އުއިޣޫރު މުސްލިމުން ޗައިނާގެ އޮފިޝަލުންނާ ދެކޮޅަށް ދައުވާ އުފުލައިފި
ޗައިނާގެ އުއިޣޫރު މުސްލިމުންގެ ބަޔަކު ޗައިނާގެ ބަޔަކާ ދެކޮޅަށް ތުރުކީގެ ޕްރޮސެކިއުޓަރަކަށް ޖިނާޢީ މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލައިގައި ގިނަ އަދަދެއްގެ މީހުން މެރުމުގެ އިތުރުން އަނިޔާކުރުމާއި ރޭޕްފަދަ އަމަލުތަކުގެ ތުހުމަތު ވަނީ ޗައިނާ އޮފިޝަލުންގެ ބޮލުގައި އަޅުވާފައެވެ. ތުރުކީގެ ލޯޔަރެއް ކަމަށްވާ ގުލްޑެން ސޮންމެޒް އަންގާރަ ދުވަހު ބުނި ގޮތުގައި ބައިނަލްއަގުވާމީ ފަރާތްތަކުން ފިޔަވަޅު އަޅާފައި ނުވުމުގެ ސަބަބުން މިއީ، ކުރިޔަށް ގެންދަން ޖެހޭ މައްސަލައެކެވެ. ޗައިނާގެ ސަރުކާރުން އަންނަނީ 2016ވަނަ އަހަރުއްސުރެ މިލިއަނެއްހާ އުއިޣޫރު […]
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްއެއްކަމަށް ބެލެވޭ މިސައިލްއެއް ޓެސްޓު ކޮށްފި: ޖަޕާން، ދެކުނު ކޮރެއާ
އުތުރު ކޮރާއިން ބުދަ ދުވަހު ބެލިސްޓިކް މިސައިލެއް ކަމަށް ބެލެވޭ އެއްޗެއް އެ ގައުމުގެ އިރުމަތީ ފަރާތު ގޮނޑުދޮށުން ފޮނުވާފައި ވާކަމަށް ޖަޕާނާއި ދެކުނު ކޮރެއާއިން ބުނެފިއެވެ. ޖަޕާނާއި ދެކުނު ކޮރެއާއިން ހާމަކުރިގޮތުގައި މިއީ ނިއުކްލިއާ ހަތިޔާރު ގެންގުޅޭ އުތުރު ކޮރެއާއިން މި އާ އަހަރު އެމީހުންގެ ބާރު ދެއްކުމުގެ ގޮތުން ކުރި މިފަދަ ފުރަތަމަ ޓެސްޓެވެ. މި ރޮކެޓް ފޮނުވާފައިވާކަން ފުރަތަމަ ރިޕޯޓް ކޮށްފައިވަނީ ޖަޕާނު ކޯސްޓް ގާރޑުންނެވެ. އެމީހުން ބުނެފައިވާ ގޮތުގައި ބެލިސްޓިކް މިސައިލެއް […]
ދެކުނު އިރާނުގައި ފެން ބޮޑުވެ 8 މީހުން މަރުވެއްޖެ
ބޯކޮށް ވާރޭވެހި ދެކުނު އިރާނުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، 8 މީހުން މަރުވެއްޖެއެވެ. މޫސުމާ ބެހޭ މީހުން ލަފާކުރާ ގޮތުގައި މި ހަފްތާގެ ފަހުކޮޅާ ހިސާބަށް ބޯކޮށް ވާރޭ ވެހޭނެއެވެ. ”ފާއިތުވި ދުވަސްތަކުގައި ދެކުނު އިރާނުގެ އެކި ހިސާބުތަކުގައި ހިނގާފައިވާ ފެންބޮޑުވުމުގެ ހާދިސާ ތަކުގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު އަންނަނީ އިތުރު ވަމުން“ ނެޝަނަލް ރެސްކިއު ސާވިސްގެ ތަރުޖަމާނު މުޖްތަބާ ޚާލިދީ އަންގާރަ ދުވަހު ސްޓޭޓް މީޑިއާއަށް ދިން ބަޔާނެއްގައި ބުނެފައިވެއެވެ. ”މިހާތަނަށް 8 […]
ހަމާސްގެ ރޮކެޓް އުފައްދާ ސަރަހައްދަކަށް އިޒުރޭލުން ބޮން އަޅައިފި
