އެމެރިކާއިން ހޫތީންނާއި ދެކޮޅަށް އެކުލަވާލި ”ޓާސްކްފޯސް“ ބޮޑުތަނުން ފޭލުވެއްޖެ

ޔަމަނުގެ ހޫތީންގެ ކިބައިން ރަތްކަނޑުގައި ދަތުރުކުރާ އިސްރާއީލުގެ މަސްލަހަތު އޮންނަ އުޅަނދުފަހަރު ހިމާޔަތްކުރުމަށްޓަކައި ”އޮޕަރޭޝަން ޕްރޮސްޕެރިޓީ ގާޑިއަން“ ގެ ނަމުގައި އެމެރިކާ އިސްވެ އޮވެ އުފެއްދި ބައިންލައަޤްވާމީ ޓާސްކްފޯސް ބޮޑުތަނުން ފޭލުވެއްޖެއެވެ.  އެގޮތުން، މި ޓާސްކްފޯހުގައި ބޮޑު ރޯލެއް ކުޅޭނެކަމަށް އެމެރިކާއިން އުންމީދުކުރި ގައުމުތަކެއް ކަމުގައިވާ، ފްރާންސާއި، އިޓަލީގެ އިތުރުން ސްޕެއިންވެސް މި އޮޕަރޭޝަނާއި ވަކިވުމާއެކު، ހޫތީ މުޖާހިދުންނާއި ދެކޮޅަށް އެކުލަވާލި މި ބައިނަލްއަޤްވާމީ އެއްބައިވުން ބަލިކަށިވެގެން ގޮސްފިއެވެ. މިއީ ބައިނަލްއަޤްވާމީ މަސްރަޙުގައި އެމެރިކާގެ ބާރުކެނޑެމުންދާކަމުގެ އަލާމާތެއްކަމަށް […]

ޣައްޒާގެ މެދުގައި ދިރިއުޅޭ ރައްޔިތުންވެސް ދެކުނުގެ ހިސާބުތަކަށް ދިޔުމަށް އިޒްރޭލުން އަންގައިފި

ޣައްޒާގެ މެދުގެ ސަރަހައްދުކަމުގައިވާ ސެންޓްރަލް ޣައްޒާގައި ދިރިއުޅޭ ރައްޔިތުންވެސް ޣައްޒާގެ ދެކުނުގެ ހިސާބުތަކަށް ބަދަލުވުމަށް އިސްރާއީލުގެ ނިރުބަވެރި ސިފައިން އަންގައިފިއެވެ.  މިއީ 2.3 މިލިއަން ރައްޔިތުންގެ އާބާދީއެއް އޮންނަ ޣައްޒާ ސްޓްރިޕްގެ ރައްޔިތުން ހިޞާރުކޮށް، އެމީހުން ދިރިއުޅުމަށް އޮންނަ ސަރަހައްދު އަތުލައި، އިޒްރޭލުން ބޮމުގެ ހަމަލާތައް އަމާޒުކުރާ ސަރަހއްދު ފުޅާކުރުމަށް އެގައުމުން އަންގާފައިވާ އެންމެ ފަހުގެ އެންގުމެވެ. މީގެކުރިން އިޒްރޭލުންވަނީ އުތުރު ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ދެކުނުގެ ހިސާބުތަކަށް ދިޔުމަށް އަންގާފައެވެ. އެހެންމަވެސް، އެގޮތަށް އެންގުމަށްފަހުގައިވެސް އިޒްރޭލުންވަނީ […]

ކުރީގެ މާލީ ވަޒީރާއި ގުޅުން އޮންނަ އިލްހާމް ޓަވަރު މެލޭޝިއާގެ އޭސީސީއިން ހިފައިފި

