ސިންގަޕޫރު ރައްޔިތުންގެ ކެއުމުގައި “އެޑިބަލް” ފަނިފަކުސަ ހިމެނުމަށް ބިލް ގޭޓްސް ބާރު އަޅަނީ!

މަހުޖަނަކަށްވީނަމަވެސް، ބިލް ގޭޓްސް އެދޭ ހުރިހާ ކަމަކީ ދުނިޔޭގެ އެންމެ ގަބޫލުކުރަންޖެހޭ ކަންކަމެއް ނޫނެވެ. ގުދުރަތީ ހޮތުން ލިބެން ހުންނަ އެއްގަމު މަހުގެ ބާވަތްތަކުގެ ބަދަލުގައި، ތައްޔާރީ މަސްތަކާއި، ކެވޭ ފަނިފަކުސަ ބާޒާރުތަކަށް ނެރެ، އެތަކެތި ނޫންގޮތެއް ނޯންނަ ގޮތައް ބާޒާރު ބަދަލުކުރުމަށް ބިލް ގޭޓްސް މަސައްކަތް ކުރާތާ އެތަކެއް އަހަރުތަކެއް ވެއްޖެއެވެ. އެގޮތުން، ތައްޔާރީ މަހާއި ކާނާއަކީ މުސްތަގުބަލުކަމަށް ބުނެ، ދަނޑުވެރި، ހުއިހައްޕާ ގައުމުތަކުން ގެރިފަދަ ނައަމްސޫފި ގެންގުޅުން މަނާކުރުމަށް ގޭޓްސް ބާރު އަޅާފައިވާއިރު، އޭނާގެ […]

ހަމާސްއާއި އެއްކޮޅު ޕޯސްޓުތައް ނަގަމުންދާތީ ތުރުކީއިން އިންސްޓަގްރާމް ބޭނުންނުކުރެވޭ ގޮތް ހަދައިފި

 ހަމާސް އާއި އެއްކޮޅަށް ލިޔަމުންދާ ޕޯސްޓުތައް ނުފެންނަ ގޮތައް ނަގަމުންދާތީ ތުރުކީއިން ސޯޝަލް މީޑިއާ ޕްލެޓްފޯރމް، އިންސްޓަގްރާމް ބޭނުންނުކުރެވޭ ގޮތް ހަދައިފިއެވެ.   އިންސްޓަގްރާމުން ނަގަމުން ގެންދިޔަ ޕޯސްޓުތަކާއެކު އެޕަށް ބާރު ބޮޑުވެ، ބުދަ ދުވަހު އެޕް ބޭނުންނުކުރެވޭ ގޮތަށް ވަނީ ބުރޫއުވެސް އަރާފައެވެ.   ތުރުކީގެ މި ނިންމުން އައިސްފައިވަނީ ފަލަސްތީނު މުޖާހިދީންގެ ގްރޫޕެއް ކަމަށްވާ ހަމާސްގެ ރޫހާނީ ލީޑަރު، އިސްމާއީލް ހަނިއްޔާ އިޒްރޭލުން ޝަހީދުކޮށްލުމާއި ގުޅިގެން ތައުޒިޔާގެ މެސެޖުތައް ސޯޝަލް ވިއުގަތަކަށް ބަންޑުންކޮށްލުމުންނެވެ. ތުރުކީގެ މުވާސަލާތާއި ބެހޭ […]

ވެނެޒުއޭލާ އިންތިހާބުގައި ފަލަސްތީނަށް ތާއީދުކުރައްވާ މަޑޫރޯ ކާމިޔާބުކުރެއްވުން، އެމެރިކާއަކަށް ހަޖަމެއް ނުވި!

