އިރާޤުގައި ތިބި އެމެރިކާ ސިފައިން އިރާޤުން ބޭލުމަށް އަންގައިފި

އައިން އަލްއަސަދް ބޭސްއަށް އިއްޔެ ދިން ބޮޑު މިސައިލް ހަމަލާއާއެކު، އިރާޤުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން ލަސްނުކޮށް އިރާޤުން ބޭލުމަށް އިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝީޢާ އަލްސޫދާނީ އަންގަވައިފިއެވެ. އަދި އެމެރިކާ ސިފައިން އެގައުމަށް އެތެރެވުންވެސް އިރާޤު ސަރުކާރުން މިހާރު އަންނަނީ މަނާކުރަމުންނެވެ. ”ސިފައިން ހުސްކުރެވޭނެ މުއްދަތެއް ދޭން އެބަޖެހޭ. މާދިގު މުއްދަތެއް ނޫން. ވީހާވެސް އަވަހަކަށް ހުސްކުރަންވީ. ސިފައިން ހުސްވުމުން ނޫނީ އިރާޤަށް އަމާޒުކުރާ ހަމަލާތައް ނުހުއްޓޭނެ.“ އަލް ސޫދާނީ ވިދާޅުވިއެވެ. އެމެރިކާއިން ގަވާއިދާ […]
ޤަތުލުއާންމަށް ގޮވުމަކީ ދާޚިލީ ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމެއް: ނަސީރުއްދީން ޝާހް

އިންޑިއާގައި މުސްލިމުންނާއި ދެމެދު ކަންތައް ވަމުން އަންނަ ގޮތާއި މެދު ފިކުރުކޮށްލުމުން ހަނދާނަށް އަންނަނީ އިންޑިއާގެ އޮންލައިން މަޖައްލާ، ”ދަ ވަޔަރ“ އަށް އިންޑިއާގެ މަޝްހޫރު މުސްލިމް ފިލްމީތަރިއެއް ކަމަށްވާ ނަސީރުއްދީން ޝާހް ދިން އިންޓަވިއުއެއްގައި އޭނާ ދެއްކި ވާހަކައެކެވެ. މުސްލިމުން ނައްތާލުމަށްޓަކައި، ގަތުލުއާންމަށް ގޮވާލިޔަސް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ވަރިހަމަކަމަށާއި، އެގައުމުގެ ބަޔަކު އެގައުމުގެ އެހެން ބަޔަކު ފާޅުގައި ޤަތުލުކުރުމަށް ގޮވާލުމަކީ ސީދާ ދާޚިލީ ހަނގުރާމައަކަށް ގޮވާލުން ކަމަށް ނަސީރުއްދީން ޝާހް 2021 ވަނަ […]
ކެބިނެޓް މިނިސްޓަރެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލުމުން ރައްޔިތުން ހައިރާންކޮށްލައިފި

ކޮރަޕްޝަނާއި ދުރުވެ ސާފު ވެރިކަމެއް ކުރާކަމަށް ދައުވާކުރާ ސަރުކާރެއް އޮންނަ ސިންގަޕޫރުގެ ކެބިނެޓު ވަޒީރެއްގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލުމުން ގައުމު ހައިރާން ކޮށްލައިފިއެވެ. މަދު ފަހަރަކު ނޫނީ ނުފެންނަ ކޮރަޕްޝަނުގެ މައްސަލައެއްގައި ސިންގަޕޫރުން ހައްޔަރުކޮށްފައިވަނީ ސިންގަޕޫރުގެ ފަތުރުވެރިކަމާއިބެހޭ ވަޒީރު ސުބްރަމަނިޔަމް އިސްވަރަން އެވެ. ”އާންމު ޚިދުމަތްތެރިއެއްގެ ގޮތުގައި ހުރެ އަމިއްލަ މަންފާއެއް ލިބިގަތުމު“ ގެ ދައުވާ ހިމެނޭހެން އޭނާގެ މައްޗަށް 17 ދައުވާއެއް އުފުލާފައިވާއިރު، އެއިން އެއްވެސްކަމެއް ކޮށްފައިނުވާނެކަމަށް އޭނާ ވަނީ ބުނެފައެވެ. އިސްވަރަން ވަނީ […]
އިންޑޮނޭޝިއާ އާއި ސްލޮވޭނިއާއިން އިޒްރޭލާއި ދެކޮޅަށް އިތުރު ދައުވާއެއް ހުށަހަޅަނީ

