ދަރިވަރުން ނުކުމެ މުޒާހަރާކުރަނީ،ބަންގްލަދޭޝްގެ މަގުތައް ހަލަބޮލިވެއްޖެ

ބަންގްލަދޭޝްގެ ދަރިވަރުން ކުރަމުންގެންދާ މުޒާހަރާތައް ހޫނުވެ އެގައުމުގެ މަގުތައް ހަލަބޮލިވެއްޖެއެވެ. މިގޮތުން، ބަންގްލަދޭޝްގެ ދަރިވަރުން މުޒާހަރާކުރަމުންދަނީ އަންހެނުންނާއި، ފުދުންތެރިކަން ކުޑަ އާއިލާތަކުގެ މީހުންނާއި، މިނިވަންކަން ހޯދުމަށް ހަނގުރާމަކުރި ސިފައިންގެ އާއިލާތަކަށް އިސްކަންދީގެން ”ރެފަރެންސް-ބޭސްޑް“ އުސޫލަކުން ސިވިލް ސަރވިސް ވަޒީފާ ދޫކުރާ ދޫކުރުން ހުއްޓާލުމަށް ގޮވާލައެވެ. 1971 ވަނަ އަހަރު، ބަންގްލަދޭޝްގެ އަބްޠާލެއް ކަމުގައިވާ ޝެއިޚް މުޖީބުއްރަހްމާން ހެއްދެވި މި އުސޫލުގެ ދަށުން އެ ގައުމުގައި މިއަދު އޮތް 2 މިލިއަން ސިވިލް ސާރވިސް ވަޒީފާގެ ދެބައިކުޅަ އެއްބައި […]
ދުނިޔޭގެ އެންމެ އެތެރެ ފަށަލަ އެނބުރޭ ކޮޅު ބަދަލުވެ، ދުވެލި ލަސްވެއްޖެ، ދެންވާނީ ކިހިނެތް؟

ދުނިޔޭގެ ބިމުގެ އެންމެ އެތެރޭގައިހަރު މައުދަނު ގުޅައެއްފަދައިން އޮންނަ ”ބިމުގެ މަދު“ ނުވަތަ ”އިނަރ ކޯރ“ގެ ދުވެލި މަޑުވެފައިވާކަން ސައިންސްވެރިންގެ ދިރާސާއިން ދައްކައިފިއެވެ. ޔުނިވަރސިޓީ އޮފް ސަދަން ކެލިފޯރނިއާ ގެ ސައިންސްވެރިންގެ ޓީމަކުން ބުނެފައިވަނީ، ދުނިޔޭގެ މެދުގައި އޮންނަ ވަށް އޮށެއްފަދަ ފަށަލައާއި ބެހޭ ގޮތުން މިހާތަނަށް އެނގިފައިވާ ކަންކަން ފަހުގެ ހޯދުންތަކުގެ އަލީގައި ދޮގުކުރެވިފައިވާތީ، މިހާރު ފެންނަމުންދާ ބަދަލުތަކުގެ ނަތީޖާއަކަށް ވަނީ ކޮންކަމެއްކަމާމެދު ސުވާލު އުފެދޭކަމަށެވެ. މިގޮތުން، ދުނިޔޭގެ އެންމެ ބޭރު ތޮށްޓަށްވުރެ 3000 މޭލު […]
ނަސްލީ ތަފާތުކުރުމުގެ މާހައުލެއް އުފެދި އަރަބި އިންވެސްޓަރުން ތުރުކީއާއި ދުރަށްޖެހެނީ!

ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ރީތި މަންޒިލެއް އަދި އެތައް އަހަރުތަކެއްވާންދެން އިންވެސްޓަރުންގެ ޖީބު ދަމައިގަނެފައިވާ ނަން މަޝްހޫރު ތުރުކީއަށް ދަތުރުކުރުމަށް މިހާރު އަރަބީންނާއި މުސްލިމުންގެ ގިނަ ބަޔަކު ޖެހިލުންވެއެވެ. ބައެއް ސިޔާސީ ޕާޓީތަކުން އިސްނަގައިގެން ނޭޝަނަލިޒަމްގެ އައިނު ރައްޔިތުންގެ ލޮލުގައި އަޅުވަމުންދާ ދިޔުމާއެކު، ތުރުކީގެ ތެރޭގައި ނަސްލީ ތަފާތުކުރުމުގެ މާހައުލެއް އުފެދިފައިވާއިރު، އޭގެ ސަބަބުން، އަރަބި އަދި ޔޫރަޕު ނޫން ފަތުރުވެރީންނާއި އިންވެސްޓަރުން ތުރުކީއަށް ދަތުރުކުރުން މަދުކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. ފަހުގެ އަހަރުތަކުގައި ތުރުކީއަށް ދަތުރުކުރި […]
އޭޝިއާގެ ތިންވަނައަށް އެންމެ ބޮޑު ޑޭޓާ ސެންޓަރ މާރކެޓަކަށް މެލޭޝިއާ!

