މި ހަނގުރާމައަކީ ”ޒަޔަނިސްޓް ގޭންގް“ އާ ދެކޮޅަށް ކުރާ ހަނގުރާމައެއް: ހޫތީ މުޖާހިދުން

ޔަމަނުން ކުރަމުން ގެންދާ ހަނގުރާމައަކީ އެމެރިކާ ނުވަތަ އިނގިރޭސިވިލާތުގެ ރައްޔިތުންނާއި ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫންކަމަށާއި، ހޫތީން ހަނގުރާމަކުރަނީ އެދެގައުމުގެ ވެރިކަން ކުރުމާއި ހަވާލުވެތިބި ”ޒަޔަނިސްޓް ގޭންގާއި ދެކޮޅަށްކަމަށް ހޫތީން ބުނެފިއެވެ. ޔަމަނުގެ ހޫތީ މުޖާހިދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއާއި އިނގިރޭސިވިލާތުގެ ވެރިކަމުގައި ތިބި ޒަޔަނިސްޓުން އިސްވެ ތިބި ދުނިޔޭގެ ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކާއި ގެއްލުންތައް ދީފައިވާކަމަށާއި، އެއްވެސް ބޭނުމެއްނެތް ގިނަ ހަނގުރާމަތަކަކަށް އެމެރިކާގެ ސިފައިން ފޮނުވައި އެ ސިފައިންގެ ފުރާނަ ގެއްލުވާލާފައިވާކަމަށެވެ. މިގޮތުން، […]
އެމެރިކާއާއި އިނގިރޭސިވިލާތުން ބޭނުންވަނީ ރަތްކަނޑު ލޭގެ ކަނޑަކަށް ހަދާލަން: އުރުދުޣާން

ރަތްކަނޑު ލޭގެ ކަނޑަކަށް ބަދަލުކޮށްލުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން މަސައްކަތްކުރާކަމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ. އިސްރާއީލުން ޣައްޒާގައި ކުރިއަށްގެންދާ ގަތުލުއާންމުގެ މައްސަލަ ބައިންލައަޤްވާމީ އިންސާފުގެ ކޯޓު (އައިސީޖޭ) އިން ބަލަން ފެށުމާއެކު، އިންގިރޭސިވިލާތާއި އެމެރިކާއިން ޔަމަނަށް ބޮން އަޅަން ވަނީ ފަށާފައެވެ. މިކަމާއި ގުޅުވައިގެން ވާހަކަދައްކަމުން ރައީސް އުރުދުޣާން ވިދާޅުވީ މިއީ ވަރުގަދަ ބާރުތަކުން އެއަށްވުރެ ދެރަ ބާރުތަކާއި ދެކޮޅަށް ކުރާ ހަނގުރާމައެއްކަމަށާއި، އިސްރާއީލުން ޣައްޒާގައި މިކަން ދައްކަމުން ގެންދާކަމަށެވެ. އަދި އިރާނުންވެސް އެމީހުން […]
އެންމެ ފުރަތަމަ ފަލަސްތީނު ރެފިއުޖީން ބަލައިގަތީ ރަޝިއާގެ ދަގެސްތާނުން

ފަލަސްތީނުން ނުކުމެގެން ގެންދިޔަ ފުރަތަމަ 5 ރެފިއުޖީން ބަލައިގަނެފައިވަނީ ރަޝިއާގެ ދަގެސްތާނުންނެ. ދަގެސްތާނުގެ ބޮޑުވަޒީރު އަބްދުލްމުސްލިމޮވް ރެފިއުޖީންނަށް މަރުހަބާ ކިޔުމުގައި އިސްކޮށް ހަރަކާތެތެރިވެފައިވާއިރު، އެގައުމަށް ހިޖުރަކުރި ރެފިއުޖީންނަށް އެގައުމުގައި ތިބުމަށާއި، ތައުލީމު ހާސިލްކުރުމަށާއި، މަސައްކަތްކުރުމުގެ މަގުފަހިކޮށް ޚިދުމަތްތައް ވަނީ ގާއިމްކޮށްދީފައެވެ. ފަލަސްތީނުގެ 200 އެއްހައި ރެފިއުޖީންނަށް މަރުހަބާ ކިޔުމަށް ތައްޔާރަށް ތިބިކަމަށްބުނެ އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަގެސްތާނުގެ ހެޑް އޮފް ދަގެސްތާން، ސަރްޚޭ މެލިކޮވް ބުނީ، ހައްޤުގެއްލޭ ކޮންމެ ބަޔަކާއި އެކުގައި ދަގެސްތާނުން ތިބޭނެކަމަށާއި، ކާބޯތަކެއްޗާއި ދިރިއުޅޭނެ […]
އެކުއަޑޯގައި ގޭންގުތަކާއި ދެކޮޅަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