ހަމާސްއިން އިޒުރޭލަށް މިސައިލްތަކެއް ފޮނުވި ކަމަށް ބުނެ ގާޒާގައިވާ ހަމާސްގެ މަރުކަޒުކަމަށް ބެލެވޭ ތަންތަނަށް އިސްރޭލުން ބޮމުގެ ހަމަލާތަކެއް ދީފިއެވެ. ހަމާސްއިންފޮނުވި ކަމަށް އިސްރޭލުން ބުނެވިފައިވާ ރޮކެޓްތައް ވެއްޓިފައިވަނީ މެޑިޓަރޭނިއަން ކަނޑަށެވެ. އިސްރޭލުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އިސްރޭލުން ދިން ރޮކެޓް ހަމަލާތަކުގެ މައިގަނޑު އަމާޒަކީ ހަމާސްގެ ރޮކެޓް އުފައްދާ ފެކްޓަރީއެކެވެ. ”ދުނިޔެގެ އެހެން ހިސާބުތަކުގައި އައު އަހަރު ފާހަގަ ކުރުމަށް ހަވާ އަރުވަމުން ދިޔައިރު އިސްރޭލުގެ ރައްޔިތުންނަށް ފެނިފައިވަނީ ހަމާސްގެ ޓެރަރިސްޓް ރޮކެޓްތައް.“ އިސްރޭލުގެ އަސްކަރިއްޔާއިން […]
އާ އަހަރަށް އުތުރު ކޮރެއާގެ ރައީސް ދެއްކެވީ ތަފާތު ވާހަކައެއް
ނިއުކްލިއާ ހަތިޔާރާއި އެމެރިކާގެ ވާހަކަތަކުގެ ބަދަލުގައި ޓްރެކްޓާރ ފެކްޓަރީތަކާއި ސްކޫލް ޔުނިފޯމުގެ ވާހަކަތަކާ އެކު އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުންގެ ވެރިކަމުގެ 10ވަނަ އަހަރު އޭނާ ފައްޓަވައިފިއެވެ. ހޯމަ ދުވަހު ފެށުނު އުތުރު ކޮރެއާގެ ވޯކާރސް ޕާޓީގެ 8ވަނަ ސެންޓްރަލް ކޮމިޓީގެ 4 ވަނަ ޕްލެނަރީ މީޓީންގްގައި ވާހަކަ ދައްކަވަމުން ކިމް ވިދާޅުވި ގޮތުގައި 2022ވަނަ އަހަރަށް އުތުރު ކޮރެއާގެ މައިގަނޑު އަޒުމަކަށް ވާނީ އިޤްތިޞާދު ކުރިއެރުވުމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކު ރުމެވ މި […]
ޗައިނާ 2022ވަނަ އަހަރަށް މަރުހަބާ ކިޔާފައިވަނީ ކޮވިޑް-19 ކޮންޓްރޯލަކަށް އައިފަހުން ދިމާވި އެންމެ ދަތި ހަފްތާއާ އެކު
ޗައިނާއަށް 2022 ވަނަ އަހަރު ފެށިފައި ވަނީ މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ކޮރޯނާ ކޮންޓްރޯލް ކުރުމަށްފަހު 7 ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މީހުން ކޮރޯނާ ވައިރަހަށް ފައްސިވި ހަފްތާއާއި އެކުއެވެ. ޗައިނާއަކީ ކޮރޯނާ ވައިރަހާއި ދެކޮޅަށް ދުނިޔޭގެ އެންމެ ހަރުކަށި ބައެއް އުސޫލުތައް ތަންފީޒު ކުރަމުންދާ ގައުމެވެ. ހޮނިހިރު ދުވަހު ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވާ ގޮތުގައި ޑިސެމްބަރު 31ވަނަ ދުވަހު 175 މީހުން ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. […]
އިރާނުން ޖައްވަށް ސެޓަލައިޓެއް ފޮނުވައިފި
އީރާނުން ތިން ރިސާޗް ޑިވައިސްއާ އެކު ކެރިއަރ ރޮކެޓެއް ޖައްވަށް ފޮނުވާފައެ އިރާނުގެ ނޫސްތަކުން ހާމަކޮށްފިއެވެ.ންވަނީ ވެ. އިރާނުން މި ރޮކްޓް ޖައްވަށް ފޮނުވާފައިވަނީ އެ ގައުމުގެ ނިއުކްލިއަ އެއްބަސްވުމާބެހޭ ވާހަކަ ދެއްކުންތައް ވިއެނާގައި ކުރިޔަށް ދަނިކޮށެވެ. ބުރާސްފަތި ދުވަހު އެގައުމުން ނެރެފައިވާ ރިޕޯޓްގައި ޖައްވަށް ފޮނުވީ ކޮން ރިސާޗް ޑިވައިސްތަކެއް ކަމާއި އެ ރޮކެޓް އޯބިޓަށް ފޯރިކަން އަދި އެ ރޮކެޓް ފޮނުވާލި ވަގުތު ފަދަ މުހިއްމު މައުލޫމާތުތައް ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް އީރާނުގެ ޓީވީ ޗެނެލްތަކުން […]
