ބަންގްލަދޭޝްގެ ޝެއިޚް ހަސީނާ: ވެރިކަމަށް ފިއްލެވިތާ އަހަރެއް!

މުޒާހަރާކުރަމުންދިޔަ ފަރާތްތަކަށް ފިއްލަވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ގައުމުދޫކުރައްވާ އިންޑިއާއަށް ފިއްލެވިތާ އެއް އަހަރުވެފައިވާއިރު، ވަގުތީ ގޮތުން ވެރިކަމާއި ހަވާލުވި ލީޑަރު، ނޯބެލް ލޯރިއެޓް، މުހައްމަދު ޔޫނުސް އަދިވެސް އިންތިހާބު ބާއްވާނޭ ތާރީހެއް ކަނޑައަޅުއްވާފައެއް ނުވެއެވެ. “ނެޝަނަލް ސިޓިޒެން ޕާޓީ” އަކަށް ދެން އަންނަ އިންތިހާބެއް ކާމިޔާބު ކޮށްދިނުމަށް އޭނާ މަސައްކަތް ކުރައްވާކަމަށް ސިޔާސީ އިދިކޮޅު ލީޑަރުން ގެންދަނީ ތުހުމަތު ކުރަމުންނެވެ. ހައްގުތަކަށް ވަކާލާތުކޮށް އަޑު އުފުލާ ގްރޫޕްތަކުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާއިރު، ޑާކާގެ […]

ނިއު ޔޯކްގެ މެޓްރޮޕޮލިޓަން ސަރަހައްދަށް 3.0 މެގްނިޓިއުޑްގެ ބިންހެލުމެއް އަރައިފި

ހޮނިހިރު ދުވަހުގެ ރޭ 10:18 ހާއިރު ނިއު ޖާޒީގެ ހާސްބްރޫކް ހައިޓްސް ހިސާބުގަނޑަށް 3.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ރިޕޯޓުކޯށްފިއެވެ. މި ބިންހެލުން އައިސްފައިވަނީ ގާތްގަނޑަކަށް ބިމުގެ 6.2 މޭލު (10 ކިލޯމީޓަރު) ގެ އަޑިންނެވެ. ނިއު ޖާޒީގެ އުތުރު، ނިއުޔޯކް ސިޓީގެ، މެންހަޓަން، ބްރޫކްލިން، އަދި ސްޓޭޓެން އައިލެންޑް ހިމެނޭ ގޮތަށް އަދި ކޮނެކްޓިކަޓްގެ ބައެއް ހިސާބުތަކަށް ބިންހެލުމުގެ އަސަރުކޮށްފައިވާއިރު، އާންމުންގެ އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ އިމާރާތަކަށް […]

ފަތުރުވެރިކަމުގެ ގަވާއިދުތަކާއި ޚިލާފުވެގެން މައްކާގެ 25 ހޮޓަލެއް ބަންދުކޮށްފި

ސައުދީ އަރަބިއާގެ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޖުލައި މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ގަވާއިދުތަކާއި ޚިލާފުވެފައިވާކަމަށް ގަބޫލުކުރެވޭ މައްކާގެ 25 ހޮޓަލެއް ބަންދުކޮށްފިއެވެ. މިތަންތަން ބަންދުކުރީ އަޅުކަމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ހިމާޔަތްކޮށް، ގަވާއިދުތަކަށް އަމަލުކުރާކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަން ކެމްޕޭންތަކެއްގެ ތެރެއިންނެވެ. މިގޮތުން، ހުންނަންޖެހޭ ލައިސެންސްތަކާއި ހުއްދަތައް ނެތި ހިންގަމުންދިޔަ ތަންތަނާއި، ސާފުތާހިރުކަމުގެ މިންގަނޑުތަކާއި، މެއިންޓެނަންސް ފެންވަރު ދަށް ތަންތަނުގެ އިތުރުން، ހުންނަންޖެހޭ ސަލާމަތީ މިންގަނޑުތަކާއި އެއްގޮތަށް ނުހިންގާ ތަންތަންވެސް އެވުޒާރާއިން ވަނީ ބަންދުކޮށްފައެވެ. ”މީގެއިން ދައްކުވައިދެނީ […]

އާ ސުޕަމޭން ފިލްމުގައި ފަލަސްޠީނަށް ތާޢީދުކުރުމާގުޅުވާ މެސެޖެއް!