އެކުއަޑޯގައި އޮންނަ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު ގޭންގުގެ ލީޑަރު ޖަލުން ފިލުމާއި ގުޅިގެން އެގައުމުގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ. މިގޮތުން، ބަންދުގައި ހުރި އެޑޮލްފޯ މާކީއަސް، އާންމު ނަމުންނަމަ ފީޓޯ، އޭނާގެ ޖަލު ގޮޅިން ފިލާފައިވާކަމަށް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ އާދީއްތަ ދުވަހުގައެވެ. އަދި އޭނާ ޖަލުން ފިލުމުގައި ޖަލު ބަލަހަށްޓަން ތިބި ދެ އޮފިސަރަކު ބައިވެރިވެފައިވާކަމަށް ޚަބަރުތަކުން ބުނެއެވެ. އަދި އެކުއަޑޯގެ ޕްރޮސެކިއުޓަރުން ވަނީ އެ ދެ އޮފިސަރުންނާއި ދެކޮޅަށް ކޯޓުގައި […]
ގަތުލުއާންމުގެ މައްސަލާގައި އިޒްރޭލާއި އެއްކޮޅަށް ތިބީ އެމެރިކާއާއި އިނގިރޭސިވިލާތް އެކަނި

ދެކުނު އެފްރިކާއިން އިޒްރޭލާއި ދެކޮޅަށް ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓު (އައިސީޖޭ) އަށް ވެއްދި ގަތުލުއާޏްމުގެ މައްސަލާގައި އިޒްރޭލާއި އެއްކޮޅަށް ތިބީ އިނގިރޭސި ވިލާތާއި އެމެރިކާ އެކަންޏެވެ. މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ބުރާސްފަތިދުވަހު ހޭގްގައި ހުންނަ ބައިނަލްއަޤްވާމީ ކޯޓުގައި ބޭއްވުނުއިރު، ދެކުނު އެފްރިކާގެ ފަރާތުން ބަޔާން އިއްވުމަށްފަހު އިޒްރޭލުން ގަތުލުއާންމު ހިންގާކަމަށް ގަބޫލުނުކުރާކަމަށް ބުނެފައިވަނީ ހުޅަނގުގެ އެމެރިކާއާއި އިނގިރޭސިވިލާތުންނެވެ. ދެންތިބި ހުރިހައި ގައުމަކުންވެސް ވަނީ އިޒްރޭލާއި ދެކޮޅަށް ފަލަސްތީނަށް ތާއީދުކޮށްފައެވެ. މިގޮތުން، އިޒްރޭލުން ހިންގަނީ ގަތުލުއާންމެއްކަމަށް ގަބޫލުކުރާ ގައުމުތަކުގެ […]
އިޒްރޭލު ޓޭންކުތަކާއި، ސިފައިންގެ އިމާރާތްތަކަށް ހަމަލާދީ ގިނަ ބަޔަކު މަރާލައިފި

ލުބުނާނުގެ މުޖާހިދުންގެ ގްރޫޕެއްކަމަށްވާ ހިޒްބުﷲ އިން އިޒްރޭލުގެ މަތުލާއާއި ރުވައިސަތުލް އައްސީ ސައިޓުތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއްދީފިއެވެ. ހިޒްބުﷲ އިން އާންމުކުރި ވީޑިއޯއެއްގައި، އިޒްރޭލު ނިރުބަވެރި ސިފައިން ތިބި މެރްކާވާ ޓޭންކަރެއް ރުވައިސަތުލް އައްސީގައި ގޮއްވާލާ މަންޒަރު ފެނިގެންދާއިރު، ލުބުނާނުގެ އިސްލާމިކް ރެޒިސްޓެންސްއިން ވަނި މަތުލާގައި ހުންނަ އިޒްރޭލުގެ އިމާރާތަކަށްވެސް ބޮމުގެ ހަމަލާއެއް ދީފައެވެ. ހަމައެއާއެކު، އިޒްރޭލުގެ ބޯޑަރުގައި ހުންނަ ގިނަ ޕޯސްޓުތަކަކަށްވެސް މިފަދަ އެތައް ހަމަލާތަކެއް ވަނީ ދީފައެވެ. ހިޒްބުﷲ އިން އާންމުކުރި ވީޑިއޯގައި، މުޖާހިދުންގެ […]
ގަތުލުއާންމުގެ ހުއްޓުވުމުގެ ބަދަލުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ހަމަލާދީފި

