2025 ވަނަ އަހަރު ނިމޭއިރު އިޒްރޭލާއެކު ސުލްހައިގެ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ސީރިއާ ސަރުކާރުން އިޝާރާތްކޮށްފި

އެޗްޓީއެސް އާއި އައިއެސްގެ ފަދަ އިސްލާމިސްޓް ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގައި މިހާރު އޮތް ސީރިއާ ސަރުކާރުން ކުރިއަށްދަނީ 2025 ވަނަ އަހަރު ނިމޭއިރު އިސްރާއީލާ އެކު ތާރީހީ ސުލްހައިގެ އެއްބަސްވުމަކަށް އަޔުމަށްކަމަށް ރިޕޯޓްތައް ބުނެއެވެ. މަޝްވަރާތައް ކުރިއަށްދާކަން ސީރިއާގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދީފައިވާއިރު، ދެ ފަރާތުންވެސް އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށާއި، އޭގެތެރޭގައި ފަހުގެ އަސްކަރީ ކެމްޕޭންތަކުގައި އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކުގެ ތެރެއިން މައުންޓް ހާރމަން ސަމިޓް ފަދަ ތަންތަނުން މަރުހަލާތަކަކަށް ބަހާލައިގެން ވަކިވުން ހިމެނޭކަމަށް ހަބަރުތައް ބުނެއެވެ. […]

އިންތިޚާބުގެ ޑިމާންޑްތަކުގެތެރޭގައި ސާބިއާގައި ސަރުކާރާ ދެކޮޅު މުޒާހަރާވެރިން ބެރިކޭޑްތައް ހަދައިފި

އިންތިޚާބުގެ ޑިމާންޑްތަކުގެ ތެރޭގައި ސާބިއާގައި ސަރުކާރާ ދެކޮޅު މުޒާހަރާވެރިން ބެރިކޭޑްތައް ހަދައިފިއެވެ. އާދީއްތަ ދުވަހުގެ ހަވީރު ބެލްގްރޭޑް އާއި ނޮވީ ސާޑް ސިޓީތަކުގައި ސަރުކާރާއި ދެކޮޅު މުޒާހަރާވެރިން ބެރިކޭޑްތައް ޖަހައި، ސާބިއާގައި އާ އިންތިޚާބެއް ބޭއްވުމަށް ގޮވާލާ ބޭއްވި ބޮޑު އެއްވުމަކާއި ގުޅިގެން ގައުމުވަނީ ހަލަބޮލިވެފައެވެ. ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި މުޒާހަރާގެ ހަރަކާތަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނޮވީ ސާޑްގައި އަލަށް މަރާމާތުކުރި ރޭލު ސްޓޭޝަނެއްގައި ކޮންކްރީޓް ކެނޮޕީއެއް ވެއްޓި 16 މީހުން […]

ބޭބީ ސިޓަރ އެނދު ދަށް ބެލީ ”މޮންސްޓަރ“ އެއް ފެނޭތޯ، ފެނުނީ އިންޓްރޫޑައެއް

ކުދިން ނިންދެވިއިރު، ރޫޓިން ޗެކެއްގެ ގޮތުގައި ފެށުނު ކަންތައްތައް ކެންސަސްގެ ބޭބީ ސިޓަރަކާއި އޭނާގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ބިރުވެރި ހުވަފެނަކަށް ބަދަލުވީ، ކުއްޖާ އެންމެ ބިރުގަންނަ ”މޮންސްޓަރ އަންޑަރ ދަ ބެޑް“ ވާހަކަ ހަގީގަތަކަށް ބަދަލުވުމުންނެވެ. ބާޓަން ކައުންޓީ ޝެރިފް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، ހޯމަ ދުވަހުގެ ހަވީރު ގްރޭޓް ބެންޑް ސިޓީގެ ބޭރުގައި ހުރި ގެއެއްގައި ހަމަނުޖެހުމެއް ހިނގައިގެން ޑެޕިއުޓީން ވަނީ ހަރަކާތްތެރިވެފައެވެ.އާންމުކޮށް ނަން ހާމަނުކުރާ، ކުދިން ބެލުމަށް ގެއަށް އައިސް […]

ދުނިޔެއަށް ނިއުކްލިއަރ އެންމެ ބޮޑު ނުރައްކަލެއް އޮތީ އެމެރިކާގެ ފަރާތުން: ޗައިނާ

ނިއުކްލިއަރ ގޮތުން ހުރި އާރާއި ބާރު ދައްކައިގެން އެމެރިކާއިން ބޭނުންވަނީ ދުބިޔޭގެ އެހެންގައުމުތަކަށް ބިރުދައްކަން ކަމަށް ޗައިނާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ. ނޫސްވެރިންނާއި ވާހަކަދައްކަމުން ޗައިނާގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު ޒޭންގް ޒިއާއޮގަންގް ބުނީ ގައުމަކަށް ނިއުކްލިއަރ ހަމަލާއެއް ދީފާނެކަމުގެ އެންމެ ބޮޑު ބިރެއް އޮތީ އެމެރިކާގެ ފަރާތުން ކަމަށެވެ. މިގޮތުން، ޗައިނާއިން އިތުރަށް ބުނެފައިވަނީ ބާރުގައި ދެމިތިބުމުގެ ވިސްނުމެއްގައި ތިބެ އެމެރިކާއިން “ޒިންމާދާރުކަންކުޑަ ނިންމުންތަކެއް” ނިންމަމުންގެންދާ ކަމަށާއި، އޭގެތެރޭގައި ބައިނަލްއަޤްވާމީ ދުނިޔެއަށް ނިއުކްލިއަރ ހަތިޔާރުގެ ބިރުދެއްކުން […]

