ހަމާސް އައްޔަށް ނެރެން އޮތް އެންމެ އިންސާފުވެރި ގޮތަކީ ޣައްޒާ ރައްޔިތުން ބަނޑަށްޖެއްސުން: އިޒްރޭލު މިނިސްޓަރު

ހަމާސްއިން ރަހީނުކޮށްފައި ތިބި ފަރާތްތައް ދޫކޮށްލުމަށް މަޖުބޫރުކުރެވޭނެ އެންމެ އިންސާފުވެރި އެންމެ ހަމަ ގޮތަކީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި މަނާކޮށް ބަނޑަށް ޖައްސައިގެންކަމަށާއި، އެހެންނަމަވެސް ދުނިޔޭގެ ނުރުހުމާއި ރުޅިވެރިކަން އަމާޒުވާނެތީ އެކަން ކުރެވެން ނެތްކަމަށް އިޒްރޭލުގެ މާލީ ވަޒީރު، ބިޒާލެލް ސްމޮޓްރިޗް ބުނެފިއެވެ.  ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ވައްދާ ދޮރުތައް ބަލަހައްޓަނީ އިޒްރޭލުންނެވެ  ނަމަވެސް އެތަކެތި ބެހުމާއި ހަވާލުވެ ތިބީ ޣައްޒާތެރޭގައި ތިބި އިންސާނީ އެހީދޭ ޖަމިއްޔާތަކުގެ ވަފްދުތަކުންނެވެ   ހަރުކަށި ކަނާއަތުގެ ސިޔާސީވެރީން ބޭއްވި މަހާސިންތާއެއްގައި […]

ފެތުރެމުންދިޔަ އަލިފާންގަނޑުން ސަލާމަތްވެވުނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ގޮސްގެން!

ވައިގަދަވުމުގެ ސަބަބުން ގްރީސްގެ ވެރިރަށް އެތެންސްގެ ބޭރުގައި ބާރަށް ފެތުރެމުންދިޔަ އަލިފާންގަނޑުގައި ގަސްތަކާއި، އެއްގަމު އުޅަނދުތަކާއި، ގެތައް އަނދަމުންދިޔައިރު، މީހުން ސަލާމަތްވެފައިވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދަތުރުކޮށްގެންނެވެ.  މިގޮތުން، މެންދުރުފަހު 3:00 ރޯވި މިއަލިފާންގަނޑު ނިއްވާލުމްށްޓަކައި 400 ފަޔަރފައިޓަރުންނާއި، 16 ވޯޓަރބޮމްބް ކުރާ މަތިންދާބޯޓާއި، 13 ހެލިކޮޕްޓަރުގެ އެހީގައި މަސައްކަތްކޮށްފައިވާއިރު، އެތެންސްގެ 35 ކިލޯމީޓަރު ބޭރުގައި އޮންނަ 1800 މީހުންގެ އާބާދީއެއް އޮންނަ ވަރްނަވާސް އަވަށަށް އަލިފާންގަނޑުވަނީ ފޯރާފައެވެ. އަދި އިރުއޮއްސުމުން ފަޔަރފައިޓިންގް އުޅަނދުތަކުގެ މަސައްކަތް ހުއްޓާލުމާއެކު، ހުޅުގަނޑު […]

