރުކޮށްފިއެވެ. 2018 ގައި ވީ ހުރިހާ ވަޢުދެއް ހަނދާންނެތި ހިގައްޖެއެވެ. އެކަމަކު އިތުރު 5 އަހަރުގެ ދައުރަކަށްއެދި ވަޢުދު ގޯނީގެ ތުން މޮހެލައިފިއެވެ. ވަޢުދު ގޯނީގައި މިފަހަރު ހުރިއެއްޗެއް ތިލަފަތުގެ އަހުލުވެރީންނަށް ވެސް ނޭނގެއެވެ. ނަމަވެސް މިފަހަރު ތިލަފަތުގެ ވެރިޔާ ވިދާޅުވަނީ ވެރިކަން އަލުން އަތުލެވޭނެ ފޯމިއުލާ އެބައޮތް ކަމަށާއި އެއީ ނަތީޖާ ނެރެވޭނެ ފޯމިއުލާއެއް ކަމަށެވެ. އެހެންވެ އަހުރެން ވެސް މި އަވަސްވެގަތީ އެ ފޯމިއުލާ ހޯދުމަށެވެ. […]
އެލްޖީބީޓީކިއު ސަޕޯޓަރުންނަށް ތުރުކީގެ މަޖިލިސް މެންބަރެއް ރައްދު ދެއްވައިފި

އެއްޖިންސުން ގުޅުންހިންގުމާއި ޖިންސު ބަދަލުކުރާ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ ހިމާޔަތްކުރަންޖެހޭ އެއްޗެއްކަމަށް ބުނެ އެ ފަރާތްތަކުގެ ޕްރޮޕަގެންޑާ ކުރިއަރުވާ ސަޕޯޓަރުންނަށް ތުރުކީގެ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓްގެ ފަރާތުން އިސްތަންބުލް ތަމްސީލުކުރައްވާ މަޖިލިސް މެންބަރެއް ކަމަށްވާ ރުމޭސާ ކަޑަކް ރައްދުދެއްވައިފިއެވެ. ”މީގެ ކުރިންވެސް އެއްވެސް ފަރާތެއްގެ ދިރިއުޅުގެ ވައްޓަފާޅިއާއި ނަފްސުގެ މިނިވަންކަމާއި އަޅުގަނޑުމެން ނުބެހެން. އަދި އެމީހަކު ދިރިއުޅުމަށް ގަސްދުކުރާ ގޮތަކަށް ދިރިއުޅުމުގެ ހައްޤަކީ ގާނޫނުން ކޮންމެ މީހަކަށް ލިބިދީފައިވާ ހައްޤެއް.“ ކަޑަކް ނެރުއްވި ބަޔާނެއްގައި ބުނެފައިވެއެވެ. […]
ބްލިންކެންގެ ސައުދީ ދަތުރަކީ ޗައިނާއަށް ރައްދުކުރި މެސެޖެއް!

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންޓަނީ ބްލިންކެން މިދިޔަ ހަފްތާގައި ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ސަޢޫދީގެ އިސް އޮފިޝަލުންނާއި ބައްދަލު ކުރެއްވިއިރު، ހަތް އަހަރަށްފަހު އެ ގައުމުގައި އިރާނުގެ އެމްބަސީއެއް ހުޅުވުމަށް ރިޔާދުގައި ހަފްލާއެއް ބާއްވާފައިވަނީވެސް މިދިޔަ ހަފްތާގެ ތެރޭގައެވެ. ޗައިނާގެ އެއްބާރުލުމާއެކު މެދު އިރުމަތީގެ ގައުމުތަކުން އީރާނާއެކު ކުރިން އޮތް ގުޅުން ބޭއްވުމަށް މާރިޗު މަހު ވަނީ އެއްބަސްވެފައެވެ. ފާއިތުވެދިޔަ އަހަރު ތެރޭގައި ޗައިނާއާ ދެކޮޅުވެރި އެތައް ސިޔާސަތުތަކެއް އެމެރިކާއިން […]
ނަޝީދު އަށްވެސް ނޯޓިސް ފޮނުވައިފި

މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމަނިކުފާނުގެ ޕާޓީ އެމްޑީޕީ އިން ހުށަހަޅާފައިވާ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް އެ މަނިކުފާނަށާއި މެމްބަރުންނަށް މަޖިލިހުގެ އިދާރާ އިން ފޮނުވައިފި އެވެ. ނަޝީދުއަކީ މިއަދުވެސް އެމްޑީޕީގެ ރައީސް ވެސްމެއެވެ. އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީ އިން މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 54 މެންބަރުންގެ ސޮޔާއި އެކުގައެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ 56 މެންބަރުން ތިއްބަވަ އެވެ. އެއީ ނަޝީދުވެސް ހިމެނިގެނެވެ. މަޖިލިސްގެ އިރުބާރު އެމަނިކުފާނަށް ގެއްލިފައިވާކަމަށް ސޮއިކޮށްފައިވާ 54 މެންބަރުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީއަށް ނިސްބަތްވާ 50 […]
ކޯވިޑް ވެކްސިން ޖަހައިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލަތައް ބަލަން ފަށަނީ

ދުނިޔޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ވެކްސިނޭޝަން ކެމްޕޭނުގައި، ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ތައްޔާރުކުރި ވެކްސިން ޖެހުމުގެ ސަބަބުން ހަށިގަނޑަށް ނޭދެވޭ އަސަރުކުރި ފަރާތްތަކުން ޖަރުމަނުގެ ކޯޓުތަކަށް ހުށައެޅި މައްސަލަތައް ހޯމަ ދުވަހުންފެށިގެން ކޯޓުތަކުގައި ހިނގަންފަށާނެއެވެ. 2020 ވަނަ އަހަރުގެ ކުރީކޮޅު ހަލުވިކަމާއެކު ފެތުރުނު އާލަމީ ވަބާގައި، ދުނިޔޭގެ ބޯޑަރުތައް ބަންދުވެ، ފުރަބަންދުތައް އިއުލާނުކުރުމާއެކު އެތައް މިލިއަން މީހުން އެމީހުންގެ ގޭގޭގައި މަޑުކޮށްގެން ތިބެން ޖެހުނެވެ. އަދި ކޯވިޑުން ދިފާއުވުމަށް އުފެއްދި ވެކްސިންތައް ވެގެންދިޔައީ ފުރާނަ ސަލާމަތްކުރުމަށް […]
ތުރުކީގެ ދެބަކަނޑުން ދަތުރުކުރާ ބޯޓުތަކުން ނަގާ ފީ ބޮޑުކޮށްފި

ތުރުކީގެ ދެބަކަނޑުން ދަތުރުކުރާ އެހެން ގައުމުތަކުގެ ބޯޓުތަކުން ފީގެ ގޮތުގައި ނަގާ އަދަދު އެގައުމުން އިތުރުކޮށްފިއެވެ. ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އަނެއްކާވެސް ވެރިކަމަށް އިންތިޚާބުވެއްޖެނަމަ، އިސްލާމޯ އޮޓޮމަން ވެރިކަމުގެ ފަހުން ތުރުކީއަށް ކުރުން މަނާކުރެވިފައިވާ އެތައް ކަމެއް މަޑުމަޑުން ހުއްދަކުރާނެތީ ހުޅަނގުގެ ގިނަ ގައުމުތަކުން ތިބީ ކަންބޮޑުވެފައެވެ. އެގޮތުން، ރައީސް އުރުދުޣާނު އަލުން އިންތިޚާބުވުމާއެކު މުދާ އުފުލާ ބޭރުގެ ބޯޓުތަކުން އިސްތަންބުލް އަދި ކަނަކަލޭ ކަނޑުތައް ބައްދާނަމަ ނަގާ ޓްރާންސިޓް ފީ ވަނީ ބޮޑުކޮށްފައެވެ. […]
ހަތް އަހަރަށްފަހު ސަޢޫދީ ޢަރަބިއްޔާގައި އިރާން އެމްބަސީއެއް ހުޅުވައިފި

ހަތް އަހަރުގެ މުއްދަތަކަށްފަހު ސަޢޫދީ ޢަރަބިއްޔާގައި އިރާނުގެ އެމްބަސީއެއް ހުޅުވައިފިއެވެ. އެމްބަސީ ހުޅުވުމަށް ރިޔާދުގައި ބޭއްވި ހަފްލާގައި އިރާނާއި ސަޢޫދީގެ ޚާރިޖީ ވުޒާރާގެ ތަމްސީލުވެރިން ވަނީ ބައިވެރިވެފައެވެ. އިރާނުގެ ޚާރިޖީ ވުޒާރާގެ ނައިބު، ޢަލީ ރިޒާ ބަޣްދެލީ ވިދާޅުވީ މިއީ ދެ ގައުމުގެ އެއްބާރުލުމާއި އެކުވެރިކަމުގެ ”އައު ޒަމާނެއްގެ ފެށުން“ ކަމުގައެވެ. ޗައިނާގެ އެއްބާރުލުމާއެކު، މީގެ ތިންމަސްދުވަސް ކުރިން ގަލްފުގެ ގައުމުތަކުންވަނީ އީރާނާއެކު ކުރިން އޮތް ގުޅުންތައް ބޭއްވުމަށް އެއްބަސްވެފައެވެ.