މެލޭޝިއާގެ ކުރީގެ މާލީ ވަޒީރު، ޓުން ދައިމް ޒައިނުއްދީނުގެ އާއިލާގެ މިލްކުގައިވާ އިމާރާތެއްކަމަށްވާ ”އިލްހާމް ޓަވަރ“ މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އިން ހިފައިފިއެވެ. 60 ބުރީގެ މި އިމާރާތް އަތުލުމަށް އަމުރު ނެރެފައިވަނީ ޑިސެންބަރު 18 ވަނަ ދުވަހުގައެވެ. އަދި މި އަމުރުވަނީ އެގައުމުގެ ނޫހެއްގައި އިޝްތިހާރެއްގެ ގޮތުގައި އިއްޔެ ޝާއިއުކޮށްފައެވެ.  އެމްއޭސީސީގެ ޑެޕިއުޓީ ޕަބްލިކް ޕްރޮސެކިއުޓަރ އަހްމަދު އަކްރަމް ޣާރިބް ސޮއިކޮށް ނެރުނު މިއަމުރަކީ ”އެމްއޭސީސީ އެކްޓް 2009“ ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) […]

އިސްރާއީލާއި ގުޅުން އޮންނަ ޝިޕިންގް ކުންފުނިތަކާއި ދެކޮޅަށް މެލޭޝިއާއިން ފިޔަވަޅުއަޅަނީ

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައާއި ގުޅިގެން އިސްރާއީލާއި ގުޅުންބާއްވާ ޝިޕިންގް ކުންފުނިތަކާއި ދެކޮޅަށް އަޅާނެ ފިޔަވަޅުތަކެއް ނިންމައި މެލޭޝިއާއިން އެކަން އިއުލާނުކޮށްފިއެވެ.  އެގޮތުން، މެލޭޝިއާއިން ވަނީ އިސްރާއީލުގެ ”ޒިމް“ ޝިޕިންގް ކުންފުނީގެ ބޯޓުތައް އެގައުމުގައި ބަނދަރުކުރުން މަނާކޮށް، މީގެ ހަތަރު ހަފްތާ ފަހުން އެނިންމުމަށް އަމަލުކުރަން ފަށާނެކަން އަންގާފައެވެ.  މީގެއިތުރުން، މެލޭޝިއާގެ ސަރުކާރުން ބުނެފައިވާގޮތުގައި، އިސްރާއީލުގެ ދިދައިގެ ދަށުން ދަތުރުކުރާ އެއްވެސް ބޯޓަކަށް އެގައުމުގެ ބަނދަރުން ޖާގައެއް ނުލިބޭނެއެވެ. އަދި އިސްރާއީލުން އަންނަ ބޯޓު ފަހަރާއި، އިސްރާއީލަށް […]

ޔޫކްރޭނުގެ ނީޕްރޯ ބްރިޖްހެޑަށް ދިން ހަމަލާގައި ރަޝިއާގެ އައު ވައިގެ ޑިވިޝަން ބޮޑުތަނުން ބަލިވެއްޖެ

ރަޝިއާގެ 104 ވަނަ އެއަރ އެސޯލްޓް ޑިވިޜަނުން ޔޫކްރޭނުގެ ދެކުނުގައި އޮންނަ ނީޕްރޯ ކޯރުކައިރީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ”ބޮޑެތި ބަލިތަކެއް“ ލިބިފައިވާކަމަށާއި، އެ ޑިވިޜަންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެމީހުން ފެއިލްވެފައިވާކަމަށް އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއިން ރިޕޯޓުކޮށްފިއެވެ.  މީގެ ދެމަސްދުވަސް ކުރިން ޔޫކްރޭނުގެ ކަނޑުގެ ސިފައިންގެ 35 ވަނަ ބްރިގޭޑުން، އާޓިލަރީއާއި، ޑްރޯންތަކާއި، ރެޑިއޯ-ޖޭމިންގެ އެހީގައި ކްރިންކީގެ ސެޓްލަމަންޓުގައި ބްރިޖްހެޑެއް ގާއިމުކުރިއެވެ. މިއީ ރަޝިއާއިން ވެރިވެގަނެފައި އޮންނަ ކޯރުގެ ވާތްފަރާތުގައި ޔޫކްރޭނަށް ގާއިމުކުރެވުނު ބްރިޖްހެޑެކެވެ. އަދި މީގެ […]

