ޔަމަނުގެ ހޫތީ ސިފައިން މިފަހަރު ހިފީ އިސްރާއީލުގެ އެންމެ މުއްސަނދި މީހާގެ ބޯޓެއް!

ޔަމަނުގެ ހޫތީ މުޖާހިދުން މިއަދު ހިފި ބޯޓަކީ އިސްރާއީލުގެ މަހުޖަނެއްކަމަށްވާ، އިޔާލް އޯފަރ ގެ ބޯޓެއްކަން ހާމަވެއްޖެއެވެ. އޭނާއަކީ އިސްރާއީލުގެ އެންމެ މުއްސަނދި މީހާއެވެ. އޯފަރގެ ކުންފުނި، ޒޯޑިއެކް މެރިޓައިމަކީ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ބޯޓު އޮޕަރޭޓަރުންގެ ތެރޭގައި ހިމެނޭ ކުންފުންޏެއްކަމަށްވާއިރު، އެކުންފުނިން 128 އުޅަނދުގެ ފްލީޓެއް އޮޕަރޭޓުކުރެއެވެ. ޔަމަނުގެ ހޫތީ ސަރުކާރުން ބުނެފައިވަނީ ”ހިފިފައި މިއޮތީ އިސްރާއީލުގެ މަހުޖަނުންގެ ބަލިފައިގައި“ ކަމަށެވެ. އަދި އިސްރާއީލުގެ ސަރުކާރަށް އޮތް ޕްރެޝަރު ބޮޑުވަމުން އަންނަކަމަށް ހޫތީން ގަބޫލުކުރެއެވެ. […]

ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އިތުރު ދެ ދުވަހަށް މެދުކަނޑާލުމަށް ނިންމައިފި

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހަތަރު ދުވަހުގެ މުއްދަތައް މެދުކަނޑާލުމަށް ނިންމި ނިންމުމުގެ މުއްދަތު ހޯމަ ދުވަހަށް ހަމަވުމާއެކު، އިތުރު ދެދުވަހަށް ހަނގުރާމަ މެދުކަނޑާލާފައި ބޭއްވުމަށް ހަމާސްއާއި އިސްރާއީލުން ނިންމައިފިއެވެ. އަދި ހަމަލާތައް ހުއްޓިފައި އޮތް ކޮންމެ ދުވަހެއްގައިވެސް އިސްރާއީލުގެ ހައްޔަރުގައި ތިބި ފަލަސްޠީނު ރައްޔިތުންނާއި، ހަމާސްއިން ބަންދުކުރި އަސީރުންގެ ތެރެއިން ބަޔަކު ވަނީ މިނިވަންކޮށްފައެވެ. އެގޮތުން، އިސްރާއީލުން ޝަރުތުކުރީ ހަމާސްއިން މިނިވަންކުރާ ކޮންމެ 10 އަސީރެއްގެ ބަދަލުގައި ހަމަލާދިނުން އިތުރު އެއްދުވަހަށް ލަސްކުރާނެކަމަށެވެ. އަދި ހަމާސްއިންވެސް […]

އެއްފަރާތުގައި ކަޅު ފައިސާގެ ބާރު، އަނެއްފަރާތުގައި ރައްޔިތުންގެ ބާރު

އަންނަން އޮތް ޖީލުތަކަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ނިއުޒިލެންޑުގެ ކުރީގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން ހުށައެޅި ސްކީމްއަށް އަމަލުނުކުރަން އެގައުމުގެ އިންތިޚާބީ ސަރުކާރުން ނިންމައިފިއެވެ. ފަހުން ހޮވުނު ކޯލިޝަން ސަރުކާރުން ނޫނެކޭ ބުނި ގާނޫނު ތަސްދީގުކޮށް އަމަލުކުރެވެން ފެށިއްޖެނަމަ 2008 ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ ހުރިހާ ކުދީން ސިގިރޭޓު ގަތުން މަނާވާނެއެވެ. އަދި 2027 ވަނަ އަހަރު އަންނަންވާއިރަށް ސިގިރޭޓު ގަނެވޭ ގާނޫނީ އުމުރު އުވާލެވޭނެއެވެ. ކުޑަކުދިންނަށް ދުޅަހެޔޮ ތިމާވެއްޓެއްގައި ބޮޑެތިވުމުގެ ހައްޤު ކަށަވަރުކޮށްދިނުމަކީ އާޑަންގެ […]