އާ ސުޕަމޭން ފިލްމުގައި ފަލަސްތީނަށް ތާއީދުކޮށް މެސެޖެއް ފޮނުވާފައިވާކަމަށް ބުނާ ވާހަކަތަކެއް ފެތުރިއްޖެއެވެ.މިގޮތުން، އެ ފިލްމާއި ގުޅިގެން ބެލުންތެރިން ބުނަނީ މި ފިލްމުގައި ފަލަސްތީނަށް ތާއީދުކުރާ ފޮރުވިފައިވާ މެސެޖެއް އެބައޮތް ކަމަށެވެ. އެއް ބެލުންތެރިއަކު ކަމަށްވާ އިވާން، ލެޓަރބޮކްސްޑްގައި މި ފިލްމަށް ފުރިހަމަ ރޭޓިންއެއް ދީ، ވަރުގަދަ ސްޓައިލެއް ލިބިފައިވާ ފިލްމެއް ކަމަށް ބުނެފައިވާއިރު، ޑައިރެކްޓަރު ޖޭމްސް ގަން އަށް އޭނާ ވަނީ ތައުރީފުވެސް ކޮށްފައެވެ. އިވާން އިތުރަށް ބުނީ އެއީ ހޮލީވުޑްގެ ބޮޑު ފިލްމަކުން ފެނުނު […]

ޓްރަމްޕާއި އިޒްރޭލުގެ އޭޖެންޓް، އެޕްސްޓީންއާއި ގުޅުމެއް އޮތްކަމަށް ސުވާލު އުފައްދައިފި

ބައިނަލްއަޤްވާމީ ބިލިއަނަރު މަހުޖަނުންނަށް ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުތަކެއް އުފުލާފައިވާ އިޒްރޭލުގެ އަސްކަރީ ޖާސޫސީ އޭޖެންޓެއްކަމަށްވާ، ޖެފްރީ އެޕްސްޓީން ހިންގި ޖަރީމާތަކުގައި އޭނާގެ ބައިވެރިއެއްކަމުގައިވާ، ގިސްލޭން މެކްސްވެލް ޕްލީ ޑީލްއެއްގެ މަޝްވަރާތައް ފެށުމާއެކު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، އެޕްސްޓީންއާއި ގުޅުމެއްވާކަމުގެ އިޝާރާތްތަކެއް ވާން ފަށައިފިއެވެ. އެޕްސްޓީން ބްލެކްމެއިލް ކުރި މީހުންގެ ލިސްޓުގައި އެމެރިކާގެ ކުރީގެ ރައީސް ކްލިންޓަންއާއި، ވިޔަފާރިވެރިޔާ ބިލް ގޭޓްސްގެ އިތުރުން ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި، ސިޔާސީވެރީން ހިމެނެއެވެ. އެޕްސްޓެއިންގެ އިތުރުން، މެކްސްވެލްގެ ބައްޕަ މެދުވެރިކޮށް […]

ޔޫކްރޭނަށް 2،000 ޑްރޯންގެ ބޮޑު ހަމަލާއެއް ދިނުމަށް ރަޝިޔާ ތައްޔާރުވަނީ

ޔޫކްރޭނަށް 2،000 ޑްރޯންގެ ބޮޑު ހަމަލާއެއް ދިނުމަށް ރަޝިޔާ ތައްޔާރުވަމުންދާކަމަށް ޖަރުމަނުގެ އާންމު އިންޒާރަކާ ހަވާލާދީ އިނގިރޭސިވިލާތުގެ ނޫސް، ސަން އިން ރިޕޯޓުކޮށްފިއެވެ. މިގޮތުން، ސަން އިން ރިޕޯޓުކޯށްފައިވާ ގޮތުގައި، މޮސްކޯއިން ދަނީ ހަނގުރާމައިގެ އެންމެ ބޮޑު ކަމިކާޒޭ ޑްރޯން ހަމަލާއަށް ތައްޔާރުވުމުގެ ގޮތުން އީރާނުން އުފައްދާފައިވާ ޝާހިދު ޑްރޯންތައް ސްޓޮކް ކުރަމުންނެވެ. ސަން އިން ޝާއިއުކުރި މި ހަބަރުން ރަޝިޔާގެ އަލަށް ހަދާފައިވާ ފެކްޓްރީތަކުގައި ފުރާވަރުގެ ކުދިން ޑްރޯން އުފައްދަމުންދާ މަންޒަރު ސިފަކޮށްދީފައިވާއިރު، ކިއެވްގެ ޕެޓްރިއޮޓް […]

ތައިލެންޑްގެ ޑިޖިޓަލްނޯމަޑް ވިސާއަށް ބޮޑު ތަރުހީބެއް

ތައިލެންޑްގެ ޑިޖިޓަލް ނޮމަޑް ވިސާއަށް ފުރަތަމަ އަހަރު 35،000 ފަރާތަކުން ކުރިމަތިލައިފި އެވެ. ޑިޖިޓަލް ނޮމެޑްސްއަށް ހާއްސަކޮށް ތައިލެންޑްގެ ސަރުކާރުން ތައާރަފްކުރި އާ ލޯންގްސްޓޭ ވިސާ ކަމަށްވާ ޑެސްޓިނޭޝަން ތައިލެންޑް ވިސާ (ޑީޓީވީ) އަށް ފުރަތަމަ އަހަރު 35،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.މިއީ، ކޮވިޑް-19 އަށްފަހު ތައިލެންޑަށް ހިޖުރަކުރި ތައިލެންޑުގައި ދިރިއުޅެ، ރިމޯޓް ކޮށް މަސައްކަތްކުރާ މަސައްކަތްތެރީންނަށް ހާއްސަކޮށްގެން، އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވުމުގެ މަގުޞަދުގައި 15 ޖުލައި 2024 […]