ރަޝިއާގައި ކްރިޕްޓޯކަރަންސީ މައިންކުރުން ހުއްދަކޮށްފި

  ރަޝިއާގައި ކްރިޕްޓޯކަރަންސީ މައިންކުރުން ހުއްދަކުރާ ގާނޫނެއް ރައީސް ވްލާޑިމިރް ޕުޓިން ސޮއިކުރައްވައި ތަސްދީގުކުރައްވައިފިއެވެ. ތަސްދީގުކުރެވުނު ގާނޫނުގެ ދަށުން ޑިޖިޓަލް ކަރަންސީ މައިންކުރުމުގެ އިތުރުން، މައިނިންގް ޕޫލްތަކާއި، މައިނިންގް އިންފްރާސްޓްރަކްޗަރއޮޕަރޭޓްކުރުމުގެ ހުއްދަ ވަނީ ލިބިފައެވެ. މީގެއިތުރުން، ކްރިޕްޓޯ މައިންކުރުމުގައި ބައިވެރިވާ ފަރާތްތަކުގެ ހައްޤުތަކަކީ ކޮބައިކަމާއި އެފަރާތްތަކަށް މަނާކަންކަމަކީ ކޮބައިކަން އެ ގާނޫނުގައި ވަނީ ލިޔެފައެވެ. މިގޮތުން، ކްރިޕްޓޯކަރަންސީ މައިންކުރުމަކީ ޑިޖިޓަލް ފައިސާ ހޯދުންކަމުގައި ނުބެލެވޭނެ ކަމަށާއި، ބެލެވޭނީ ވިޔަފާރިކުރުމުގެގޮތުގައެވެ. އައު ޤާނޫނުގެ ދަށުން ކްރިޕްޓޯކަރަންސީ މައިން ކުުރުމުގެ […]

ބަލްގެރިއާގެ މަޖިލީހުން ސްކޫލްތަކުގައި އެލްޖީބީޓީކިއު ޕްރޮޕެގެންޑާ ފެތުރުން މަނާކޮށްފި

 ބަލްގޭރިއާގެ ސްކޫލްތަކުގައި ޖިންސު ބަދަލުކުރުމާއި، އެހެންވެސް އާންމު ގޮތެއްގައި ގަބޫލުނުކުރާ ޖިންސީ ފިކުރުތަކާއި ބެހޭ ޕްރޮޕެގެންޑާ ފެތުރުން އެ ގައުމުގެ މަޖިލީހުން މަނާކޮށްފިއެވެ.  އެ ބިލް މަޖިލީހަށް ހުށައަޅާފައިވަނީ ރަޝިއާއަށް ތާއީދުކުރާ ރިވައިވަލް ޕާޓީިއިން ކަމުގައި ވީނަމަވެސް، ޚިޔާލު ހުށައެޅުމަށް ދިން ފުރަތަމަ އަދި ދެވަނަ ފުރުސަތުގައި ހުޅަނގަށް ތާއީދުކުރާ ފެކްޝަންތަކުގެ ސަޕޯޓުވެސް އެ ބިލަށް ވަނީ ލިބިފައެވެ.   މިގޮތުން، ޕްރީސްކޫލް އަދި މަދަރުސީ ތައުލީމާއި ބެހޭ ޤާނޫނަށް އިތުރުކުރި އިސްލާހުން “އާންމުގޮތެއްގައި ގަބޫލުކުރާ ޖިންސީ މައުލޫމާތާއި ޚިލާފު […]

ގޫގްލްއިން އޮންލައިން ސާރޗް މޮނޮޕޮލީ ހިންގަނީ ގާނޫނާއި ޚިލާފަށް: ކޯޓު

އެމެރިކާގެ ބޮޑު ޓެކް ކުންފުންޏެއް ކަމަށްވާ، ގޫގްލްއިން އޮންލައިން ސާރޗް މޮނޮޕޮލައިޒް ކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް އެމެރިކާގެ ކޯޓަކުން ނިންމައިފިއެވެ. ޔޫއެސް އެންޓި-ޓްރަސްޓް ވުޒާރާތަކުން ބޮޑެތި ޓެކް ކުންފުނިތަކާއި ދެކޮޅަށް ހުށައެޅި ގިނަ ގާނޫނީ މައްސަލަތަކެއް ކޯޓުތަކުގައި ހިނގަމުންދާއިރު، ގޫގްލައާއި ދެކޮޅަށް ނެރުނު އަމުރުވެގެން ގޮސްފައި ވަނީ އެ ވުޒާރާތަކަށް ލިބުނު ބޮޑު ކާމިޔާބީ އަކަށެވެ. އެމެރިކާގެ އިންސާފާއި ބެހޭ ވުޒާރާއިން 2020 ވަނަ އަހަރު ބަލަން ފެށި މި މައްސަލައިގައި ބުނީ، ގޫގްލައިން ސާރޗް މާރކެޓުގެ […]

މެލޭޝިއާއަށް ޖުލައިމަހު އެކަނިވެސް 1 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް!

