ގޫގްލްއިން މެލޭޝިއާއަށް 2 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

އޭއައި އަށް އޮންނަ ޑިމާންޑް އިތުރުވުމާއެކު ގޫގްލްއިން މެލޭޝިއާއަށް 2 ބިލިއނަް އެމެރިކާ ޑޮލަރު އިންވެސްޓްކުރަން ނިންމައިފިއެވެ. ގޫގްލްއިން ބުރާސްފަތި ދުވަހު ހާމަކޮށްފައިވަނީ، އޭއައި އާއި ކްލައުޑްގެ ހިދުމަތްތަކަށް އޮންނަ ޑިމާންޑް އިތުރުވަމުންދިޔުމާއެކު، މެލޭޝިއާގެ ތްރައްގީގެ ބާޒާރަށް ގޫގްލްއިން 2 ބިލިއަން ޑޮލަރު ވެއްދުމަށް ނިންމާފައިވާކަމަށެވެ. މި ފައިސާގެ ބޮޑުބައެއް ޙަރަދުކުރާނީ މެލޭޝިއާގެ ފުރަތަމަ ޑޭޓާ ސެންޓަރު ތައްޔާރުކުރުމުގެ އިތުރުން، އެސަރަހައްދުގެ ކްލައުޑް ހިދުމަތްތައް ރަނގަޅު ކުރުމަށެވެ. “މި އިންވެސްޓްމަންޓަކީ، މެލޭޝިއާގެ ސަރުކާރާއެކުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ […]
އެކި ވައްތަރުގެ ހަކަތަ ބޭނުންކުރެވޭ އިންޖީނުތަކެއް ޓޮޔޯޓާއިން ދައްކާލައިފި

ނެކްސްޓް ޖެންރޭޝަން އިންޖީނުތަކެއްގެ ގޮތުގައި ތަފާތު ބާވަތްތަކުގެ ހަކަތަ ބޭނުންކުރާ ކާރުތަކުގައިވެސް ބޭނުންކުރެވޭ އިންޖީނުތަކެއް ޓޮޔޯޓާ މޮޓޯރ އިން ތައާރަފުކޮށް މިދިޔަ އަންގާރަދުވަހު ދައްކާލައިފިއެވެ. ސުބާރޫއާއި މަޒްޑާ މޮޓޯރ އާއި އެކުގައި ބޭއްވި މީޑިއާ ހަރަކާތެއްގެ ތެރޭގައި، ދުނިޔޭގެ އެންމެ ބޮޑު އޮޓޮމޯޓިވް ކުންފުނިން ދައްކާލާފައިވަނީ އެކުންފުނިން ފަރުމާކޮށް ފުރިހަމަ ކުރަމުން އަންނަ 1.5 ލިޓަރު އަދި 2.0 ލިޓަރު ގެ ކުދި އިންޖީނުތަކެކެވެ. އެގޮތުން އާންމުކޮށް ބޭނުންކުރާ އިންޖީނުތަކަށްވުރެ މިއިންޖީނުތައް އިސްކޮޅުންނާއި، އެހެންވެސް ގޮތްގޮތުން ކުޑަވާނެއެވެ. […]
މުސްލިމުން އެކުގައި އިޒްރޭލާ ދެކޮޅަށް ނުކުންނަން ޖެހޭ: އުރުދުޣާން

ހުރިހާ މުސްލިމުން އެއްބަސްކިޔައި އެކުގައި އިޒްރޭލާ ދެކޮޅަށް ނުކުންނަން ޖެހޭ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ. އުރުދުޣާން ވިދާޅުވީ ޔަހޫދީ އިޒްރޭލަކީ އިންސާނިއްޔަތަށް އޮތް ނުރައްކަލެއް ކަމަށާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ “ވެމްޕަޔަރިޒަމް” ގައި ހުޅަނގުގެ ފުރިހަމަ ބައިވެރިވުން އެބައޮތްކަމަށެވެ . “އިޒްރޭލަކީ ހަމައެކަނި ޣައްޒާއަށް އޮތް ނުރައްކަލެއްނޫން. މުޅި އިންސާނިއްޔަތަށް އޮތް ނުރައްކަލެއް. ބައިނަލްއަޤްވާމީ ގާނޫނާއި އިޒްރޭލުން ޚިލާފްވާހާ ހިނދަކު އެއްވެސް ގައުމަކަށް ރައްކާތެރިކަމެއް ނެތްކަމަށެވެ. ނަތަންޔާހޫ ހިންގަނީ ގަތުލުއާންމެއްކަން […]
ޣައްޒާގެ 5000 މީހަކަށް ކެނެޑާގެ ރެޒިޑެންޓް ވިސާދެނީ!