އިޒްރޭލާއި ގުޅުން ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ: ވަލީއަހުދު ސަލްމާން

އިޒްރޭލާއި ގުޅުން ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެކަމަށް ގްބޫލުކުރައްވާކަމަށް ސައުދީ އަރަބިއާގެ ވަލީއަހުދު އަމީރު މުހައްމަދު ބިން ސަލްމާން އަލް ސަޢޫދު ވިދާޅުވެއްޖެއެވެ. އެމެރިކާގެ ތިން މަސްދަރަކާއި ހަވާލާދީ ޕޮލިޓިކޯ ނިއުސް މީޑިއާއިން ބުދަ ދުވަހު ރިޕޯޓުކޮށްފައިވާގޮތުގައި، މުސްލިމްދުނިޔޭގައި އިޒްރޭލާއި އެއްކޮޅު ގައުމުތަކުގެ އެންމެ އިސް ސަފުގައި ސައުދީ އަރަބިއާ އޮވެ، ސައުދީ ތެލުގެ އާމްދަނީ އިންވެސްޓްކުރުމުގެ ވައުދިތަކާއެކު މުސްލިމް އެހެން ގައުމުތައް އިޒްރޭލުގެ ފަހަތަށް ގެނައުމަށް ގެންދަނީ މަސައްކަތްކުރަމުންނެވެ. މީގެއިތުރުން، އިޒްރޭލުން ފަލަސްތީނުގައި […]

ތައިލެންޑުން ދައްކާ ވިސާތަކުގެ މަޅީގައި ޖެހި ގިނަ ބަޔަކު އެ ގައުމަށް ހިޖުރަކުރަނީ، ވިސާގެ ދުނިޔެއަށް މިއީ އައު ގޭމެއް ނޫން!

ކޮންޓެންޓް އުފައްދާ ފަރާތެއްކަމަށްވާ ސްޓީވް ލިމްއަކީ އެއް އިރެއްގައިވެސް ތައިލެންޑުގައި ދިރިއުޅެން ގަސްދުކުރި މީހެއް ނޫނެވެ. އެހެން ނަމަވެސް، 2022 ވަނަ އަހަރު އެމެރިކާގެ ނިއުޔޯކަށް ކުރަމުން ދިޔަ ދަތުރުގައި، ބެންގްކޮކްގައި ލޭއޯވާރއެއްގައި މަޑުކުރި މަޑުކުރުމުގެ ތެރެއިން، އޭނާގެ އެމެރިކާއަށް އެތެރެވުމަށް ހުއްދަދީ ލިބުނު ވިސާ ކެންސަލްވިއެވެ. އަދި ނިއުޒިލެންޑްގެ ރައްޔިތެއްކަމަށްވާ ލިމްއަށް ދެން ޖެހުނީ ބޮޑެތި ނިންމުންތަކެއް ނިންމާށެވެ. އެގޮތުން، ބީރަށްޓެހި ތައިލެންޑްގެ ވެއްޓަކީ މުޅިން އައު މާހައުލަކަށްވީއިރު، އެގައުމުވެސް އައީ ދުނިޔެއަށް ކުރިމަތިވި ޢާލަމީ […]

ހާލަތު ތަންދޭނަމަ ވުޒާރީ މިންގަނޑެއްގައި ސީރިއާއާއި ބައްދަލުކުރެވިދާނެ: ތުރުކީ

ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސީރިއާގެ ޚާރިޖީވުޒާރާއާއި، ތުރުކީގެ ޚާރިޖީ ވުޒާރާއިން ހާލަތު ތަންދޭނަމަ،ބައްދަލުކުރެވިދާނެކަމަށް، ތުރުކީގެ ޚާރިޖީ ވަޒީރު ޔާސިރު ގުލޭރުވިދާޅުވެއްޖެއެވެ. 2011 ވަނަ އަހަރުގެ ސީރިއާ ހަނގުރާމައަށްފަހު ތުރުކީއިން ސީރިއާއާއިއޮންނަ ގުޅުންތައް ކަނޑާލުމަށްފަހު، އަލުން ގުޅުންތައް ބަދަހިކުރުމަށްނިންމުމަށްފަހު، ސީރިއާގެ ރައީސް ބަޝާރު އަލްއަސަދަށް ތުރުކީއަށްވަޑައިގަތުމަށް ދައުވަތު އަރުވާނެކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބްއުރުދު ވިދާޅުވެފައިވަނީ ނިމިދިޔަ ހަފްތާގައެވެ. އެހެންނަމަވެސް، އަސަދްވިދާލުވީ، އެފަދަ ވާހަކަތައް ދެކެވޭނީ އަވަށްޓެރި ގައުމުތަކުންކޮންމެހެން މަޝްވަރާކުރަންޖެހޭ މައުޟޫއުތަކަށް މަޝްވަރާކުރެވިގެންކަމަށެވެ. އޭގެތެރޭގައި، ސީރިއާގެ […]