ވެނެޒުއޭލާގެ ދަށުފަންތީގެ ރައްޔިތުންނާއި އާންމުންގެ މެޖޯރިޓީ ތާއިދު ލިބި ރިޔާސީ އިންތިހާބުގައި ރައީސް މަޑޫރޯ ވަނީ ކުރިހޯއްދަވާފައެވެ. ކުރީގެ ރައީސް ހޫގޯ ޗާބޭޒް ފަދައިން މަޑޫރޯވެސް ގަބޫލުކުރައްވަނީ އިޒްރޭލަކީ ޓެރަރިސްޓް ސްޓޭޓެއް ކަމަށެވެ. އަދި މެދު އިތުމަތީގެ އާންމު އެތައް ރައްޔިތެއްގެ މަރުގެ ޒިންމާ އެމެރިކާއިން ނަގަންޖެހޭނެކަމަށްވެސް އޭނާ ގަބޫލުކުރައްވައެވެ.   އެހެންކަމުން، އެންމެ ފަހުން ވެނެޒުއޭލާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު މަޑޫރޯ ކާމިޔާބުކުރެއްވުމަކީ އެމެރިކާއަށް އުފާވެރި ހަބަރަކަށް ނުވިއެވެ. މީގެ އިތުރުން، އީލޮން މަސްކް ފަދަ މަހުޖަނުންވެސް […]

ޓާގެޓް ހަމަލާތައް އިތުރު ކުރާނެ ކަމަށްބުނެ ހިޒްބުއްލާ އިން އިޒްރޭލަށް އިންޒާރުދީފި

ލުބުނާނުގެ އާންމުންނަށް އިޒްރޭލުންދޭ ހަމަލާތައް އިތުރުކުރުމާއެކު، ހަމަލާތައް ވަރުގަދަކޮށް، ކުރިން ހަމަލާނުދޭ ތަންތަނަށް ހަމަލާތައް ޓާގެޓްކުރަން ފަށާނެ ކަމަށް ބުނެ ލުބުނާނުގެ މުޖާހިދުންގެ ޖަމިއްޔާއެއް ކަމުގައިވާ ހިޒްބުއްލާއިން އިޒްރޭލަށް އިންޒާރުދީފިއެވެ.  ހިޒްބުއްލާގެ ވެރިޔާ، ހަސަން ނަޞްރުﷲ ގެ އިންޒާރު އައިސްފައިވަނީ ބުދަ ދުވަހު އާންމުކޮށް ފެންނަގޮތައް ދިން ބަސްދީގަތުމެއްގައެވެ. މިއިންޒާރަށްފަހު، އިޒްރޭލާއި ހިޒްބުއްލާގެ ކުރިމަތިލުންތައް އިތުރުވެ، ސަރަހައްދީ ހަނގުރާމަ ބޮޑުވެދަަނެ ކަމުގެ ކަންބޮޑުވުން މިވަނީ އުފެދިފައެވެ.  އިޒްރޭލުގެ އެންމެ ފަހުގެ ހަމަލާތަކުގައި އާންމުންގެ 8 މީހަކު ޝަހީދުކޮށްލާފައިވާކަން ފާހަގަކޮށް    ނަޞްރުﷲ ބުނެފައިވަނީ، […]

ހަރުކަށި ކަމަށް ބުނެ ޖަރުމަނުގެ މުސްލިމް ޖަމިއްޔާއެއް ހިންގުން މަނާކޮށްފި

ހަރުކަށި ފިކުރު ގެންގުޅޭކަމަށާއި، އިރާނާއި ހިޒްބުއްލާއަށް ތާއީދުކުރާކަމަށް ބުނެ ޖަރުމަނުވިލާތުން އެގައުމުގައި ހަރަކާތްތެރިވާ މުސްލިމް ޖަމިއްޔާއެއް ހިންގުން މަނާކޮށްފިއެވެ. ޖަރުމަނުވިލާތުގެ ފެޑްރަލް މިނިސްޓްރީ އޮފް އިންޓީރިއަރ އެންޑް ކޮމިއުނިޓީއިން އެގައުނުގެ ގާނޫނާއި ގަވާއިދާ ޚިލާފުކަމަށް ބުނެ، އިސްލާމިކް ސެންޓަރ ހެމްބާރގް (އައިއެޗްޒީ) ނަމަކަށް ކިޔާ ޖަމިއްޔާގެ ހަރަކާތްތައް މަނާކޮށްފައިވަނީ ބުދަ ދުވަހުއެވެ. “މިއަދު ސަރުކާރުން ވަނީ ‘އިސްލާމިސްޓް-އެކްސްޓްރީމިސްޓް’ ޖަމިއްޔާ އެއްކަމަށްވާ އައިޒީއެޗް ހިންގުން މަނާކުރާ އަމުރެއް ނެރެފަ. އިސްލާމިސްޓް މި ފިކުރަކީ އިންސާނީ ކަރާމަތާއި، އަންހެނުންގެ ހައްޤުތަކަށާއި، […]