2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި، ދެކުނު އޭޝިއާގެ އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ޑޭޓާ ސެންޓަރ މާރކެޓް ކަމުގައިވާ މެލޭޝިއާ، ޖަޕާނާއި އިންޑިއާ އަށްފަހު، އޭޝިއާ ބައްރުގެ ތިންވަނަށް އެންމެ ބޮޑު ޑޭޓާ ސެންޓަރ މާރކެޓަށްވެގެންދާނެކަމަށް މަޝްހޫރު ބައިނަލްއަޤްވާމީ ޓެކްނޮލޮޖީ ގްރޫޕް ޖުވައި އައިކިއުއައި ހޯލްޑިންގްސްއިން ބުނެފިއެވެ. ޖުވައި އައިކިއުއައި އިން އަންގާރަދުވަހު ނެރުނު ބަޔާނެއްގައި، އެކުންފުނީގެ ކޯ-ފައުންޑަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ކާޝިފް އަންޞާރީ ވިދާޅުވީ، ދުނިޔޭގެ ޑޭޓާ ސެންޓަރ އިންޑަސްޓްރީ […]
ބައެއްގެ އަތްދަށުގައި އޮވެމެ ކަޝްމީރުގެ މުސްލިމުން ތިބީ އިސްލާމްދީން މަތީގައި ސާބިތުވެ!

ކަޝްމީރުގެ މުސްލިމުން ކުރިމަތިލަމުން އެގެންދަނި ކޮންކޮން ކަންކަމަކާއި ކަން ދެނެހުރީމު ހެއްޔެވެ؟ އެންމެ ފުރަތަމަ ކަމަކަށް އެނގެންޖެހޭ ކަމަކީ، ކަޝްމީރު ރައްޔިތުންގެ މަސައްކަތަކީ އިންޑިއާގެ ރައްޔިތުންނާއި ”ހަމަކަމަ“ ހައްޤުތަކެއް ކަށަވަރުކުރުމަށް ކުރަމުންގެންދާ މަސައްކަތެއް ނޫންކަމެވެ. ކަޝްމީރު މީހުންގެ އެދުމަކީ މިއީ ކަމަށް ގަބޫލުކުރެވޭ މައިގަނޑު ސަބަބަކީ އިންޑިއާގެ ލިބަރަލް ކޮމެންޓޭޓަރުން ފާޅުކުރާ ޚިޔާލުތަކެވެ. މިކަމުގެ ހަގީގަތަށް ނަޒަރު ހިންގާލާއިރު އެނގެނީ، ކަޝްމީރު ރައްޔިތުންގެ މަސައްކަތަކީ އިންޑިއާގެ އަސްކަރީ ބާރުން މުސްލިމުންނާއި ދެމެދު އޮންނަ ނަފްރަތުގެ ސަބަބުން، މުސްލިމުން […]
މެނޭޖަރުންނަށް ނަފްސާނީ ދުޅަހެޔޮކަމާބެހޭ ތަމްރީން ދޭންޖެހެނީ ކީއްވެ؟

މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމުގައި ބޮޑު ރޯލެއް އަދާކުރާ އެއްބަޔަކީ އެމީހުންގެ މައްޗަށް ތިބޭ ވެރިންނެވެ. ނުވަތަ މެނޭޖަރުންނެވެ. ނަމަވެސް، ދެމެހެއްޓެނިވިގޮތެއްގައި މުވައްޒަފުންނަށް ބޭނުންވާ އެއްބާރުލުން ދިނުމަށްޓަކައި ލިބިފައި ހުންނަންޖެހޭ ތަމްރީނު އެމީހުންގެ ކިބައިގައި ނުހުރެއެވެ. އެމެރިކަން ސައިކޮލޮޖިކަލް އެސޮސިއޭޝަނުން 2023 ވަނަ އަހަރު ޝާއިއުކުރި ވަރކް އިން އެމެރިކާ ދިރާސާގެ ނަތީޖާއިން ދައްކާގޮތުގައި، އެމެރިކާގެ 90 އިންސައްތަ އަށްވުރއ ގިނަ މަސައްކަތްތެރިން އެދެނީ މުވައްޒަފުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުވެ އަޅާލާ ތަނެއްގައި މަސައްކަތް ކުރުމަށެވެ. […]
“އެމެރިކާއާއި އިޒްރޭލުގެ ޖާސޫސްކުރާ ސެލްއެއް” ޔަމަނުން ހައްޔަރުކޮށްފި