ވަޒީފާގެ މާހައުލުގައި މުވައްޒަފުން އައިފޯނު ގެންގުޅުން ޗައިނާގެ ކުންފުނިތަކުން މަނާކުރަނީ

ޗައިނާ ސަރުކާރުގެ ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާގެ މާހައުލުގައި އެޕަލް (އޭއޭޕީއެލް.އޯ) އައިފޯނު ފަދަ ބިދޭސީ ކުންފުނިތަކުން އުފައްދާ އާލާތްތައް ގެންގުޅުން މަނާކުރަމުން އަންނަކަމަށް ބްލޫމްބާގް ނިއުސްއިން ހުކުރު ދުވަހު ރިޕޯޓުކޮށްފިއެވެ.  ގައުމުން ބޭރުގެ ޓެކްނޮލޮޖީއާއި، ގައުމުން ބޭރުގެ ވަސީލަތްތަކަށް ބަރޯސާވާ މިންވަރު މަދުކުރުމަށް ޗައިނާއިން މަސައްކަތްކުރަމުން އަންނަތާ މިހާރު ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޗައިނާގެ ސަރުކާރުން އަންނަނީ ސަރުކާރުގެ މުއައްސަސާތަކާއި ބޭންކުފަދަ ތަންތަނުން ބޭނުންކުރާ ސޮފްޓްވެއަރތައްވެސް ދޭސީ އުފެއްދުންތަކަށް ބަދަލުކުރުމަށް ގޮވާލަމުންނެވެ. […]

އަރަބި މުސްލިމް ގައުމުތަކުން ޔަމަނުގެ ބްލޮކޭޑާއި ދެކޮޅަށް އިސްރާއީލަށް އެހީތެރިވެދެނީ!

ޔަމަނުގެ ހޫތީ މުޖާހިދުން އިސްރާއީލާއި ދެކޮޅަށް ދެމުންގެންދާ ހަމަލާތަކާއި ހިންގަމުންގެންދާ ބްލޮކޭޑާއި ދެކޮޅަށް މެދުއިރުމަތީގެ އަރަބި މުސްލިމް ގައުމުތަކުން އިސްރާއީލަށް ވާގިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަން ހާމަވެއްޖެއެވެ.  އިސްރާއީލުގެ ވައްލާ ވެބްސައިޓުގައި ލިޔެފައިވަނީ، “ ރަތްކަނޑު ހުރަސްކުރުމަށް ”ލޭންޑްބްރިޖް“ އެއްގެ ގޮތުގައި ދުބާއީ ބޭނުންކޮށްގެން، ދުބާއީމަގުން އިސްރާއީލަށް ގެންނަން ހަމަޖެހިފައިވާ ތާޒާ ކާބޯތަކެތީގެ ކޮމާޝަލް ޝިޕްމެންޓްތަކުގެ ފުރަތަމަ ބެޗު ލިބިއްޖެ. މި މުދާތައް އުފުލާފައިވަނީ، ދުބާއީގެ ބަނދަރުތަކާއި، ސައުދީ އަރަބިއާއާއި، ޖޯޑަން ބޭނުންކޮށްގެން. މި ”ބްރިޖް“ގެ ދިގުމިނަކީ […]

މަތީ ތައުލީމު ހާސިލްކުރާ ޣައްޒާ ދަރިވަރުންގެ ޓިއުޝަން ފީ ދެއްކުމަށް ތުރުކީއިން ނިންމައިފި

