ޑިމޮކްރެޓްސްގެ މެންބަރުންނަށް ބިރުދައްކަމުންދާ ކަމަށް ބުނެ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

”ދަ ޑިމޮކްރެޓްސް“ އަށް ސޮއިކޮށްފައިވާ މީހުންނަށް ސަރުކާރުން ބިރުދައްކަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ. މި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފެވެ. ޑިމޮކްރެޓްސްއަށް ސޮއިކުރި މީހުންގެ ލިސްޓް އިލެކްޝަން ކޮމިޝަނުން އާންމު ނުކުރަނީސް އެ ލިސްޓު ލީކުވި މައްސަލައެއް ޑިމޮކްރެޓްސްއިން ވަނީ އެ ކޮމިޝަނަށާއި ފުލުހުންނަށް ވެސް ހުށަހަޅާފައެވެ. އެކަމާ ގުޅިގެން ޙަސަން ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ ޕާޓީ އުފައްދަން އީސީއަށް ހުށަހެޅި ފޯމުތަކުގައިވާ މީހުންގެ […]
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މުޙައްމަދު ނަޝީދު ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށްފިއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕުގެ ލީޑަރު ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ މި ގޮތަށް ފާސްކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ 110 ވަނަ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް އަމަލުކުރައްވަމުން ގެންދަވާ ގޮތުން މެންބަރުންގެ ވަރަށް ބޮޑެތި […]
އީއީޒެޑް މައްސަލާގައި އިހުމާލުވީ ކުރީގެ ސަރުކާރުތާއި ކުރީގެ ބަންޑާރަނައިބުން: ރިފްޢަތު

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި އިހުމާލުވީ މި ސަރުކާރަކުން ނޫން ކަމަށާއި ކުރީ ސަރުކާރުތަކުންނާއި ކުރީގެ ބަންޑާރަނައިބުން ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު މިއަދު ވިދާޅުވެއްޖެއެވެ. އީއީޒެޑް މައްސަލާގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް އަމަލުކުރައްވާފައިވާ ކަމަށް ބުނެ ސަރުކާރާ އިދިކޮޅު މެންބަރުން ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވެވަޑައިގަންނަވަމުން ރިފްޢަތު މިއަދު ވިދާޅުވީ ދެކުނުގެ އީއީޒެޑް މައްސަލައަކީ ޒަމާންވީ މާޒީއެއް އޮތް މައްސަލައެއް ކަމަށެވެ. “1992 ވަނަ […]
އައްޑޫގައި ޓުއަރިޒަމް ތަރައްގީނުވަނީ ސަރުކާރުގެ އިޚުލާސްތެރިކަން ނެތީމަ: ނަޝީދު

އައްޑޫ ސިޓީގައި ޓުއަރިޒަމް ތަރައްގީނުވަނީ ސަރުކާރުގެ އިޚުލާސްތެރި މަސައްކަތް އެކަމަށް ނުކުރެވިގެން ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިލިނގިލި, ހެރެތެރެ އަދި ހަންކެޑެ އަދިވެސް އޮތީ ރަނގަޅަށް ހިނގައިނުގަނެ ކަމަށާއި އައްޑޫ ސިޓީގެ ޓުއަރިޒަމް ތަރައްގީނުވަނީ ރަށް ނެތިގެން ނޫން ކަމަށެވެ. “މި ސަރުކާރުގެ އިޚުލާސްތެރި މަސައްކަތް މިކަމަށް ނުކުރެވިގެން. ގަން އެއާޕޯޓު ހިންގަން ފެށުމުގެ އައު ވިސްނުމެއް މިވަނީ މާ ލަސްވެފަ.“ ނަޝީދު ވިދާޅުވިއެވެ. ސަރުކާރަށް […]
އާރަށުގެ މައްސަލަ: ޔާމީނަށް އިއްވި ޖަލު ހުކުމްގެ އިސްތިއުނާފު ބުދަ ދުވަހު ފަށަނީ

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޚިޔާނާތް ހިންގާފައިވާ ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ އަންނަ ބުދަ ދުވަހު ފަށަން ނިންމައިފިއެވެ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަރ ކުރެއްވިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އެމަނިކުފާނަށް ހުކުމް އިއްވެވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ […]
ބޭބެ މަރައިލި މައްސަލައިގައި ހައްޔަރުކުރި ކޮއްކޮ ޝަރީއަތް ނިމެންދެން ބަންދު

އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ ބޭބެ މަރައިލި މައްސަލައިގައި ހައްޔަރުކުރި ކޮއްކޮ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ. މެއި 31 ވަނަ ދުވަހުގެރޭގައި އައްޑޫ ސިޓީ މަރަދޫ ފޭދޫ މަރަދޫފޭދޫ/ބްލޫސްޓާރ އަޙްމަދު ޝުޢައިބު (27 އ) އަށް ހަމަލާދިނީ އޭނާގެ ކޮއްކޮ މަރަދޫފޭދޫ/ބްލޫސްޓާރ ޙުސައިން މަވާޒް (25 އ) އެވެ. މި މާރާމާރީގައި މަވާޒް ވަނީ ޝުއައިބުގެ މެއަށް ކަތުރެއް ހަރާލައިފައެވެ. ލިބުނު އަނިޔާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ޝުއައިބު […]
މާރާމާރީއެއް ހުއްޓުވައި އެކަކު ހައްޔަރުކޮށްފި, ބައެއް މީހުން ވަނީ ފިލާފައި

މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ރޭ 23:25 ހާއިރު މަޖީދީމަގު ޑައިނަމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައި ވިޒިބިލިޓީ ފުލުހުން ހުއްޓުވާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް […]
ޝައިޚް މުޙައްމަދު އިބްރާހީމް 50/50 ގެ އޮޕަރޭޝަނަކަށް: ބޭނުންވަނީ ހެޔޮ ދުޢާ

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ) ގެ ހާލުކޮޅު ގޯސްވެ, ސިކުނޑީގެ ބޮޑު އޮޕަރޭޝަނެއް ކުރަން ތައްޔާރުވެއްޖެއެވެ. ޝައިޚުގެ ހާލުކޮޅު ގޯސްވެގެން އެންމެ ފުރަތަމަ ފަރުވާ ހޯއްދެވީ ޅ.އަތޮޅު ހޮސްޕިޓަލުންނެވެ. އެއަށްފަހު އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އެއީ ޝައިޚުގެ ސިކުނޑީގައި ޓިއުމަރެއް ހުރިކަން އެނގި, އެ ޓިއުމަރު ނެގުމަށް އޮޕަރޭޝަނެއް ކުރަންޖެހޭތީއެވެ. މި އޮޕަރޭޝަނަކީ 50/50 ގެ އޮޕަރޭޝަނެކެވެ. […]
މެއަށް ކަތުރެއް ހަރާލައި ބޭބެ މަރައިލި މައްސަލައިގައި ކޮއްކޮ ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރައިލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. ރޭގެ ވަގުތެއްގައި އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގައި އެއްބަނޑު އެއްބަފާ ދެބެންގެ މެދުގައި ހިނގި މާރާމާރީއެއްގައި ކޮއްކޮ ވަނީ އޭނާގެ ބޭބެގެ މެއަށް ކަތުރެއް ހަރާލައިފައެވެ. މަރަދޫފޭދޫ/ބްލޫސްޓާރ ޙުސައިން މަވާޒް (25 އ) އޭނާގެ ބޭބެ އަޙްމަދު ޝުޢައިބު (27 އ) ގެ މެއަށް ކަތުރެއް ހަރައިލީ މަވާޒްގެ ފޯނު ޝުއައިބު ވިއްކައިލުމާ ގުޅިގެންނެވެ. ޝުޢައިބުއަކީ ކުރިއްސުރެ މަސްތުވާތަކެތި ބޭނުންކުރަމުން އަންނަ […]
ނަޝީދުގެ ”ދަ ޑިމޮކްރެޓްސް“ ރަޖިސްޓްރީކުރަން 3560 ސޮޔާއެކު އީސީއަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ ”ދަ ޑިމޮކްރެޓްސް“ ޕާޓީ ރަޖިސްޓްރީ ކުރަން އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ. އެމްޑީޕީގައި އޮތް ނަޝީދުގެ “ފިކުރެއްގެ ދިރުން“ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދުނީ މިދިޔަ މަހުގެ 21 ގައެވެ. ޕާޓީ އުފެއްދުމަށް އީސީން ހުއްދަ ދިނީ މިދިޔަ މަހުގެ 24 ގައެވެ. ސިޔާސީ ޕާޓީއެއް […]