އިންޑޮނޭޝިއާއާއި ސްލޮވޭނިއާއިން ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓު (އައިސީޖޭ) ގައި އިޒްރޭލާއި ދެކޮޅަށް އިތުރުދައުވާއެއް ހުށަހެޅުމަށް ތައްޔާރުވެއްޖެއެވެ. މިގޮތުން، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތަކަށް އިޒްރޭލުން އަރައިގަނެފައިވާކަމަށް ބުނެ އުފުލާ މި ދައުވާ ކޯޓުގައި ހުށައެޅުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ މަހުގެ 19 ވަނަ ދުވަހުގައެވެ. މިދެގައުމުން ހުށައެޅުމަށް ހަމަޖެހިފައިވާ ދައުވާގައި ބުނެފައިވަނީ، ފަލަސްޠީނު ހިޞާރުކޮށް އެގައުމު ކޮންޓްރޯލުކުރުމަށް އިޒްރޭލުން ގެންގުޅޭ ސިޔާސަތުތަކާއި ނިޒާމުތަކާއި ގުޅޭގޮތުން އެޑްވައިޒަރީ އޮޕީނިއަނެއް ނެރެދިނުމަށެވެ. އެކުވެރި ދައުލަތުގެ ޖެނެރަލް އެސެމްބްލީ، ޔޫއެންޖީއޭ އިންވެސް ފަލަސްތީނު ރައްޔިތުންނާއި […]
އިޒްރޭލުން ގެންދަނީ އިރާނަށް ހަމަލާދެމުން ކަމަށް ނަތަންޔާހޫ ބުނެފި

އިޒްރޭލުން އިރާނަށް ޓާގެޓުގޮށް ހަމަލާދެމުން ގެންދާކަމަށާއި، އެގައުމުން ނިއުކްލިއަރ ހަތިޔާރު ހޯދުން ހުއްޓުވުމަށްޓަކައި އެޅެން އޮތް ހުރިހައި ހުރަހެއް އަޅަމުން ގެންދާކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. ސީދާ އިރާނަށް ހަމަލާ ނުދެނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ނަތަންޔާހޫ ބުނީ، އިރާނަށް ހަމަލާ އެބަދޭ ކަމަށެވެ. ”ކާކުބުނީ އިރާނަށް ހަމަލާ ނުދެޔޭ. މިގެންދަނީ އިރާނަށްވެސް ހަމަލާ ދެމުން.“ އޭނާ ބުނެފައިވެއެވެ. ހަމާސްއިން ޣައްޒާއާއި ވީފަޅިން އިޒްރޭލުން ހިޞާރުކޮށްފައިވާ ފަލަސްތީނުގެ ބިމަށް އަރައި، 1200 […]
ޗައިނާ އަދި ރަޝިއާ އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެކަމަށް ހޫތީން ބުނެފި

އިޒްރޭލާއި، އިޒްރޭލަށް ތާއީދުކުރާ ގައުމުތަކާއި، އިޒްރޭލުގެ މަސްލަހަތު އޮންނަ އުޅަނދުފަހަރު ފިޔަވައި ހުރިހާ ގައުމެއްގެ ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ރަތްކަނޑުން ދަތުރުކުރެވޭނެކަމަށް ޔަމަނުގެ ހޫތީ މުޖާހިދުން ބުނެފިއެވެ. ހޫތީ ޖަމާއަތަށް ނިސްބަތްވާ މުޙައްމަދު އަލްބުހެއިތީއާއި ހަވާލާދީ އިޒްވެސްޓިޔާ ނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި، ރަޝިއާއާއި ޗައިނާގެ އުޅަނދުފަހަރަށް ހޫތީން ޓާގެޓުނުކުރާނެކަމުގެ ޔަގީންކަން އެޖަމާއަތުން ވަނީ ދީފައެވެ. އަލްބުހެއިތީ ބުނެފައިވަނީ އެޖަމާއަތުގެ މަގްސަދަކީ ޔަހޫދީ އިޒްރޭލަށް އިޤްތިޞާދީ ފިއްތުންތައް އިތުރުކޮށް، ޣައްޒާ ސުންނާފަތި ކުރުމަށްޓަކައި ހިންގާ އަމަލުތަކަށް ނިމުމެއް ގެނައުން ކަމަށާއި، ބޯޓު […]
ޝަރުތުތަކާއެކު ޣައްޒާއަށް ދޭހަމަލާތައް ހުއްޓާލުމަށް ގޮވާލައި ޔޫރަޕިއަން ޔޫނިއަނުން ގަރާރެއް ފާސްކޮށްފި