މެލޭޝިއާ ރިންގިޓްގެ އަގު ބާޒާރުގައި މައްޗަށް ދިޔުމާއެކު ގިނަ އިންވެސްޓްރުންތަކެއްގެ ސަމާލުކަން ވަނީ ހޯދާފައެވެ. މިގޮތުން، މެލޭޝިއާގެ ބޮންޑުތަކުގެ މަގުބޫލުކަން އިތުރުވެއްޖެއެވެ.  ބްލޫމްބާރގުން ބުނެފައިވަނީ ޖުލައި މަހުގައި ބޭރުގެ އިންވެސްޓަރުންގެ ފަރާތުން 5.5 ބިލިއަން ރިންގިޓް މެލެޝިއާގެ ބާޒާރަށް ވައްދައިދިނެވެ. މިއީ އަހަރެއްގެ ތެރޭގައި މިގޮތައް ލިބުނު އެންމެ ބޮޑު އަދަދު ލިބުނު މަހެވެ.  މިގޮތުން، އޭޝިއާ މިޑްލް އީސްޓް ސެންޓަރގެ ތިންކް ޓޭންކްގެ ފޮރިން އިންވެސްޓްމަންޓް އިންޓެލިޖެންސް ޔުނިޓުގެ މެންބަރެއް އަދި، އެސެންޓަރުގެ ސީނިއަރ ފެލޯއެއް ކަމުގައިވާ […]

ޔޫއޭއީ ގޯލްޑެން ވިސާގެ މަގުބޫލުކަން އިތުރުވުމާއެކު ބޭންކުތަކަށް ވަންނަ ފައިސާ އިތުރުވެއްޖެ

ޔޫއޭއީގެ 10 އަހަރުގެ ރަށްވެހިކަން ހޯދުމުގެ ފުރުސަތު އޮންނަ، ގޯލްޑެން ވިސާގެ މަގުބޫލުކަން މަހުޖަނުންގެ މެދުގައި އިތުރުވެ، އެކުވެރި އަރަބި އިމާރާތައް މީހުން ހިޖުރަކުރާ މިންވަރު އިތުރުވެފައި ވާކަން ބޭންކަށް ވަންނަ ޑިޕޮސިޓް ފައިސާގެ އަދަދުތަކުން އެނގޭކަމަށް އެގައުމުގެ ބޭންކުތަކުން ބުނެފިއެވެ.  މިގޮތުން، މި ވިސާ ހޯދުމަށްޓަކައި ޔޫއޭއީގެ ބޭންކުތަކަށް 2 މިލިއަން ދިރުހަމްގެ ޖުމްލަ އިންވެސްޓްމަންޓް މަދުވެގެން 2 އަހަރު ދުވަސްވާންދެން މެދުނުކެނޑި ކުރަން ޖެހެއެވެ. އަދި ދިގުމުއްދަތައް އެތަނުގައި ދިރިއުޅެފައިވާކަމުގެ ހެކީގެ ގޮތުގައި ބޭންކުން […]

ޝެއިޚް ޙަސީނާ: ޑިމޮކްރަސީގެ ދަޅަ ދައްކައިގެން އުޅުއްވި ޚުދުމުޚުތާރުވެރިއެއް!

ބަންގްލަދޭޝްގެ ކިޔަވާކުދިން ކުރަން ފެށި މުޒާހަރާއެއް ބޮޑުވެ، މުޅި ގައުމުގެ އެތައް ބަޔަކު ނުކުމެ މެދުކެނޑުމެއްނެތި ކުރަމުންދިޔަ މުޒާހަރާތަކުގެ ނަތީޖާއެއްގެ ގޮތުން، އެގައުމުގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ ވާޒެދް އިސްތިއުފާ ދެއްވައި، ގައުމު ދޫކުރައްވާ ފިއްލަވައި ވަޑައިގެންފިއެވެ. މިގޮތުން، ހަސީނާ ފިއްލަވައި ވަޑައިގެންފައިވަނީ އިންޑިއާއަށެވެ. އެތަނުގެ ސަރުކާރުން އޭނާއަށް ވަނީ ހިމާޔަތްދީފައެވެ.  2009 ވަނަ އަހަރުއްސުރެ ވެރިކަމުގައި ހުންނެވި ޚުދުމުޚުތާރު ވެރިޔާ، ޝެއިޚް ހަސީނާ ވެރިކަން ކުރައްވަމުން ގެންދެވީ، ސަރުކާރުގެ ބޮޑުންނާއި، އަރިސް އާއިލާތައް ތަނަވަސްވެ، ކޮރަޕްޝަނުގެ […]

