ވަގަށް އަނބު ބިން ދެ މީހެއްގެ ބަންދަށް 7 ދުވަސް ޖަހައިފި

މާލޭގައި ހުރި އަނބު ގަހަކުން ވަގަށް އަނބު ބިން ދެ މީހެއްގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ މައްސަލައިގެ ތަހުގީގަށް އެ ދެ މީހުން ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރަން އަމުރު ނެރެފައެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ: ގދ. ރަތަފަންދޫ، ނީލްވިލާ، މުހައްމަދު ސުހައިލް، 33އ ހދ. ކުޅުދުއްފުށި، ކަސްތޫރިގެ، އަހްމަދު އަލީ، 37އ ކޯޓުގައި އެ ދެ މީހުން ބުނީ އެ އަނބު ގަހަކީ މަގުމައްޗަށް ވާ […]

އެމްޑީޕީގެ މުޒާހަރާގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަން ހާމަކޮށްފި

މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްގެންދާ އެއްވުމުގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. އެމްޑީޕީގެ އެ މުޒާހަރާ ފަށާފައި ވަނީ މިރޭ 20:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. ދިވެހި ފުލުހުން ޚިދުމަތުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްގެންދާ އެއްވުމުގައި ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ޚިލާފަށް މަޖީދީމަގުން ކުރިއަށްދާން ފެށުމާ […]

ޔަމަނުން އިސްރާއީލަށް ދަތުރުކުރާ މުދާ އުފުލާ މަނަވަރަކަށް ހަމަލާދީފި

ޔަމަނުގެ އަސްކަރިއްޔާ އިން އިޒްރޭލަށް ދަތުރުކުރާ މުދާ އުފުލާ މަނަވަރަކަށް ހަމަލާދީފިއެވެ. ޔަމަނުގެ އަސްކަރިއްޔާ އިން ހަމަލާދީފައި ވަނީ އިޒްރޭލުގެ ކާގޯ ބޯޓު މިނަރްވާ ގްރެޗަށެވެ.ޔަމަނުގެ އާމްޑް ފޯސަސްގެ ތަރުޖަމާން ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސާރީ ވިދާޅުވީ، އެ މަނަވަރަށް ހަމަލާ އަމާޒު ކުރީ އިޒްރޭލުގެ ބަނދަރުތަކަށް ދަތުރު ކުރާތީ ކަމަށެވެ.މިގޮތުން ޔަމަނުން ދިން އެ ހަމަލާގެ ސަބަބުން ބޯޓުގައި އަލިފާން ރޯވެ، ބޯޓު އަޑިއަށް ދިއުމުގެ ބިރު އޮތް ކަމަށް ސާރީ އާ ހަވާާލާދީ މީޑިއާ […]

މާރާމާރީއެއްގައި މީހެއްގެ ބުރަކައްޓަށް ހަމަލާދިނުމުގައި ބައިވެރިވި ދެމީހުން ޖަލަށްލާން ހުކުމް ކޮށްފި

މާރާމާރީއެއްގައި މީހެއްގެ ބުރަކައްޓަށް ހަމަލާދިނުމުގައި ބައިވެރިވި ދެމީހުން ޖަލަށްލާން ހުކުމް ކޮށްފިއެވެ. މި މައްސަލައިގައި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގައި ދައުލަތުން ދައުވާކުރީ، ގއ. މާމެންދޫ ރިހިފަރުދާގެ އަހްމަދު ޝަމީމް އާއި ގުލްފާމްގެ މުހައްމަދު މާޒިން އާއި ބިލަތްމާގެ ޝަރަފް ރަޝީދު މައްޗަށެވެ. އެގޮތުން މި މީހުންގެ މައްޗަށް ދައުވާކުރީ، 2021 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ އަށްވަނަ ދުވަހުގެރޭ މާމެންދޫ ކަތިބެއްޔާ މަގާއި ކޭވަނެބެއްޔާމަގާ ގުޅުނު ހަތަރުއަނގޮޅި ކަންމަތީގައި ހުންނަ ވެރައިޓީސްކެއާ ކައިރިން އެ […]