ސައުދީ އަރަބިއްޔާ އާއި ރަޝިޔާއާއި ދެމެދު މައިނިން އަދި ފާމަސިއުޓިކަލްސްގެ ބޮޑެތި އިންވެސްޓްމަންޓް ޕާރޓްނަޝިޕްތަކެއް!

ސައުދީ އަރަބިއްޔާ އާއި ރަޝިޔާއިން މައިނިން އަދި ބޭސްވެރިކަމުގެ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓް ޕާޓްނަޝިޕްތަކެއް ގާއިމްކުރުމުގެ މަޝްވަރާތަކެއް ކުރަމުންގެންދާކަން އިތުބާރުހުރި މަސްދަރުތަކުން ހާމަވެއްޖެއެވެ. މި ހަފްތާގެ ކުރީކޮޅު ފެށި މި މަޝްވަރާތަކަކީ، ސައުދީ އަރަބިއްޔާގެ ވިޝަން 2030 ގެ އަމާޒުތަކުގެ ތެރެއިން، ތެލުގެ ބާޒާރުގެ ބޭރުން އިގްތިސާދު ފުޅާކުރުމުގެ އަމާޒު ހާސިލްކުރުމުގެ ބައެކެވެ.މިގޮތުން، ރަޝިޔާއިން، ރަނާއި ފޮސްފޭޓް ހިމެނޭގޮތަށް، ސައުދީ އަރަބިއްޔާގެ މަޢުދަނީ ވަސީލަތްތަކަށް އިންވެސްޓްކުރާއިރު، ޓެކްނޮލޮޖީގެ ތަޖުރިބާ ފޯރުކޮށްދޭނެއެވެ. އަދި ބަދަލުގައި ސައުދީގެ އަމާޒަކީ ކެޕިޓަލް […]

އީރާނުން ޗައިނާގެ އެޗްކިއު-9ބީ މިސައިލްތައް ޑިޕްލޮއިކޮށް، ގަލްފްގެ ވައިގެ ދިފާޢީ ނިޒާމު ބަދަލުކޮށްލައިފި

ސަރަހައްދީ ޖާސޫސީ މަސްދަރުތަކާއި، ޑިފެންސް އެނަލިސްޓުން ބުނާ ގޮތުގައި، ދިފާއީ ސާމާނުގެ ބަދަލުގައި ކްރޫޑް އޮއިލް ނުވަތަ ސާފުނުކުރާ ތެޔޮ ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން އީރާނަށް އެޗްކިއު-9ބީ ލޯންގް ރޭންޖް ސަރފޭސް ޓު އެއާ މިސައިލް ސިސްޓަމްތަކެއް ދީފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ޖޫން 24 ވަނަ ދުވަހު، އީރާނާއި އިސްރާއީލާ ދެމެދު ހަނގުރާމަ ހުއްޓާލިތާ މާގިނަ ދުވަހެއް ނުވެ ޗައިނާއިން އިރާނަށް ދީފައިވާ މިތަކެއްޗަކީ، ދާދި ފަހުން ދިން ޑްރޯންތަކާއި މިސައިލް ހަމަލާތަކާ ގުޅިގެން […]

އިސްމާއިލް ސަބްރީއާ ގުޅިފައިވާ 169 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޯފިޓްކުރުމަށް އެމްއޭސީސީން މަސައްކަތް ކުރަނީ!

މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އިން ކުރީގެ ބޮޑުވަޒީރު ދާޓޫކް ސެރީ އިސްމާއީލް ސަބްރީ ޔައުގުބާ ގުޅުން ހުރި ކަމަށް ބެލެވޭ 169 މިލިއަނަށް ވުރެ ގިނަ ރިންގިޓް އަތުލައިގަތުމަށް މަސައްކަތްކުރަމުންދާކަން ހާމަވެއްޖެއެވެ. އިސްމާއިލް ސަބްރީ އާއި އޭނާގެ ކުރީގެ ޕޮލިޓިކަލް ސެކްރެޓަރީ ދަތުކް މުހައްމަދު އަނޫރު މުހައްމަދު ޔޫނުސްގެ މައްޗަށް ދައުވާކޮށް، ސެޝަންސް ކޯޓަށް ހުށަހެޅި ފޯފިޗާ މައްސަލައިގައި ގިނަ އަދަދެއްގެ ފައިސާތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި، 14.8 މިލިއަން ރިންގިޓް އާއި، 1.46 […]