މަތީ ތައުލީމު ހާސިލްކުރާ ޣައްޒާ ދަރިވަރުން އެކުދީންގެ ކޯސްތައް ކުރިއަށްގެންދާ ކޮލްޖުތަކަށް ދައްކަންޖެހޭ ޓިއުޝަން ފީއާއި ތުރުކީގެ ސަރުކާރުން ހަވާލުވާން ނިންމައިފިއެވެ.  ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ސޮއިކުރައްވައި، ތުރުކީގެ ރަސްމީ ގެޒެޓުގައި މިހާރު ޝާއިއުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއްގައި ބުނެފައިވަނީ ހަނގުރާމަ ކުރިއަށްދާ ޣައްޒާގެ މާސްޓާސް އަދި ޑޮކްޓޯރަލް ދަރިވަރުންގެ ކޯސްތަކުގެ ޓިއުޝަނަށް ދައްކާފައިވާ ފައިސާ އަނބުރައި އެދަރިވަރުންނަށް ދިނުމަށް ނިންމާފައިވާކަމަށެވެ.  ރައީސް އުރުދުޣާންގެ މި ޤަރާރަށް އިތުރުކޮށްފައިވާ އެހެން މާއްދާއެއްގައި ބުނެފައިވަނީ ތުރުކީގެ ތައުލީމީ މުއައްސަސާއެއްގައި […]

ވިސާއާއި ނުލައި 33 ގައުމެއްގެ ރައްޔިތުންނަށް އިރާނަށް ދަތުރުކުރެވޭ ގޮތް ހަދައިފި

ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ މަޤްޞަދުގައި ވިސާއާއި ނުލައި 33 ގައުމެއްގެ ރައްޔިތުންނަށް އިރާނަށް ދަތުރުކުރެވޭގޮތް ހަދައިފިއެވެ.  އިރާނުގެ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި ހަވާލާދީ އިރާނިއަން ސްޓޫޑެންޓްސް ނިއުސް އޭޖެންސީއިން ރިޕޯޓުކޮށްފައިވަނީ، އެކި އެކި ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް އިރާނުން އޮތް ޝައުގުވެރިކަން ދައްކައިދެވޭނީ ”އޯޕަން-ޑޯ ޕޮލިސީ“ އަކަށް އަމަލުކުރަން ފެށިގެންކަމަށެވެ.  މިނިންމުމާއެކު، ވިސާއާއިނުލާ އިރާނަށް ދަތުރުކުރެވޭ ގައުމުތަކުގެ އަދަދު 45 އަށް ވަނީ އަރާފައެވެ. މިގޮތުން، ވިސާނުލައި އިރާނަށް ދަތުރުކުރެވޭ ގޮތަށް ހަމަޖެއްސީ ރަޝިއާ، ޔޫއޭއީ، ސައުދީ އަރަބިއާ، […]

އިސްރާއީލާއި ގުޅުން އޮންނަ މެއާސްކް ކުންފުނީގެ ބޯޓަކަށް ޔަމަނުން ހަމަލާދީފި

އިސްރާއީލާއި ގުޅުން އޮންނަ މަޝްހޫރު ޝިޕިންގް ކުންފުނި، މެއާސްކްގެ މުދާއުފުލާ ބޯޓަކަށް ޔަމަނުން ހަމަލާދީފިއެވެ.  މި ބޯޓަށް ޔަމަނުން ހަމަލާ ދީފައިވަނީ ރަތް ކަނޑުން ދަތުރުކުރަމުން ދަނިކޮށް ޔަމަނުން ފޮނުވާލި އެންޓި ޝިޕް މިސައިލެއް އަމާޒުކޮށްގެންނެވެ. ޔަމަނުން ދިން ހަމަލާގައި، މެއާސްކްގެ ބޯޓަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވިނަމަވެސް، ރަތްކަނޑުން ދަތުރުކުރާ އުޅަނދުތަކަށް ޔަމަނުގެ މުޖާހިދީން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެކުންފުނީގެ ބޯޓުތައް ރަތްކަނޑުގައި ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާކަން މެއާސްކުން ވަނީ އިއުލާނުކޯށްފައެވެ. މެއާސްކް ކުންފުންޏަކީ […]