ކައްދޫ އެކްސިޑެންޓު: މީހަކު މަރުވި މައްސަލައިގައި ދައުވާކުރަން ފޮނުވައިފި

މި އަަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ލ. ކައްދޫގައި ކަފިހިހުރަސް މަތިން މަގުހުރަސް ކުރަނިކޮށް، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އެގޮތުން މި […]

އަންނަން އޮތް ޖީލުތަކަށް އިސްލާމް ދީނުގެ ސައްހަ އަގީދާ ފޯރުކޮށްދޭންޖެހޭ: ޚުޠުބާ

އަންނަން އޮތް ޖީލުތަކަށް އިސްލާމް ދީނުގެ ސައްހަ އަގީދާ ފޯރުކޮށްދޭންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ހުތުބާ ދީފައިވަނީ ”ދީން ރައްކާތެރިކުރުން“ މި މައުލޫއަށެވެ. ހުތުބާގައި ބުނީ މާތް ﷲ، އިންސާނުން މި ބިމުގައި ޚަލީފާވެރިކުރައްވައި، އެ މީހުންނަށް ރަނގަޅު ގޮތާއި ނުބައި ގޮތް ބަޔާންކޮށްދެއްވުމަށްޓަކައި އެ މީހުންގެ ތެރެއިން ރަސޫލުބޭކަލުން ފޮނުއްވި ކަމަށެވެ. އަދި އެ އެންމެހައި ބޭކަލުން ގޮވައިލެއްވީ އިސްލާމް ދީނަށް ކަމަށާއި އަންނާން އޮތް ޖީލުތަކަށް އަހަރެމެން މި […]

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. “ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ދެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (24.06 ގުރާމް) އާއި 363 ގުޅަ މަނާބޭސް (37.6 ގުރާމް) ފެނިފައިވޭ. އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް […]

މޫސަ މަރާލި މައްސަލައިގައި ދައުވާކުރަން ފޮނުވައިފި

ލ. މާވަށް / ނަލަހިޔާ، މޫސާ އިބްރާހީމް (29އ) އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ. މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2025 ޖުލައި 28 ވަނަ ދުވަހުގެ 10:12 އެހައިކަންހާއިރުއެވެ. މި މާރާމާރީގައި އަނިޔާވި މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ މި މައްސަލައިގައި ދައުވާކުރުމަށް […]

އޮމަދޫގެ އިޚްތިޞާޞްގައި ހިމެނޭ 2 ފަޅުރަށުން ދާއިމީކޮށް ކައުންސިލަށް އާމްދަނީ ލިބޭނެގޮތް ހަދަނީ

ކޮޅުމަޑުލު އޮމަދޫގެ އިޚްތިޞާޞްގައި ހިމެނޭ ދެ ފަޅުރަށުން ދާއިމީގޮތެއްގައި ކައުންސިލަށް އާމްދަނީ ލިބޭނެގޮތެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ޤާނޫނު އޮންނަގޮތުން އެވެސް ރަށެއްގެ އިޚްތިޞާޞްގައި އޮންނަ ރަށެއް ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްޤީ ނުކުރެވޭކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ މިހާރުވެސް އެ […]

އެސްޓީއޯ އިން ބާޒާރަށް މިރުސް ނެރެނީ ކަނޑޫދޫ ވިޔަފާރިވެރިންނަށް ގެއްލުން ނުވާގޮތަށް

އެސްޓީއޯ މެދުވެރިކޮށް ބާޒާރުގައި ވިއްކުމަށް ނިންމި ކާބޯތަކެތީގެ ތެރޭގައި މިރުސް ހިމެނިފައިވީނަމަވެސް އެކަން ސަރުކާރުން ކުރަމުންގެންދާނީ ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެކަމުގެ އެއްވެސް ގެއްލުމެއް ނުވާގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ކަނޑޫދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކަނޑޫދޫ ވިޔަފާރިވެރިން މިރުސްވިއްކާ އަގުގައި ގަނެގެން، އެ ފައިދާ ރައްޔިތުންނަށް […]