އިންޑޮނޭޝިއާއިން ”ގޯލްޑެން ވިސާ“ ތައާރަފްކޮށްފި

އިޤްތިޞާދު ކުރިއަރުވައި، އައިސްފައިވާ ހީނަރުކަން ފޫބެއްދުމަށްޓަކައި ބޭރުގެ އިންވެސްޓަރުންގެ ސަމާލުކަން ހޯދުމަށް އިންޑޮނޭޝިއާއިން ”ގޯލްޑެން ވިސާ“ގެ ނަމުގައި ދިގު މުއްދަތަކަށް ލިބޭ ވިސާއެއް ތައާރަފްކޮށްފިއެވެ.  އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ބުރާސްފަތި ދުވަހު އިފްތިތާހު ކޮށްދެއްވި ވިސާއާއި އެކު، ބޭނުންވާ ފަރާތްތަކުން 5 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް އެގަުއުމުގައި އުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން ދޭ 5 އަހަރުގެ ވިސާއަކީ، 2.5 މިލިއަން ޑޮލަރުގެ ކުންފުންޏެއް އިންޑޮނޭޝިއާގްއި ރަޖިސްޓްރީ ކުރާ ފަރާތްތަކަށްދޭ ވިސާއެކެވެ. އަދި […]

އިޒްރޭލުގެ އެއަރބޭސްއެއް ދައްކާލާ ވީޑިއޯއެއް ހިޒްބުއްލާއިން އާންމުކޮށްފި

އިޒްރޭލުގެ ރަމަތް ޑެވިޑް އެއަރބޭސްގެ އެއަރ ޑިފެންސް ފެސިލިޓީތަކާއި، އުޅަނދުފަހަރާއި، ތެޔޮ ރައްކާކުރާ ގުދަންތައް ފެންނަ ވީޑިއޯއެއް ލުބުނާންގެ މުޖާހިދުންގެ ގުރޫޕެއް ކަމަށްވާ ހިޒްބުއްލާއިން އާންމުކޮށްފިއެވެ.  އިޒްރޭލުގެ މި ބޭސްއަކީ، އިޒްރޭލުން ވެރިވެގަނެގެން އުޅޭ ސަރަހައްދުގެ ބޯޑަރުގެ 30 މޭލު ނުވަތަ 50 ކިލޯމީޓަރު އެތެރޭގައި އޮންނަ ބޭސްއެކެވެ.  އާންމުވި ވީޑިއޯގައި ނިރުބަވެރި ސިފައިންގެ ދިފާޢީ ހާއްސަ އިމާރާތްތައް ފާހަގަކޮށް ބުނެދީފައިވާއިރު، އިޒްރޭލުގެ ޝޯޓް-ރޭންޖް އަޔަން ޑޯމް ޑިފެންސް ސިސްޓަމް ހުރިތަންވެސް ވަނީ ދައްކާފައެވެ.  އެގޮތުން ހިޒްބުއްލާ […]