ބާސެލޯނާގެ ކައުންސިލަށް ހަމާސްއިން ޝުކުރު އަދާކޮށްފި

ޣައްޒާގެ މުޖާހިދީންކަމުގައިވާ ހަމާސްއިން ބާސެލޯނާގެ ސިޓީ ކައުންސިލަށް ޝުކުރު އަދާކޮށްފިއެވެ. ހަމާސްއިން ޝުކުރު އަދާކުރީ އެ ޖަމާއަތުން ނެރުނު ބަޔާނެއްގައެވެ.  ”އަހަރެމެން، އިސްލާމިކް ރެޒިސްޓެންސް މޫވްމަންޓް (ހަމާސް) އިން، ބާސެލޯނާ ސިޓީ ކައުންސިލްގެ ހިތްވަރުގަދަ ނިންމުން ބަލައިގަނެފިން. އެ ކައުންސިލުންވަނީ ފަލަސްޠީނު ހިޞާރުކޮށްގެން އުޅޭ އިސްރާއީލުން ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަމާއި، ގަތުލުއާންމު ކުށްވެރިކޮށް އިސްރާއީލާއެކު ހުރިހާ ގުޅުމެއް ކަނޑާލާފައި.“ ހަމާސްއިން ބުނެފައިވެއެވެ.  ”ދުނިޔޭގެ ހުރިހާ ކަންކޮޅަކުން ސިޓީތަކާއި، މުނިސިޕަލް ކައުންސިލްތަކުން ބާސެލޯނާ […]

އިންޑިއާ ކަނޑުން ދުއްވާފައިދިޔަ އިސްރާއީލު ބޯޓަކަށް ޑްރޯން ހަމަލާއެއް ދީފި

އެމެރިކާގެ ޑިފެންސް އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޯށްފައިވާ ގޮތުގައި ޑްރޯން ހަމަލާދީފައިވަނީ އިސްރާއީލުގެ ވިޔަފާރިވެރިއެއްގެ އާގުބޯޓަކަށެވެ.  އާގުބޯޓަށް ދިން ހަމަލާގައި ބޭނުންކޮށްފައިވަނީ އިރާނުގެ ޝާހިދް-136 މަރުކައިގެ ޑްރޯނެއްކަމަށް ބެލެވޭއިރު، ހަމަލާދީފައިވަނީ ބައިނަލްއަޤްވާމީ ކަނޑުގެ ތެރޭގައެވެ. މިގޮތުން، ފްރާންސުން އޮޕަރޭޓްކުރާ ސީއެމްއޭ ސީޖީއެމް ސައިމީ އުޅަނދަށް ކޮންމެވެސް ވަރުގެ ގެއްލުން ވެފައިވީނަމަވެސް، މި ހަމަލާގައި އެއްވެސް ފަޅުވެރިއަކަށް އަނިޔާވެފައިނުވާކަމަށް ޚަބަރުތަކުން ބުނެއެވެ.  ކަނޑުމަތީގެ ސަލާމަތީކަންކަން ބަލަހަށްޓާ ކުންފުނި، އެމްބްރީ އިން ބުނެފައިވަނީ، ހަމަލާދިނުމުގެ ދުވަސްތަކެއްކުރިން، އެކުވެރި އަރަބި އިމާރާތުގެ […]

ޑަޗް އިންތިޚާބު: އިސްލާމްދީނާ އިދިކޮޅު ކެނޑިޑޭޓް އިންތިޚާބު ކާމިޔާބުކޮށްފި!

ސިޔާސީ މައިދާނުގައި ތަޖުރިބާކާރު ހަރުކަށި ވާއަތުގެ ސިޔާސީ ޝަޙްސެއްކަމަށްވާ، ޚީރްތް ވިލްޑާސް ނެދަލެންޑްސްގެ ބޮޑުވަޒީރު އިންތިޚާބު ކާމިޔާބުކޮށްފިއެވެ.  މަޖިލީހުގައި 25 އަހަރު ހޭދަކުރުމަށްފަހު، ވާއަތުގެ ކޯލިޝަނަށްވުރެ 37 ގޮނޑި އިތުރަށް އޭނާގެ ފްރީޑަމް ޕާޓީ (ޕީވީވީ) އިން ކާމިޔާބުކުރާނެކަމަށް ބެލެވެއެވެ.   ”ޕީވީވީއަށް ދެން ސަމާލުކަން ނުދީ ދުލެއް ނުކޮށްލެވޭނެ. އަހަރެމެން ވެރިކަން ކުރާނަން!“ އޭނާ ބުންޏެވެ. ވިލްޑާސްއަށް ލިބުނު މޮޅަކީ ޑަޗް ސިޔާސީ މަސްރަހު ގުޑުވައިލި މޮޅެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، އޭގެ އަސަރު މުޅި […]

އެމެރިކާއިން އެދެނީ އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައި ހުރި އަސަންޖް ގެނެސް 175 އަހަރަށް ޖަލަށްލާން!

2010 ވަނަ އަހަރު އެމެރިކާ އަސްކަރިއްޔާގެ ސިއްރު މައުލޫމާތުތަކެއް ހާމަކުރުމުގެ މައްސަލާގައި ވިކިލީކްސްގެ ބާނީ، އޮސްޓްރޭލިއާގެ އެޑިޓަރ އަދި އެކްޓިވިސްޓް އެއް ކަމަށްވާ ޖޫލިއަން އަސަންޖްގެ މައްޗަށް އެމެރިކާއިން އުފުލި ދައުވާތަކާއި ގުޅިގެން އޭނާ ހުރީ އިނގިރޭސިވިލާތުގެ ބެލްމާޝްގައި ހުންނަ ހައި-ސެކިއުރިޓީ ޖަލެއްގައި ބަންދުކޮށްފައެވެ. އަދި އެމެރިކާއިން އެދެނީ ބައިނަލްއަޤްވާމީ ގާނޫނުގެ ކުށްވެރިން ބަދަލުކުރުމުގެ ގާނޫނުގެ ދަށުން އަސަންޖެ ގެނެސް، 175 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.  އަސަންޖްގެ ވިކިލީކްސްގައި ޝާއިއުކުރި ވީޑިއޯއެއްގައި ރޮއިޓާސްގެ ނޫސްވެރިން ކަމުގައިވާ […]

ޤަތުލުއާންމު ހުއްދަކުރާ ފަރާތްތައްވެސް ބޮއިކޮޓް ކުރަންޖެހޭ!