ޣައްޒާގެ މުޖާހިދުންގެ ޖަމިއްޔާ، ހަމާސް ނައްތާލައި، ހަމާސްއިން އަސީރުކުރި ހުރިހާ ފަރާތެއް ދޫކޮށްލުމަށް ޝަރުތުކޮށް، އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް އެއްކޮށް ހުއްޓާލުމަށް ގޮވާލައި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޤަރާރެއް ފާސްކޮށްފިއެވެ. މިމައްސަލާގައި ޔޫރަޕުގެ ގައުމުތަކުގެ ޚިޔާލުތައް ބައިބައިވެފައިވާއިރު، ގަރާރުގެ އިބާރާތާއިމެދު އެއްބަސްވުމަކަށް އައުމަކީ ފަސޭހަކަމަކަށް ނުވިއެވެ. މިގޮތުން، އެންމެ ފުރަތަމަ ހުށައެޅުނު ގަރާރުގައި ގޮވާލާފައިވަނީ އިޒްރޭލުންދޭ ހުރިހާ ހަމަލާއެއް ވަގުތުން ވަގުތަށް ހުއްޓާލުމަށެވެ. ނަމަވެސް، ވާހަކަދެކެވި ހުށައެޅުނު އިސްލާހުތަކަށް ބަހުސްކުރުމަށްފަހު، މި އިބާރާތުގެ ތެރެއަށް […]
ރަޝިއާއިން އިރާނާއެކު ހަތިޔާރު ހޯދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިރާނުގައި އުފައްދާ ހަތިޔާރު ގަތުމަށްޓަކައި ރަޝިއާއިން އިރާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ރަޝިއާގެ ދައުލަތުގެ ޚަބަރު ޗެނަލް ކަމުގައިވާ، އާރްއައިއޭ ނޮވޮސްޓީ އިން އެގައުމުގެ ދިފާޢީ ވުޒާރާއާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަޝިއާގެ ދިފާޢީ ވުޒާރާއިން އިރާނުން ގިނަ އަދަދެއްގެ ހަތިޔާރު ގަތުމަށްޓަކައި އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން މީގެ މަސްތަކެއް ކުރިން ރަޝިއާގެ ދިފާޢީ ވަޒީރު ސަރްޣޭ ޝޮއިގޫއަށް އެގައުމުން ތައްޔާރުކުރާ ހަތިޔާރުތައް ދައްކާލައިދީފައި ވެއެވެ.
މެދުއިރުމަތީގެ ސަރަހައްދީ ހަނގުރާމަ ވަރުގަދަކުރަނީ

މެދުއިރުމަތީގެ ސަރަހައްދީ ހަނގުރާމަ ފުޅާކޮށް ވަރުގަދަކުރާނެކަމަށް އެސަރަހައްދުގެ މުޖާހިދުންގެ ގުރޫޕްތަކުން ބުނެފައިވާކަމަށް ޣައްޒާގެ ހަމާސް މުޖާހިދުން ބުނެފިއެވެ. ހަމާސްގެ ތަރުޖަމާނު، އަބޫ އުބައިދާ ބުނެފައިވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އަދިވެސް ހުއްޓާފައިނުވާއިރު، އެސަރަހައްދުގެ އެހެން މުޖާޙިދުން އިސްރާއީލަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެކަމުގެ ޚަބަރުތައް އެ ގުރޫޕްތަކުން ލިބިފައިވާކަމަށެވެ. ހަމާސްއިން މިހެން ބުނެފައިވާއިރު އިސްރާއީލުން ލުބުނާނުގެ ހިޒްބުﷲ މުޖާހިދުންގެ އިސްވެރިންނަށް ޓާގެޓުކޮށް ޤަތުލުކުރަމުން ދިޔުމުން ހިޒްބުއިން އިސްރާއީލަށް ބޮޑެތި ހަމަލާތަކެއް ދޭނެކަމަށް ގަބޫލުކުރެވޭކަމަށް ކަމާއި ބެހޭ […]
މުސާރަދިނުން ހުއްޓާލުމާއެކު އިންޑިއާގެ މުސްލިމް މުދައްރިސުންގެ ވަޒީފާތައް ގެއްލޭނެކަމުގެ ބިރު އުފެދިއްޖެ

ފައިސާ ނެތްކަމަށްބުނެ އިންޑިއާގެ އެންމެ ބޮޑު އާބާދީއެއް ދިރިރުޅޭ ނިއު ދިއްލީގެ އިސްލާމިކް ސްކޫލުތަކުގައި ހިސާބާއި ސައިންސް މާއްދާތައް ކިޔަވައިދޭ 21،000 އަށްވުރެ ގިނަ މުސްލިމް މުދައްރިސުންނަށް މުސާރަދިނުން ހުއްޓާލާފައިވާއިރު، އެވަޒީފާތައް މުޅިންހެން ގެއްލުމުގެ ފުރުސަތު އެބައޮތްކަމަށް އިންޑިއާ ސަރުކާރުގެ މަސްދަރަކުން ހާމަކޮށްފިއެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހިންދޫ ނޭޝަނަލިސްޓް ޕާޓީއިން ވެރިކަންކުރާ އުއްތަރް ޕްރަދޭޝްގެ މަދަރުސާތަކުގައި މަސައްކަތްކުރާ މުދައްރިސުންނެވެ. މި މައްސަލަ ފެންމަތިވެފައި މިވަނީ ބޮޑުވަޒީރު މޯދީ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް ކުރިމަތިލާފައިވަނިކޮށެވެ. […]