ޤަތުލުއާންމު ނިމުމަކަށް ގެންނަން އުޅޭކަމުގެ ވާހަކަތަކެއް ފެންމަތިވެއްޖެ

ފްރާންސްގެ ޕެރިސްގައި ބޭއްވި ބައްދަލުވުންތަކެއްގެ ނަތީޖާއެއްގެ ގޮތުން، އިޒްރޭލުން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުއާންމު ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އައިސްފައިވާކަމުގެ ޚަބަރުތައް ފެތުރިއްޖެއެވެ.  އިޒްރޭލާއި ޙަމާސްއާއި ދެމެދު ކުރެވުނު މަޝްވަރާތަކުގައި މީޑިއޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ މިޞްރާއި ޤަތަރުންނެވެ.  މިގޮތުން، ހަނގުރާމަ ހުއްޓާލާފައިވާކަން ޤަތަރުން ހޮނިހިރުދުވަހު ހާމަކުރާނެކަމަށް އިޒްރޭލުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.  އޮފިޝަލުންނާއި ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްގައި ލިޔެފައިވާގޮތުގައި، އިޒްރޭލުގެ އަސްކަރީ މޮމެންޓަމް ހުއްޓާލެވޭހައި ޖާގަ ހޯދުމަށްޓަކައި އެމެރިކާއިންވެސް ސީޒްފަޔަރ އަކަށް ވަނީ […]

މޮސްއަދްއަށް ޖާސޫސްކޮށްދިން ހަތް މީހަކު ތުރުކީ ފުލުހުން ހައްޔަރުކޮށްފި

އިޒްރޭލުގެ މޮސްއަދް ޖަމާއަތަށް ޖާސޫސްކޮށްދިން 7 މީހަކު ތުރުކީގެ ނޭޝަނަލް އިންޓެލިޖެންސުން އަތުލައިގަނެފިއެވެ. ހުކުރު ދުވަހު އިޒްމީރާއި އިސްތާންބުލްއިން ހައްޔަރުކުރި ހަތް މީހުންގެ މައްޗަށް އުފުލާފައިވަނީ މުސްއަދަށް މައުލޫމާތު ވިއްކުމުގެ ދައުވާއެވެ.  މޮސްއަދް ޖާސޫސުންގެ މައުލޫމާތު ތުރުކީއާއި ހިއްސާކުރަނީ އިރާނުންނެވެ. އެގޮތުން، އިރާނުން މިހާރުވަނީ މޮސްއަދްގެ ސަލާމަތީ ވިއުގަ ފޫއަޅުވާލާފައެވެ.  މި އޮޕަރޭޝަންގެ ތެރޭގައި އޭޝިއާއާއި، އެފްރިކާ އަދި ޔޫރަޕުގެ 28 ގައުމަކުން މޮސްއަދްއާއި ގުޅުންހުރި ފަރާތްތަކާއި ޖާސޫސުންގެ މައުލޫމާތު ދެނެގަނެފައިވާއިރު، އިރާނުންވަނީ މޮސްއަދްގެ ގިނަ އަދަދެއްގެ […]

އިންތިޚާބު ބޯމަތިވެފައިވަނިކޮށް ޕާކިސްތާނުގެ ސަރުކާރުން ގައުމީ އެއަރލައިން ވިއްކާލަން ނިންމައިފި

އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ޕާކިސްތާނުގެ ސަރުކާރުން ގައުމީ އެއަރލައިން، ޕާކިސްތާން އިންޓަނޭޝަނަލް އެއަރލައިންސް (ޕީއައިއޭ) ވިއްކާލުމުގެ މަސައްކަތް ފަށައިފިއެވެ.  އެއަރލައިން ވިއްކާލުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމާއި ހަވާލުވެހުރި އޮފިޝަލުންނާއި ހަވާލާދީ ރޮއިޓާސްއިން ލިޔެފަިއވާ ގޮތުގައި، ސަރުކާރުން މިކަމުގެ ލިޔެކިޔުންތައް ތައްޔާރުކޮށްފައިވަނީ ދެން އަންނަ ސަރުކާރަކުންވެސް ކޮންމެހެން އެއެއްބަސްވުންތަކަށް އަމަލުކުރަން ޖެހޭނެ ގޮތަށެވެ.  ސަރުކާރު ބަދަލުވާން ގާތްވުމުން، ނުވަތަ އިންތިހާބުގެ ދުވަސްވަރުގައި ބޮޑެތި ބަދަލުތައް ގެނައުމަކީ އެއްވެސް ސަރުކާރަކުން ކޮށްއުޅޭ ކަމަކަށް ނުވިނަމަވެސް، އިޤްތިޞާދީ ބޮޑު ވެއްޓުމެއްގެ […]

ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް އޭގެ ދަތުރުތައް ފަށައިފި

”އައިކޮން އޮފް ދަ ސީސް“ ގެ ނަމުން ނަންދީފައިވާ ދުނިޔޭގެ އެންމެ ބޮޑު ކްރޫޒް ޝިޕް ފްލޮރިޑާގެ މަޔާމީގެ ބަނދަރުން އެންމެ ފުރަތަމަ ދަތުރަށް ފުރައިފިއެވެ.  ދިގުމިނުގައި 365 މީޓަރު (1،197 ފޫޓު) ހުންނަ މި އުޅަނދުގައި 20 ބުރި ހުރެއެވެ. އަދި 7600 ފަސެންޖަރުންނަށް އެއްފަހަރައި ދަތުރުކުރެވޭ މި ބޯޓުގައި ހަތް ސްވިމިންގް ޕޫލާއި، ހަ ވޯޓާ ސްލައިޑް ހުންނައިރު، 40 ރެސްޓޯރެންޓު، ބާރ އަދި ލައުންޖުވެސް ހުރެއެވެ.   2 ބިލިއަން އެމެރިކާ ޑޮލަރު (1.6 […]

މެތަނޯލް ބޭނުންކުރާ ދުނިޔޭގެ އެންމެ ބޮޑު މުދާއުފުލާ ބޯޓު މެއާސްކުން ދައްކާލައިފި

މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި، އޭޕީ މޮލަރ – މެއާސްކް އިން ތައްޔާރުކުރި މެތަނޯލް ބޭނުންކޮށްގެން ދުއްވާ ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނަރު އުފުލާ ބޯޓު ދައްކާލައިފިއެވެ.  ”އޭން މެއާސްކް“ ނަމަކަށް ކިޔާ 350 މީޓަރުގެ ދިގުމިނުގެ އުޅަނދެއް ދައްކާލައި މެއާސްކުން ބުނީ ”29000 އެފްރިކަން އެލެފެންޓް އުފުލޭނެ“ ކަމަށެވެ. މެއާސްކެގެ މި ބޯޓުން 20-ފޫޓު ޔުނިޓް ކޮންޓެއިނަރުގެ 16592 ކޮންޓެއިނަރު އުފުލޭއިރު، މި ބޯޓުން ޗައިނާ ހިމެނޭގޮތަށް އޭޝިއާގެ ގިނަ ގައުމުތަކަކަށް ދަތުރުކުރާނެކަމަށާއި، މެދުއިރުމައްޗާއި ޔޫރަޕަށްވެސް ދަތުރުތައް […]

ބޮލީވުޑްގެ ފިލްމުތަކުގައި މުސްލިމުން ދައްކުވައިދޭގޮތް ގޯހުން ގޯހަށް!

އިންޑިއާގެ ބޮލީވުޑް ފިލްމުތަކުގައި މުސްލިމުންނަކީ ވަފާތެރި ހެޔޮލަފާ ބައެއްގެ ގޮތުގައި ރަމްޒުކޮށްދީ މީގެކުރިން ދައްކުވައިދިން ނަމަވެސް، ހިންދޫ ގައުމީވަންތަކަމުގެ ފިކުރު އާލާވެ ފަތުރަން ފެށުމާއެކު ފިލްމުތަކުން ދައްކާ މުސްލިމް ކެރެކްޓަރތަކަކީ އޯގާތެރި ރަނގަޅު ބައެއް ނޫނެވެ. 1947 ވަނަ އަހަރު ޕާޓިޝަނަށްފަހު އުފެދިގެން އައި އިންޑީއާގައި މުސްލިމުން ފާހަގަވެފައިވަނީ ރަނގަޅު، ރަހުމަތްތެރި، އެހީތެރި ބައެއްގެ ގޮތުގައެވެ. މިނަޒަރިއްޔާތު ބޮލީވުޑްގެ ފިލްމުތަކުން ފެންނަމުންދިޔައިރު، 1970 އިގެ އަހަރުތަކުގައިވެސް ކަން އޮތީ މހަމަ މިގޮތަށެވެ. އެހެންނަމަވެސް އެތާ ވިއްސަކަށް އަހަރުދުވަހުގެ […]