އިޒްރޭލުން ޣައްޒާގައި ހިންގާ ގަތުލުއާންމު ހުއްޓުވުމުގެ ބަދަލުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ހަމަލާދީފިއެވެ. އެގޮތުން، ރަތްކަނޑުން ދުއްވާ އުޅަނދުފަހަރަށް ޔަމަނުގެ ހޫތީ މުޖާހިދުން ދެމުންގެންދާ ހަމަލާތައް ނުހުއްޓައިފިނަމަ ރައްދުގައި ދޭ ހަމަލާތަކުގެ ޒިންމާ ޔަމަނުން ނަގަން ޖެހޭނެކަމަށްބުނެ އެމެރިކާގެ ސަރުކާރުން އިންޒާރުދިނުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ ބާރުތަކުން ޔަމަނުގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއްދީފިއެވެ. އިޒްރޭލުން ހިންގާ ގަތުލުއާންމު ހުއްޓުމަށް ގޮވާލައި، އެކަމަށް ޝަރުތުކޮށް އިޒްރޭލުގެ އިޤްތިޞާދަށް އެންމެ ބޮޑު ގެއްލުންތަކެއް ދީފައިވަނީ […]
ވެސްޓް ބޭންކުގައި ހަމަލާތައް އިތުރުވާނެކަމަށް ސަލާމަތީ ބާރުތަކުން ނަތަންޔާހޫއަށް އިންޒާރުދިން

އޮކްޓޫބަރު 7 ގެ ކުރިން ހަމާސް މުޖާހިދުންގެ އެއްވެސް އަސަރެއް ނެތް، އިސްރާއީލުގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ވެސްޓު ބޭންކުގައި ހަނގުރާމައިގެ ހަމަލާ ބަދަލުކުރުންތައް އިތުރުވާނެކަމަށްބުނެ ސަލާމަތީ ބާރުތަކުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިންޒާރު ދީފައިވާކަން ހާމަވެއްޖެއެވެ. މިގޮތުން، އިސްރާއީލުންވަނީ އިސްރާއީލުގެ ނިރުބަވެރި ސިފައިންނާއިއެކު، ޑީ9 ބުލްޑޯޒަރެއް ވެސްޓު ބޭންކުގެ ތުލްކަރްމް ކޭމްޕަށް ފޮނުވައި އެތަން ހިޞާރުކޮށްފައެވެ. އަދި ފަލަސްތީނުގެ މުޖާހިދުންވަނީ ތުލްކަރްމް ކޭމްޕަށް ވަންނަށް އައި ގިނަ އުޅަނދުތަކަކަށް ހަމަލާދީ ގޮއްވާލާފައެވެ. ވެސްޓު […]
ޔޫރަޕަށް އިޤްތިޞާދީ ތޫފާނެއްގެ މަލަމަތި ފެނިއްޖެ

2017 ވަނަ އަހަރަށްފަހު އެންމެ ގިނަ އަދަދެއްގެ ކުންފުނި އުވާލެވުނީ 2023 ވަނަ އަހަރުގައި ކަމަށް ބޭންކް އޮފް ފްރާންސްއިން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފިއެވެ. ބެންކް އޮފް ފްރާންސްގެ ވްބްސައިޓްގައި ޝާއިއުކުރި މި ރިޕޯޓުގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ ތެރޭގައި ފްރާންސްގެ 55،435 ކުންފުނި އުވާލާފައިވާކަމަށާއި، މީގެ ތެރޭގައި ގިނައީ 250 އާއި ހަމައަށް މުވައްޒަފުން ގެންގުޅޭ ކުދި އަދި މެދު ފަންތީގެ ކުންފުނިތައްކަމަށެވެ. މިގޮތުން، އުވާލެވުނު މެދު އަދި ބޮޑު ފަންތީގެ ވިޔަފާރިތަކުގެ އަދަދު […]
ރަތް ކަނޑުގެ ހަމަނުޖެހުމާއެކު ޝިޕިންގް ކުންފުނިތަކުގެ ހިއްސާގެ އަގު މައްޗަށް!

ރަތް ކަނޑުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއެކު، ބޭނުންކުރުމަށް ލިބެން ހުންނަ ކޮންޓެއިނަރުގެ އަދަދު މަދުވުމުގެ ސަބަބުން ދުނިޔޭގެ ހިއްސާގެ ބާޒާރުގައި މުދާއުފުލާ ކުންފުނިތަކުގެ ހިއްސާގެ އަގާއި ފްރައިޓްގެ އަގުތަށް މައްޗަށް ޖެހިއްޖެއެވެ. އެގޮތުން، (މެއާސްކް-އޭ.ކޯ، މެއާސްކް-ބީ.ކޯ) ގެ ހިއްސާގެ އަގު 37 އިންސައްތަ މައްޗަށް ޖެހިފައިވެއެވެ. ޑިސެންބަރުމަހުގެ މެދުތެރޭގައި ހޫތީ މުޖާހިދުން ރަތްކަނޑުގައި ދޭންފެށި ހަމަލާތަކުގެ ފަހުން ޑެންމާކްގެ މެއާސްކް ކުންފުނީގެ އިތުރުން، އެހެން މުދާއުފުލާ ކުންފުނިތަކުން ރަތްކަނޑުން ސުއޭޒް ކެނެލް ހުރަސްކޮށް ދަތުރުކުރުން ހުއްޓާލާފައިވާއިރު، މިއީ އޭޝިއާއާއި […]