އިރާނުން އަމިއްލަ ސަލާމަތީކަންކަން ދިފާޢުކޮށް ރައްކާތެރިކުރުމަކީ އެ ޤައުމުގެ ހައްޤެއް: ޗައިނާ

އިރާނުން އެ ގައުމުގެ ”ސިޔާދަތާއި، ސަލާމަތީ ރައްކާތެރިކަމާއި، ގައުމުގެއަބުރު“ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ޗައިނާއިން ފުރިހަމަ އަށްތާއީދުކުރާކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވިދާޅުވެއްޖެއެވެ. ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޚާރިޖީވަޒީރު މިހެން ވިދޅުވެފައިވަނީ އިރާނުގެ ވަގުތީ ޚާރިޖީ ވަޒީރާއި ފޯނުންމުޚާތަބުކުރައްވަމުންކަމަށެވެ. މި ފޯނުކޯލުގައި، ވަންގް ޔީ ވަނީ، ޖުލައި 31 ވަނަ ދުވަހު އިރާނުގެވެރިރަށް ތެހްރާންގައި، ފަލަސްތީނުގެ މުޖާހިދުންގެ ޖަމިއްޔާއެއްކަމަށްވާ،ޙަމާސްގެ ރޫހާނީ ލީޑަރު އިސްމާޢީލް ހަނިއްޔޭއާއި އާއިލާ ޝަހީދުކޮށްލުންކުށްވެރިކޮށް ވާހަކަދައްކަވާފައެވެ. އެގޮތުން، އެހަމަލާއަކީ، […]

ޗައިނާގެ އޮޓޯ ބާޒާރުން ހާސިލްކުރަން ބޭނުންވި ލަނޑުދަނޑި ހާސިލްވެއްޖެ

ޖުލައި މަހުގައި ޗައިނާގައި ބޭއްވި އޮޓޯ ބާޒާރުގައި އެގައުމުން ވިއްކި އުޅަނދުތަކުގެ ދެބައިކުޅަ އެއްބަޔަކީ ކަރަންޓުން ދުއްވާ އުޅަނދު (އީވީ) އަދި ޕްލަގް އިން ހައިބްރިޑް އުޅަނދު ފަހަރުކަމަށް އެބާޒާރުގެ ވިޔަފާރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ބާޒާރުގެ ވިޔަފާރި ތަފާސްހިސާބުތަކުން ޓެކްނޮލޮޖީގެ ރޮނގުން ނަންކުރާ އެމެރިކާއަށްވުރެ ޗައިނާ އޮތީ އެތައް ދަރަޖައެއް ކުރީގައިކަން ހާމަވެއެވެ. ޗައިނާ ޕެސެންޖަރ ކާރ އެސޯސިއޭޝަން (ސީޕީސީސީ) އިން ބުނެފައިވަނީ، އޮޓޯ ބާޒާރުގައި ވިކުނު މުދަލުގެ 50.7 އިންސައްތަ އަކީ ކާރުކަނުގައިވާއިރު، އެނަރޖީ […]

ޔޫއެންގެ ކުރީގެ އިންސްޕެކްޓަރުގެ ގެ އެފްބީއައި އިން ރެއިޑްކޮށްފި

އެމެރިކާގެ ފެޑެރަލް އަދި ސްޓޭޓް ފުލުހުން ގުޅިގެން ޔޫއެންގެ ކުރީގެ ހަތިޔާރު އިންސްޕެކްޓަރު އަދި އެމެރިކާގެ މެރިން ސިފައިންގެ ތެރޭގައިވެސް ޚިދުމަތްކޮށްފައިވާ ސްކޮޓް ރިޓަރގެ ގެ ބަލައި ފާސްކޮށްފިއެވެ. ސްކޮޓް ބުނީ ފަލަސްތީނުގައި އިޒްރޭލުން ހިންގާ ޤަތުލުއާންމާއި ގުޅިގެން، އިޒްރޭލާއި ދެކޮޅަށް ބަސްބުނެ ޚިޔާލު ފާޅުކުރަމުން ގެންދާތީ، އަދި ސަރުކާރުގެ ދޮގުތައް ފަޅާއަރުވަމުންގެންދާތީ ސަރުކާރުން އޭނާ އަށް ޓާގެޓުކުރަމުން އަންނަ ކަމަށެވެ. އަލްބަނީގެ ދެކުނުން އޮންނަ ބެތްލެހެމް ޓައުންޝިޕް ގެ މަގަށް ފެޑެރަލް އަދި ސްޓޭޓް ސިފައިން […]