އިރާނުން 3 ސެޓެލައިޓް ޖައްވުގެ ތެރެއަށް ފޮނުވައިފި

އިރާނުން ނޫރް-3 ގެ ސެޓެލައިޓްތައް ކާމިޔާބުކަމާއެކު ޖައްވުގެ ތެރެއަށް ފޮނުވާއިފިއެވެ. މި ސެޓެލައިޓްތައް ފޮނުވާލާފައިވަނީ 450 ކިލޯ މީޓަރުގެ އޯބިޓަކަށް (280 މޭލުގެ ދުރުމިނަކަށް) މިދިޔަ އާދީއްތަ ދުވަހުގައެވެ. ބޮޑު ސެޓެލައިޓް، މަހްދާގެ ބަރުދަނުގައި 32 ކިލޯ (71 ޕައުންޑް) ހުރިއިރު، ދެން ފޮނުވާލެވުނު ދެ ނެނޯ ސެޓެލައިޓުކަމުގައިވާ ކައިޙާން-2 އަދި ހާތިފް-1 ގެ ބަރުދަނުގައި 10 ކިލޯ ހަމަނުވާނެއެވެ. މި ތިނެތިވެސް ޖައްވަށް ފޮނުވާލާފައިވަނީ ސައިމޯގް (ފީނިކްސް) ސެޓެލައިޓް ކެރިއަރ މެދުވެރިކޮށެވެ. އިރާނުގެ ކޮމިއުނިކޭޝަން އެންޑް […]

ޔަހޫދީ ކެފޭއަށް ދިން ހަމަލާއަކީ ވެރީން ސްޓޭޖްކުރި ހަމަލާއެއްކަން ހާމަވެއްޖެ

ކެނެޑާގެ ވިނިޕެގް ގައި ހުންނަ ޔަހޫދީ ކޯޝާ ކެފޭއަކަށް ދިން ހަމަލާއަކީ އެތަނުގެ ވެރީން ރާވައިގެން އަމިއްލައަކަށް ދިން ހަމަލާއެއްކަމަށް ކެނެޑާގެ ފުލުހުން ބުނެފިއެވެ. ބާމެކްސް ކެފޭ އެންޑް ބީސްޓްރޯގެ ވެރީންގެ މައްޗަށް ”ޕަބްލިކް މިސްޗީފް“ ގެ ދައުވާ އުފުލުމަށް ފޮނުވުމަށްފަހު ކެނެޑާގެ ފުލުހުން ބުނީ، އޭޕްރިލް 18 ވަނަ ދުވަހު ހިނގައިދިޔަ ކަމަށް ބުނި މި ހާދިސާ ތަހުގީގު ކުރުމަށްޓަކައި 25 އޮފިސަރުން ހަރަކާތްތެރިވެފައިވާ ކަމަށާއި، 1000 އަށްވުރެ ގިނަ ގަޑިއިރު ހޭދަކުރިކަމަށެވެ. ޔަހޫދީ ކެފޭގެ […]

ޖޯޑަންގައި ދިން ޑްރޯން ހަމަލާއެއްގައި އެމެރިކާގެ ތިން ސިފައިން މަރާލައިފި

ޖޯޑަންގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްއަކަށް ދިން ޑްރޯން ހަމަލާއެއްގައި ސިފައިންގެ 3 މީހަކު މަރުވެ، 25 މީހަކަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.  ޖޯޑަންގެ އިރުއުތުރުން ސީރިއާ ބޯޑަރު ކައިރީގައި ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަކަށް ދިން ޑްރޯން ހަމަލާއެއްގައި ސިފައިންގެ ބަޔަކު މަރުވެފައިވާކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.  މި ހަމަލާއާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ބުނެފައިވަނީ، މިއީ އިރާނުން ސަޕޯޓުކުރާ ”ހަނގުރާމަމަތީ ޖަމާއަތްތަކުން“  ދީފައިވާ ހަމަލާއެއްކަމަށާއި، އިޒްރޭލުން […]

ގޫގްލްގެ އައު އަޕްޑޭޓާއެކު އޭއައި އިން ޕްރައިވެޓް މެސެޖުތައްވެސް ކިޔާނެ!

ގޫގްލް އިން އެންޑްރޮއިޑް ފޯނުތަކަށް ތައްޔާރުކުރި އައު އަޕްޑޭޓާއެކު، ގޫގްލްގެ އޭއައި، ބާޑްއިން ފޯނުގައި ހުންނަ ހުރިހާ މެސެޖެއް ކިޔާނެކަން ހާމަވެއްޖެއެވެ. މެސެޖަށް ބާޑް ގެންނައިރު، ބާޑްއަކީ ޗެޓްޖީޕީޓީއާއި އެއްގޮތް ގޮތެއް ހުންނަ ޔޫޒަރ އިންޓަފޭސްއެކެވެ. ބާޑްއިން ބުނާނީ އެއަކީ ”އޭއައި އެސިސްޓެންޓެއް“ ކަމަށެވެ. ”މެސެޖު ކުރުމުގެ ތަޖުރިބާ ބަދަލުކޮށްލައި، މައުލޫމާތު ފޯރުކޮށްދިނުމާއި، މުވާސަލާތުކުރުން ފުރިހަމަ ކޮށްދޭނެ ޕާސަނަލް އޭއައި އެސިސްޓެންޓެއް“ ކަމަށް ބާޑް ބުނެފައިވެއެވެ. އެހެންނަމަވެސް، ބާޑް މެދުވެރިކޮށް މެސެޖުކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި […]