އިންޑިއާއިން ފަރުވާ ހޯއްދެވުމަށްފަހު ހަފީޒު މާލެ ވަޑައިގެންފި

މިދިޔަ ޖޫންމަހުގެ 28 ވަނަ ދުވަހުގެރޭ ގަލޮޅު ދަނޑު ކައިރިން މަގު ހުރަސްކުރައްވަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއްވި އެމްއެންޔޫގެ ލެކްޗަރަރ ޢަލީ ހަފީޒް އިންޑިއާއިން ފަރުވާ ހޯއްދެވުމަށްފަހު ރޭ މާލެ ވަޑައިގެންފިއެވެ. އުމުރުން 50 އަހަރުގެ ހަފީޒު ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއްވީ އެ ރޭ ފަތިސް ނަމާދު ކުރައްވައި ނިމިގެން މަގުމައްޗަށް ނުކުމެވަޑައިގަތް ވަގުތުއެވެ. މި އެކްސިޑެންޓުގައި ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާތައް ހަފީޒަށް ލިބުނެވެ. ހަފީޒަށް ފަރުވާދިނުމަށް […]

އަޅުގަނޑުގެ ވެރިކަމެއްގައި މިނިވަން އިންސާފުވެރި ޝަރުއީ ދާއިރާއެއް ފެނިގެންދާނެ: ޑރ.މުޢިއްޒު

އޭނާގެ ވެރިކަމެއްގައި މިނިވަން އިންސާފުވެރި ޝަރުއީ ދާއިރާއެއް ފެނިގެންދާނެ ކަމަށާއި މިހާރު މި ފެންނަ އަނިޔާވެރިކަން ނިމުމަކަށް އަންނާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި  ކުރިއަށްގެންދިޔަ ރިޔާސީ ބަހުސްގައި މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭގައި ހިނގަނީ ދިވެހި ގާނޫނުއަސާސީ އޭގައި އޮންނާނީ މާތްވެގެންވާ އިސްލާމްދީނުގައިވާ ގޮތަށް ކަންކަން ކުރުމަށް ކަމަށެވެ.  އަދި ކީރިތި ޤުރުއާނުގައި އޮންނަނީ މީހަކާމެދު ހުކުމު ކުރުމުގައި އަދުލުވެރިވުމަށް ކަމަށާއި އޭނާގެ ވެރިކަމެއްގައި […]

އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށް ގެންދަން ނިންމި ސައިކަލް ބުރު ކެންސަލްކޮށްފި

އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދަން ނިންމި ސައިކަލް ބުރު ކެންސަލްކޮށްފިއެވެ. އިއްޔެ ބާއްވަން ނިންމި ސައިކަލް ބުރު މިއަދަށް ފަސްކުރުމަށްފަހު މިއަދު ސައިކަލް ބުރު ކެންސަލް ކުރީ މޫސުން ގޯސްވުމުގެ ސަބަބުން މީޑިއާތަކަށް ވެސް އެ އިވެންޓް ކަވަރ ކުރަން ދަތިވާނެތީއެވެ. ޕީޕީއެމް/ޕީއެންސީން އިއްޔެ ސައިކަލު ބުރު ބޭއްވީ ހުޅުމާލޭގައެވެ. ޕީޕީއެމް ޕީއެންސީއާއި ރޭސިންގ އެސޯސިއޭޝަން އަދި މާލެ, ހުޅުމާލޭ ޒުވާނުން ގުޅިގެން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ސައިކަލް ބުރުގައި ގިނަ ބަޔަކު […]

ފުލުހުން އެހެން ތަންތަނަށް ބަދަލުކުރިޔަސް ވޯޓުލުމުގެ ހައްގެއް ނުގެއްލޭނެ: ފުލުހުން

ފުލުހުންނަށް ވޯޓުލުމުގެ ފުރުސަތު ނުދިނުމަށްޓަކައި އެ މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެން ތަނަކަށް ޑިއުޓީއަށް ފޮނުވަން އުޅޭކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ. ޕީއެންސީގެ ރިޔާަސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ތަރުޖަމާނު މުޙައްމަދު ޠޮލާލް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފުލުހުންނާއި ސިފައިން އެ މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެން ތަނަކަށް ޑިއުޓީއަށް ފޮނުވައި ވޯޓުލުމުގެ ހައްގު ގެއްލުވައިލަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވައިފައެވެ. ފުލުހުން މިއަދު ބުނީ ރިޔާސީ […]

ލ.އަތޮޅުގެ ތަރައްގީއަށްޓަކައި ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގުމަށް މުޢިއްޒު ވައުދުވެވަޑައިގެންފި

އޭނާގެ ވެރިކަމެއްގައި ލ.އަތޮޅުގެ ތަރައްގީއަށްޓަކައި ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގުމަށް ވައުދުވެ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ އެ ކަންކަން ހާމަކުރައްވައިފިއެވެ. ލ.ފޮނަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ޑރ.މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އެ އަތޮޅު ގާދޫއަކީ ޓްރާންސްޝިޕްމަންޓް ބަނދަރަކާ ބަންކަރިންގ ފެލިސިޓީ ހިމެނޭ ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށާއި ފޮނަދުއާއި ގާދުއާ ދޭތެރޭ ހިއްކައިގެން ރިސޯޓެއް ތަރައްގީކޮށް, ކޯޒްވޭއަކުން ފޮނަދޫއާއި ރިސޯޓާއި ގާދޫ ގުޅުވައިދެއްވާނެ ކަމަށެވެ. “މި އަތޮޅަށް ރިސޯޓު […]