ދޮށީ އުމުރުގައިވެސް ބައެއްމީހުންގެ ހަށިގަނޑު “ފިޓް” ވުމުގެ ސިއްރަކީ ކޮބާ؟

އުމުރުން ދުވަސްވާއިރުވެސް ހަށިގަނޑު މުސްކުޅި ނުވާ މީހުން ދެކެމުހެއްޔެވެ؟ ޒުވާންކަމުގެ ކޯރުން ފެންވަރާ ބައެއް ފަދައިން، އުމުރުން 60 އަހަރުގައިވެސް، 40 އަހަރުގެ މީހެއް ފަދައިން ފެންނަ މީހުން އެބަތިއްބެވެ. އެމީހުންގެ ސިއްރަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެފަދައިން ޒުވާންކަން ދެމެހެއްޓުމުގެ ފަހަތުގައިވަނީ އާދައިގެ މަތިން ކޮންމެ ދުވަހަކު ކުރާ ބައެއް ކަންކަމެވެ. މިގޮތުން ދިރާސާވެރިންނަށް ފާހަގަކުރެވިފައިވާ 7 ކަމަކަށް ބަލާލާނަމެވެ.  1. ނިންޖަށް އަހައްމިއްޔަތުކަން ދިނުން ނިންޖަކީ އިންސާނެއްގެ ހަށިގަނޑަށް ބޭނުންވާ އެންމެ މުހިންމު އެކައްޗެވެ. އެ ނުލިބިއްޖެނަމަ […]

ރަޝިއާއިން ގޫގްލްއާއި، އެންޑްރޮއިޑް އަދި އައިއޯއެސް ބްލޮކްކުރުމަށް ތައްޔާރުވަނީ

ރަޝިއާގައި ގޫގްލްއާއި، އެންޑްރޮއިޑް އޮޕަރޭޓިންގް ސިސްޓަމުގެ އިތުރުން އެޕަލްގެ އައިއޯއެސްވެސް ބޭނުން ނުކުރެވޭގޮތަށް ބްލޮކްކުރުމަށް ތައްޔާރުވަމުން އަންނަކަން އެގައުމުގެ ޕާލިމެންޓް މެންބަރެއްކަމަށްވާ އެލެކްސެއީ ޑިޑެންކޯ ހާމަކޮށްފިއެވެ.  ޔޫޓިއުބްފަދަ ޚިދުމަތްތަކަށް ބަރޯސާ ނުވުމުނަށް އާންމުންނަށް ނަސޭޙަތްތެރިވަމުން ޑިޑެންކޯ ބުނެފައިވަނީ “ވަރަށް އަވަހަށް ގޫގްލް ބްލޮކްކޮށްލެވޭނެ” ކަމަށެވެ. އަދި އޭގެއިތުރުން، “ގޫގްލް އެންޑްރޮއިޑާއި އައިއޯއެސްވެސް ބޭނުންކުރުން ހުއްޓުވާނެ” ކަމަށާއި މިކަން ކުރާނީ އެއްބުރުން ނޫންކަމަށް އޭނާ ބުނެފައިވެއެވެ.   ގަބޫލުކުރެވޭ ގޮތުގައި، މިއީ ޗައިނާއާއި ރަޝިއާއާއި، އިރާނުން ގުޅިގެން އިޒްރޭލާއި އެމެރިކާއަށް ގޮންޖަހާލުމުގެ […]