ޣައްޒާ މައްސަލާގައި މުސްލިމް ގިނަ ގައުމުތަކުން ވަކިއެއްޗެސް ނުބުނެ ހަނުތިބިއިރު، އިޒްރޭލަށް އެއްބާރުލުންދީ ވާގިވެރިވި ގައުމުތަކުން މިހާރު ފަލަސްތީނު ރައްޔިތުން އެގައުމުގައި ދިރިއުޅުމަށް ޖާގަ ދޭން ވަނީ ފަށާފައެވެ. މިގޮތުން، ހޯމަދުވަހު ކެނެޑާއިން ހާމަކޮށްފައިވާ ގޮތުގައި، އެގައުމުން ޣައްޒާގެ 5000 ރައްޔިތަކަށް ވިސާ ދޭނެއެވެ މިއީ ފުރަތަމަ ދޭން އެއްބަސްވި އަދަދަށްވުރެ ބޮޑު އަދަދެކެވެ. އަދި އިޒްރޭލުން ރަފާހްގައި ދިން ހަމަލާގެ “ބިރުވެރިކަން” ފާހަގަކޮށް ކެނެޑާއިން ބުނީ، އެހަމަލާގައި 45 މީހަކުޝަހީދުކޮށްލާފައި ވާތީ އެކަމާ ކަންބޮޑުވާކަމަށެވެ. “މިވަގުތު […]
ޑިމޮކްރަސީތަކަކީ މިހާރު ސުލްހަވެރީންގެ ނިޒާމެއްނޫން!

މެދުއިރުމަތީގެ ސުލްހައިގެ މަޝްވަރާތަކުގައިއާއި އެކަމަށް ކުރެވޭ މަސައްކަތުގެ އެންމެ އިސް ސަފުން މިހާރު ފެންނަނީ ޗައިނާއެވެ. ޒަމާނުއްސުރެ އަރަބި ގައުމުތަކަށް އަތްގަދަކޮށް އެގައުމުތައް ކޮންޓްރޯލް ކުރަމުން މި ގެންދަނީ އެމެރިކާއާއި އިޒްރޭލުން ކަމަށް ވުމާއެކު، ކުށެއްނެތް އާންމުންގެ މީހުން ހާހުން ޝަހީދުކުރާތާ އެތައް އަހަރެއް މިވަނީ ވެފައެވެ. ސައުދީ އަރަބިއާއާއި އިރާނުގެ ދެމެދުގައި އޮންނަ ދެކޮޅުވެރިކަން އޮތުރަށް ވަރުގަދަކޮށް މެދުއިރުމަތި އިތުރަށް ހަމަބޮލިކުރުމަށް އިޒްރޭލުން ދެފަރާތުން މަސައްކަތް ކުރާއިރު، އިޒްރޭލުގެ މަސްލަހަތު އޮންނަ އެމެރިކާގެ ތެޔޮ އަދި […]
އީލޮން މަސްކް ދެކުނު އޭޝިއާގެ ބާޒާރު ވަޒަންކުރާނެބާ؟

އިންޑޮނޭޝިއާގެ ބާލީގައި ބޭއްވި މަހާސިންތާއެއްގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމްސިންގް މަޝްހޫރު ބިލިއަނަރު އީލޮން މަސްކާއި ބައްދަލުކުރައްވާފައިވާއިރު، އެ ބައްދަލުވުމުގައި އެ ދެބޭފުޅުންވަނީ އިންޑޮނޭޝިއާއަށް ތައާރަފްކުރަން އުޅޭ މަސްކްގެ ސްޓަާރލިންކުން ދޫކުރާ އިންޓަރނެޓް ޚިދުމަތާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ. މިބައްދަލުވުމަށްފަހު ކުރީގެ ޓްވިޓާ، އެކްސް ޕްލެޓްފޯމްގައި ރައީސް ވިކްރަމްސިންގް ހިއްސާކުރެއްވި ޓްވީޓެއްގައި އޭނާ ލިޔުއްވާފައިވަނީ، “ސްޓާލިންކް ފަދަ ހިދުމަތަކުން ސްރީލަންކާފަދަ ގައުމުތަކަށް ގިނަގުނަ ކުރިއެރުންތައް ހޯދިދާނެ.” ކަމަށެވެ. ދުނިޔޭގެ ގިނަ ގައުމުތަކަކަށް މަސްކްގެ ސްޓާލިންކް ތައާރަފްކުރަމުން ދާއިރު، މިހާރު އެހިދުމަތް […]
ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަމަށް ދައްކައިގެން އެއަރޕޯޓުން ކަންކަން ފާސްޓްރެކް ކުރާ މީހުން ގިނަވެއްޖެ: ފްރޮންޓިއަރ ސީއީއޯ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލުއިފަސޭހައަށް އެއާލައިނުން ހަމަޖައްސާފައި ހުންނަ ޚިދުމަތްތަކުގެ ނާޖާއިޒް ފައިދާ ނަގާމީހުން އިތުރުވެފައިވާކަމަށް ބަޖެޓް އެއަރލައިނެއް ކަމުގައިވާ ފްރޮންޓިއެރގެ ސީއީއޯ ބެރީ ބިފްލް ވިދާޅުޗެއްޖެއެވެ. ބިފްލް ބުނެފައިވަނީ މިނާތަހުޒީބު އަމަލުގެ ސަބަބުން މާލީގޮތުންނާއި ވަގުތުގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. “ޚާއްސަ ހިދުމަތްތަކުގެ ނާޖާއިޒް ފައިދާ ނަގަނީ އިންތިހާއަށް. ވީލްޗެއަރ އެސިސްޓެންސް ބޭނުން ނުވާ މަިހުންވެސް އެހިފުމަތުގެ ބޭނުން ހިފާތަން އެބަފެނޭ.” ނިއުޔޯކުގައި އޮތް މެންދުރުގެ ކެއުމެއްގައި ވާހަކަދައްކަމުން ބިފްލް ބުނިކަމަށް ސީއެންބީސީއިން […]
އިނގިރޭސިވިލާތުގެ މާލީ ހާލަތު ފާއިތުވި 70 އަހަރުދުވަހުގެ ތެރޭގައި ދުވަހަކު ނުދާހާ ދަށަށް ހިނގައްޖެ