ރައީސް ޔާމީންގެ ތާއީދު ޑރ.މުޢިއްޒަށް ނެތްކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: އިދިކޮޅު ކޯލިޝަން

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވި ކަަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. އެމްޑީޕީގެ ކެމްޕޭން އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އެ އޮފީހުން ނޫސްވެރިންނާ ހިއްސާކުރި ކަރުދާހެއްގައި ވަނީ ރައީސް ޔާމީން ކޯޓުގެ ތެރޭގައި ދެއްކެވި ވާހަކަފުޅުތަކެއް ކަމަށް ބުނާ ވާހަކަތަކެއް ލިޔެ ޕްރިންޓްކޮށްފައެވެ. މީގެއިތުރުން “މުޢިއްޒު އެ ޖަހަނީ […]

އިދިކޮޅު ކޯލިޝަންގެ ސައިކަލު ބުރު މިއަދު ހުޅުމާލޭގައި, މާދަމާ މާލޭގައި

އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދަން ނިންމި ސައިކަލް ބުރު މާދަމާއަށް ފަސްކޮށްފިއެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލް މިއަދު ވިދާޅުވީ  މާލޭގައި ކުރިއަށް ގެންދަން ނިންމި ސައިކަލް ބުރު ސެޕްޓެމްބަރު 2 ވާ ހޮނިހިރު ދުވަހަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސައިކަލު ބުރު މިއަދު އޮންނާނީ ހުޅުމާލޭގައެވެ. ޕީޕީއެމް ޕީއެންސީއާއި ރޭސިންގ އެސޯސިއޭޝަން އަދި މާލެ, ހުޅުމާލޭ ޒުވާނުން ގުޅިގެން ހުޅުމާލޭގައި ކުރިއަށް ގެންދާ މި ސައިކަލް ބުރުގައި ވީހާވެސް […]

ރިޔާސީ ކެންޑިޑޭޓް ޑރ.މުޢިއްޒު މިއަދު ހަވީރު ލ.އަތޮޅަށް ވަޑައިގަންނަވަނީ

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ލ.އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރިޔާސީ ކެމްޕޭނަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ލ.އަތޮޅަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ޑރ.މުޢިއްޒުގެ މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު ފޮނަދުއަށް އެކަންޏެވެ.  ޕީޕީއެމްއިން މައުލޫމާތު ދިން ގޮތުގައި ފޮނަދޫގައި މިރޭ އޮންނަ ޖަލްސާގައި ޑރ.މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެއަށްފަހު މާދަމާގެ ވަގުތެއްގައި އެމަނިކުފާނު އެނބުރި މާލެ ވަޑައިގަންނަވާނެއެވެ. ފޮނަދުއަކީ ޕީޕީއެމް/ޕީއެންސީ ލީޑްކުރެއްވުމާ ހަވާލުވެވަޑައިގެން ހުންނެވި އެ […]

ފަށްކަނޑަން އިން 2 މީހަކު 5000 ރުފިޔާއިން ޖޫރިމަނާކޮށްފި

ފަށްކަނޑަށް މީހަކާ އިންކަމުގެ ކުށުގައިދެ ފަރާތުން ކުރެ ކޮންމެ ފަރާތެއް 5,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. ފެމެލީ ކޯޓުން މިއަދު ބުނީ އެ ދެ މީހުން ޖޫރިމަނާކުރީ އާއިލާއާބެހޭ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ކަމަށެވެ. މި ނިންމުން ނިންމުމުގައި މައްސަލާގައި ހިމެނޭ އަންހެނާ ކުރިން ކޮށްފައިވާ ކައިވެނި ރޫޅި ތިންފަށްވެފައި ވަނިކޮށް ކައިވެނިކޮށްފައިވުމާއި ކާވެނީގެ ޢަޤްދުވުމުގެ ކުރިންނާއި އޭގެފަހުން ދެ ފަރާތުން އަމަލުކޮށްފައިވާ ގޮތަށާއި ކާވެނީގެ ޢަޤްދުގެ މަތީގައި ހޭދަކޮށްފައިވާ ވަގުތަށާއި ވަރިކުރި ކަމަށް ބުނެފައިވާ […]

ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަށް ބަދަލެއް

ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަށް އަނެއްކާ ވެސް ބަދަލު ގެނެސްފިއެވެ. މުދަލުގެ ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރަމުންދާ އުސޫލުގެ ދަށުން ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަށް ބަދަލު ގެނައިކަން މިއަދު ވަނީ ހާމަކޮށްފައެވެ. އެގޮތުން 29 އޮގަސްޓް 2023 ން ފެށިގެން ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 7,151.90 ކަމުގައި ވަނީ ކަނޑައަޅާފައެވެ. މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނެއްކަން ފާހަގަކޮށް މިނިސްޓްރީން ވަނީ, އެ މީހެއްގެ […]