“އެމެރިކާއާއި އިޒްރޭލުގެ ޖާސޫސުންގެ ސެލްއެއް” ހައްޔަރުކޮސްފައިވާކަން ޔަމަނުގެ ހޫތީން ހާމަކޮށްފިއެވެ. ހޫތީން މިކަން ހާމަކޮށްފައިވާއިރު، އެކުވެރި ދައުލަތުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރާ 12 މީހަކު ޔަމަނުން ހައްޔަރުކޮށްފައިވަނީ ދާދި ފަހުންނެވެ. މިގޮތުން، ޔަމަނުން ހައްޔަރުކުރި ސެލްގައި ޔަމަނުގައި ހުންނަ އެމެރިކާ އެމްބަސީގެ ކުރީގެ މުވައްޒަފެއް ހިމެނޭކަން ހޫތީންގެ އިންޓެލިޖެންސް ޗީފް، އަބްދުލް ހަކީމް އަލްޚައިވާނީ އާންމުކޮށް ބްރޯޑްކާސްޓްކޮށް ދިން ބަޔާނެއްގައި ހާމަކޮށްފައެވެ. “މިއީ ދުޝްމަނުންގެ މަސްލަހަތު އޮންނަކަންކަން ކުރިއަށްޖައްސައި، އެހެން ކަންކަމަށް ރަސްމީ ހައިސިއްޔަތުންނާއި، ނުރަސްމީގޮތުން އަސަރުފޯރުވައި، […]
އިރާނާއެކު ގުޅުން އައުކުރުމަށް ބަހްރޭނުން އެދުނީ ރަޝިއާ މެދުވެރިކޮށް

އިރާނާއެކު ޑިޕްލޮމެޓިކް ގުޅުންތައް އައުކުރުމަށް ބަހްރޭނުން އެދިފައިވަނީ ރަޝިއާ މެދުވެރިކޮށްގެންނެވެ. ރައީސްގެ ތަރުޖަމާނު މުހައްމަދު ޖަމްޝީދީއާއި ހަވާލާދީ އިރާނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަހްރޭނު ސަރުކާރުގެ އިސް ބައެއް ބޭފުޅުންވަނީ އިރާނާއި އެކު ގުޅުން ބަދަހިކުރުމުގެ ވާހަކަތައް ދައްކަމުންނެވެ. އިރާނާއި ބަހްރޭނާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ނޯންނަތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. މިގޮތުން، ބަހްރޭނުން އިރާނާއެކު ޑިޕްލޮމެޓުކް ގުޅުން ކަނޑާލާފައިވަނީ 2016 ވަނަ އަހަރު ސައުދީ އަރަބިއާއާއި އިރާނާއި ދެމެދު ޖެހުނު މައްސަލައަކަަާއި ގުޅިގެންމެވެ. އަދި ބަހްރޭނުންވަނީ […]
ފްރާންސްގެ ޕާލިމެންޓް އުވާލައި، ޖޫންމަހުގެ ނިޔަލަށް އިންތިހާބެއް ބާއްވަނީ

ޔޫރަޕިއަން ޕާލިމެންޓްގެ އިންތިހާބުގައި ފްރާންސްގެ ރައްޔިތުން ވޯޓުދިން ގޮތާއި މެދު ނުރުހުންވެ ފްރާންސްގެ ޕާލިމެންޓް އުވާލައި، އައު މެންބަރުން އިންތިހާބުކުރުމަށް ވޯޓުނެގުން މި ޖޫން މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ފްރާންސްގެ ރައީސް އިމްނުއެލް މެކްރޯން ނިންމަވައިފިއެވެ. އާދިއްތަދުވަހު ވާހަކަދައްކަވަމުން މެކްރޮން ވިދާޅުވެފައިވަނީ، އެއްބައިވަންތަ، ވަރުގަދަ، އަދި މިނިވަން ޔޫރަޕަކީ ފްރާންސްގެ މުސްތަގުބަލަށް އެންމެ ރަނގަޅު ގޮތް ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމެއް ކަމަށާއި، އެނޫންގޮތެއް ގަބޫލުކުރެވޭކަށް ނެތްކަމަށެވެ. “ނެޝަނަލިސްޓުންނާއި ޑެމަގޮގުން އިތުރުވުމަކީ ގަުއމަށް އޮތް […]
އިންޑިއާގައި ތައްޔާރުކުރާ ބޮންތަކެއް ބޭނުންކޮށްގެން ފަލަސްތީނަށް ހަމަލާދެނީ

އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ބޮމުގެ ހަމަލާތަކުގައި އިންޑިއާއިން ތައްޔާރުކޮށްފައިވާ ބޮންތަކެއް ބޭނުންކުރަމުން ގެންދާކަން ހާމަވެއްޖެއެވެ. މިގޮތުން، އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާގައި ހުރި ޔޫއެން ޝެލްޓަރ އަކަށް ވައްޓާލި ބޮމެއް ގޮވުމަށްފަހު އޭގެ ބައިތަކުން “މޭޑް އިން އިންޑިއާ” ތައްގަނޑުވަނީ ފެނިފައެވެ. ސޯޝަލްމީޑިއާގައި ވައިރަލްވި ވީޑިއޯއަކުން ބޮން ގޮއްވާލި ސަރަހައްދު ފެންނައިރު، ނުސެއިރަތުގައި ހުރި މިއިމާރާތް ބިމާއި ހަމަވެފައިވާތަން ފެނެއެވެ. މިއީ ޔޫއެންއާރްޑަބްލިއުއޭ އިން ނުސެއިރަތުގައި ހަދާފައި ހުންނަ ސްކޫލެއް ނަމަވެސް، އެތަން ބޭނުންކުރަމުންދިޔައީ 6000 އަށްވުރެ […]