1950 ގެ އަހަރުތަކަށްފަހު އަދި މިހާތަނަށް ކުރިމަތިލާން ޖެހިފައިނުވާ ގޮންޖެހުންތަކާ އިންގިރޭސިވިލާތުން ކުރިމަތިލާންޖެހޭނެ ކަމަށް އިންސްޓިޓިއުޓް ފޮރ ފިސްކަލް ސްޓަޑީޒް (އައިއެފްއެސް) ގެ ޑައިރެކްޓަރ، ޖޯންސަން ހާމަކޮށްފިއެވެ. “މާލީގޮތުން ވަރަށް ބޮޑަށް ތާށިވެއްޖެ. ދައުލަތުގެ ޚިދުމަތްތައް ފޯރުކުރުމުގައި އަންނަނީދަތިތަކާއި ކުރިމަތި ވަމުން. ތާރީޚީގޮތުން ދުވަހަކު ނުނަގާހާ ގިނައިން ޓެކްސް ނަގަމުން ދާއިރު ދެޕާޓީއިން ގެންދަނީ ދަރަނި ފިލުވުމުގެ ހުވަފެންތަކެއް.” ، އޭނާ ބުނެފައިވެއެވެ. ޖޯންސަން އިތުރަށް ބުނެފައިވަނީ، މިކަމުން ސަލާމަތްވުމަށް ގާނޫނު ހަދާ ފަރާތްތަކަށް އޮތީ ތިންގޮތެއް […]
ވެވެން އޮތް ގޮތަކަށް އިރާނަށް އެހީތެރިވުމަށް ޗައިނާ އޮތީ ތައްޔާރަށް: ޗައިނާގެ ޚާރިޖީ ވުޒާރާ

ވެވެން އޮތް ގޮތަކަށް، އިރާނަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް ރިޕަބްލިކް އޮފް ޗައިނާ އޮތީ ތައްޔާރަށް ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ، މިނިވަންކަމާއި، ހަމަޖެހުމާއި، ކުރިއެރުމުގެ ފަލްސަފާތައް ނެގެހެއްޓުމަށް އިރާނުގެ ރައްޔިތުންނާއި އެގައުމުގެ ސަރުކާރަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން އޮންނާނެކަމަށާއި، ދެގައުމުގެ މެދުގައި އޮންނަ ތަދުބީރީ ބައިވެރިވުމުގެ ގުޅުން ބަދަހިކޮށް އިތުރަށް ހަރުދަނާކުރުމަށް އިރާނާއެކު މަސައްކަތްކުރަން ޗައިނާއިން ތައްޔާރަށް އޮތް ކަމަށެވެ. މިގޮތުން، ބައިނަލްއަޤްވާމީ ގޮތުން ބައިއަތު ހިފުމުގެ މިފަދަ […]
ހަތިޔާރު ހިފައިގެން އިންޑިއާއިން އިޒްރޭލަށް ދަތުރުކުރި ބޯޓަކަށް ސްޕެއިންއިން ހުރަސްއަޅައިފި

ގޮވާޒާތުގެ ތަކެއްޗާއިއެކު، 27 ޓަނުގެ ހަނގުރާމަމަތީ ހަތިޔާރު ހިފައިގެން އިންޑިއާއިން އިޒްރޭލަށް ދަތުރުކުރި ޑެންމާކްގެ މުދާ އުފުލާ ބޯޓެއް ސްޕެއިންގައި ބަނދަރުކުރުން އެގައުމުން މަނާކޮށްފިއެވެ. އެގޮތުން، ސްޕެއިންގެ ބަނދަރެއްގައި ބަނދަރުކުރުމަށް އެބޯޓުން އެދުނު އެދުމަށް ސްޕެއިން އިން ނޫނެކޭ ބުނެފައިވާއިރު، ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯޒޭ މެންވެލް އަލްބަރެސް ބުއޭނޯ ބުނީ މެދުއިރުމަށްޗަށް ބޭނުންވަނީ އިތުރު ހަތިޔާރުނޫންކަމަށާއި، ސުލްހަވެރިކަމާއި، އަމާންކަމާއި، ހަމަޖެހުން ކަމަށެވެ. މިމުދާ އުފުލާ ބޯޓަކީ އިންޑިއާގެ ޗެންނާއީ އިން އިޒްރޭލުގެ ހައިފާ ބަނދަރަށް ދަތުރުކުރަމުންދިޔަ […]