ތުރުކީއިން އިންޑިއާއަށް ސަލާމަތީ ހަތިޔާރު ބޭރުކުރުން ހުއްޓާލައިފި

ތުރުކީ ސަރުކާރުން އިންޑިއާއަށް ސަލާމަތީ ހަތިޔާރު ފޮނުވުން ހުއްޓާލައި، ސިއްރު ”ބްލޭންކެޓް ބޭން“ އެއްގެ ދަށުން އަމަލުކުރަން ފަށާފައިވާކަމަށް ޚަބަރުތަކުން ބުނެފިއެވެ. އާންމުކޮށް ނުވަދެވޭގޮތަށް ބަންދުކޮށްގެން 10 ޖުލައި 2024 ގައި ކުރިއަށް ގެންދިޔަ ތުރުކީގެ ޕާލިމެންޓުގެ ފޮރިން އެފެއަރސް ކޮމިޓީގެ ޔައުމިއްޔާއާއި ހަވާލާދީ އެނގޭގޮތުގައި، ތުރުކީގެ ސަލާމަތީ ޚަތިޔާރާއި ބެހޭ އެންމެ ބޮޑު ވުޒާރާ، އެސްއެސްބީގެ ޗެއަރމަން މުސްޠަފާ މުއްރަތް ޝެކަރް ވަނީ ސަރުކާރުގެ ސިއްރު ސިޔާސަތުގެ ވާހަކަ ކޮމިޓީއާއި ހިއްސާކޮށްފައެވެ. އެގޮތުން، ޝެކަރް ހިއްސާކުރި […]

ޓެލްއަވީވަށް ޔަމަނުގެ ހޫތީން ޑްރޯން ހަމަލާއެއްދީފި 

ޓެލްއަވީވަށް ޑްރޯން ހަމަލާއެއް ދީފައިވާކަމަށް ޔަމަނުގެ ހޫތީ މުޖާހިދުން ބުނެފިއެވެ.  ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޓެލްއަވީވުގެ އެންމެ ބާރުބޮޑު ސަރހައްދަށް އިރާނުން އުފައްދާފައިވާ ލޯންގް-ރޭންޖް ޑްރޯނެއް ވައްޓާލާފައިވާއިރު، މި ހަމަލާގައި އެކަކު މަރުވެ، ހަތަރު މީހަކު ޒަހަމްވެފައިވާކަން އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.  މިގޮތުން، ސޯޝަލް މީޑިއާގައި ދައުރުވި ހަމަލާގެ ފުޓެޖުން ފެންނަގޮތުގައި، ހަމަލާ އައިސްފައިވަނީ ކަނޑުން ކަމުން، އެއަރ ރެއިޑް ސިސްޓަމްތަކަށް ޑްރޯން ފާހަގަކުރެވިފައެއް ނުވެއެވެ. ހަމަލާ ދީފައިވަނީ، އިޒްރޭލުން ލުބުނާނުގެ ހަޒްބުﷲ މުޖާހިދުންގެ […]

އެއަރބަސް އަދި ބޯއިންގް ފްލައިޓްތައް ރައްކާތެރިއެއްނޫން!

އެއަރބަސް އަދި ބޯއިންގްގެ ފްލައިޓްތަކުގެ ރައްކާތެރިކަން ކުޑަވެފައިވާކަމަށް ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓުކޮށްފިއެވެ. ފްލައިޓްތަކުގެ ބައިތައް ހެދުމަށް އަސްލު ޓައިޓޭނިއަމްގެ ބަދަލުގައި، ފަސޭހައިން ލިބެންހުންނަ އަގުހެޔޮ އެހެން މައުދަންތަކާއި، އަސްލުކަމުގެ ސެޓްފިކެޓް ނެތް، ކައުންޓަރފީޓް މައުދަންތައް ބޭނުންކުރާތީ އެއަރބަސް އަދި ބޯއިންގް ފްލައިޓްތަކުގެ ރައްކާތެރިކަން ކުޑަވެފައިވާ މައްސަލައެއް ޔޫއެސް އެއަރ ސޭފްޓީ ރެގިއުލޭޓަރުން ބަލަމުން އަންނަ ކަމަށް ފައިނޭޝަލް ޓައިމްސް އިން ރިޕޯޓުކޮށްފިއެވެ. މިގޮތުން، މިމައްސަލަ ފެންމަތިވެފައިވަނީ ފްލައިޓްތަކުގެ ބައިތައް ހެދުމަށް ބޭނުންކުރި ދަގަނޑުން ”ކޮރޯޝަން ހޯލް“ […]