ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް ފަށައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް މިދިޔަމަހު 29 ގައި ފަށައިފިއެވެ. އެގޮތުން މި ތަމްރީނުގެ ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މި މަރުޙަލާ ފަށާފައިވަނީ ށ. ފުނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ލ. ގަން، އައްޑޫ ސިޓީ ހިތަދޫ އަދި މާލެ ސިޓީގައެވެ.މި މަރުޙަލާގައި ބައިވެރިން އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކުރާނެއެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް […]

ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި

ސްރީލަންކާގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި އެވެ. އެ ފައިސާ ހަވާލުކޮށްފައި ވަނީ ލަންކާގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލު ކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު އެވެ. ެއެ ރަސްމިއްޔާތުގައި ފައިސާގެ އެހީއާ ހަވާލުވެވަޑައިގަތުމަށް ފަހު، ލަންކާގެ ފޮރިން މިނިސްޓަރު ވަނީ އެ ގައުމުގެ ރައްޔިތުންނަށް […]

ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރުން 2028 އަށް ފަސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ޤަރާރަށް އިޞްލާޙު ގެންނަވައިފިއެވެ. މިގޮތުން ބަދަލު ގެންނަވާފައި ވަނީ، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި 500 މިލި ލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރުން ތަންފީޒު ކުރެއްވުމަށް ކަނޑައަޅުއްވާފައި އޮތް ތާރީޚަށާއި، އެ ތަކެތި ބާޒާރަށް ނެރުން މަނާކުރުން ތަންފީޒުކުރުމަށް […]

ލަންކާއަށް އެހީވުމަށް ކުރިޔަށްގެންދިޔަ ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފި

ތޫފާން ”ދިތުވާ“ ގައި ލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެ ޤައުމަށް އެހީތެރިވުމަށް ދިވެހި ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ސިލޯނާއެކު ދިވެހީން ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފިއެވެ. މި އެހީ ޚާރިޖީ ވުޒާރާއާ ހަވާލުކުރީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީނެވެ. އަދި އެ ފައިސާއާ ޚާރިޖީ ވުޒާރާގެ ފަރާތުން ހަވާލުވެވަޑައިގަތީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. ސިލޯނާއެކު ދިވެހިން ޓެލެތޯނަށް ޖުމުލަ 800،352 ޑޮލަރު ލިބިފައިވެއެވެ. 37 […]

ރާއްޖޭގައި ތިބީ އެޗްއައިވީ ޖެހިފައި ތިބި 36 މީހުން

ރާއްޖޭގައި މިވަގުތު ތިބީ އެޗްއައިވީ ބައްޔަށް ފަރުވާ ހޯދަމުންދާ 36 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަދު ފާހަގަކުރާ ދުނިޔޭގެ އެޗްއައިވީ ބަލީގެ ދުވަހާއި ގުޅިގެން އެޗްޕީއޭއިން ވަނީ އެ ބައްޔާބެހޭ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އެެގޮތުން މިދިޔަ މަހުގެ 30ގެ ނިޔަލަށް ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 53 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 8 އަންހެނުންނާއި 45 ފިރިހެނުންނެވެ. މީގެ ތެރެއިން 16 މީހުން […]

ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދެމުންދާ އިނާޔަތް ކަނޑާލަން މަޖިލީހުން ފާސްކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދެމުންދާ އިނާޔަތް ކަނޑާލަން މަޖިލީހުން ފާސްކޮށްފިއެވެ. މި އިސްލާހުތައް ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ޕީއެންސީއަށް ނިސްބަތްވާ މެންބަރެއް ކަމުގައިވާ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ. އެގޮތުން އެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްވީ، އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ތާޢީދާއެކުއެވެ.

ސްރީލަންކާއަށް އެހީތެރިވުމަށް ބާއްވާ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯން ފަށައިފި

ރާއްޖޭގެ މީޑިއާތަށް ގުޅިގެން ”ދިތްވާ“ ތޫފާނުގައި ސްރީލަންކާގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރިއަށްގެންދާ ”ސިލޯނާއެކު ދިވެހިން“ ޓެލެތޯން ފަށައިފިއެވެ. ޕީއެސްއެމުން އިސްނަގައިގެން ކުރިޔަށް ގެންދާ މި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކްލަބްތަކާއި، އޮފީސްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. ތޫފާން ”ދިތުވާ“ ގައި ލަންކާއަށް ކުުރަމުން އަންނަ ބޯވިއްސާރައިގައި ގަދަ ވަޔާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ އެކި ހާދިސާތަކުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 100 އަށްވުރެ މައްޗަށް […]

ޖަޕާނު ސަރުކާރުން ކަސްޓަމްސްއަށް ކަނޑު އުޅަނދެއް ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުން 82 ފޫޓުގެ ޕެޓްރޯލް ވެސަލްއެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހަދިޔާކޮށްފިއެވެ. މިއީ ރާއްޖޭގެ ބައިނަލްއަޤްވާމީ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ސަރވެއިލެންސްގެ މަސައްކަތަށް ހަދިޔާކުރި އުޅަނދެކެވެ. އެގޮތުން މި އުޅަނދު ހަދިޔާ ކުރުމަށް ބުރާސްފަތި ދުވަހު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙްސާނެވެ. މި އުޅަނދު ރަސްމީކޮށް ޙަވާލުކޮށްދެއްވީ، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އުޅަނދާ ޙަވާލުވެ ވަޑައިގެންނެވީ، […]

ލަންކާއަށް އެހީވާން ރާއްޖޭން 50،000 ޑޮލަރާއި 25،000 މަސްދަޅު ހަދިޔާކުރަނީ

ލަންކާއަށް އެހީވާން ރާއްޖޭން 50،000 ޑޮލަރާއި 25،000 މަސްދަޅު ހަދިޔާކުރަން ނިންމައިފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ މި ނިންމުމަކީ ސްރިލަންކާއަށް އެރި “ދިތުވާ” ތޫފާންގެ ސަބަބުން އެ ގައުުމުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ގައުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. އެގޮތުން އެ އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތްގާތްއެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި […]

ލަންކާއަށްކުރާ ވިއްސާރައާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން އެދިއްޖެ

ލަންކާއަށް މިހާރު ކުރަމުން އަންނަ ބޯވިއްސާރައާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވާން އެދިއްޖެއެވެ. މިގޮތަށް އެދިފައި ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނީ ތޫފާން ”ދީތުވާ“ ގެ ސަބަބުން ލަންކާއަށް ބޯކޮށް ވާރޭވެހި އަދި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ. އަދި އެ ހާލަތު ކުރިމަތިވެފައި ވާތީ އެ ގައުމަށް ރެޑް އެލާޓް ނެރެފައިވާ […]