”އެޗްޕީ“، ”ޕޫމާ“ އަދި ”މާވެލް“ ފަދަ ބްރޭންޑްތަކަކީ އިސްރާއީލުން ހިންގާ އަސްކަރީ އޮކިއުޕޭޝަނާއި، ނަސްލީ ތަފާތުކުރުމާއި ނަސްލު ނައްތާލުމުގެ ސިޔާސަތުތަކަށް ތާއީދުކޮށް، މާލީ މަންފާ ފޯރުކޮށްދޭ ބްރޭންޑްތަކެކެވެ. ވީމާ، ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް އިސްރާއީލުން މިހާރު ކުރިއަށް އެގެންދާ ޤަތުލުއާންމުގެ ޒިންމާ އެފަރާތްތަކުންވެސް ނަގަން ޖެހޭނެއެވެ. އިސްރާއީލް ބޮއިކޮޓްކުރުމަށް ބައިނަލްއަޤްވާމީގޮތުން ހިންގާ ބޮއިކޮޓް ހަރަކާތް، ބީޑީއެސް މޫވްމަންޓް އިން ބުނާގޮތުގައި، މިފަދަ ކުންފުނިތަކަކީ އިސްރާއީލުން ހިންގާ އަސްކަރީ އޮކިއުޕޭޝަނާއި، ނަސްލީ ތަފާތުކުރުމާއި ނަސްލު ނައްތާލުމުގެ ސިޔާސަތުތަކަށް […]

10 އަހަރު ފަހުން ”ޣައްޒާ ފްރީޑަމް ފްލަޓިލާ“ގެ ރިޕީޓެއް، ތުރުކީއިން ޣައްޒާއަށް 1000 ބޯޓު ދަތުރުކުރާނެ!

2010 ވަނަ އަހަރު ހިންގި މަޝްހޫރު ”މާވީ މަރްމަރާ“ އިހްތިޖާޖު ފަދަ އިހުތިޖާޖެއްގައި ކަނޑުމަތީ ގިނަ އަދަދެއްގެ އުޅަނދުތަކެއް ޣައްޒާގެ ކަނޑުގެ ސަރަހައްދާއި ދިމާއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.  ބުދަ ދުވަހު ތުރުކީއިން 1000 އަށްވުރެ ގިނަ ބޯޓު ޣައްޒާއާއި ދިމާލަށް މިސްރާބު ޖަހާނެކަމަށް ޚަބަރުތަކުން ބުނެފައިވާއިރު، މި ފްލަޓިލާގެ މަގްޞަދަކަށް ވާނީ އިސްރާއީލުގެ ބްލޮކޭޑް ހުއްޓުވައި، އެގައުމަށް އަންނަ ޓްރޭޑް މެދުކަނޑުވާލުމެވެ. މި އިހުތިޖާޖު ރާވާ ހިންގުމުގައި އިސްވެ އުޅޭ ފަރާތެއްކަމުގައިވާ ވޮލްކަން އޮކްޗުއާއި ހަވާލާދީ […]

ދެކުނު އެފްރިކާގައި ހުންނަ އިސްރާއީލް ސަފީރު އަނބުރާ ގައުމަށް ގެންގޮސްފި

ފަލަސްޠީނު-އިސްރާއީލު މައްސަލާގައި ސައުތު އެފްރިކާއިން ފަލަސްޠީނާއި އެއްކޮޅަށް ބަސްބުނުމުން އިސްރާއީލުން ދެކުނު އެފްރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު، އީލިއާވް ބެލޮޓްސަކޮވްސްކީ އަނބުރާ އިސްރާއީލަށް ގެންގޮސްފައިވާކަން އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ހޯމަދުވަހު ހާމަކޮށްފިއެވެ.  ބައިނަލްއަޤްވާމީ ކްރިމިނަލް ކޯޓުން އިސްރާއީލުން ކުރަމުންދާ ހަނގުރާމަމަތީ ކުށްތައް ތަހުގީގުކުރުމަށް ދެކުނު އެފްރިކާގެ ރައީސް، ސައިރިލް ރަމަފޯސާ ގޮވާލެއްވާފައިވާއިރު، އެގައުމުގެ ވެރިކަންކުރާ ޕާޓީ، އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ) އިންވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. އޭއެންސީ އިން ބުނެފައިވަނީ، އެގައުމުގައި ހުންނަ އިސްރާއީލުގެ އެމްބަސީ […]