ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އެކަކު ދޫކޮށްލައިފި

މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި ބްލޮގަރު ޔާމިން ރަޝީދު މަރައިލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ ތެރެއިން އަޙްމަދު އިސްމާޢީލް (އަހަނދު) ބަންދުން ދޫކޮށްލައިފިއެވެ. ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މއ.ފާގަފިލާގޭ އަޙްމަދު އިސްމާޢީލް ބަންދުން ދޫކޮށްލީ އިއްޔެގައެވެ. ޝަރުތުތަކާއެކު އޭނަ ބަންދުން ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައެވެ. އެކަމަކު ދޫކޮށްލީ […]
ސަރުކާރުން މަޖިލީހަށް ފޮނުވި ބިލުގައި ޖުޑިޝަރީ މިނިވަން ކުރުމުގެ ނިޔަތެއް ނެތް: ޑރ.ޖަމީލް

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލުގައި ޖުޑިޝަރީ މިނިވަން ކުރުމުގެ ނިޔަތެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް މިއަދު ވިދާޅުވެއްޖެއެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ގާނޫނުއަސާސީއަށާއި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ދެ ބިލު އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތު ކުރެއްވި ޓުވީޓެއްގައި ވަނީ ހާމަކުރައްވައިފައެވެ. ރިފްޢަތު ވިދާޅުވި ގޮތުގައި […]
ގަވާއިދާ ޚިލާފަށް އުޅޭ 44 ބިދޭސީއަކު ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް

ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 44 ބިދޭސީއަކު ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމަށް އިމިގުރޭޝަނުން މިއަދު ބުނެފިއެވެ. އިމިގުރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހިންގި 10 އޮޮޕަރޭޝަނެއްގައި 44 ބިދޭސީއަކު ހޯދައި ހުޅުމާލޭ ޑިޓެންޝަނަށް ގެންގޮސްފައިވާ ކަމަށެވެ. އެ މީހުން އެ ސެންޓަރުގައި ބައިތިއްބާފައިވަނީ އަނބުރާ ގައުމަށް ފޮނުވެންދެން ކަމަށް އިމިގުރޭޝަނުން ބުންޏެވެ. އެހެން […]
ރިސޯޓެއްގައި ފަތުރުވެރިއަކު ރޭޕްކުރި މައްސަލައެއް ބަލަން ފަށައިފި

ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިއަކު ރޭޕްކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކ.އަތޮޅުގައި ހިންގާ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔަކު ރޭޕްކޮށްފައިވާ މައްސަލައެއް މި މަހުގެ 6 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. “މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން.“ މި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. މައުލޫމާތު ލިބިފައިވާ […]
ބަޔަކު ރަހީނުކުރުން: ހައްޔަރުކުރި ކުއްޖާ އާއިލާއާ ހަވާލުކޮށް, ދެން ހުރި މީހާގެ ބަންދަށް 15 ދުވަސް

މާލެ ސިޓީގެ ގެއެއްގައި ބަޔަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި ކުޑަކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ހެންވޭރު އަބަދަށްއުފާ މަގުގައި ހުރި ގެއެއްގައި ދިވެހި ތިން ފިރިހެނަކު ރަހީނުކޮށްފައި ތިއްބައި, ފުލުހުން އެ ގެއަށް ގޮސް ބާރުގެ ބޭނުންކޮށްގެން ގެއަށް ވަދެ އެ މީހުން ސަލާމަތްކޮށްދިނީ އިއްޔެގައެވެ. އެ މީހުންނަށް އެކިވަރުގެ އަނިޔާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލާގައި ހައްޔަރުކުރީ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ. […]
ގާދޫގެ ވެލާހޭޅި ސަރަހައްދު ބެލެހެއްޓުމަށް އިދާރާތަކުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި

ލ.ގާދޫގެ ވެލާހޭޅި ސަރަހައްދު ބަލަހައްޓައި ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް އިދާރާތަކުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ އެ އެޖެންސީއާއި ރާއްޖޭގައި ވެލާކަހަނބު ހިމާޔަތްކުރުމަށް މަސައްކަތްކުރަމުންދާ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރްޕީ) ގުޅިގެން ގާދޫގެ ވެލާހޭޅި ސަރަހައްދު ބަލަހައްޓައި ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ލ.އަތޮޅު ކައުންސިލާއި ލ.ފޮނަދޫ ކައުންސިލް އަދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި ޕްރޮޖެކްޓްގެ ދަށުން އެ […]
މަޖިލިސް ހިސޯރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ނަޝީދަށް ދައުވާކުރަންޖެހޭ: ޝަރީފް

ރައްޔިތުންގެ މަޖިލިސް ޑެޑްލޮކަކަށް ގޮސްފައިވާ މައްސަލަ ހައްލުކުރެވޭނީ ރައީސް މުޙައްމަދު ނަޝީދަށް ދައުވާކޮށްގެން ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ ހަފުތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ވަނީ ހުއްޓިފައެވެ. މައިގަނޑު ސަބަބަކީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިނުލެވުމެވެ. މިކަމާގުޅޭ މައްސަލަ ތަޅުމަށް ގެނެސް ފާސްކުރަން ނިންމައި މިއަދު ބޭއްވި ޖަލްސާގައި އިދިކޮޅު މެންބަރުން އަޑުގަދަކުރެއްވުމުން އެންމެ ފަހުން ޖެހުނީ މެދުކަނޑައިލާށެވެ. މެމްބަރު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިސް […]
ގައުމީ ފެންވަރުގައި ”ވަރލްޑް ޔޫތް ސްކިލްސް ޑޭ“ ފާހަގަކުރުމަށް ނިންމަވައިފި

މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ”ވަރލްޑް ޔޫތް ސްކިލްސް ޑޭ“ ގައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ނިންމަވައިފިއެވެ. ރައީސް މި ގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހު އެ މަޖިލީހުން އެރުވި ލަފާފުޅުގެ މަތިންނެވެ. ”ވަރލްޑް ޔޫތް ސްކިލްސް ޑޭ“ ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 15 ވަނަ ދުވަހުގައެވެ. މި ދުވަސް ފާހަގަކުރަނީ ޒުވާނުންގެ ކިބައިގައި ހުރި […]
އަޅުގަނޑުގެ ޒައާމަތުގެ ފުރަތަމަ ފަސް އަހަރު 100 މިލިއަނަރުން އުފައްދާނަން: ޤާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފުރަތަމަ ފަސް އަހަރު ދުވަހުގެތެރޭގައި 100 މިލިއަނަރުން އުފައްދަވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ. ޖޭޕީގެ ލީޑަރު ޤާސިމް މިހެން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އޭނާއަށް އެރުވުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ޖަލްސާގައި ޤާސިމް ވަނީ ގައުމާމެދު އޭނާ ގެންގުޅުއްވާ ތަސައްވުރާއި ވެރިކަން ލިބިވަޑައިގެންފިނަމަ ކުރައްްވާނެ ކަންކަމުގެ މެނިފެސްޓޯއެއް އާންމު ކުރައްވައިފައެވެ. ޤާސިމް ވިދާޅުވީ އޭނާގެ ޒައާމަތުގައި ކުދި […]
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ޑރ.ޢާޠިފަށް ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި

“ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ“ (ޖޭޑީޕީ) ގެ ނަމުުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން މިއަދު ހުއްދަ ދީފިއެވެ. މި ހުއްދަ ދިނީ, 2017 ވަނަ އަހަރުގެ މާޗުމަހު ބަންގްލަދޭޝްގެ ރާޖްޝާހީ ސިޓީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގެ ހޮސްޓެލްގައި މަރުވި ދިވެހި މޮޑެލް ރައުދާ ޢާޠިފްގެ ބައްޕަ, މ.ފެހިވިނަ ޑރ.މުޙައްމަދު ޢާޠިފަށެވެ. މީގެ ދެ އަހަރު ކުރިން މި ދުވަހުގައި ޑރ.ޢާޠިފް ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ވެސް އިއުލާނުކުރައްވައިފައެވެ. […]