ސުދާންގެ ރަން މައިނެއްގެ ތެރޭގައި ތާށިވެ ގިނަ ބަޔަކު މަރުވެއްޖެ
ފާއިތުވި ހަފްތާ ބަންދުގައި ހުޅަނގު ސުދާންގެ ކުރްދުފާން ޕްރޮވިންސްގައި ހުންނަ ބޭނުން ނުކުރާ ރަންނަގާ ވަޅުގަނޑެއްގެ ތެރެއަށް ފަސް އެޅި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާކަން އެ ގައުމުގެ ސްޓޭޓް-ރަން މައިނިންގް ކޮމްޕަނީން ހާމަކޮށްފިއެވެ. އެ ގައުމުގެ މިނެރަލް ރިސޯސް ކޮމްޕަނީގެ ތަރުޖަމާނު، އިސްމާއިލް ޓިއްސޫ ބުނެފައިވާ ގޮތުގައި އެ ހާދިސާގައި މަރުވި މީހުންގެ އަދަދުވަނީ 38 އަށް އަރާފައެވެ. އަދި މި ހާދިސާގައި މައިންގައި ވަޅުލެވިފައިވާ މީހުންގެ ޖުމުލަ އަދަދު ޔަޤީނެއް ނުވެއެވެ. އަންގާރަ ދުވަހު […]
އޮމިކްރޮން ވޭރިއެންޓް ފެތުރޭ ބާރުމިން ހިސާބުކުރެވިފައި ވަނީ ނުބައިކޮށް: ސީޑީސީ
އެމެރިކާގެ ސެންޓާ ފޯ ޑީސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން އޮމިކްރޮން ވޭރިއެންޓް ފެތުރިފައިވާ އިންސައްތަ އެމީހުންނަށް ރިޕޯޓް ކުރެވިފައިވަނީ އަސްލު އޮތް ވަރަށް ވުރެ 3 ގުނަ އިތުރަށްކަމަށް ބުނެފިއެވެ. މިކަމާ ގުޅިގެން އެމީހުންވަނީ ކުރިން ނެރުނު ކޮވިޑް-19 އާ ބެހޭ ރިޕޯޓަށް އިސްލާހުތަކެއް ގެނަސްފައެވެ. ކުރިން ރިޕޯޓް ކުރެވިފައިވާ %73.2 ގެ ބަދަލުގައި ޑިސެމްބަރު 18 އާ ހަމައަށް ރެކޯޑް ކުރެވުނު ކޮވިޑް-19 ކޭސް ތަކުގެ ތެރެއިން އޮމިކްރޮން ކޭސްތަކުގެ އިންސައްތައަކީ ހަމައެކަނި %22.5 […]
ވެކްސިންގެ 3 ޑޯޒް ޖަހައިގެން އޮމިކްރޯން ވޭރިއެންޓުން ސަލާމަތެއް ނުވެވޭނެ: ބައޮއެންޓެކްގެ ސީއީއޯ
ވެކްސިންގެ ތިން ޑޯޒް ޖެހިކަމުގައިވިޔަސް ކޮރޯނާ ވައިރަސްގެ އޮމިކްރޯން ވޭރިއެންޓުން ސަލާމަތް ނުވާކަމަށް ވެކްސީން އުފައްދާ ކުންފުންޏެއް ކަމަށްވާ ބައޮއެންޓެކްގެ ސީއީއޯ، އުގުރް ސަހިން ވިދާޅު ވެއްޖެއެވެ. ސަހިން ވިދާޅުވެފައިވާ ގޮތުގައި 3 ޑޯޒް ވެކްސިން ޖަހާފައިވާ މީހުންގެ ކިބައިންވެސް ކޯވިޑް-19 ވައިރަސް ފެތުރެއެވެ. ވެކްސިން އުފެއްދި އިރު ވައިރަސް އާ ދެކޮޅަށް %95 އަށް އަސަރު ކުރާ ކަމުގައިވިޔަސް މިހާރުގެ ވޭރިއަންޓްތަކާ ދެކޮޅަށް ފެނިގެން ދަނީ ހަމައެކަނި %70-%75 އަށް ހެއު އަސަރު ކުރަމުން ދާތަން […]